އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުން އަންނަ ރާފިއު.-- ފޮޓޯ: ޕޮލިސް
30 އޯގަސްޓް 2022 - 15:54
ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރެވި ތަހުގީގު ހިނގަނިކޮށް ރާއްޖެއިން ބޭރަށް ފުރި ގުރުއާނާ ބެހޭ މަރުކަޒުގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
މި މަހުގެ ކުރީކޮޅު ރާފިއު ފުރީ އޭނާގެ ވީޑިއޯ ފުލުުހުންނަށް ލިބި ތަހުގީގު ކުރަމުން އަންނަނިކޮށެވެ. އޭނާ ފުރި ފަހުން، އަލަމްގީރުގެ ކޮޓަރި ތެރޭގައި އުޅެނިކޮށް ވީޑިއޯއެއް ވަނީ ލީކުކޮށްލައިފަ އެވެ.
ފުލުހުންގެ އިއުލާނުގައި ބުނި ގޮތުގައި އޭނާ ހޯދަނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައެއްގެ ތަހުގީގަށެވެ. ހޯދަން އިއުލާންކުރީ އުޅޭ ވަކި ތަނެއް ނޭނގިގެން ތަހުގީގަށް ހާޒިރުވާން ޗިޓު ރައްދު ނުކުރެވިގެން ކަަމަށެވެ.
އިއުލާނުގައި އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ސުވާލުކުރަން ބޭނުންވާތީ ހާޒިރުވުމަށެވެ. ރާފިއުގެ ވަނަވަރު ހާމަކޮށްފައިވާ އިއުލާނުގައި އަންގާފައި ވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ކުރިން ހާޒިރުވުމަށެވެ.
ގުރުއާން މުދައްރިސެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ރާފިއު އަކީ އެމްޑީޕީގެ ޖަލްސާތައް ފެށުމަށް އާންމު ގޮތެއްގައި ގުރުއާން ކިޔަވާ މީހާ އެވެ. ރާފިއުއަކީ ވަރަށް ކުރިއްސުރެ ކުދިންނަށް ގުރުއާން ކިޔަވައިދޭ މުދައްރިސެއްގެ އިތުރުން ކުރިން ރ. މީދޫގެ ކަތީބުގެ މަގާމު ވެސް ފުރާފައިވާ މީހެކެވެ.
ރާއްޖެ އިން ބޭރަށް ފުރި ފަހުން ލީކުކޮށްލި ވީޑީއޯގައި، ގިނަ ބަޔަކާ އެކު އާލަމްގީރު ހުތުރު އަމަލު ހިންގާ ކޮޓަރިއަށް ރާފިއު ވަދެ، އަލަމްގީރާ ވާހަކަ ދައްކަން އިންނަ މަންޒަރު ފެނެ އެވެ.
އެ ތަނުގައި ކެމެރާ ހުރިތޯ ވެސް ރާފިއު ސުވާލުކުރެ އެވެ. ފަހުން، އާލަމްގީރުގެ ސުވާލުތަކަށް ޖަވާބު ދެމުން އަންހެނުން މަރުވެފައިވާ ކަމަށް ވެސް ރާފިއު ބުނެ އެވެ.
އާލަމްގީރު ކޭސްގައި ހިމެނޭ ގިނަ ބައެއްގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. ރާފިއު ފުރީ އޭގެ ކުރިންނެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް އޭނާގެ އިތުރުން ތިން ދިވެއްސަކަށް ދައުވާކޮށްފައިވެ އެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.
ދައުވާއަށް އިއުތިރާފްވެ އަލަމްގީރު ކޯޓުގައި އެދިފައި ވަނީ ލުއި އަދަބެއް ކަނޑައަޅައި ދިނުމަށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންނަށް ވީޑިއޯ ލިބުނު އަދަދު 40 އާ ގާތްކުރެ އެވެ. ފުލުހުން އަންނަނީ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމުތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް ތަހުގީގު ހިނގާ ކަން އަންގަމުންނެވެ. މިހާތަނަށް ޓީޗަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ހިމެނޭ މީހުންނާއި ކުރިން ހުޅުމާލޭގެ މިސްކިތެއްގެ މުދިމަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިއަކު ވެސް ވަނީ އެ މައްސަލަތަކުގައި ސަސްޕެންޑްކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާސީރު
31 August 2022
މަށެއްނުހޯދަންތަ
މަބްރޫކްލް ހިމާރު
30 August 2022
ފެނުނީމާ ހިޔެއްނުވޭ ދުޅާ މީހެއްހެނެއް!
ދިއްދޫމީހާ
30 August 2022
ހޫމްހޫމް ފުރައިގެން ދާތާކަށް ދިޔާމަ މިހޯދަން އިއުލާން ކުރަނީ ދެން ތިބި 2މީހުން ފުލުހުންގެ ހުއްދަ ނަގައިގެން އެއްގްރޫޕެއްގާ އުމުރާއަ ދިޔައީ ދެންތިބި 2މީހުން ހުއްދަ ނަގައިގެން ސްނޯކްލިންނަ ދެން ތިބި 2މީހުން ހުއްދާ ނަގައިގެން ފަރަަށް ބޮލިހިފަން ދެން ހުރި މީހާ ހުއްދަ ނަގައިގެން ގިރިއަ ކުދި މަސް ހިފަން އެއްމެ ފައިދާ ބޮޑީ ގިރިޔަ ކުދި މަސް ހިފަންދިޔަ މީހާއަ ލަދުގެ ކަންފުޅެއްވެސް ނެތީދޯ؟؟
އެމްސް
30 August 2022
އެމްޑީޕީގެ ޖަލްސާ ފަށަން ނަމަވެސް ޤުރުއާން ކިޔެވުމީ އެއީ ރާފިޢު އަށް ކުރެވުނު ހެޔޮ ޢަމަލެއް، އެމްޑީޕީވެސް އަދި ރާފިޢުވެސް ކުށްވެރިވާނެ ކަމެއް ނޫން! ނާޒިމް ސައްތާރުވެސް އަދި ކޮންމެ މީހަކުވެސް ވާނީ ކޮންމެވެސް މީހެއްގެ ދަރިއަކަށް ކަމުން އެމީހަކު ކުރާ ކުށެއްގެ އަދަބުވެސް ލިބޭނީ ހަމަ އެމީހަކަށް! އެހެންކަމުން ކަމަކާއި ގުޅުވައިގެން އެހެން ބަޔަކު ބަދުނާމުކުރަން އުޅުމީ ޒިއްމާދާރު ގޮތެއް ނޫން!
ރޯ އެންޑް ބުހުތާން
30 August 2022
ތިވިދާޅުވީ 100 ގެ ކޮމެންޓެއް އިގޭތޯ. އެމީހަކު ކުރި ކުށެއް އެމީހަކަށް. އެކަމުގައި އެމީހާގެ ބަފާ، އަމާ، ބޭބެ، ދައްތަ، ކޮއްކޮ ކުށްވެރިކުރާކަށް ނުޖެހޭ. ރައީސް ޔާމީންގެ ދުރު ވިސްނުންފުޅުގެ ސަބަބުން މިދުވަސް އަންނާނެކަން އެމަނިކުފާނަށް އެގިވަޑައިގަންނަވާތީ ނޫންތޯ ދިވެހިރާއްޖެފަދަ ބިންތިރި އުސް ތަންތަން ނެތް ގައުމެއްގައި 25 ބުރީގެ ހޮސްޕިޓަލަކާއި ހިޔާ ޓަވަރުތައް އެޅުއްވީ. އެއީ އުސްތަންތަން ބޭނުންވެގެން ދިވެހިން އުޅޭނެތީ
ސެމި
30 August 2022
އަނެއްކާ ހައްޖަށްފޮނުވި ގުރޫޕްގެމީހެއްނޫންބާާ