ާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު: އޭނާ ވިދާޅުވީ މުސާރަ ނުދެވޭ ހާލަތެއްގައި މާޒިޔާ ނޯންނާނެ ކަމަށް --- ފައިލް ފޯޓޯ: ފަޔާޒު މޫސާ މިހާރު
22 އޯގަސްޓް 2022 - 09:53
ކުޅުންތެރިންނަށް މުސާރަ ނުދެވޭ ހާލަތަކަށް މާޒިޔާ ވެއްޓުނަނުދެއްވާނެ ކަމުގެ ޔަގީންކަން އެ ކްލަބުގެ ޗެއާމަން އަހުމަދު ސާޖިދު ދެއްވައިފި އެވެ.
ފުރަތަމަ ޑިވިޝަންގައި މާޒިޔާއިން ވާދަކުރަން ފެށި ފަހުން އެ ޓީމުން އަންނަނީ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ ހަރުދަނާ ސަގާފަތެއް ދަމަހައްޓަމުންނެވެ. ވޭތުވެދިޔަ 16 އަހަރުގައި ބަރާބަރަށް މުސާރަ ދިން ދެ ވަނަ ކްލަބެއް މާޒިޔާ ނޫނީ ރާއްޖޭގައި ނެތެވެ.
ރޭ އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދުމާ ގުޅިގެން މީޑިއާ އާ ވާހަކަ ދައްކަމުން އަހުމަދު ވިދާޅުވީ ކުޅުންތެރިންނަށް މުސާރަ ނުދެވޭ ހާލަތެއް އަތުވެއްޖަނަމަ މާޒިޔާ ނޯންނާނެ ކަމަށެވެ.
"މާޒިޔާއިން މުސާރަ ނުދެވޭ ހާލަތަކަށް އައިސްފިއްޔާ ކްލަބެއް ނޯންނާނެ،" ބަރާބަރަށް މުސާރަ ދީގެން ރާއްޖޭގެ ފުޓްބޯޅަ އަށް މާޒިޔާ މި ކޮށްދޭ ހިދުމަތާ މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން މާޒިޔާ ޓްރޭޑިން ކޮމްޕެނީގެ ޗެއާމަންކަން ވެސް ކުރައްވާ އަހުމަދު ވިދާޅުވި އެވެ.
"މި ކްލަބް ދަރަނިވެރިވެގެން (އެ ވާހަކަ) ނޫހަކަށް އިރާދަ ކުރެއްވިއްޔާ ނާރާނެ."
އެފްއޭ ކަޕުގެ ތަށި އުފުލާލަުމަށް ފަހު މާޒިޔާގެ ކުޅުންތެރިން ތައްޓާއެކު އުފާފާޅު ކުރަނީ: މިއީ ސީޒަންގައި އެ ޓީމުން ކާމިޔާބު ކުރި ތިންވަނަ ތަށި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޭ ކްލަބް ވެލެންސިއާ ބަލިކޮށް ހޯދި އެފްއޭ ކަޕުގެ ތައްޓަކީ މި ސީޒަނުގައި މާޒިޔާގެ ތިންވަނަ ތައްޓެވެ. އޭގެ ކުރިން އެ ޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގު އަދި ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.
މިއަހަރު ޕްރެޒިޑެންޓްސް ކަޕްގެ ނާކާމިޔާބަށް ފަހު އޭރު ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒު (މޯހަން) މަގާމުން ވަކި ކުރުމަށް ފަހު ދިވެހި ލީގަށް މާޒިޔާއިން ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ ސާބިއާގެ މިއޮޑްރަގް ޖެސިޗެވެ. މިދިޔަ ސީޒަންގެ ކުރީ ކޮޅު މާޒިޔާގެ ކޯޗަކަށް ހުރީ މުހައްމަދު ނިޒާމް އެވެ. އޭނާ ދޫކޮށްލުމަށް ފަހު މާޒިޔާއިން މިދިޔަ އަހަރު ޓީމު ހަވާލު ކުރީ ސާބިއާގެ އެހެން ކޯޗެއް ކަމަށްވާ ރިސްޓޯ ވިޑަކޮވިޗް އާ އެވެ.
އަހުމަދު ވިދާޅުވި ގޮތުގައި މާޒިޔާ އަކީ ތައްޓަށް ވާދަކުރާ ޓީމެއް ކަމަށް ވުމުން ކޯޗުން ބަދަލު ވަނީ ވެސް އެ ޓާގެޓަށް ވާސިލުވުމަށެވެ.
"މީގައި އަސްލު މާޒިޔާ ވިސްނަނީ ކާމިޔާބަށް ކޯޗުންނަކަށް ނޫން. އެހެންވީމާ މާޒިޔާ އަށް ކާމިޔާބު ލިބުމުގައި އެއީ ދިވެހި ކޯޗެއް ފޮނުވާލާފަ ބޭރު ކޯޗެއް ގެންނަން ވިއަސް ނުވަތަ ބޭރު ކޯޗެއް ފޮނުވާލާފަ ދިވެހި ކޯޗެއް ނަގަން ވިއަސް އަޅުގަނޑުމެން މަސައްކަތް ކުރަނީ ހަމަ ތައްޓަށް،" އަހުމަދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލޫ
22 August 2022
ސާޖިދު ނިއުރޭޑިޔަންޓާ ހަވާލުވާންވީ އެއްނުންތޯ. ތިފަދަ ހިންގުންތެރި ބޭފުޅަކު މި ކުލަބަށް ބޭނުންވަނި.
އާރީ
22 August 2022
މުސާރަދީގެން ސަފޯޓަރުން ކޮޅެއް ހޯދަބަލަ ފޮނި ނުކަޑާ. ފައިސާއި ތަނަވަސް ކަމަކީ ހުރިހާ އެއްޗެއް ނޫން ބުރޯ. ވާދަވެރި ކުލަބުތަކަށް އިހުތިރާމް ކޮށްގެން ކާމިޔާބު ހޯދަށް މަސައްކަތް ކޮށްބަލަ.
އަލިކޮ
22 August 2022
ކަމެއް ވާނީ ފައިސާ ހުރެގެން ކަން މާޒިޔާ އިން އެސާާބިތުކޮށްދެނީ.
ލޮލލްއ
22 August 2022
ނިއުގެ ފޭނުން ހަމަ ނަމަ ނަމަ އޭ ކިޔާލަ ތިބެން ޖެހޭނީ، ފުރަތަމަ ކުޅުންތެރިންނައް މުސާރަ ދެވޭތޯ ބަލަމާ ލޮްލް
ޒެޑު ބުރޯ
22 August 2022
ނިއު ފަސްޓަށް އެރިނަމ ކަލޭމެން ކުރު ކަކޫ ޖެއްސުވީސް. މާޒިޔާގެ ގަދަ ފަދަ 10 ނަންބަރު ހަންޕުމެންވެސް މުލުން ލުހެލައިގެން ގެނައީސް. 'ވރށ ވހކ މ'
ޖަމަލޭ
22 August 2022
ގެންގޮސް މުސާރަ ނުދީ ކުޅުވާނީ ދޯ
ލޭމް
22 August 2022
ގަދަފަދަ މީހުން ގެނެސް މުސާރަނުދީ ޗޮކުންދާ ނިއުތީ..
އަލިކޮ
22 August 2022
މުސާރަނުދީ އެއް އަހަރު ކުޅުވާފަ އަނެއްކާ ސަސްޕެންޑްކުރީމަ ބެކް ޓު ސެކަންޑް ޑިވިޝަން. #ކިންގްސް
ސަސި.
22 August 2022
މާޒިޔާ އެކަނި ކުޅެ ހާދަ ކާމިޔާބެކޭ މި ހޯދަނީ
ޑަބިޔާ ކެފޭ
22 August 2022
މިއީ އަސްލު ކިންގުންނަކީ. ތިމާމެންގެ ދަށުގަ ތިބޭ މީހުން މަސައްކަތް ކުރީމާ ބަރާބަރަށް އުޖޫރަ ދެވެންޏާ އެއީ ކިންގުން. އަމިއްލައަށް ކިންގު ވެގަނެގެން މުސާރަ ނުދީ އެކަމުން ރެކެން އެހެން ނަމެއްގަ އަނެއްކާ ކުންފުނި ހަދަން ތެޅޭނީ އަދި ކިންގުންނެއް ނޫން