ޗައިނާ އާއި އެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއި ކުރަނީ--ފޮޓޯ:މިހާރު
31 އޯގަސްޓް 2022 - 12:55
ޗައިނާ އިން އެންމެ ގިނަ ދަރަނި ނެގި ގައުމުގެ ލިސްޓަށް ރާއްޖެ އަރައިފި އެވެ.
ޗައިނާ އިން އެންމެ ގިނައިން ދަރަނި ދިން ގައުމުތަކުގެ ލިސްޓެއް ފޯބްސްގައި އާންމު ކޮށްފައިވާއިރު، އެ ލިސްޓުގެ ތިން ވަނަ އަށް ރާއްޖެ އެރީ ބޭރުގެ ދަރަންޏާއި ގައުމުގެ އާމްދަނީގެ ނިސްބަތުން 38 ޕަސެންޓު ދަރަނި ޗައިނާ އަށް ނިސްބަތް ވާތީ އެވެ. ރާއްޖޭގެ ދަރަނީގެ ތެރެއިން 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ގެ ދަރަނި ނިސްބަތް ވަނީ ޗައިނާއަށެވެ.
ދައުލަތުގެ ޖުމުލަ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ލަފާކުރެ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި ވަނީ 100 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. ޗައިނާގެ އިތުރުން މިހާރު ދައުލަތުން އެންމެ ގިނައިން ދަރަނި ނަގަމުން ދަނީ އިންޑިއާއިންނެވެ.
އާމްދަނީ އާއި ގައުމުގެ ދަރަނީގެ ނިސްބަތުން އެންމެ ބޮޑު ދަރަންޏެއް ޗައިނާ އިން ނަގާފައިވަނީ އެފްރިކާގެ ކުޑަކުޑަ ގައުމެއް ކަމަށްވާ ޖިބޫޓީ އެވެ. އެ ގައުމުގެ ދަރަނީގެ 43 ޕަސެންޓު ނިސްބަތް ވަނީ ޗައިނާ އަށެވެ. ދެވަނަ އަށް މި ލިސްޓުގައި ހިމެނެނީ އެންގޯލާ އެވެ. އެ ގައުމުގެ ދަރަނީގެ 41 ޕަސެންޓު ނަގާފައިވަނީ ޗައިނާއިންނެވެ. ދެން މި ލިސްޓުގައި ހިމެނެނީ ލާއޯސް އާއި ކޮންގޯ އެވެ.
އާމްދަނީ އެންމެ ކުޑަ އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުން އެންމެ ގިނައިން ދަރަނި ނަގަމުން ދާ އެއް ގައުމަކީ ޗައިނާ އެވެ. ފަގީރު ގައުމުތަކަށް ދޫކޮށްފައިވާ ދަރަނީގެ ތެރެއިން 37 ޕަސެންޓު ނިސްބަތް ވަނީ ޗައިނާއަށެވެ. ގާތްގަނޑަކަށް 170 ބިލިއަން ޑޮލަރު ފަގީރު ގައުމުތަކަށް ޗައިނާ އިން ފޮނުވާފައިވެ އެވެ.
ޗައިނާގެ "ނިއު ސިލްކް ރޯޑު" ޕްރޮގްރާމުގެ ދަށުން ބަނދަރާއި ރެއިލްވޭ ތަކާއި ބްރިޖުތައް ފަދަ މުހިއްމު މަޝްރޫއުތައް އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގައި އަންނަނީ ހިންގަމުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް 97 ގައުމަކުން ބޮޑެތި އަދަދުތަކުން ޗައިނާ އިން ދަރަނި ވަނީ ނަގައިފަ އެވެ. ލޯނުތަކުގެ އަދަދަށް ބަލާ އިރު ޕާކިސްތާނުން ވަނީ 77 ބިލިއަން ޑޮލަރުގެ ދަރަނި ނަގައިފަ އެވެ. އެންގޯލާ އިން 36 ބިލިއަން ޑޮލަރުގެ ދަރަނި، އިތިއޯޕިއާ އިން 7.9 ބިލިއަން ޑޮލަރުގެ ދަރަނި ނެގި އެވެ. އަދި ކެންޔާ އިން 7.4 ބިލިއަން ޑޮލަރު، ލަންކާ އިން 6.8 ބިލިއަން ޑޮލަރުގެ ދަރަނި ވަނީ ނަގައިފަ އެވެ.
ޗައިނާ އިން ގިނަ ގައުމުތަކަކަށް ލޯނު ދޫކޮށްފައިވާ އިރު ބައެއް ގައުމުތަކަށް ދަރަނި އަދާކުރަން އުނދަގޫތަކާ ކުރިމަތިވެ 52 ބިލިއަން ޑޮލަރުގެ ލޯނު ރީނެގޯޝިއޭޓު ކޮށްފައިވެ އެވެ. ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިތައް ހޯދަމުން އަންނަ އެއް ގައުމަކީ އިގްތިސާދު ބަނގުރޫޓުވެފައިވާ ލަންކާ އެވެ. ތާވަލާ އެއްގޮތަށް ލޯނު ނުދެއްކުމުގެ ސަބަބުން ޗައިނާ އަށް ވެސް ބޮޑެތި މާލީ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚުލަޖުލަ
02 September 2022
ތިވާނީ އޮޅުމަކަށް
ހޮހޮބޯބޯބޫޫބޫ.......ޕަޗާސް
01 September 2022
އެކަމަކު ބުރިޖާއި ދެން އެހެން ބުރިޖު ތައްވެސް އަޅާނީ ހިލެޔޯ ގޮވާ އަޑު ކަނޑައިގެން ނުދޭ. އަދިވެސް މިސަރުކާރު އެސަރުކާރު ކިޔާގެން ލަދެއް ނެތި އޮޅުވާލަން މަސައްކަތް ކުރަނީ ޗައިނާ އިން ދަރަނި ނެގި ސަރުކާސރު މީހުން .. ހެޔޮނުވާނެ އެބައި ގަޑަށް ވެރިކަން އަނބުރާ ދޭން. މަވާ ސަލާމް........
ހޮހޮބޯބޯބޫޫބޫ ގެ ބޭބޭ
02 September 2022
ކިހާ ވަރަކަށް ދިރާސާކޮއްފަ ކުރި ކޮމެންޓެއްތީ އިންޑިއިން މިސަރުކާރުން މިހާތަކަށް 35 ބިލިއަން ނަގައިގެން އެޅި ބުރިޖެއް ހޮސްޕިޓަލެއް އެއަޕޯޓްރަންވޭއެއް ސީޕލޭން ހަބެއް ނެތް..އެއީ ހައްދާވެސް ވަގޔާމީނު ޗައިނާއިން ނެގި 22 ބިލިއަނުން ހެދިތަންތަން...އެހެންވީމާ 35 ބިލިއަން ތިޔަތަނެއްހޯދަދީބަލަ! އެއީ ލޯނު ތޯ ހިލޭއެހީތޯ ބަލާދީބަލަ!
އެމްސް
02 September 2022
ލޯނުން ކޮންކްރީޓް އެޅިއޭކިޔާފަ ޤައުމަށް/އިތުރަށް ވަންނަ އާމްދަނީއެއް ނެތްތާ، އެއާއިގުޅިގެން އިތުރުވާ ވަޒީފާތަކެއްވެސް ނުހުރޭ! ޕްރޮޖެކްޓްތައް ހިންގުވަނީވެސް %100 ބިދޭސީން ލައިގެން! ދިވެހިން ދިވެހީންނަށް ރަގަނޅުވާންޖެހޭ! ހުރިހާ ވަޒީފާއަކަށް ބިދޭސީންލަނީ މިއަކީ ބިދޭސީންގެ ޤައުމެއް ނޫން، ކަސްޓަމަރުން ގޮތުގަ ތިބީ މުޅިންހެން ދިވެހީން! ދިވެހި ވިޔަފާރިވެރިޔާގެ ލަދުކޮބާ؟ ބޭރުޤައުމެއްގެ ބޭންކަކުން ލޯނެއް ދޭއިރު ކުރާ 1 ޝަރުޠަކީ އެޤައުމަށް ޕްރޮޖެކްޓް ދިނުން!
ކިކް
01 September 2022
މިސަރުކާރުން މިހާރު އޮންނާނީ ދަރަނި ނެގުމަކީ އޯކޭ ކަމެއްކަމާ ދަރަނި ނަގަންޖެހޭނެކަން ރަސްމީކޮށް ބުނެފައި. އެހެންވީމަ އެކަކުވެސް ހާސްވާނެ ކަމެއް. އިންޑިއާއަށް ބިލިއަނުން ދެރުން އޯކޭވީމަ ޗައިނާއަށް އެއަށްވުރެ ކުޑަ އަދަދަކުން ދެރުންވެސް އޯކޭވާނެ. ތަފާތު ފެންނާނީ އެވެރިކަމުގަ ކުރި ކަންކަން ފެންނަން ހުރުމާ މިވެރިކަމުގެ ކަންކަން ފެންނަން ނެތުމުން. ފެންނަން ހުރި ކަންކަން ނުފެންނަ ބަޔަކު ގިނަވީމަ މިވެރިކަމަށް ވޯޓް ގިނަވީ. ހުސް ލޮލުގެ މައްސަލަ އެ ހުންނަނީ
އެމްސް
02 September 2022
ބިދޭސީން މިޤައުމަށް އެތެރެވެ މުޅި ޤައުމަށް ކޮންކްރީޓް އެޅި އެޅީނުން، ދިވެހިންގެ ވިސްނުމަށްވެސް ވަނީ ކޮންކްރީޓް އެޅިގެން ގޮއްސަ! އެ ކޮންކްރީޓްތައް ކަނޑާ ނެގުނު ދުވަހަކުން މެނުވީ ތަރައްޤީއަކީ ކޯޗެއްކަން ދިވެހިންނަކަށް ނުވިސްނޭނެ! ބްރިޖުން ދުއްވާލީމަ ޖީބަށް އެއްޗެއް ނުވަދޭ، އެކްސިޑެންޓްގަ މީހުން އިތުރަށް މަރުވާން ފަށައިފި! ހުޅުމާލެއަކުން ދިވެހިންނަށް އުފެދުނު ވަޒީފާތަކެއް ނެތް! އެރަށުގެ ރަށްވެހިންނަށްވެސް އަނގަޔާއި އަތާ ދިމާކުރެވެނީ މާލެ އައިސްގެން!
އަބުނާނީ
01 September 2022
ޗައިނާއިން ދަރަނި ނެގި ވެރިއާ ދަރަނި ނެގީ އެ ދައްކާނެ ގޮތުގެ ޕްލޭން ހަދާފަ، ދެން އެކަމު ދިވެހިންތަކަށް އަނިޔާވެރިކަމެއް ފެނިގެން އޭނަ ވެރިކަމުން ދުރުކޮށްފަ ދެން އެރުވި ބަޔަކު ދައުލަތަށް ފައިސާ ވަންނާނެ ދޮރުތައް ބަންދުކޮށްގެން ކުރީ ސަރުކާރު ކިޔާލަކިޔާލަ ތިއްބާ ކޮވިޑް އައިމަ ކޮވިޑޭ ކިޔާލަ ކިޔާލަ ތިއްބާ ޔުކްރޭން ހަނގުރާމަ އައިމަ އެއޭ ކިޔާލަ ކިޔާލަ އެތިބެނީ އިތުރަށް ގައުމު ދަރުވަމުން. ދަރަނިނެގި މީހާ އެދައްކަން އެއްކުރި ފަންޑުވެސް މިވެރިން ދަވާލައިފި
އެމްސް
02 September 2022
ދަރަނި ނެގި ރައީސުންނަށް ދަރަންޏަކީ ޤައުމުން ބޭރުވާ ފައިސާކަމާއި އެދަރަނި އަދާކުރަން އިތުރު އެއްވެސް އާމްދަނީއެއް ޤައުމަށް ވައްދާނެމަގެއް ނުކޮށޭ! އެންމެންވެސް ބަރޯސާވީ ފަތުރުވެރިކަމުން ކުރިންވެސް ޤައުމަށް ވަންނަމުން ދިޔަ އެއްޗަކުން ދަރަނިތައް ދައްކަން! މުޅިޤައުމު އެންމެ ސިނާޢަތަކަށް އެހާބޮޑަށް ބަރޯސާ ކުރެވިފަ އޮންނަ އޮތުމުގެ ނުރައްކާ އެއްވެސް ރައީސަކަށްވެސް އަންދާޒާވެސް ނުކުރެވޭ! އެހެންވީމަ ކިޔޭނީ ވޯލްޑްކަޕޭ، ސުނާމީއޭ، ކޮވިޑޭ، ހަނގުރާމައޭ ނޫންތޯ!
ހަސަންކާރި
01 September 2022
ސަޅި. ދިވެހިން ދެން އަމާޒު ހިފާފަހުރީ ހިންޑިއާގެ ދަރަނީގެ ލިސްޓުގެ އެންމެ ކުރިއަށް އަރަން. މި 5 އަހަރު ނިމޭއިރު އެކަން ކާމިޔާބުވާނެ. އަދި ދަރަނި ފިލުވަން ޖީއެމްއާރަށް އެއަރޕޯޓްދޭން ނެގޯސިއޭޝަނަށް ވަޑައިންގަންނެފި ޝާހިދާއި ނާޝީދު މިހާރު މާލެ ވަޑައިގެންފި
އެމްސް
02 September 2022
ޙަޤީގަތަކީ މައުމޫނު އިރުއްސުރެ އަދިވެސް މިޤައުމު ދަރަންޏަކުން ނޭރިކަން! ފެށުމުގަ ރާއްޖެއަކީ ސިންގަޕޫރަށްވުރެ އަމާންވެސް ޤައުމެއް! އެކަމަކު މިއަދު މިއީ ސޫދާނަށްވުރެވެސް ނާމާން ތަނެއް! ސިންގަޕޫރު ވަނީ ރަގަނޅު ހުރިހާ ރޮނގަކުން ދުނިޔޭގެވެސް 1 ވަނައިގަ! އަދިވެސް އަހަރަމެން މިތިބީ އަހަރަމެން އަހަރަމެންނާ ތަޅާފޮޅަން! ޤައުމުގެ ހުރިހާ އިޤްތިސާދީ ވަސީލަތްތަކެއް ބިދޭސީން ދަނީ ނަގަމުން، ކެނޑިނޭޅި މިޤައުމުން ބޭރުފައިސާ ބޭރުކުރަމުން! ދިވެހިން ހޭއަރަން ވެއްޖެ!
އެމްސް
02 September 2022
ފެށުނީއްސުރެ އެކިއެކި ދިވެހިން މިޤައުމުގެ ވެރިކަން ކޮށްފި، އެކަމަކު ސަލާމްޖެހުމަކުން ޤައުމު ނޭރި! މާނައަކީ ދިވެހިންނަކަށް މިކަމެއް ނުވިއޭ! ވަޒީފާތަކަށްވެސް ދިވެހިން ކަމުނުގޮސްގެން، ވަޒީފާބާޒާރުގަ %90 މިއަދު ޙިއްސާ އެކުރަނީ ބޮންދުން! އެހެންކަމުން ޢަޖުމަބަލާލަން ނަމަވެސް ބިދޭސީއަކު ވެރިއަކަށްވެސް ލަމާ! ނަތީޖާއަށް ބަލާފަ، މަޖިލިހާއި، ކޯޓްތަކާއި، ފުލުހުންނަށްވެސް އެބައި މީހުން ލާނީ! ހަރު އަޑުން ދިވެހިން ބުނެ ނަގަނީ، ދިވެހީން ކަމުނުދާ ވާހަކަ ނޫންތޯ!
ބަބޫ
01 September 2022
ރާއްޖޭގައި އޮތީ 15 ބިލިޔަން ދިވެހި ރުފިޔާ ޗައިނާއަށް ދަރާފަ. 100 ބިލިޔަނުން ބާކީ އޮތް 85 ބިލިޔަން ދަރާފަ އޮތީ އިންޑިޔާއަށް
އިބްރ
01 September 2022
އިންޑިއާއިން ދެނީ ދަރަންޏަކަށްނޫން. ލައިންއޮފް ކްރެޑިޓް. ނޯ ދަރަނި.
އެމްސް
02 September 2022
2 ޕާޓީ ކުދިންނަށްވެސް ތިކިޔެނީ ގުދޯގުދޯ! ޤައުމު ސަލާމްޖެހުމުގަ ދެމިއޮންނަ ވާހަކަ!
މަނިކުބޭ
01 September 2022
މިއަފީފުދީދީގެ ބުއްދިސަލާމަތުން ހުރިތޯބަލަން މެޑިކަލްޗެކަޕެއް ހަދަންވެއްޖެ!ހަމަކޮނމެކަމަކާގުޅިގެން މީނާ ކ.އަތޮޅުމާލޭމީހުނައްދިންފުލެޓްތަކެއްގެވާހަކަ މުލައްދަޑިއައްބާރުލާފަލިޔާއިރު,ދަފުތަރުގަޔާ,ކެޔޮފަތުގަޔާު,އަހިފަތުގަޖެހިގެންމިހުރިހާފުލެޓެއްނަގައިގެންތިބީރަށުގަހުރިގޭގަތަޅުއަޅުވާފައައިސްތިޔަކަހަލަ,ދީދީންނެވެ.އެކަމަކު,އެކަންބޮޑުވެގެން ފަޔައްހިނިއަރައިގެންއުޅޭހެންމާލޭމީހުނެއްނުތެޅޭ,މީދޮގެއްތޯބަލަން ފުލެޓާ,ގޯތިލިބުނުލިސްޓުތައްޗެކުކޮއްބަލަ!!
ބަބޫ
01 September 2022
ލިޔަން ދަސްކޮށްބަލަ. ހުސްތަން ބާއްވައިގެން ލިޔެބަލަ
ކަބޫ
01 September 2022
ސްޕޭސްނުދިނީމަ އިތުރަށް ޓައިޕްކުރަން ސްޕޭސް ލިބޭނެ
ހުދު ސަމާލު
01 September 2022
އޯކޭ ދެން އަހަރެމެން ވޯޓަކުން ކެޕިޓަލް ސިޓީ ބަދަލު ކޮށްލީމަ މާ ތާހިރެއް ނުވާނެ. ރާއްޖެތެރެ ތެރެ ކިޔާކަށް ނުޖެހޭނެ އޭރުން ދޯ. އަހަރެމެން މާލެ ދެންނާންނާނަން. އަހަރެމެން ކައިރި އަށް ބޭފުޅުންތައްވެސް ނާންނާތި. އެއް ރަށުގެ އަހުލުވެރީންނޭ. މިބައިގަނޑު ބޮޑުވާނެ ސަލާމް
ހަސަންދީ
01 September 2022
ހެހެ..ދަރަނި ނުނަގާ ކިހިނެއް ދިވެހިރަށްޔިތުންގެ ޑިމާންޑާ އެއްވަރަށް ޤައުމު ތަރަށްޤީ ކުރަނީ ؟ ހީވާކަހަލަ ދަރަނި ނަގަންޖެހެނީވެސް ވަކި ބައެކޭ ސިޔާސީ ވެގެންގޮސް ހަލާކުވެފައި...
އެމްސް
02 September 2022
ތަރައްގީއަކީ ކޮންކްރީޓެއް ނޫން! ބްރިޖުން ޤައުމަށް ވަންނަ އާމްދަނީއެއް ނެތް، ދިވެހިންނަށް އުފެދުނު ވަޒީފާއެއް ނެތް! އެމްޑީޕީގެ ފުރަތަމަ ވެރިކަމުން، ގެސްޓްހައުސް އަށް ކޮށާދިން މަގުން، ޤައުމަށް އިތުރު އާމްދަނީ ވަންނަން ފެށި، އެތައް ވަޒީފާއެއް އުފެދުނު!
ދަގަތްފާނު
01 September 2022
ހެހެ، ކަލޯ ފޯބްސް މަޖައްލާ ހަދާ ގައުމުގެ ދަރަނި 31 ޓްރިލިއަން ޑޮލަރުގަ އުޅެނީ، ދުނިޔޭގެ އެންމެ ދަރަނިބޮޑު ގައުމު، ޗައިނާއަށް އެތައް ޓްރިލިއަނެއްގެ ދަރަނިއޮތް ގައުމެއް.
އެމްސް
02 September 2022
ތިގޮވެނީ ގުދޯގުދޯ! ތިމަންނާވެސް އަދި އޭނާވެސް މީހުން މަރައޭ!
ޖެނޮސައިޑް ނާސިއްޓެ
31 August 2022
ތިޔައީ ކަނޑައެޅިގެން ބޮޑުދޮގެއް، އެމެރިކާއިން އެކަނި 1 ޓްރިލިއަން ޑޮލަރު ޗައިނާއިން ދަރަންޏަށްނަގާފައެބައޮތް. އަފުގާނު ހަނގުރާމައަށް އިނގިރޭސިވިލާތުން އެކަނި އެތައްހާސްމީހުނެއްދިޔަ، އެކަމަކު ހެދިވަޑާމަކީ ބޮލަކަށްޖެހޭ ނިސްބަތޭ ކިޔާފަ ރާއްޖެ ހަރުކަށި ލިސްޓަށްލީ. ފަގީރު ކިތައް ގައުމުތޯ ތިޔަ އައިއެމްއެފު ދަރަނިދަންތުރައިން ސަލާމަތްނުވެގެން އުޅެނީ، ރާއްޖޭ ކިތައް ރިސޯޓު ތިހިރަ އިންޑިއާ ބޭންކުން އަތުލައިފިތޯ ދަންތުރަޖަހައިގެން.
ތައްޓޭ
01 September 2022
މުޅި ކޮމެންޓުގައިވަނީ ހުސްދޮގު ޚިޔާލީ ވާހަކަތަކެއް އެމެރިކާއިން ނެތް ޗައިނާގެ އެއްވެސް ފައިނޭޝަލް އިންސްޓުއިޓަކުން ލޯނެއް ނަގާފައެއްނެތް، އިންޑިޔާ ބޭންކުން ނެގި ރިޒޯޓެއް ނަގާފައިވަނީ އެބޭންކުން ނަގާލޯނު ނުދެއްކުމުން އޮންނަ އުސޫލުގެ ތެރެއިން ރަހުނު ކުރި ރަށް ވިއްކާލަނީ އެވެސް ކޯޓް މަރުހަލާތައް ނިމި ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދިނުމުން، ތި ކޮމެންޓް ކިޔާފަވެސް ޤަބޫލު ކުރާނެ ބަޔަކު އުޅެދާނެ އެކަމަކު ހަމަ ހެޔޮނުވާނެ އެގިހުރެ އޮޅުވާލަން ..
ހެޑްލައިން
01 September 2022
ސުރުހީ އެކަނި ކިޔާފަ ދިގު ކޮމެންޓް ތިކުރަނީ. 2 ވަނަ ޕެރެގްރާފް: ލިސްޓުގެ ތިން ވަނަ އަށް ރާއްޖެ އެރީ ބޭރުގެ ދަރަންޏާއި ގައުމުގެ އާމްދަނީގެ ނިސްބަތުން 38 ޕަސެންޓު ދަރަނި ޗައިނާ އަށް ނިސްބަތް ވާތީ އެވެ.
އެމްސް
02 September 2022
މިޤައުމު އުޅެނީ ނުފޯރާފޮތިން ފޫގެޅުމުގަ، އަމިއްލައަށް މަމޮޅު ވެވިގެން!