ހާޓް އެޓޭކެއް ޖެހިގެން ދުބާއީގައި ރޭ ނިޔާވި މިއުސަމް.
02 އޯގަސްޓް 2022 - 08:21
ޔޫއޭއީގައި ދިރިއުޅެމުން އައި ދިވެއްސަކު، ހާޓް އެޓޭކެއް ޖެހިގެން ރޭ ނިޔާވެއްޖެ އެވެ.
އެ ގައުމުގެ ފުޖެއިރާ އަށް މީގެ އަހަރެއްހާ ދުވަސް ކުރިން އާއިލާއާއެކު ދިރިއުޅުން ބަދަލުކުރި މިއުސަމް މުހައްމަދު ސަލީމް ނިޔާވިއިރު އުމުރުން 40 އަހަރެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ދެ އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ޖުލައި މަހު އެ މިނިސްޓްރީން އޭނާ ވަކިވީ އަންހެނުންނަށް ޔޫއޭއިން ޓީޗަރެއްގެ ވަޒީފާ ލިބުމުން، އާއިލާއާއެކު އެ ކޮޅަށް ދިރިއުޅުން ބަދަލުވުމަށެވެ.
ދުބާއީ އަށް ބަދަލުވެ، މިއުސަމް މަސައްކަތް ކުރަމުން ދިޔައީ ފުޖެއިރާ އެއާޕޯޓުގަ އެވެ.
މިއުސަމް ނިޔާވިއިރު 12 އަހަރުގެ އަންހެން ކުއްޖަކާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސނނ
03 August 2022
މިއުސަމްއަށް ސުވަރުގޭގެ ހެޔޮނިއުމަތް ލައްވާށި.ހެޔޮހިތެއްގެ ވެރިޔެއް އެއީ.މަށާއެކުވެސް އެއްކުލާހެއްގަ އުޅުނު
عبدالسميع لميع
03 August 2022
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ސަންޕަދަރި
02 August 2022
ދުވާލަކު 8 އާއި 12 އާ ދޭތެރޭ ދިވެހިން އައިޖީއެއްއެޗް އަށް އެބަގެންދޭ ހާރޓްއެޓޭކް ޖެހިގެން, އެޗްޕީއޭއިން މިކަމާ އުޅެން އެބަޖެހޭ މިހާރު މިއޮތީ އެކަމަށް ކާފިއުއެއް ހިންގާ ހިސާބައްގޮސްފަ.
ދިރިއުޅުމުގެ ވައްޓަފާޅި
03 August 2022
މި މަރުގެ ފަހަތުގައި ކުރިންސުރެ ހުރި ބަލިމަޑުކަމެއްގެ ތަފްޞީލެއްނެތީމަ އެކަމާ އެއްޗެކޭ ބުނެވޭކަށްނެތް. މަރު ތިމާއާ އަރާ ހަމަކުރާނެ އިރެއް އެއްވެސްމީހަކަށް ނޭންގޭނެ. މިއުސަމް އަށް ސުވަރުގެ މިންވަރުކުރައްވާށި. ޒުވާން އުމުރުގައި ހިތުގެ ބަލިތަކާ ނޭވާލާނިޒާމުގެ ބަލިތަކާ ކިޑްނީގެ ބަލިތަކާ އަދި ކެންސަރުވެސް ގިނަވަމުން ދާ ސަބަބަކަށް ވެދާނެ، ދުންފަތާ، ދުފުމާ، ހަކުރުގިނަ ބުއިންތައް ބޭނުންކުރުން ގިނަވުމާ، ނިދުމާ ފެނާ ކަސްރަތު މަދުވުން
ަސަކޫން
02 August 2022
މަރުހޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އާމީން.
ޝަމީޒް
02 August 2022
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ރަދީފްއޮފިޝަލް
02 August 2022
މިއުސަމް މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 8 އުޅުނުއިރު ދިމާވެ ގާތްކަން އުފެދުނު.އޭރުވެސް އެއީ މީހުންނަށް އިހްތިރާމްކުރާ ވަރަށް ރަނގަޅު ތޫނުފިލި ކުއްޖެއް.ސްކޫލް ނިންމާފަ ވަޒީފާގެ މާހައުލުން ވެސް ދިމާވި.ފެންނައިރަށް ގޮވާލާނެ.ވަކިވެގެން އެދިޔައީ ރަނގަޅު ދިވެހި ދަރިއެއް.މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވައި އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި.އާމީން.
ށަވިޔަނި
02 August 2022
اللهم اغفر له وارحمه واسكنه في الجنة آمين
ވޯޓުއޮޅުވާލިޖިންނި
02 August 2022
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ދުބާއީގަ 2ވަނަ މަރު މި ހަފްތާގަ
02 August 2022
އާއިލާ އަށް ތައުޒިޔާ، މއްޔިތާގެ ފާފަ ފުއްސަވާ ކައްވަޅުގެ އަޒާބު ލުއިކުރައްވާ ސުވަރުގެ މިންވަރު ކޮއްދެއްވާށި. ނޫސްވެރިން ކަވަރ ކުރަނީ މަޝްހޫރު މީހުންގެ ޚަބަރުތޯ؟؟ ކޮބާ މީގެ 2ދުވަސްކުރިން ޝައްކުވާ ގޮތަކަށް އެޕާޓްމެންޓެއް މަތިން ވެއްޓި ނިޔާވި ޓީނޭޖް ބޯއީގެ ޚަބަރު. ރައުދާގެ ކޭސް ކަހަލަ މާރޑަރ އެއް. ތައުޒިޔާ މައްޔިތާގެ އާއިލާ އަށް
މަޖީދު
02 August 2022
انا لله وانا إليه راجعون