29 ޖުލައި 2022 - 14:41
މި އަހަރުގެ ދެވަނަ ކުއާޓާގައި ވެސް އެމެރިކާގެ އިގްތިސާދު ދެ ވަނަ ފަހަރަށް ދަށަށް ގޮސް، އިގްތިސާދީ ކާރިސާއަކާ ކުރިމަތިވުމުގެ ބިރު ބޮޑުވެއްޖެ އެވެ.
އެމެރިކާގެ ބިއުރޯ އޮފް އިކޮނޮމިކް އެނަލިސިސްގެ ރިޕޯޓުން ދައްކާ ގޮތުން އެމެރިކާގެ އުފެއްދުންތެރިކަން ވަނީ 0.9 ޕަސެންޓު ދަށަށް ގޮސްފަ އެވެ. ޖެހިޖެހިގެން ދެ ކުއާޓަރުގައި އެމެރިކާގެ އިގްތިސާދު ދަށް ވުމަކީ ރިސެޝަނަކަށް ދިއުން ކަމަށް ބައެއް އިގްތިސާދީ މާހިރުން ފާހަގަކުރެ އެވެ. އެހެން ނަމަވެސް އިގްތިސާދު ރަސްމީކޮށް ރިސެޝަނަކަށް ދިޔަކަން އެ ގައުމުން އިއުލާނެއް ނުކުރެ އެވެ.
އެމެރިކާގެ މި ތަފާސްހިސާބުތައް އަދި އިތުރަށް ރިވިއު ކުރަން ވަނީ ނިންމައިފަ އެވެ.
މޫޑީސްގެ އެނަލިސްޓް ރަޔަން ސްވީޓް ވިދާޅުވީ، އެމެރިކާގެ އިގްތިސާދު ކުރިއަރާ މިންވަރު ވަރަށް ބޮޑަށް މަޑު ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ރިސެޝަނަކަށް އަދި ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ އިގްތިސާދު ކުރިއަރާ މިންވަރު ވަނީ 6.7 ޕަސެންޓަށް ދަށްވެފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުން ރިސެޝަނެއްގެ މަލަމަތި ފެންނަން ފެށި އިރު ވޭތުވެދިޔަ 10 އަހަރު ދުވަހު ނާރާ ވަރަށް ތަކެތީގެ އަގު ވަނީ އުފުލިފަ އެވެ. އެމެރިކާގެ އިންފްލޭޝަން ހުރީ 9،1 ޕަސެންޓުގަ އެވެ. މިއީ 1981 ވަނަ އަހަރަށް ފަހު އެހާ ބާރުމިނުގައި އެ ގައުމުގެ އިންޕްލޭޝަން އެރި ފަހަރެވެ.
ދާދިފަހުން މާލީ އިދާރާ އައިއެމްއެފް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ދެ ވަނަ ކުއާޓާގައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އެމެރިކާ އާއި ޗައިނާ އާއި ރަޝިޔާގެ އިގްތިސާދު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ. އެ އިގްތިސާދުތަކަށް އެހާ ބޮޑަށް އަސަރު ކުރީ، ދުނިޔޭގެ އިންފްލޭޝަން އިންތިހާއަށް އުފުލުމުން ކަމަށް އައިއެމްއެފް އިން ބުންޏެވެ. އަދި މި އަހަރާއި އަންނަ އަހަރުގެ ވެސް އިގްތިސާދު އިތުރަށް ދަށަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އައިއެމްއެފް އިން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮނާޑު
30 July 2022
ތިކަންރަގަޅުވާނީ އިތުރުޤައުމުތަކައްހަނގުރާމައިގެ ހަތިޔާރު ބިލިއަނުންމިލިއަނުންދީގެން ދުނިޔެ ފަސާދަކުރިވަރަކުން ކުރިއައް ބާރައްކުރިއައް!!
ޑޮނާޑު
30 July 2022
ތިކަންރަގަޅުވާނީ އިތުރުޤައުމުތަކައްހަނގުރާމައިގެ ހަތިޔާރު ބިލިއަނުންމިލިއަނުންދީގެން ދުނިޔެ ފަސާދަކުރިވަރަކުން ކުރިއައް ބާރައްކުރިއައް!!
ޚަކުރު
29 July 2022
އެކަމު ރާއްޖެއްކަށް ނާދެ.
އެމްސް
29 July 2022
އެންމެ ސިނާޢަތަކަށް ބަރޯސާވެފަ އޮތް ދިވެހިރާއްޖެ އިނދަ ޖެހޭކަށް ދުވަހެއް ނެތް! ޑޮލަރަށް އަންނަ ކޮންމެ ލޮޅުމެއް އެންމެ ބޮޑަށް ހިޓްވާނެ އެއް ޤައުމަކީވެސް މިއީ!
ޔަގުއައުޓް
29 July 2022
މުޅި ދުނިޔޭގެ އިޤްތިޞާދު ދަށްވެގެން އުޅޭކަން ރައްޔިތުންނަށް އޮޅުވާލަން ކޮންމެ ރެއަކު ޔާމީނުގެ ދޮޅަހަކަށް މީހުން އެބަ ހަޅޭލަވައި އަޑުގަދަކުރޭ
އެމްސް
29 July 2022
ސަރުކާރުންވެސް އެވަރަށް ދޮގު އެބަ ހަދާ!
ކޮމެންޓްކުރާމީހާ
29 July 2022
ދުނިޔޭގެ އިގްތިޞާދުވެސް އެންމެ ރަނގަޅު ޙާލަތުގައެއް ނޫން މިވަގުތުހުރީއެއް އެހެންނަމަވެސް އަސްލު ދިމާވެގެން އުޅޭ މައްސަލަ ބައެއް ދިވެހިންނަކަށް އަދިވެސް ނުވިސްނޭހެން ހީވަނީ..މި ދައްކަނީ ލޯނު ނަގަމުން ނަގަމުން ގޮސް ގައުމެއް ބަގުރޫޓުކޮށްލުމާއި ގާތަށް ގެންގޮސްގެން އުޅޭ ވާހަކަ..ސިޔާސީ މަގާމުތައް ގިނަވާހަކަ..ބޭކާރު ހަރަދުތައް އިންތިހާއަށް ކުރާ ވާހަކަ. ކުފޫ ހަމަނުވާމީހުން ތަންތަނަށް އިސްކުރީމާ ވާނެ ހައެތިމިދަނީ ވަމުން
ވިސްނާލުމަށް އެދެމޭ
29 July 2022
ދުނިޔޭގެ އިގްތިސާދު ހީނަރުވިޔަސް ރާއްޖެ ބަގުރޫޓްވިޔަސް މިސަރުކާރުގެ ވައްކަންކުރުމަކަށް ކޮރަޕްޝަނަކަށް މަޑުޖެހުމެނާދެ...ޔާމީނުގެ މީހުން އެކަންޏެ މިވާހަކަދައްކަނީ ހޭހުރި ކޮއްމެ މީހަކު މިހަގީގަތް ގަބޫލުކުރޭ ..ތިކަހަލަ ސްޕާރީކާމީހުން ފިޔަވާ..ރާއްޖެ ބަނޑަންޖެހުމުން ދަތިވާނީ ހަމައެކަނި ހާމީނުގެ މީހުންނައެކަނި ކަމަށް ހީވާމީހުން ގަބޫލެނުކުރާނެ ރާއްޖެ ބަގުރޫޓުވެއްޖެކަމަކަށް..
އިބޫއައޓްވެއްޖެތަ
30 July 2022
ޔަގުއައުޓް ދެން ތިޔަ ކޮމެންޓްކުރަނީ މިސަރުކާރުން އިގްތިސާދަށް ހަދާ ގޮތް ފޮރުވަން ނޫންތަ؟ ތިޔަ ކަހަލަ އެންމެންގެ މާބޮޑު ތަފާތެއް ނުހުންނާނެ.
އާޔަތު ﷲ
29 July 2022
ބައިޑަނަކަށް ތިކަމެއްނުވާނެ. ކުރީގެ ރައީސް ޓުރަންޕާ ގައުމު ހަވާލުކުރަންއުޅޭ.
ދިވެހިނ
29 July 2022
ދެން އިމޭޖިން ކޮށްލާ އަހަރުމެން ދިވެހިރާއްޖެއަށް ވާނެގޮތް!! މީކީ އެއްވެސް އެއްޗެއް އުފައްދާ ޤައުމެއްނޫން، އަބަދަކު ހިލޭ އެހީއެއް ނުލިބޭނެ، ދެން ވާނެގޮތެއް ވާނެ، އަހަރުމެން ދިވެހިން ތިބޭނަން ސަރުކާރަށް އެއްޗެހި ގޮވަން، އެއީ، އެމީހުން ތަކެތީގެ އަގުބޮޑު ކުރާތީ.
އެމްސް
29 July 2022
3 ލައްކަ ބިދޭސީން މިރާއްޖޭގަ އުޅެނީ ވަރަށް ފުދިގެން! ބޯހިޔާވަހިކަމާއި ވަޒީފާއާއިވެސް އެކު!
ތައްތި1
29 July 2022
3 ލައްކަ ބިދޭސީންގެ އެހުރި މަސައްކަތުގެ އަޚްލާގާއި ހީވާގިކަމާއި ކެރުންތެރިކަން ދިވެހި ޒުވާނުންގެވެސް ހުރިނަމަ އެހެނެއް ނުވީސް ދޯ
މިއީ މަ
29 July 2022
ދިވެހި ޒުވާނު އާބާދީގެ (އުމުރުން 18-40) ހާލަތު: ޒުވާން އާބާދީގެ %35 ޑްރަގްސް ތެރޭގަ. %15 ގޭންގްތަކުގަ. %15 އެއްވެސް މަސައްކަތެއް ނުކޮށް މައިންބަފައިން ނުވަތަ ގާތްމީހެއްގެ ތައްޕާހުގަ. ބާކީ %35 ރަނގަޅު ޑިސިޕްލިން ވަޒީފާގަ. މައުނައަކީ ވަޒީފާ އަދާކުރެވޭ ޒުވާން ޖީލުގެ ބޮޑުބައި އޮތީ ނުކުޅެދޭ ހާލަތުގައޭ.
ހަދާނީ
29 July 2022
ރިސެޝަނަށް ދާނެތާ މުސްލިމްގައުމެއް ފުނޑާލަން ނާރާތާ ގިނަދުވަސް ވެއްޖެ..ގައުމުތައް ސުންނާފަތި ކޮށްފަ ފައިބައިގެން ދަނީ ހަޒާނާ ދަވާލައިގެން..
އަހުމަދު މުހައްމަދު
30 July 2022
ކިތައް ގައުމުގެ ހަޒާނާ ބާ ދަވާލީ. މުސްލިމުން މާ ގިނަ މުސްލުމުން މަރާކަން ތަފާސް ހިސާބު ތަކުން ދައްކަނީ