އެއް ޖިންސުން ގުޅުން ހިންގަން ބޭނުން ކުރި ކޮޓަރި
08 އޯގަސްޓް 2022 - 11:57
ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިމާމަކު ވެސް ސަސްޕެންޑް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ބަންގްލަދޭޝްގެ އާލަމްގީރާއެކު، އިމާމެއް ކަމަށްވާ އަހުމަދު ރަޝީދު ވެސް ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަން ފުލުހުންގެ ފޮރެންސިކަށް ކަށަވަރު ކުރެވޭތީ، އޭނާ އަށް ފިޔަވަޅު އެޅުމަށް ވަނީ އިސްލާމިކް މިނިސްޓްރީގައި އެދިފަ އެވެ. އެހެންވެ، އެ މިނިސްޓްރީން ވަނީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އަހުމަދު ރަޝީދު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ހުޅުވި މިސްކިތުގެ އިމާމުކަން ކޮށްފަ އެވެ. އެކަމަކު، ފަހުން އޭނާ އިމާމުކަން ކުރި މިސްކިތެއް ނޭނގެ އެވެ.
އާލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ކުރިން އާންމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަ އެކަކީ އިމާދުއްދީން ސްކޫލުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން އުޅުނު ސެން ޓީޗަރެކެވެ. ދެން އެ ވީޑިއޯ އިން ފެންނަނީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މުވައްޒަފެކެވެ. ހޯމް މިނިސްޓްރީގެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާއިރު، ވީޑިއޯ އިން ދެން ފެންނަ ސެން ޓީޗަރު އެންމެ ފަހުން މަސައްކަތްކުރި ސްކޫލެއް ސާފެއް ނުވެ އެވެ.
ޓީޗަރުންތަކެއް ވެސް އެއްޖިންސުން ގުޅުން ހިންގާފައިވާކަން ފުލުހުންނަށް ކަށަވަރުވެފައިވާތީ، އެ މީހުންގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީ އަށް ދިނުމުން އެ އެންމެން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އއެވެ.
މިދިޔަ މާޗު މަހުން ފެށިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހިމެނޭ މީހުންނަށް ފިޔަވަޅު އަޅަން ފަށާފައި ވަނީ މިދިޔަ މަހު ފަހުކޮޅުން ފެށިގެނެވެ.
އެ މައްސަލާގައި ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއަކާއި ކަސްޓަމްސް، ހޯމް މިނިސްޓްރީ، އެމްއެންޑީއެފް އަދި ފުލުހުންގެ ބައެއް އޮފިސަރުން ވެސް ހިމެނޭތީ ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި އާލަމްގީރާއެކު އުޅެނިކޮށް ވީޑިއޯ އިން ފެންނަ، ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު ވަނީ އެ މައްސަލައިގައި މަގާމުން ވަކިކޮށްފަ އެވެ. އެއީ ގުރުއާން މުދައްރިސެއް ވެސް މެ އެވެ.
ނަމަވެސް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދު އަދި ފުލުހުންގެ ވަޒީފާގައި އުޅޭ މީހެކެވެ.
އެ އެންމެނާއެކު އެއްޖިންސުން ގުޅުން ހިންގި އާލަމްގީރު ހައްޔަރު ކުރީ މިދިޔަ މަހު 12 ގަ އެވެ. ފުލުހުން އަންނަނީ އެ ވީޑިއޯތައް ހަދައި ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހުމް
09 August 2022
މަ ދިޔައިން އެކޮޓަރީ އެއަރ ކޯން ހަދަން. މަގޭ ވީޑިޔޯއެށް ލައިފިޔާ އެއީ އެޑިޓްކޮއްފަކަން ޔަޤީން.
މަބަލްދީބް
09 August 2022
ހޫން.. ރެކެން ނޫޅޭ
ކަންޒުކަހަބު
09 August 2022
ވަގުތީ މިސްކިތުގަ ހުރެފް ބަދަލުވީ އާރު.ސީ.ސީ އިން އަލަށްހުޅުވި މަސްޖިދުލް ރަޝީދުއަށް
ސޭކުން
09 August 2022
ދިވެހިރާއްޖޭގައި މިއުޅޭ މުދިމުންނާ ދީނީ އިލްމުވެރިންގެ ހާލަކީވެސްތީ ބޭރުފުށުން ވަރަށް ދީންވެރިވެގެން އުޅެނީ އެކަމަކު ސިއްރުން ބޮޑެތި މުންކަރާތްތަކަށް މިއަރައިގަންނަނީ
އެމްސް
09 August 2022
އިންސާނުން ވީމަ!
ދޫނުކުރާތި
09 August 2022
ކޮބާ ފޮޓޯ އަޙްމަދު ރަޝީދުގެ އޭރުންދޯ މީހުންނަށް ެ
މމމ
08 August 2022
މިމީހުންގެ ފަހަތުގައި ނަމާދު ކުރާނީ ކިހިނެތް
އެމްސް
09 August 2022
އެކި ސިޔާސީޕާޓީ އެކި ސަފުސަފުގަ!
ރރރަ
09 August 2022
ފަހަތުގަ އައް ވުރެ ނުރައްކަލީ އެމީހުންގެ ކުރިމަތި ސަފުގައި ހުރީމައޭ!!
ކުޑަގިރި
08 August 2022
ކުއްކުރި މީހުންނަށް ގާނޫނުބުނާ އަދަބުދޭންވާނެ! އެކަމަކު ބްލެކްމެއިލުކުރުން ދިވެހިރާއްޖޭގަ ހަރުކަށިއަދަބަކަށް ހަދާނީ ކޮންދުވަހަކުންތޯ؟
އެމްސް
09 August 2022
މިއީ ބައިކުޅަބައިން ޤާނޫނު ހިނގާ ތަނެއް! އެއްވެސް ވިސާއެއްވެސް ނެތި/ޤަވާޢިދާއި ޚިލާފަށް މިޤައުމަށް ވެރުވެގެން އުޅޭ ލައްކައެއްހާ ބިދޭސީންނަށް އެއުޅެނީ މަޢާފުދީފަ އަދިވެސް އިތުރަށް ބައިތިއްބަން! އެއްވެސް އަދަބެއް ނެތް! ވަޒީފާތަކުގަވެސް ގިނައީ ބިދޭސީން! ބޯހިޔާވަހިކަންވެސް އެ އެންމެނަށް އެބައޮތް!
ބަރުބާދު
08 August 2022
ކުރީގަވެސް ބުނީމެއްނު އިމާމުންނައް މުދި މު ނުކިޔާށޭ.
މޫނުބުރުގާ
08 August 2022
އެހެންވީމަ ފިރިހެނުންވެސް މޫނުބުރުޤާ އަޅަންޖެހޭ ހިސާބަށް މިޤަޢުމުގެ ކަންތައްމިދިޔައީ. އެހެންނޫނީ އަލަމްގިރި ބާގައިގެ މީހަކަށް ފިރިހެނެއްގެ ތުނބުޅިއެއް ނޫނީ ކުޑަކަޅުވައެއް ފެނުނަސް ހިތްގޯސްވެދާނެ!
ތުނބުޙި
08 August 2022
އަލަމްގީރު ތުނބުޅިއެއް ހުރޭތަ
ނުވަންނަ ކުއްޖެއް
08 August 2022
ތުނބުޅި ނުފަޅަނީ އެކަމަކު މަތިމަސްހުރޭ
ހޭކެނޑޭ
08 August 2022
މިހާރު ދެން މިވާހަކަތައް އެބަޖެހޭ ނޫސްތަކުގައިނުޖަހަން. ސަބަބަކީ އަޅުގަނޑުމެންގެ ޅަދަރިންވެސް ނޫސްތައް ކިޔާ ފޭސް ބުކް ބަލާ ހަދާތީ. ބައެއްފަހަރު އެކުދިން ސުވާލު ކޮއް ހަދާ ބައްޕާ، މަންމާ ، މާމާ މި ލިވާތު ކުރުން ނުވަތަ އެއްޖިއްސުން ގުލުން ހިންގުން މީގެ މާނަ އަކީ ކޮބައިހޭ ! މިދާ ވަރުން ދަންޏާމު މިހިރަ މިހިރަ ކަންކަން މި ކުދިންނަށް އެނގި ކަމުގެ އަޖުމަ ބެލުމަށްޓަކައި މިކުދިން މިކަންކަން ފެށުމަކީ ދުރުގައި އޮތް ކަމެއްނޫން. މިއީ ވަރަށް ހިތާމަހުރި ކަމެއް.
ވަރަށް ސަލާން
08 August 2022
އަޖުމަ ބަލަން ކުދިން މިކަހަލަ ކަންތަކައް އަރައިގަންނާނީ ބެލެނެވެރީންގެ އިހުމާލުން. އެކުދީންނަށް ލިވާތަކީ ކޯޗެއްކަމާއި އެއީ ފާފަޔެެްކަމާއި ހަދި މުޑުދާރު އެއްޗެއްކަން ކުރީބައިގަ އެންގުމަކީ މިކަމަށް އަރައިގަތުމުން ކުދިން ސަލާމަތްކޮށްދޭނެކަމެއް
ހަސަންކުރުސި
08 August 2022
ކަލޭގެދަރި ކަލޭކޮންޓުރޯލްކުރޭ ނޫސްތަކާ ކުޅެންނޫޅޭ
ފައިޒާން
08 August 2022
ދިވެހި ރައްޔިތުންނޭ! ދިވެހި ރައްޔިތުންނޭ! ހެޔޮނުވާނެ ކަލަކު ވޮޑިގެންވާކަން ހަނދުމަކޮށް ތައުބާވޭ. ސަދޫމަށް ލެއްވިފަދަ ކޯފާއެއް މިރާއްޖެޢަށްވެސް އަތުވެދާނެ
ބޮއިން
08 August 2022
ސީލެވެލް ރައިޒް