އަކްޝޭ ކުމާރް.
21 އޯގަސްޓް 2022 - 06:05
ބޮލީވުޑްގެ ތަރި، އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު، އަންނަ މަހުގެ ދެވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެެ.
ސައިކޮލޮޖިކަލް ތުރިއްލާއެއް ކަމަށްވާ މި ފިލްމަށް އެންމެ ފުރަތަމަ ދިން ނަމަކީ "މިޝަން ސިންދްރެލާ" އެވެ. އެކަމަކު މިހާރު ފިލްމަށް ކިޔާ ގޮތަށް ނިންމާފައި ވަނީ "ކަޓްޕުޓްލީ" އެވެ.
ޑައިރެކްޓަރު ރަންޖިތު ތިވާރީ ޑައިރެކްޓްކުރާ މި ފިލްމުގައި އަކްޝޭގެ އިތުރުން ޝަގުން މެހްތާ ވެސް މުހިއްމު ރޯލަކުން ފެންނާނެ އެވެ.
އެ ފިލްމަކީ ފުރާވަރު އަންހެން ކުދިން މަރަމުންދާ މީހަކު ހޯދަން ޕޮލިސް ސަބް އިންސްޕެކްޓަރަކު ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
އަކްޝޭ އެންމެ ފަހުން ފެނުނީ މިމަހުގެ 11 ގައި ރިލީޒްކުރި "ރަކްޝާ ބަންދަން" އިންނެެވެ. އެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy