އަކްޝޭ ކުމާރް.
09 އޯގަސްޓް 2022 - 06:10
ބޮލީވުޑްގެ ކުޅަދާނަ ތަރި، އަކްޝޭ ކުމާރަކީ ދުނިޔޭގެ ހަ ވަނައަށް އެންމެ މުއްސަނދި ތަރިކަމަށް ޑައިރެކްޓަރު، އަނުރާގް ކަޝްޔަޕް ބުނެފި އެވެ.
އަނުރާގް އެކަން ހާމަކުރީ އަކްޝޭ އާއި ތާޕްސީ ޕަންނޫގެ ކުރިއަށް އޮތް ފިލްމު، "ދޮބާރާ" ގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިންނެވެ.
ސިދާތު ކަންނަން ހޮސްޓްކުރި އެ އިވެންޓުގައި އޭނާ ވަނީ އެކި މީހުންގެ ކޮމެންޓްތައް ވެސް ކިޔައިފަ އެވެ. ގިނަ އަދަދެއްގެ ފިލްމު ކުޅެފައިވާތީ އޭގައި ތާޕްސީ ސިފަކޮށްފައި ވަނީ "ލޭޑީ އަކްޝޭ ކުމާރް" ގެ ގޮތުގަ އެވެ.
އެއާ އެކު ތާޕްސީ ބުނީ އެ ކޮމްޕްލިމެންޓް ބަލައިގަންނަ ކަމަށާއި އެކަމަކު އަކްޝޭއަށް ލިބޭވަރުގެ އާމްދަނީއެއް އޭނާއަށް ނުލިބޭ ކަމަށެވެ.
އެހެންވެ، އަނުރާގް ވަނީ އަކްޝޭއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެކްްޓަރުންގެ ހަ ވަނާގައި ހިމެނޭ ތަރިއެއް ކަމަށް ބުނެފަ އެވެ.
އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ.
ފޯބްސް އިންޑިއާގެ މައުލޫމާތުން ދައްކާ ގޮތުގައި އަކްޝޭއަކީ ފޯބްސް ޔޫއެސް ލިސްޓުގެ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސެލެބްރިޓީ ލިސްޓަށް 2019 ގައި އެރި ހަމަ އެކަނި އިންޑިއާގެ ތަރިއެވެ. އެ އަހަަރު އޭނާއަށް 65 މިލިއަން ޑޮލަރު ލިބި، ހިމެނިފައި ވަނީ ލިސްޓުގެ 33 ވަނައިގަ އެވެ. އެކަމަކު 2020 ގައި އަކްޝޭ ހިމެނިފައި ވަނީ ހަ ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ ތަރީގެ ގޮތުގަ އެވެ.
ފޯބްސް މެގަޒިންގައި ބުނެފައިވާ ގޮތުގައި އަހަރަކު 48.5 މިލިއަން ޑޮލަރު ލިބެ އެވެ. އޭނާއަށް އެހާ ބޮޑު އާމްދަނީއެއް ލިބެނީ އިޝްތިހާރުތަކުންނެވެ.
އިންޑިއާގައި އެންމެ ގިނައިން ޓެކްސް ދައްކާ ތަރިއަކީ ވެސް އަކްޝޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނޫޕް
10 August 2022
އަޑުއިވޭގޮތުގައި ވިއްޔާ އަކްޝޭ އަކީ ޗެރިޓީ ތަކަށާ ނިކަމެތިންނަށްވެސް އެހީތެރީވެދޭ ތަރިއެއްކަމަށް ވެއެވެ.
އާކާޝް
09 August 2022
އަކްޝޭ އަށް އީމެއިލް އެއް ކުރީމަ މާލެ ސަރަޚައްދުން ގެއެއް ގަންނަ ވަރަށް ލާރިކޮޅެއް ދީފާނެބާ؟
ށަވިޔަނި
09 August 2022
އުދަރެހުގައި ތަރިތައް އަރައި އޮއްސޭފަދައިން ފިލްމީ ތަރިންނަކީވެސް އަރައި އޮއްސޭބައެއް.
އޮއްސޭއިރު
09 August 2022
ތަރި އޮއްސޭއިރު ޖީބާ ތިޖޫރީތައް ފުރިފަ ހުރެއްޖިއްޔާ އޮއްސުމުގެ މައްސަލައެއްނެތްދޯ