ނޫސްވެރިޔާ އަބްދުﷲ ނަސީރު: އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައި--
17 އޯގަސްޓް 2022 - 07:08
އެއްޖިންސުން ގުޅުން ހިންގުމާއި އެކަން ފެތުރުމަށް މަސައްކަތްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނޫސްވެރިޔާ އަބްދުﷲ ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައި އެކަން ތިން ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް އަންގަން އިއްޔެ އަމުރުކޮށްފި އެވެ.
ނަސީރުގެ ބަންދަށް ތިން ދުވަސް އިތުރުކޮށް ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ވަނީ މި މުއްދަތު ދިނީ ތުހުމަތުކުރާ މައްސަލާގައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނުވަތަ އެކަމުގައި ނިންމި ގޮތެއް ޝަރީއަތަށް ހުށަހެޅުމަށް ކަމަށެވެ.
ނަސީރު ހައްޔަރުކޮށްފައިވަނީ ބަންގްލާދޭޝް ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު ދިވެހިންގެ އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވި ދުވަސްވަރު ނަސީރުގެ ވީޑިއޯއެއް ވެސް އާންމުވުމާ އެކުގަ އެވެ. އެކަމަކު ނަސީރުގެ ވީޑިއޯ އަކީ ކުރީގެ ވީޑިއޯއެކެވެ. އާލަމްގީރުގެ މައްސަލައާ ނަސީރުގެ މައްސަލައާ ގުޅުމެއް ނެތެވެ.
އާލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ތަހުގީގުކުރަމުން އަންނައިރު ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލާފައި ވާއިރު ބަންދުގައި މިހާރު ހުރީ އާލަމްގީރު އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު ކަންކަމާ ޖަލުތައް ފުރާނުލަމާ!
17 August 2022
އެއްކޮޅުން މިބުނަނީ ނަފްސާނީ ބަލިތަކައް ޑރ ރެޑިކުރާށޭ! ޑްރަގް ކްލިނިކް ތައް ހަދައިގެންވެސް ރަގަޅުވެތޯ ބަލާށޭ! ބައެއް މީހުންނަކީ އުފެދުމުގަ ހޯމޯންސް ގެ މިންގަޑު ތަފާތު ވުމުން 'އަންހެން' ކަން ތަންކޮޅެއް ބޮޑައް ހުންނަނީ. އެމީހުން އެކަމާމެދު ވިސްނާފަ ފިކުރުކޮއް ނަފްސާނީ ބަލިމަޑުކަމަކައް ވެއްޓެނީ! މިއީ ތަބީއީ ކަމެއް. ގިނަ ފިރިހެނުންނައް އަންހެނުން ކަމުދާހެން، މިމީހުންނައް ކަމުދަނީ ފިރިހެނުން. ދެން ސުވާލު ކުރަންޖެހޭނީ ތަބީއީކަމުގެ ޒިންމާ ނަގާނީ ކާކުހޭ!
ސެމި
17 August 2022
ނަސީރު ފްރޭމްކޮށްފަ. އޭނައަކި އެކަހަލަމީހެއްނުނު
ަކަނބާ
18 August 2022
އޭނަ ނުރީ ފްރޭމް ކޮއްފަ ރައީސް އޮފީހުގަ ބަހައްޓާފަ.. ތީވެސް އޭނަ ގްރޫޕް މީހެއްދޯ؟ ފްރޭމެއް ހޯދަން ދާންވީ ނުން
ސޯނަމް
17 August 2022
އޭނައަށް ވެސް އުމުރާއަށް ދިއުމުގެ ފުރުސަތު ދޭން ވާނެ. ވަކިބަޔަކަށް އުމުރާއަށް ދިއުމަށް ފުރުސަތުދީފަ އަނެއްބަޔަކު ހައްޔަރު ކުރުމަކީ ގޯހެއް.
ޢަލަމްގީޜު
18 August 2022
ޢޭނަ އުޅޭތަ އުމުރާއައް ދާހިތުން. ޢޭނަ އުޅެނީ އެހެން ކަމެއެއް ކުރާހިތުން. ޢެކަން އެކުރަނީނު
އިންޞާފު
17 August 2022
ﷲގެ ގަދަފަދަވެގެންވާ ކޯފާއާއި ޢަޒާބު އަންނަންދެން ބައިތިއްބާށެވެ. ޢަދުލު އިންޞާފު ނެތްތަނަކަށް އާޚިރުގައި އެންމެ އެކަށީގެންވާ ނިޔާ އަންނަނީ މަތިވެރިވަންތަ ﷲގެ ޙަޟުރަތުންނެވެ.
މިދުނިޔޭގައި އަދަބު ދޭ ކަހަލަ ކަމެއް ނޫން މިއިކީ!
17 August 2022
ކޯފާ އެކޭ؟ ދެން ކޯވިޑް ގަ ހަފުސް ވި އެންމެންނާ އޭގެ ސަބަބުން އާއިލާތަކައް ލިބުނު ނިކަމެތިކަމާ؟ އެއީ ކޮންކަހަލަ ކަމެއްބާ؟
ސެމި
17 August 2022
ކޮވިޑަކީވެސް ކޯފާއެއް. ވަކިވައްތަރެއްގެ ގޯސްކަމެއްކުރީަމައެއްނުން ކޯފާއަންނަނީ! އެވަރު ނުވިސްނޭތީ ދެރައި!