އެމެކްސް ކާޑު. އެ ކާޑު މިހާރު ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހަދައިފި--ފޮޓޯ:ބީއެމްއެލް
22 އޯގަސްޓް 2022 - 14:24
ބީއެމްއެލް އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ޑެބިޑް ކާޑު ރާއްޖޭން ބޭރުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ހަމައެކަނި ބޭނުންކުރެވޭ ގޮތަށް ފުރަތަމަ ނެރުނު އެމެކްސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކުރުމުން 3،000 ޑޮލަރާ ހަމައަށް އޮންލައިންކޮށް އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް މިހާރު ބޭނުން ކުރެވޭނެ އެވެ.
ބީއެމްއެލް ގެ އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ އެމެރިކަން އެކްސްޕްރެސްއާ އެކު ބީއެމްއެލް އިން ހަދާފައިވާ ގިނަ ދުވަސްވީ ޕާޓްނާޝިޕްގެ އެހީގައި މިހާރު ބޭންކުން ދޫކުރާ ޑެބިޓް ކާޑު އިތުރަށް ފުޅާކޮށް ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ބަލައިގަންނަ ހުރިހާ މާޗަންޓުން މެދުވެރިކޮށް ހިދުމަތް ލިބޭނެ ކަމަށެވެ.
"މި ކާޑު ބޭނުންކުރެވޭ ގޮތަށް ބަދަލުގެނެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާއިރު މިގެނެވުނު ބަދަލުން ވެސް ރާއްޖޭގައި ކާޑު ދޫކުރުމުގައި ބީއެމްއެލް އިން އަދާކުރަމުންދާ އިސް ދައުރު ދައްކުވައިދޭ." އޭނާ ވިދާޅުވި އެވެ.
އެމެރިކަން އެކްސްޕްރެސްގެ އިންޑިޔާ އެންޑް ސައުތު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ވައިސް ޕްރެސިޑެންޓް، ޑިވްޔާ ޖައިން ވިދާޅުވީ ދެކުނު އޭޝިއާގައި ބީއެމްއެލް އަކީ އެމެރިކަން އެކްސްޕްރެސް އަށް މުހިންމު ޕާޓްނަރެއް ކަމަށެވެ.
"ރާއްޖޭން ބޭރުގައި އެމެކްސް ޑެބިޓް ކާޑު ބޭނުންކުރެވޭ ގޮތަށް ގެނެވުނު ބަދަލަކީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ކާޑު މެންބަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަރަދު ކުރާ ގޮތަށް ބެލުމަށްފަހު އިތުރު ލުއި ފަސޭހަކަމެއް ހޯދައިދިނުމަށް ގެނެވުނު މުހިންމު ބަދަލެއް،" އޭނާ ވިދާޅުވި އެވެ.
އެމެކްސް ޑެބިޑް ކާޑު މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓެއް ކަނޑައެޅުމަށް އިންޓާނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އެދި ހުށަހެޅޭނެ އެވެ. އަދި އަލަށް ކާޑަށް އެދި ހުށަހަޅަން ބޭނުންވާ ކަސްޓަމަރުންނަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅައިގަން
23 August 2022
ވިދާޅުވިއެވެ.ވިދާޅުވިއެވެ.ބުންޏެވެ.
މުރާދު އަލީ
22 August 2022
މެލޭޝިޔާފަދަ ބައެއް ގައުމުތަކުގައި ވަރަށް މަދު ތަނަކުން އެމެރިކަން އެކްސް ޕްރެސް ކާޑުން ވިޔަފާރިކުރެވެނީ!
ސަރގަރު
22 August 2022
ސަލާމަތެއްނެތެއްނު ބޭނުންކުރެވޭ ގައުމަކަށް އަރުވާލެވިގެން ހުރެބަލަ
ހުސެން
22 August 2022
ބޭންކުން ޑޮލަރު ގަންނަން ލިބެނީކީނޫން، އެކަމަކު މިބުނަނީ ކާޑުޔޫސްކުރެވޭނީ ޑޮލަރުއެކައުންޓު ޕުރައިމަރީ ކުރީމައޭ، މިދެން ޖޯކެއްތަ ނޫނީ އަރަތެއްތަ
ހާސަރު
22 August 2022
ބީއެމްއެލް ކްރެޑިޓް ކާރޑާއި ޑެބިޓް ކާރޑް ރާއްޖޭން ބޭރުގައި ބޭނުންކުރީމަ ޔޫއެސް ޑޮލަރެއް ބްލެކްމާކެޓުން ގަންނަ ވަރަށް ވުރެވެސް މާބޮޑުވޭ ! މިކަން އެގެނީ މަދުބަޔަކަށް ، އެންމެ ގިނައިން ކާރޑް ބޭނުންކުރަނީ މެލޭޝިއާގައި އެތަނުގެ އެކްސްޗޭންރޭޓް ހުންނަ ވަރާ ބެންކު އޮފް މޯލްޑިވްސް އިން ބަލާ އެކްސްޗޭންޖް ރޭޓުން ހިސާބުހަދާލީމާ ޑޮލަރެއް 18 ރުފިޔާ ޖެހޭ!
ށަވިޔަނި
22 August 2022
ތިކަން އެނގޭ. ސިންގަޕޫރުން ނެގިއަސް ބޮޑުވޭ.
އެއްމެން
22 August 2022
އަޅުގަނޑުގެ ވިސާކާޑު ބޭރުގަ ބޭނުންކުރެވޭތީ އެމެކްސް ކާޑު ބޭރުގަ ބޭނުން ނުކުރެވޭކަން އަޅުގަނޑު ނުދަންނަން.
ހަސީނާ
22 August 2022
ރާއްޖެއިންބޭރުގަ ބޭނުންކުރެވޭ ވިސާކާޑްވެސް އެބަހުޓޭ 3،000 4،000 ޑޮލަރ ކްރެޑިޓްދެޔޭ ބޭނުންކުރެވެނީ ކިހާވަރެއް؟ މޮޅުވާހަކަ ނުދައްކާ މަޑުމަޑުން ތިބީމަ ބަޔަކު އެވާހަކަ ނުދަށްކާނެ!
ކޮރަލް
22 August 2022
ތިޔަ ކާޑް ބަންގްލަދޭޝް މީހުންނަށް ބޭނުން ކުރެވޭނަމަ އެއީ ގޯހެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުގެ ކޮންޓްރޯލް އޮތީ އެމީހުން އަތުގަ އެވެ. ދެން ރުފިޔާ ފަސޭހައިން ޑޮލަރަށް ހަދާފަ ބޭރު ކުރެވޭނަމަ ޑޮލަރު ހޯދަން އުނދަގޫވާނެ އެވެ.
ކާޑުގެ
22 August 2022
ގައުމު އޮންނާނީ މަސައްކަތު މީހުންގެ އަތްދަށުގާ. މި އުފެދުނު އަނެއްރާއްޖޭގާ މަސައްކަތު މީހުންނަކީ ކޮންބަޔެއް؟ ވީމާ އެކުދީން އަތުގަ ކާޑްތައްތިބޭނެ. ބޭނުންވެސް ކުރާނެ.
ހަސަން32122ދ
22 August 2022
ބީއެމްއެލް ދޫކޮއްނުލެވެނީ އިސްލާމިކް ބޭންކުންވެސް އަދިވެސް ހިދުމަތް ތައް ފުރިހަމަ ނޫން ކަމުން .. ވިސާ ކާޑު ތައާރަފް ކޮއްފައި ޑޮލަރ އެކައުންޓާއި ލިންކުރީމަވެސް ދުވާލަކައް 650 ރުފިޔާ މި ކެޑެނީ .. އެއީ އަމިއްލަ އައް ޑޮލަރު ހޯދައިގެން ލާއިރު .. ދެން ގުޅައިގެން ލިމިޓް ބޮޑު ކުރަންވީ .. މިއީ ބޮޑު ޖޯކެއް އިސްލާމިކް ބޭންކުންވެސް .. ބީއެމްއެލް ނޫންގޮތެއް އަދިވެސް ނުފެންނަނީ މިކަހަލަ މައްސަލަ ތައް އެހެންބޭންކުން ހުރީމަ!
އެމްސް
22 August 2022
ޔޫއެސް ޑޮލަރު ހޯދާނީ ކިހިނެއްތޯ؟