އިސްލާމިކް މިނިސްޓްރީން ކުރިން ބޭއްވި މީޑިއާ ބްރީފިންއެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު ވާހަކަ ދައްކަވަނީ: އޭނާ މިހާރު ވަނީ މަގާމުން ވަކިކޮށްފައި ކަމަށް އެނގިފައިވޭ.
08 އޯގަސްޓް 2022 - 10:28
ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ރާފިއު ކަމަށް ތުހުމަތު ކުރެވޭ މީހަކު ވެސް ބަންގްލަދޭޝްގެ އަލަމްގީރާއެކު، ކޮޓަރީގައި އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކުކޮށްލައިފި އެވެ.
ގުރުއާން މުދައްރިސެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ރާފިއު އަކީ އެމްޑީޕީގެ ޖަލްސާތައް ފެށުމަށް އާންމު ގޮތެއްގައި ގުރުއާން ކިޔަވާ މީހާ އެވެ. ރާފިއުއަކީ ވަރަށް ކުރިއްސުރެ ކުދިންނަށް ގުރުއާން ކިޔަވައިދޭ މުދައްރިސެއްގެ އިތުރުން ކުރިން ރ. މީދޫގެ ކަތީބުގެ މަގާމު ވެސް ފުރާފައިވާ މީހެކެވެ.
ގުރުއާނާ ބެހޭ މަރުކަޒުގައި ރާފިއު ހުންނެވީ ރައީސް އައްޔަން ކުރައްވާފައިވާ މަގާމެއްގަ އެވެ. އެނގިފައިވާ ގޮތުގައި، އަލަމްގީރާއެކު ކޮޓަރިން ފެންނަ އެކަކީ ރާފިއު ކަން ފުލުހުންގެ ފޮރެންސިކަށް ކަށަވަރުވެ، އެ މައްސަލަ ބަލާކަން ފުލުހުން އިސްލާމިކް މިނިސްޓްރީ އަށް އެންގުމާ ގުޅިގެން އޭނާ ވަނީ ފަހުން މަގާމުން ވަކިކޮށްފަ އެވެ.
ރާފިއުގެ އިތުރުން މިސްކިތެއްގެ އިމާމަކު ވެސް އެ މައްސަލައިގައި ހިމެނޭތީ، ފިޔަވަޅު އަޅައި ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. އެކަމަކު، އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
އެއްޖިންސުން ގުޅުން ހިންގަން އަލަމްގީރު ބޭނުންކުރި ކޮޓަރީގައި އޭނާއާއެކު ރާފިއު ހުންނަ ވީޑިއޯ އާންމުވި ނަމަވެސް އެ ދެ މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރެއް ނުފެނެ އެވެ. ބެލެވޭ ގޮތުގައި އެ ވީޑިއޯގެ ވަކި ބައެއް ވަނީ ކަނޑާލައިފަ އެވެ. ވީޑިއޯ އިން ފެންނަނީ ރާފިއު ކަމަށް ބެލެވޭ މީހާ އާއި އަލަމްގީރު ބައްދާލާ މަންޒަރެވެ.
އަލަމްގީރުގެ މައްސަލާގައި މިހާތަނަށް ކަސްޓަމްސްގެ ބައެއް މުވައްޒަފުންނާއި ޓީޗަރުންތަކަކާއި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކާއި ހޯމް މިނިސްޓްރީގެ ޖުވަނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
މިދިޔަ މަހު 12 ގައި އަލަމްގީރު ހައްޔަރު ކުރުމަށް ފަހު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ވަޒީފާ އަދާކުރާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލުގަރިހޭ
10 August 2022
މިއެއްޗެހިންގެ ފޮޓޯ ނުޖަހަފާނަން. ބޮލަށް އުދަގޫވޭ ފެނުނަސް މިފަކުރުތައް. ނިވްސް ފީޑް ބަލަމުންދާއިރު ނުބަލާން ހުއްޓަސް ފެންނަނީ
އިބްރ
09 August 2022
އެމްޑީޕީގެ ހާޑް އެކްޓިވިސްޓެއް. އެއްވެސް އަދަބެއް ނުދޭނެކަމަށް ބެލެވެނީ.
ޑޮކްޓާރ. ބަނާނާ
08 August 2022
މުޑުދާރު އަމަލު ހިންގި " ލެއްގި ޑިރެކްޓަރު " ގެ މި ހަބަރަކަށް ކޮމެންޓު ކުރަން އުޅުމުން ވެސް ލެވެނީ ހޮޑު! ކީއްކުރަން އަބަދު ހުދު ގަމީސްލާފަ ބޫޓަށް އަރާ ތިޔާ ޓައީ އަޅަނީ؟ ލަދުކޮބާ ؟؟
ތުއްތު ކަލޯ
08 August 2022
ބަންގާޅީ އަލަމްގިރި މި ހުރިހާ އެންމެންނާއި އެކީ ލިވާތު ކުޅި ކުޅެ ފަތުރަމުން ދިޔައިރު އިންޓެލިޖެންސް ވެސް އޮތީ ނިދީގައިބާ
އުދުހޭ
08 August 2022
އެތަނުންވެސް ބަޔަކު ނުކުޅޭކަމެއް ނޭންގެއެއްނުން.
އި ނބިލީހާ
08 August 2022
އަލަމް ގިރި އުޅެނީ މަށަށް ވުރެ ކުރީގައި
ވިކިލީކްސް
08 August 2022
މިފދަ ފާހިޝް ކަންތަކަކީ އަބަދުމެ ހިނގާ ކަންތައް. 100 އަކުން މީހަކު ރަނގަޅަށް ނުހުންނާނެއެކޭ ނޫން. އެއްބަޔަކު ހުއްދަ ނޫންގޮޮތުގަ "ބިޓުންނާއެކު" ޖިންސީ އެދުންފުއްދާކަންވެސް އެންމެން ދަނޭ. ސައިކަލް ފަހަތުގަ ކައިވެނިނުކޮށް ބައްދައިގެން. އެކަން މައްސަލައަކަށްނުވޭ! ހަގީގަތަކީ އެމީހުންގެވެސް ރޫމްތަކުގަ ކެމެރާ ހުރިނަމަ މިކަހަލަ ލަދުގަންނަ ކިތައް ކަމެއް ބޭޒާރުވާނެ! މިކަހަލަ ކަންތައް ހުއްޓުވުމަކީ ނާދިރުކަމެއް. ފިޔަވަޅު އަޅައިގެން މަދުކޮށްލެވިދާނެ!
ނިޝީ ކާކީ
08 August 2022
ތަޙްޤީޤު ޓީމުން އަދި ދަތުރުކުރެވެނީ ގިރީގެ ބޭރުކައިރިން ކަމަށް ވެދާނެހެން ހާދަ ހީވެޔޭ. ގިރީއެތެރެއަށް ޓިޔަ ޓީމުވަދެ، އެތެރެއިން ތަޙްޤީޤަށް ލިބޭން ހުރި ހަރު އެއްޗެތި އަދި ހަމަ ހުރީކަމަށް ލަފާ ކުރެވެނީ.
ގާމިން
08 August 2022
ހީވޭ ތިކަހަލަ އެއްޗެއް. ޖީޕީއެސް މައްސަލަ ޖެހިފަ ތިބި އެންމެން ގޮސް އެއް ގިރިއަކަށް މިއަރަނީ އުތަ؟
ހަސީލަތް
08 August 2022
ދާއިރާއެއްގެ އިލުމެއްގެ މަދު މިންވަރެއް ހުއްޓަސް އަދި އަހުލާގެއް ނުހުރެދާނެ ކަން މިއެގުނީ. ދީނާ ގުޅޭ އިލްމެއް ހުއްޓަސް ދީންވެރި ރަނގަޅު މީހަކަށް އިންސާނާ ނުވެދާނެ. މިފެނުނީ މިސާލެއް. މިކަހަލަ ބައިބަރު އުޅޭ. ހެވޭ ނުބައި، ރަނގަޅާ ގޯސް އެއީ އިންސާނީގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައި ހުންނަ ކަމެއް. އަހަރުމެން ދެކެން މޫނު ބުރުގާ އަޅައިގެން ތުނބުޅި ލައިގެން އުޅޭ މީހުން ތެރޭވެސް މައިންބަފައިންނަށްވެސް އަޅާނުލާ، އަމިއްލަ އެދުން ބޮޑު އެތައް ބަޔަކުވެސް.
ދޫނިރާއްޖެ
08 August 2022
މިޔެމެން މޫނެ ފިށިޖަހަގެން ނަލަ ޓައީ އެޑަގެން ތިބެ ފިރިހެނުންނާއި ގާތްވޭކަލަކި ލަދަށް ނިގަނީ؟ ކަތީބުކަން ކޮށްފެއި ކަތީބުކަމުގެ ތަޖުރިބާ ލިބިފެއި ހިށިމެއްި ބެނާނެ އެއްތަށް ނެތް. އަހަރަތަކަކަށް މިރާއްދޭ އެއްމެންނަށް އެއީ ބަޔަކު ބާކިން ކޮޅަނެ ކުޅިވަރަށްކަން އެނގޭ އެހެނަސް އާއްމުކޮށް ނިދައްކާ ކުޅިވަރަށް މެހެން ފަޞީހަށް ވީމެއި ހެއްދެވި ފަރާތަށް ހަމްދުކެރަން. މި ލިވާތުބަގަ އެއްކޮށް ފަޞީހަތް ކުރައްވާނދޭވެ. އާމީން.
ޙަބީބު.
08 August 2022
ޢެ އީ ވޯޓުލީމީހުންގެ މިސްޓޭކެ އް އެބޭފުޅުން ވިދާޅުވި އެޖެންޑާ 19 ތަފާތުވާނޭ އެއ އީކޮންތަފާތެ އްތޯ ނޭހުމަކީ އަހަރެންގެ މަ އްސަލަ އެހެންނޫނަސް އޮސްޓްރޭލިޔާއ އިން މިހާރު އެވަނީ ގިރިތަކަ އް ޖެހޭބަލި ދެނެގަތުމަ އް ސީލްކިޔާ އެއްޗެ އް ފޮނުވާފަ އަ އްޑޫގެ ފަރުމަތީ މިހާރު އެއ އޮތީ އެކަކު އިތުރު ތަފާތެއ އް އަދިވެސް ފެންނާނެ