މުނިފޫހިފިލުވުން / މަރު

ޓީވީ އެކްޓަރު ދީޕޭޝް ކުއްލި ގޮތަކަށް މަރުވެއްޖެ

ބާބީޖީ ގަރް ޕަރް ހެއިންގެ ތަރި، ދީޕޭޝް މަރުވެ، ޓީވީ ތަރިން ވަނީ ހިތާމާގައި ބައިވެރިވެފައި.

24 ޖުލައި 2022 - 07:10

4 comments

އިންޑިއާގެ ޓީވީ ޑްރާމާ "ބާބީޖީ ގަރް ޕަރް ހެއިން" ގައި މަލްހާން ސިންގްގެ ރޯލުން ފެންނަ ތަރި ދީޕޭޝް ބަން ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުވީ މިދިޔަ ހުކުރު ދުވަހު ކްރިކެޓް ކުޅެން ހުއްޓަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުގައި ވެ އެވެ.

"އެފްއައިއާރް" ގައި ދީޕޭޝްއާ އެކު މަސައްކަތްކުރި ތަރި، ކަވިތާ ކޯޝިކް ވަނީ ދީޕޭޝްގެ މަރުގެ ޚަބަރު ސޯޝަލް މީޑިއާގައި އާންމުކޮށް، ހިތާމަފާޅުކޮށްފަ އެވެ.

ކަވިތާ ބުނީ އުމުރުން 41 އަހަރުގައި ދީޕޭޝް މަރުވި ޚަބަރުން ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. ދީޕޭޝްއަކީ ވަރަށް ފިޓް މީހެއް ކަމަށާއި ދުވަހަކު ވެސް ސިނގިރޭޓާއި ބަނގުރާ ކަހަލަ ސިއްހަތަށް ގެއްލުން ހުރި އެެއްޗެއް ބޭނުން ނުކުރާ ކަމަށް ބުންޏެވެ.

ދީޕޭޝް މަރުވިއިރު އަންބަކާއި އުމުރުން އެއް އަހަރުގެ ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.

ދީޕޭޝް ވަނީ ކުރިން ލައިފް އޯކޭ އިން ދެއްކި "މޭ އައި ކަމިން މެޑަމް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 78%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލައި2021

25 July 2022

ކޮވިޑް ވެކްސިންގެ ސައިޑު އިފެކްޓި. ކުއްލިމަރު އެތަށް ގުނައކުން އިތުރުވެއޖެ.

The name is already taken The name is available. Register?

އަލީ ރަޝީދު

25 July 2022

އެންމެ ކައިރީގައި ވާ ކަންތަކެވެ. މިހާރު ކުރި ޢަމަލެއް. ހުރިހާ ކުދިން ވިސްނާ

The name is already taken The name is available. Register?

ގޮބޮޅިމާނު

25 July 2022

މަބުނީ މިވެސް ހަމަ ދިވެހިންތެރޭ މަޝްހޫރު މީހުންހޭ ދިވެހި ނޫސްތަކުން މި ޖާގަ ހޯދަނީ؟ ކޮންމެއަކަސް އޭނަގެ އާއިލާއަށާ ފޭނުންނަށް ތައުޒިޔާ

The name is already taken The name is available. Register?

ށަވިޔަނި

24 July 2022

ވަގުތު އައިސްޖެމުން ކިތަން ފިޓަސް ކިތަންމެ ޒުވާނަސް ދާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454