ކުރީގެ ރައީސް އަބްދުﷲ ޔާމީން: ނާޒިމާއި ގާސިމަކީ މަރު ދުވަހާހަމައަށް ގައްދާރުންކަމަށް އެމަނިކުފާނު ވިދާޅުވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
31 ޖުލައި 2022 - 14:24
ގައުމަށް ޖެހިފައިވާ ހާލަތުގެ ޒިންމާއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަށް ރެކިވަޑައިނުގެންނެވޭނެ ކަމަށާއި އެއީ މަރުދުވަހާ ހަމައަށް ވެސް ގައްދާރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެއް ޖިންސުން ގުޅުން ހިންގި ބަޔަކު ހައްޔަރުކޮށް، އެ މައްސަލާގައި ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ޝެއިހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހިޔާމަތް ހޯދާފައި ކަމަށެވެ. ނާޒިމާއި ގާސިމް، ހުރިހާ ކަމަކުން ދުރުވެގެން ތިއްބެވި ކަމަށް ދައްކަވަމުންދާ ކަމަށާއި އެ ބޭފުޅުންނަކީ މަރު ދުވަހާ ހަމައަށް ވެސް ގައްދާރުންގެ ގޮތުގައި ސިފަކުރެއްވި އެވެ.
Eureka! Alas,Adhalath sheikhs have found deliverance in salih lbu’s govt. Nazim,Qasim:ur meek effort to distance urself from the abyss u have thrown de country into, going to redeem ur selves? Traitors until death do u apart
— Abdulla Yameen (@prz_ymn) July 31, 2022
ޔާމީނަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ ޔާމީނަށް ވުރެ ބޮޑަށް މިގައުމަށް ގައްދާރުވި ބޭފުޅަކު ނުހުންނަވާނެ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި މަކަރާއި ހީލަތުގެ މައްސަލަތަކާއި ރިޝްވަތާއި ވައްކަމުގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތައް ޖަލަށްލާ އަނިޔާދިން ކަމަށް ވިދާޅުވި އެވެ.
މި ދަރަޖައަށް ކަންކުރައްވާފައިވާ އިރު، ގައުމުގެ ބޮޑު ގައްދާރަކީ ކޮބާތޯ ނާޒިމް ސުވާލު އުފެއްދެވި އެވެ.
Who is the biggest traitor for the nation none other than Pres. Yameen! Your administration was covered in filth; bribery, theft, fraud, jailing whole opposition and crippling the state institutions. So, who is the biggest traitor for the nation? Still you claim as a patriot? https://t.co/dls4Af9YEn
— Col(rtd)Mohamed Nazim MP (@nazim7878) July 31, 2022
ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި ނާޒިމަށް ފާޑުވިދާޅުވެ ޔާމީން ޓުވީޓް ކުރެއްވީ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބަޔަކު ހިމެނޭ ގޮތަށް ބަންގްލަދޭޝްގެ އަލަމްގިރު ނަމަކަށް ކިޔާ ފިރިހެނަކާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވެ، އެ އެންމެނަށް ފިޔަވަޅު އެޅުމަށް ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.
ބައެއް ކަންކަމުގައި ސަރުކާރަށް ފާޑުކިއުން އަމާޒުކުރިޔަސް އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ނާޒިމާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަކި އެއްޗެއް ނުބުނެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު، ގާސިމް ވެސް އެ މައްސަލައިގައި ފާޅުގައި އެއްޗެއް ވިދާޅެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ނާޒިމާއި ގާސިމަށް ޔާމީން ފާޑުވިދާޅުވުން އަމާޒުކުރެއްވީ އެހެންވެ އެވެ.
ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ކޯޅުން މިދުވަސްވަރު ކުރިއަށް ވުރެން ވެސް ބޮޑެވެ. އެއީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގިރާ އެކު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނާޒިމް ހައްޔަރުކުރުމާ އެކު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދްއަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރައްވާ ވާހަކަ ދައްކަފުޅު ދައްކަވައިފަ އެވެ.
އެކަމަކު ރައީސް އެ ތުހުމަތު ދޮގުކުރައްވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިޔޭނުކިޔޭ ނޭގޭ
03 August 2022
ކަލޭމެން އެކައްވެސް ދެން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ . އެމްޑީޕީ އައުޓް، ޕީޕީއެމް އައުޓް. ކަލޭމެން އަދި ބޭރު ކޮއްލާނަން މިތަނުން. ބަލައެވެ. މުޅި ރާއްޖެ ހަލާކޮއްލާފަ ތިހެން އަޔަކަ ނުދެނަޚ.
ބަޑިތަކުރު
01 August 2022
މިއަށް ކިޔަނީ ގުދޯގުދޯ ގޮވުމެވެ. ނާޒިމް ބުންޏަސް އެއީ ޣައްދާރުވުންކަމަށް ނުވަންޏާ އެބަހުގެ މާނަ މިހާތަނަށް ކުރެވިފައިވަނީ ގޯސްކޮށެވެ. ބަހުގެ ރަދީފުން އެކަން އިޞްލާޙުކުރަންވީއެވެ. އެންމެ ދެރައީ ލިބިދާނެ މަންފާއަކަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ފަސްނުޖެހޭ، އަމިއްލަ އެދުމުން ފޯވެފައިތިބި ދިވެހިން ގިނަކަމުންނެވެ. އެހެންނޫންނަމަ މިވަރުގެ މީހަކު އަނބުރާ އެމަގާމަކަށް ގެންނަން ހިތަށްވެސް އަރުވާކަށް ނުކެރުނީހެވެ.
އަޙުމަދު.
01 August 2022
ބަލަ ޔާމީނަކީ ޤައުމަށް މާ އިހުލާސްތެރި މީހެއްތޯއެވެ. ؟ ޔާމީނުގެ ވެރިކަމުގަ ދައުލަތުގެ ފަޅުރަށްތަކާ ފަޅުތަށް ރިސޯރޓްހަދަން ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާތަކާމެދު ކަންހިގާފައިވާ ގޮތުން ތިޔައީވެސް ގަައުމަށް އިހުލާސް ތެރިއެކޭ ބުނެވޭކަށް ނެތެވެ މިހާރުވެސް ތިޔަ ހުރީ އެކަމުން ސަލާމަތް ނުވެވިގެން ކޯޓަށް ދަމާހާލުގައެވެ.
ސަންޕަ އިބުރާހިންފުޅު
31 July 2022
ތިބޭޅާގެ ވެރިކަމުގާ ކިރިޔާއޭ މިގައުމު ސަލާމަތްވީ ޑުރަގު/ގޭންގު ސްޓޭޓަކަށް ބަދަލުނުވެ. ދެން ކީކޭކިޔާނަމޭހިތާ ތިއުޅެނީ.
ހަގީގަތްމީ
01 August 2022
އަޅުގަނޑު ދެކުނުން ބެހި ލާރިތަކާއި މަސްތުވާ ތަކެތި. ޖީލެއް ހަލާކުކޮއްފައި އެހެރީ ޔާމިން. 13 އަހަރުން ދަށުގެ ކުދިން ބޯކަން އިނގޭތަ މިހާރު ؟ މިކަންކަމަށް ހައްލެއް ހޯދަންޖެހޭ އެބަ.
މަނީ
31 July 2022
މިގައުމުގެ ތާރީޚުދުއް އެއްމެ ޖައްބާރު މީހާ.
ރެކި ފުތާ
31 July 2022
ހުވާ ގޭގަ ނިދަން ވެސް ނޯވޭ މި ޔާމީނު މަށަށް މެސެޖު ކުރާ ވަރުން "އޯ ރެކިބެއްޔާ" އޭ ކިޔާފަ. އެކަމް ދެން ލިޔެފަ އިން އެއްޗެއް ނޭގުނު ރެއްކާ އަކަށް ވެސް.
އެމްސް
31 July 2022
ޔާމީން އެބުރަވަނީ ފެބްރުއަރީ 7 ގެ ވީޑިއޯތަކަށް ކަމަށްވެސް ވެދާނެ!
ކޮވެލި
31 July 2022
ޔާމީނަށް ވުރެ ބޮޑު ގައްދާރެއް ކޮބާތޯ. ރައްޔިތުންގެ އެތައްފައިސާއެއް އަމިއްލަ އެކައުންޓަށްލައި އެއިން މަންފާ ހޯދުމަށްވުރެ ބޮޑު ހިޔާނާތްތެރިއަކީ ކޮބާ. ރައްޔުތުންގެ މަޖިލީހާއި ސްޕްރީމް ކޯޓްގެ މަސައްކަތް ހުއްޓުވާލުމަށްވުރެ ބޮޑަށް ގައުމަށް ގައްދާރުވުމަކީ ކޮބާ.
އެމްސް
31 July 2022
ތިއިން އެއްވެސްކަމެއް ސާބިތު ވެއްޖެތޯ؟
އަހްމަދ
31 July 2022
ޔާމީނު ނޫނީ ދުނިޔެ އުމުރަށް އަމިއްލަ ވިޔަފާރިއެއް ނުކުރާ އެކަމަކު މާމޮޅު އިކޮނަމިސްޓަކަށް ވެގެންއުޅޭ މީހެއް ދުނިޔޭގައިވެސް ނުހުންނާނެ. އެކައުންޓުގަ 100 މިލިއަންހުރެ ދަރީގެ އެޕާރޓްމަންޓްގެ ކުލި ދެއްކޭނެ ވަރުވެސް ނެތޭ ކީ މީހެއްވެސް ނުހުންނާނެ. އެހެންވީމަ ޔާމީނު ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ.
އެމްސް
31 July 2022
ތިޔަކަހަލަ ވާހަކައަކަށް ކޯޓުން ޙުކުމެއްވެސް އައި، އެކަމަކު ފަހުން އޮތީ ޙުކުމްވެސް ބާޠިލްކޮށް ބަދަލުވެސް ދީފަ! ހަމަ އިބޫގެ ސަރުކާރުން!
1234
31 July 2022
އެއީ ވެރިކަން ހޯދައިދިނީމަ