އާރްޓީއެލްގެ އަށް ބަސް އައްޑޫގައި ---ފޮޓޯ: އެމްޓީސީސީ
29 ޖުލައި 2022 - 14:36
އެމްޓީސީސީން އަތޮޅުތެރޭގައި ފަށާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތަށް ބޭނުންވާ ބައެއް ބަސް އައްޑު އަށް ގެންގޮސްފި އެވެ.
އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ އައްޑު އަށް ބޭނުންވާ އަށް ބަސް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
އެ ބަސްތައް ބޭނުންކުރާނީ ގަން، ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގައި، ހަތަރު ރޫޓަކަށް ބަހާލައިގެންނެވެ.
އައްޑޫ ހުޅުމީދު އަށް ހަތަރު ބަސް ގެންދަން ހަމަޖެހިފައިވާއިރު އެއާ ގުޅޭ އަޕްޑޭޓެއް އަދި ހާމައެއް ނުކުރެ އެވެ. ހުޅުމީދޫގައި ވެސް ހަތަރު ރޫޓަކުން ބަސް ދަތުރުކުރަން ވަނީ ހަމަޖެހިފަ އެވެ.
އާރްޓީއެލް މިނީބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން ވަނީ 36 ބަސް ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރެއިން 12 ބަސް ބޭނުންކުރާނީ މާލޭގަ އެވެ. އެ ބަސްތަކަކީ ގާތްގަނޑަކަށް 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.
މާލޭގައި ބަހުގެ ޓްރަޔަލް ދަތުރުތައް ގާތްގަނޑަކަށް ތިން ހަފްތާތެރޭ ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ރަށްރަށުގައި ވެސް އެ ހިދުމަތް ވަރަށް އަވަހަށ ފަށާނެ އެވެ.
މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ލ. ގަން ، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ވަނީ ހަމަޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 July 2022
ނަވާރަ ކިލޯމީޓަރުގެ ބޮޑު ސިޓީއެއްގައި ސްކޫލްބަހާއި އާންމުން ދަތުރުކުރުމަށް ސިޓީބަސް އޮޕަރޭޓްކުރުމަކީ ސަރުކާރުން ދޭންޖެހޭ އަސާސީ ހިދުމަތެއް. # ބަސްދަތުރުގެ އިތުރަށް ސިޓީގެ އެތެރޭގެއަވަށްތަކާއި ފުވައްމުލަކާއި ދޭތެރޭގައި އޮޕަރޭޓްކުރާ ފެރީބޯޓްގެ ސައިޒުބޮޑުކޮށް ދަތުރު އިތުރު ކުރަންޖެހޭ. # އަދި އެޓޯލްސް ކަނެޓިވިޓީ ފުޅާކުރަން ތިނަދޫ، ފަރެސްމާތޮޑާ، ފޭދޫ ކާގޯ ފެރީ ތައާރަފްކޮށް ދުވަހުން ދުވަހަށް ބާޒާރަށްނެރޭ އުފެއްދުން އުފުލޭނެގޮތް ފަސޭހަ ކުރަންޖެހޭ.
ސީސީ.
30 July 2022
އަފީފު ތިޔަ ވިދާޅުވާ ކާގޯ ފެރީގެ ހިދުމަތަކީ އެމްޓީސީސީގެ ވިސްނުމުގައި އޮތް އަދި އަވަސް މުއްދަތެއްގައި އެކަން ކުރާނެ ކަމެއް. އެމްޑީޕީގެ ނޫ އިޤުތިސޯދު ފުރިހަމަ ކުރުމަށް ތިޔަފަދަ ކާގޯ ފެރީގެ ހިދުމަތް ކޮންމެހެންވެސް ބޭނުންވޭ. ހުވަދޫ ފުވައްމުލައް އަދި އައްޑޫގެ އިތުރުން ލާމް ގަންފޮނަދޫ ގުޅާލުމަކީ މިކުންފުނީގެ ވިސްނުން. އިރާދަ ކުރެއްވީއްޔާ 2023 ގެ ކުރިން ހިދުމަތް ފައްޓާ ހަފުތާއަކު 2 ފެރީ ލާމުން އައްޑުއަށް ބޭއްވޭވަރު ކުރާނެ.
ކަނަހަންދޫ.
30 July 2022
އެމްޓީސީސީ މީހުނަށް ލާމުން އައްޑޫއަށް ބޭއްވޭނީ ފެރީއެއްނޫން. ބޮޓެތި ކޯގޯ ޝިޕް ކަން ނޭގެ ބާއްވާނީ. އަނެއްކާ މިހާރު ކުރަން ހުރި ހުރިހާ ކަމެއްވެސް ކުރަން ނިންމާފައި އޮންނަނީ 2023 ހާއި ދިމާވާގޮތަށްތޯ ؟
ބަރާކް އޮބާމާ (ޔޫއެސްގެ ކުރީގެ ޕުރެޒިޑެންޓް)
29 July 2022
މުގައްދަސްރަށްކޮޅު އައްޑޫއަށް ބަސްތައް ގެންދިޔައީ! ކޮބާ ރާއްޖޭގެ އެހެންރަށްތައް؟
ޣޮބެ
29 July 2022
ރައްޖޭގެ ބަސް ދުުއްވޭނެ ބިމާއި އާބާދީ އޮތް ތަންތަނުގައި ބަސްް އޮޕަރޭޓް ކުރޭ. ކުޑަކޮށް ދިރާސާކޮށްބަލަ
ނަގޫ ....
30 July 2022
ބަރާކް އޮބާމާ (ޔޫއެސްގެ ކުރީގެ ޕުރެޒިޑެންޓް) ކަލޭ ތިއުޅެނީ ވަރަށް ބޮޑަށް އޮޅިގެން. ކ.އަތޮޅު މާލެ އާއި ޙިލާފަށް ލާމް އަތޮޅާއި އައްޑޫސިޓީ ފަދަ ބިންބޮޑު ރަށް ރަށުގައި ބަހުގެ ހިދުމަތަކީ އަސާސީ ހިދުމަތެއް. އެއީ ސަރުކާރުން ދިނުން ލާޒިމް ހިދުމަތެއް. ކަލޭމެން މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލޭ މީހުން ތިއުޅެނީ ދެފައިދޭތެރެ ވަރުގެ ދަނެއްގައި ބަސް ދުއްވަން. ތަފާތަކީ މިއީ.
އަމިތަކުރު.
29 July 2022
ކ.އަތޮޅު މާލޭ މީހުން އަތޮޅު ތެރެ މިކިޔަނީ ކޮންތަނަކަށް ކޮން ގޮތަކަށް ؟ ދިވެހި ބަހުގެ ހަމަތަކުން އަތޮޅު ތެރެ އަކީ އެއަތޮޅެއްގެ އެތެރޭގެ ރަށްރަށަށް ނުވަތަ އަތޮޅުގެ އެތެރޭގެ ތަންތަަނަށް ނިސްބަތްކޮށް ކިޔާ ގޮތް. ނަމަވެސް މިހާރު ކުރީ ޒަމާނުގައި މާލޭ ސަރުކާރުން ބޭނުން ކުރި ރާއްޖެތެރެ ކިޔަން ނުކެރޭތީ އާގޮތަކަށް ރާއްޖެ ތެރެ ކިޔަންވެގެން އަތޮޅު ތެރެއޭ ކިޔާ ތަން މިފެންނަނީ.މިމީހުނަށް ހީވަނީ ތިމަންނާ މެންނަކީ މާ މަތީ ބައެއްކަމަށް.
ބަމިތު
30 July 2022
ފިތުނަ އުފައްދާ މީހުން ވަންނަން އޮތީ ނަރަކައަށް.
ކަލޯބެއްޔާދަރި
30 July 2022
މަނިކުންނޭ. ތިޔަ އަތޮޅުތެރެވެސް ކީ ރަށްރަށުން މަމޮޅޭވި މީހުން. މާލޭ މީހުން ބަރަކާތްކުރީވެސް ތިޔަ ރަށްރަށުގެ އަނގަ ކާޅުން. ކިހާބޮޑު ތުރާލެއް ތިޔައީ.