ޚަބަރު / އެމްޑީޕީ ކޮންގްރެސް

ގޮފިތައް ގަވައިދާ ހިފާލު ކަމަށް ނަޝީދު ވިދާޅުވުމުން، ކޮންގްރެސް ހޫނުވެއްޖެ!

ސޯޝަލް ސެންޓަރުގައި ކުރިޔަށް ދާ އެމްޑީޕީގެ ކޮންގްރެސް: ކޮންގްރެސްމަނުންގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުން ހޫނުވެއްޖެ--ފޮޓޯ: ފަޔާޒު މޫސާ | ނަޝީދު

މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ މަންދޫބުންނަކީ ގަވައިދާ ހިލާފަށް ހަދާފައިވާ ގޮފިތަކެއްގެ ބައެއް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާއެކު ކޮންގްރެސްމަނުން ރުޅިގަދަވެ، އެ މަނިކުފާނާ ދެކޮޅަށް އަޑުއުފުލައިފި އެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންގްރެސްގެ މިއަދުގެ ހެނދުނުގެ ސެޝަން ހޫނުވީ ގޮފިތަކުގެ ގަވައިދުގައި އޮންނަ ގޮތަށް، ކެމްޕެއިނެއް ކޮށްގެން އިންތިހާބުވެގެން ތިބީ ކިހާ މެމްބަރުނެއްތޯ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ސުވާލު ކުރެއްވި ހިސާބުންނެވެ.

އެކަމަށް ރައްދު ދެއްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، ކޮންގްރެސްމަނުންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ތަނުގައި ތިބީ ސައްހަ މެމްބަރުން ކަމަށެވެ.

ޝަރީފްގެ އެ ވާހަކަ އަށް ކޮންގްރެސްގެ ގިނަ މެމްބަރުން ތާއީދު ކުރައްވައި އަތް ޖެހި އެވެ.

ނަމަވެސް ޝަރީފަށް ރައްދު ދެއްވުމަށް ފުރުސަތަކަށް އެދިވަޑައިގެން ތެދުވެ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންގްރެސްގައި ތިބީ ގަވައިދާ ހިލާފަށް ގޮފި ހަދައިގެންއައި މެމްބަރުން ކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

"މި ތަނަށް ވަޑައިގެން ތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވައިދާ ހިލާފަށް ހަދައިގެން މި ތަނަށް ވަޑައިގެެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގޭ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވުމާއެކު މުޅި ކޮންގްރެސް ހޫނުވެ، މެމްބަރުން ތެދުވެ ނަޝީދާ ދެކޮޅަށް އަޑުގަދަ ކުރަން ފެށި އެވެ. ނަޝީދަށް އިތުރަށް ވާހަކަފުޅު ދައްކަވަން ވެސް ފުރުސަތު ލިބިވަޑައިނުގަންނަވާ ވަރަށް ކޮންގްރެސްމަނުން އަޑުގަދަ ކޮށް ހަޅޭއްލެވި އެވެ. އެހެންވެ، ނަޝީދު ވެސް ވާހަކަފުޅު ކުރުކޮށްލައްވައި އިށީނދެވަޑައިގަތެވެ.

"މި ތަނަށް ވަޑައިގެން ތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވައިދާ ހިލާފަށް ހަދައިގެން މި ތަނަށް ވަޑައިގެެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގޭ،"--- ނަޝީދު

ރިޔާސަތުން ދިޔައީ އަޑުމަޑު ކުރުމަށާއި ވާހަކަ ކުރިޔަށް ގެންދަވަން ފުރުސަތު ދޭން އެދިވަޑައިގަންނަވަމުންނެވެ.

އޭގެ ފަހުން އަސާސީ ގަވައިދާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ހޯދި ގާތްގަނޑަކަށް ހުރިހާ ކޮންގްރެސްމަނުން ވަނީ ނަޝީދަށް ރައްދު ދެއްވައިފަ އެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ކޮންކްރީޓު މެޝިނާއި ފޮށިފޮއްޓަށް ވޯޓު އަޅައިގެން އެ ސައްހަ ވާ ނަމަ އެ ބޭފުޅުންނަކީ ވެސް ސައްހަ ކޮންގްރަސްމަނުން ކަމަށެވެ.

އެ އިޝާރާތް ކުރެއްވީ 2018 ވަނަ އަހަރު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް އެމްޑީޕީގެ ތެރޭގައި ކުރިޔަށް ދިޔަ އިންތިހާބަށެވެ.

އެމްޑީޕީގެ ކޮންގްރެސް ބައްދަލުވުމަށް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް މި ކޮންގްރެސްގައި އެ ގަރާރަށް ވޯޓަށް އެހުމުން ނުކުންނާނެ ނަތީޖާ އެނގިވަޑައިގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ. އޭގެ މާނައަކީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ނަޝީދު ހުށަހެޅުއްވި އެ ގަރާރު ފާސްވުން ދުރުވުމެވެ. އެ ގަރާރަށް ވޯޓަށް އަހަން އޮތީ މިއަދުގެ މެންދުރެވެ.

67 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1234

22 August 2022

ނަޝީދު ބުނީ ރަަގަޅަށް ؟ އެކަންކޮށްގެން އައިސްތިމީހުން އެކަމެއް ޤަބޫލެއްނުކުރާނެ؟

The name is already taken The name is available. Register?

6532

23 August 2022

ގޮފިތައް ހިނގާގޮތާއި ގޮފިތަކުން ކޮންގްރެސްއަށް މީހުން އަންނަނީ ކިހިނެއްކަން އަބަދުވެސް ނަޝީދަށް އެގޭނެ. ދަރުބާރުގޭގައި ބޭއްވުނު 2 ކޮންގްރެސް އާއި އުކުޅަހު ކޮންގެރެސްއަށް އައި ގޮތްވެސް ނަޝީދަށްވެސް ޝިފާޒަށްވެސް އެންމެންނަށްވެސް އެގޭނެ. އެކަމަކު އޭރު ހުރިހާކަމެއްވެސް ދިޔައީ ނަޝީދު ބޭނުންވާގޮތަށް ނަޝީދަށް ފަހިކޮން. އެހެންވީމާ އެ 3 ކޮންގްރެސްވެސް ހަމަ ބަރާބަރު. އެކަމަކު މިފަހަރު ނަޝީދުގެ ތާޢީދެއް ނެތް. އެހެންވެ ކޮންގްރެސްމަނުން ވަގުންނަށްވީ.

The name is already taken The name is available. Register?

ބޮޑުމީހާ

21 August 2022

ޑިމޮކްރަސީ މި މީހުން ދަސްކުރީ ހުޅަނގުން. އެކަމަކު އެމީހުންގެ ހުރި ރަގަޅު ސިފަތައް ކޮޕީކުރާކަށް ނޭގުނު. ދުވަހަކު ވއުދު ފުއްދުނަސް ނުފުއްދުނަސް ވެރިކަމާއި ބާރު އޮތީމަ ވަށައިގެން އެބުރުން ނޫންކަމެއް ނެތް.

The name is already taken The name is available. Register?

އުސޫލެއްނެތި އަޑުގަދަ ޕާޓީއެއްތީ

21 August 2022

ފެށުނީއްސުރެވެސް އެމްޑީޕީން ފެންނަމުން އައީ ގަދަބާރާ ވަފާތެރިކަމެއް ނެތުން. ގިނަބަޔަކު އެއްބައިކިޔާފަ ކޮންމެ ކަމެއްވެސް ވިން ކުރެވިދާނެކަން. ވަގުގޮފިތަކެއް އުފެދުނީ އިއްޔެ މެންދުރުތަ؟ ވަގުވިއަސް ނުވިއަސް ގޮފިތައް ވަގުވެގެން ތިއުޅޭ ސަބަބު ހިއްސުތަކާ ހެވެރިކަން ހުރި ބަޔަކަށް އެނގޭނެ. ގިނަބަޔަކު އުސޫލު ބަލާނުގަންނަ ގައުމެއް އުޅޭނީ މިހެން. އެއްބަޔަކަށް އުމުރުގެ ދަރަނީގަ ދިރިއުޅެން ކުދިފޮށި ދީފައި އަނެއްބަޔަކަށް ހިލޭހިބައިން ބިން! ސޮމޫދުގެ އިންސާފު!

The name is already taken The name is available. Register?

ރަށު މީހުން

21 August 2022

ނަޝީދު ބުންޏަސް ތިކަމަށް މަ ތާއީދު، ހުސް ވަގު ގޮފި، ތިއިން ގޮއްޕެއްގެ ތިބި މީހުންގެ ނަންތަކާ އެމީހުން ތިތަނުން މީހަކު އިންތިހާބު ކުރަން ވޯޓް ދިންތޯ ބަލަން ނަންތައް އާންމުކޮށް ސުވާލުކޮށްލަ ބަލަ. ޔަގީނުން 99% މީހުން ބުނާނެ ތިމަންނަ މެންނަކަށް ނޭގެޔޭ.

The name is already taken The name is available. Register?

ކޮރަލް

21 August 2022

އަންނި ކޮންމެ އެއްޗެކޭ ބުންޔަސް ފިޔަވަޅެއް އަޅާކަށް ނުކެރެ އެވެ. އޭގެ ސަބަބުން ގިނަ ބައެއްގެ ހަޔާތް ދަނީ ކުޑަ ވަމުންނެވެ.

The name is already taken The name is available. Register?

ވގގފ

21 August 2022

މިކަމާއި ހަޔާތާއި ހުރި ގުޅުމެއް ނުފެނުނު. ވަގު ގޮފި ހެދީމަ ބުނާނެ އެހެން،

The name is already taken The name is available. Register?

މަނީ ހެއިސްޓު

21 August 2022

ވަގު ގޮފި ހަދައިގެން ކުންފުނިތަކުގެ ވަޒީފާތަކުގަ ރަށްރަށުގައި ތިބި މީހުންނަށް ރިސްވަތު ދިނަސް ޕްރައިމަރީގެ ވޯޓުގައި ތިޔަހެނެއް ނުވާނެ. ނުފޫޒާ ފައިސާއަށް އެންމެންނެއް ނުހެއްލޭނެ. ތިބެމާ ބަލަން. އިންޝާ ﷲ ތިހާވާ ހަޑީގައި ގިނަ އާދައިގެ މެންބަރުން ނުޖެހޭނެ. ޗެއާޕާސަން އިންތިހާބުވެސް އިންތިއަށް 40% މަތިން އޮންނާނެ ނަގާފައި އެވަރަށް ރިސްވަތު ބެހި އިރުވެސް. ޑީއާރުޕީން ލެއްގި ކުނި ބުންޔާ އެކު ވަޒީފާގައި ބައްދައިގެން ތިބޭ ކަލޭމެން ކޮންގުރެސްގެ ބައިގަނޑު

The name is already taken The name is available. Register?

ވަޒީފާ ވަޒީފާ

22 August 2022

ތިމާމެންގެ ވަޒީފާ މުހިންމު ވޭ ކުރިން ގަބޫލުކުރި ބަރުލަމާނީ ނިޒާމް ކެންސަލް ކެންސަލް. މިހާރު ރަނގަޅީ މައުމޫނުގެ ރިޔާސީ އޯލަ ހެހެހެ... އެއީ އެންޑީޕީ މީހުންގެ ސަޅި ކަމަކީ ނަންވާނީ ޕީޕީއެމް ޖެހީ ސީދާ އުނބަށް

The name is already taken The name is available. Register?

ރ އަތޮޅު ރަށެއްގެ މީހެއް

21 August 2022

ހަަމަ ވަގު ގޮފި. ލޯ ކުރިމަތީ މިރަށުންވެސް ކުރީ އެކަން

The name is already taken The name is available. Register?

އަހުމަދު.

21 August 2022

މިހާރު ނަޝިދު އެހުރީދައްކާފަނުދައްކާނެ ވާހަކައެއްނޭންގިގެން ބޯގޮވާފަ. ހަމަ ބޮޑުވަޒީރުކަމާއިގެން. ދެން ކޮންމެ ފަދަ އެއްޗެކޭ ވެސް ކިޔާފާނެ، އެހެން ވީމަތަ ސާބިތު ހެއްކެއްނެއްތާ ދައްކާނެ އެއްޗެއް ނެތަސް 4 ގަނޑު ފޮޓޯއެއްގެ ވާހަކަވެސް ދެއްކީ. އެވަރުގެ ގޮތެއްނެއްމީހެއް. މިހާރު ދެން ގޮފިތަށްވެސް ގަވައިދާ ޚިލާފުވެ އެތަނުން އައިސް ތިބި މީހުންވެސް ގޯސްވެ ރަނގަޅުމީހަކަށް ހުރީ ހަމައެކަނި ނަޝީދު. ކޮންގްރެސް ނިމޭއިރު ބަނޑު ސޮރަށްވެސް ނުވިއްޔާ ރަނގަޅު.

The name is already taken The name is available. Register?

ދެރަ

21 August 2022

ސުވާލަކީ ދ އަތޮޅުން އެ ގެނައިހާ ގޮފި ތަކަކީ އަލަށް ހެދި ތަންތަން އިިންތިހާބެއް ދުވަހަކު ނުބާއްވަ. ކިހިނެއް ސައްހަ ވާނީ؟ އަސްލު ގޮފިތަކުގެ ރައީސުންނަަށް ބައިވެރި ނުވެވޭ. މިއީ މައްސަލައެއް ފައްޔާޒު މެން ވެރިކަން ބޭނުންވިޔަސް އެމްޑީޕީ ނުވެސް ދަންނަ ސިފަތައް ވައްދައިފި.. ރައީސް ނަޝީދު ގެ މަސައްކަތްތައް ބަލައިގަންނަން.

The name is already taken The name is available. Register?

ރޒވ.

21 August 2022

ހައިރާނެެއް ނުވޭ މަވޯޓާ ޝަރީފް ދިފާއު ކުރުމަކުން. އޭނަގެ ދަރި އެހެރީ މެލޭޝިޔާ އެންބަސީގައި 2.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަހަރަކު ލިބޭ ދައުލަތުން. މި ފުރުސަތު ނިކަމެތި އެމްޑީޕީ މީހާގެ ދަރިއަށް ކީއްވެ ނުލިބެންވީ. ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ ދައުރަށް ޕްރައިމަރީ އަށް ކުރިމަތިލާނަމަ މިފަދަ ކަންކަމުގައި އިންސާފު ގެންގުޅޭނަމަ މަގޭ ވޯޓު ރައީސް ނަޝީދަށް ރިޒަރވް ކޮށްފިން. މަ ދެރަ ވަނީ މަވޯޓާ އަށް ސާބަސް ދިނީމަ މިއޮށް ވިސްނޭ އެމްޑީޕީ އިން

The name is already taken The name is available. Register?

ނޯ ވެލިއުސް

21 August 2022

ކަލޯ ލާރިއާ ޖެހުނީމަ މަވޯޓާ ވިޔަސް އެހެން މީހެއްވިޔަސް ނޯންނާނެއެއްނު. ވަޒީފާއާ ޕްރޮޖެކްޓާ ދެންވެސް ހުރިހާ ކަމެއް ގުރުބާން ކުރާނެތަ މިއުޅޭ ދިވެހިން؟ ޒަމާނެއްގައި އެމްޑިޕީ މީހުން އެހެން އުޅުނަސް މިހާރު އެންޑީޕީ ތެރޭ ތިބި ޅަދޮޅު ކުދިން ބޭނުވަނީ ލާރިލާރި. ހެހެހެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454