ޚަބަރު / މީހުން މެރުން

މަރުގެ ތުހުމަތުގައި ހައްޔަރުކުރީ މަޝްހޫރު ސްކޭޓާ ޝާހިލް

ޝާހިލް މީގެ ފަސް އަހަރު ކުރިން ނަގާފައިވާ ފޮޓޯއެއްގައި

07 އޯގަސްޓް 2022 - 03:10

38 comments

ހ. ޝީރީންވިލާގައި ރޭ ދަންވަރު އަންހެނަކު މަރާލި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުުގެ ދަށަށް ގެންގޮސްފައި ހުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ އަލީ ޝާހިލް ކަން "މިހާރު" އަށް ޔަގީންވެއްޖެ އެވެ.

ޝާހިލް އަކީ 2002 ގެ މެދުތެރެއިން ފެށިގެން ސްކޭޓް ކުރަމުން އަންނަ 23 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބައެއް އިންޓަވިއުތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް ވަނީ ގެނެސްދީފަ އެވެ. އޭނާ ވަނީ 2017 ގައި، އުމުރުން 17 އަހަރުގައި، އިންޑިއާގައި ބޭއްވި ބައިނަލް އަގުވާމީ ސްކޭޓިން މުބާރާތުގައި އެއް ވަނަ ވެސް ހޯދައިފަ އެވެ.

ފުލުހުން ޝީރީން ވިލާ ގޭގެ ބޭރުގައި -- ފޮޓޯ: ނައުޝަމް ވަހީދު

މަރުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 11:30 ހާއިރު އެވެ. ފުލުހުން ގޮސް، އެ ސަރަހައްދުން ޝާހިލް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ވެސް އެ ގޭތެރެ އަށް ވައްދައި ފަހުން ފުލުހުންގެ ކާރެއްގައި ވަނީ ފުލުހުންގެ މަރުކަޒަށް ގެންގޮސްފަ އެވެ. އެކަމަކު، އެ މައްސަލާގައި ހައްޔަރުކުރީ ކާކު ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އަދި މަރުވި މީހާ އާ އޮތީ ކޮން ގުޅުމެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން ގާތްގަނޑަކަށް ތިން ގަޑިއިރުވަންދެން އެ ގޭގެ ނުވަ ވަނަ ބުރީގައި ހަރަކާތްތެރިވުމަށް ފަހު، އަންހެން މީހާގެ ހަށިގަނޑު އިމާރާތުން ބޭރަށް ނެރުނީ 2:30 ވާން އުޅެނިކޮށެވެ.

ޝީރީން ވިލާ ގޭގައި މަރާލި އަންހެން މީހާގެ ހަށިގަނޑު އެމްބިއުލާންސްގައި އުފުލަނީ -- ފޮޓޯ: ނައުޝަމް ވަހީދު

މި މަރާ ބެހޭ ގޮތުން ފުލުހުން އަދި އިތުރު މައުލޫމާތެއް ނުދެ އެވެ. އަދި އަންހެން މީހާއާ ބެހޭ ތަފުސީލެއް ވެސް ނުދެ އެވެ.

އެކަމަކު، ބައެއް މީހުން ބުނެފައިވާ ގޮތުގައި އަންހެންމީހާގެ ކަރު އޮތީ ބުރިކޮށްލައިފަ އެވެ. އެ ގެއިން ފުލުހުން ނުކުމެގެން ދިޔައިރު ދެ ބޮޑީ ބޭގް ނެރުނެވެ. އެހެންވެ ބެލެވޭ ގޮތުގައި ހަށިގަނޑާއި ބޯ ވަނީ ވަކިވެފަ އެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑު ގެންދިޔައީ ގަލޮޅު މޯޗަރީއަށެވެ.

Bainalaguvaamee Skateboarding mubaaraathakun dhivehi kujjaku vidhaalaifi

Bainalaguvaamee Skateboarding mubaaraathakun dhivehi kujjaku vidhaalaifi

Telling exclusive, original stories of Maldives youth, entertainment and lifestyle

Dho?!

މިއީ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލްއާ ބެހޭ ގޮތުން "ދޯ"ގައި ލިޔެފައިވާ ލިޔުމެއް

38 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 79%
icon angry icon angry 9%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމަނާ

08 August 2022

މިސޯލިހްގެ އާއިލާއާއިބެހޭ މައުލޫމާތު އެނގޭކުދިން އެކަން ހާމަކޮށްލަދީބަލަ.

The name is already taken The name is available. Register?

ވަހީދު

07 August 2022

ލެޔާއި އެކު ނުނެރެން ވެގެން ހެދުން ލައްވައިގެން ނެރުނީ. މުހިންމު މައްސަލައެއްގެ ސީން އެއްކޮށް ގެއްލުވާނީއޭ މަގާތު ލޯ ކިޔަވާ ކުއްޖަކު ބުނި.

The name is already taken The name is available. Register?

މަގޭޚިޔާލުމީ

07 August 2022

ކޮންގޮތަކުންތަ މަޝްހޫރު މި ކިޔަނީ؟ އަހަރެންމީ މިމާލޭގައި ދިރިއުޅޭތާ 37 އަހަރު ވެފައިވާ މީހެއް. މީޑިއާގެ ވަސީލަތްތައްވެސް އަބަދު ބަލަމުންދާ މީހެއް. މިސޮރެއްގެ ވާހަކަ އަދި މިއިވުނީ އަލަށް. މީހަކު މެރިކަމަށް ތުހުމަތުކޮށްގެން ޚަބަރެއް ޖެހީމަ މިމީހާ މިއެނގުނީވެސް. އެކަމަކު ތިބުނަނީ މަޝްހޫރޯ.

The name is already taken The name is available. Register?

މޮޔަވެއްޖެ

08 August 2022

އަހަންނަށް މިހާރު އެސޮރު މަސްހޫރުވަނީ މީހަކު މެރި މީހެއްގެ ގޮތުގަ.

The name is already taken The name is available. Register?

ޖުވައިލްސް

07 August 2022

އިންސާނަކު އިންސާނަކަށް ދޭވަރުގެ އަނިޔާއެއް ނޫން ދީފަ އެހެރީ އިންސާނުންގެ ތެރޭ ގެންގުޅެން ހެޔޮނުވާނެ ދިވެހިރާއްޖޭގަ ލަސްނުކޮށް މަރުގެ ހުކުމް ތަފީޒުކުރަން ފަށަޖެހޭ އަދި މަރުގެ މައްސަލަތަކުގެ ޝަރީއަތް އަވަސްކޮށް އަވަހަށް ހުކުން ކުރަންޖެހޭ

The name is already taken The name is available. Register?

ޝާހިދާ

07 August 2022

ނުވާނެ ތިކަމެއް. ކާފަރުން ހިތްރުއްސަން ޖެހޭތީ މަރަށް މަރު ހިފަން ނުކެރޭނެ ތީން އެއްވެސް ވެރިއަކަށް. ހަމަ ދަންމަ ދަންމާ ތިބޭނީ. އިންތިޚާބް ކާރިވީމާ ކެމްޕެެއިންގަ ވައުދު ލިސްޓްގެ އެންމެ ކުރީ އޮތްނާނެ މަރަށް މަރު ހިފަންށާ ގޮތްނޭނގޭ ގޮތަށް މަރުވި މަރުތައް ބަލާނެ ނިންމަން. ވެރިކަމަށް އާދެވުނީމަ ވައުދާ ހުވާތައް ވަޑިގަނޑަށް

The name is already taken The name is available. Register?

ބެލްޖް

07 August 2022

ތި މޮޅެތި ސްޕޯރޓްސް އެންޑް މިއުސިކް ޕްރޮމޯޓްސް ޑްރަގްސް އޮންލީ. މިހާރު އެކަން އޮތީ އެހެން.

The name is already taken The name is available. Register?

ދިއްދޫމީހާ

07 August 2022

ކީއްވެގެންބާ މިހާރުގެ ރައީސްއާ މިމަރާ ގުޅުވާގެން ވާހަކަ ނުދައްކަނީ؟؟ މީގެ ކުރިން ޔާމީންއާ މަރުތަކާ ގުޅުވާގެން ވާހަކަ ދެއްކީ ވެރިކަމުގާ ހުރީމަ މިހާރު ކީއްވެގެބާ ނުދައްކަނީ؟ މަޝްހޫރު ކަމުން އޭނަޔަ އެކަނި އިންގެނީ އެކަން..

The name is already taken The name is available. Register?

ހިމާރުލްގައުމު

07 August 2022

ޔާމީން ވެރިކަމުގެ މީހެއްގެ މަރުގެ ޙަބާރާއެކު ފަހަތު ޕެރެގެރާފުގަ އަދަދު ޖަހައި ހިސާބު ހަދާފަ ބުނެލާނެ މިވެރިކަމުގަ މަރާލެވުނު މިވެނި އަދަދެއްގެ މިހާއޭ. ނުސީދާކޮށް ޔާމީން ބޮލަށް ކަނޑާލާފަ އޮންނާނީ. އެ ވަރިހަމަ ތަނަކުން ވެއްޓި މީހެއް މަރުވިޔަސް.

The name is already taken The name is available. Register?

ސޯލިބ

07 August 2022

ތިހުރީ މޮޅަށް ސްކޭޓް ކުރެވިފައި. ދެންއޮވޭ ސްކޭޓްކުރަން.

The name is already taken The name is available. Register?

ހުތްެާ އާދަު

07 August 2022

ކޮން މަޝްހޫރެއްތަ

The name is already taken The name is available. Register?

ފައިލަ

07 August 2022

އަސްލުވެސް. ދެން ކޮންމެހެން މީނާ މަޝްހޫރޫކުރާނެކަމެއް ނެތް .

The name is already taken The name is available. Register?

ފޭރުމާ

07 August 2022

އަލީ ސާލިހް އަކީ ފ. ނިލަންދޫ އައް ނިސްބައިތް ވާ ކުއްޖެއް . ވަރައް އަޑި ނުބައި މީހުން އުޅޭ ރަށެއް

The name is already taken The name is available. Register?

ކުޅަނދުމާ.

07 August 2022

ރާއްޖޭގައި އެންމެ އަޑި ނުބައި މަކަރުވެރި މީހުން ތިބޭނީ ކ.އަތޮޅު މާލޭގައި.

The name is already taken The name is available. Register?

ސަމީދު

07 August 2022

އޭނާގެ ރަޖިސްޓްރީ ނިލަންދޫއަށް އޮތަސް، އޭނާއަކީ ދުވަހަކުވެސް ނިލަންދޫއަށް ގޮސްއުޅޭ އަދި ނިލަންދޫ މީހުން ދަންނަ މީހެއް ނޫނެވެ.

The name is already taken The name is available. Register?

ތެހެންނުބުނޭ

07 August 2022

ވަކި ރަށަކަށް ނިސްބަތްވުމަކީ މީހުން ގޯސްވާ ސަބަބެއްނޫން. އެހެންނޫނަސް އެންމެ ކަހަލަ ގޮތަކަށް އުޅެނީ މާލޭގަ، އަދި ގިނަގޯސްކަންތައްވެސް ހިނގަނީ މާލޭގަ

The name is already taken The name is available. Register?

ހުދުމާ

07 August 2022

ނިލަންދޫ ވަރަށް ގިނަ މީހުން ދަންނަން، ވަރަށް ތައުލީމީ ރަނގަޅު ހިތްހެޔޮ މީހުން އުޅޭ ރަށެއްްތީ

The name is already taken The name is available. Register?

ތުބުޅި

07 August 2022

މީކޮންކަހަލަ ފިކުރެއްބާ؟ ތުބުޅި ލީ މީހަކު ނަމަ ހުރިހާ ތުބުޅިލީ މީހުންނަށް ފުރައްސާރަކުރީސް ކަންނޭނގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454