ދުނިޔެ / ނިއުކްލިއާ

ނިއުކްލިއާ އިންޖީނުގެއަށް ރައްކާތެރި ސަރަހައްދެއް ކަނޑައަޅަނީ

07 ސެޕްޓެމްބަރ 2022 - 13:01

3 comments

ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ސަހަރެއް ކަމަށްވާ ޒަޕަރޯޖިޔާގައި ހުންނަ ނިއުކްލިއާ އިންޖީނުގޭގެ ވަށައިގެންވާ ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ބޭނުންވާ ކަމަށް، އދ.ގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އިން ބުނެފި އެވެ.

އދ.ގެ މި ގޮވައިލުމަށް ޔޫކްރޭނުން މިއަދު ވަނީ މަރުހަބާ ކިޔައިފަ އެވެ. އެ ގައުމުގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވިދާޅުވީ ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގެ ހުންނަ ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ގަބޫލުކުރާނީ، އެ ސަރަހައްދަކީ އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގާނެ ސަރަހައްދަކަށް ހެދޭނެ ނަމަ އެކަންޏެވެ.

އެ އިންޖީނުގެ ރަޝިޔާ ސިފައިންގެ އަޅުވެތިކަމުގެ ދަށުގައި ހުރެގެން، އެއީ ރައްކާތެރި ސަރަހައްދެއް ކަމަށް ކަނޑައެޅޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެ އިންޖީނުގެ ހުރި ސަރަހައްދުން ރަޝިޔާ ސިފައިން ދުރަށް ޖެއްސުމެވެ.

ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގޭގެ ހާލަތު ބެލުމަށް އެ ތަނަށް ޒިޔާރަތް ކުރި އައިއޭއީއޭގެ އިންސްޕެކްޓަރުންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެ އިދާރާ އިން އިއްޔެ ނެރުނު ރިޕޯޓްގައި ބުނީ، އެ އިންޖީނުގެ ހާލަތު މިހާރު ވަރަށް ގޯސް ކަމަށެވެ. އަދި މިހާރު އެ އިންޖީނުގޭގެ ވަށައިގެންވާ ސަރަހައްދުގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތައް އެ ގޮތުގައި ހިންގުމަކީ، އެފަދަ އިންޖީނުގެއެއްގެ ހިންގޭނެ ހާލަތެއް ނޫން ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ އިންޖީނުގޭގެ ވަށައިގެންވާ ސަރަހައްދުގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރަމުން ދާތީ، އެ އިންޖީނުގެ އިން ރޭޑިއޭޝަން ލީކްވެ އިންސާނީ ސިއްހީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް، ތަޖުރިބާކާރުން އިންޒާރު ކުރެ އެވެ. އެފަދަ ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި، ވަގުތީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް، އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގެ ސަލާމަތް ކުރެވޭނީ، އެ އިންޖީނުގޭގެ ވަށައިގެން ރައްކާތެރި ސަރަހައްދެއް ކަނޑައަޅައިގެންނެވެ. އެފަދަ ސަރަހައްދެއް އދ. އިން ކަނޑައަޅައިފި ނަމަ، އެ ސަރަހައްދުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް ގެންގުޅުމާއި އަސްކަރީ ހަރަކާތްތައް ހިންގުން މަނާވާނެ އެވެ.

އޭގެ އިތުރުން އެ އިންޖީނުގެއިން ރޭޑިއޭޝަން ލީކްވިޔަ ނުދިނުމަށްޓަކައި، އެ އިންޖީނުގެ ހުރި ސަރަހައްދަށް ދެމެންދާ ހަމަލާތައް ވަގުތުން ހުއްޓައިލަންޖެހޭ ކަމަށް ވެސް އައިއޭއީއޭ އިން ބުންޏެވެ. އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް ރަފައޭލް ގްރޮސީ އިސްވެ ހުންނަވައިގެން ޒަޕަރޯޖިޔާގެ ނިއުކްލިއާ އިންޖީނުގެއަށް ޒިޔާރަތް ކުރި އިންސްޕެކްޓަރުންގެ ހޯދުންތައް، އޭނާ އިއްޔެ ވަނީ އދ.ގެ ސަލާމަތީ މަޖިލީހާ ހިއްސާ ކޮށްފަ އެވެ.

އައިއޭއީއޭގެ ހޯދުންތައް ސަލާމަތީ މަޖިލީހާ ހިއްސާ ކުރުމުގެ ކުރިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ، ސަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގެ ހިމެނޭ ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައްވައިފަ އެވެ. އޭގެ އިތުރުން އެ އިންޖީނުގޭގެ ވަށައިގެންވާ ސަރަހައްދުގައި އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، އެ ސަރަހައްދަކީ އަސްކަރީ ހަރަކާތް ނުހިންގާ ސަރަހައްދެއްގެ ގޮތުގައި އެއްބަސްވުމަށް، ގުޓަރެސް ވަނީ ރަޝިޔާ އާއި ޔޫކްރޭން ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގޭގެ ވަށައިގެންވާ ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއް ކަމަށް ކަނޑައެޅުމަށްޓަކައި، އެ ސަރަހައްދުގައި މިހާރު ތިބި ރަޝިޔާ ސިފައިން އެމީހުންގެ ހަތިޔާރުތަކާ އެކު ފަހަތަށް ޖެހެން ޖެހޭނެ އެވެ. އަދި ރަޝިޔާ ސިފައިން އެ ސަރަހައްދު ދޫކޮށް ދިޔަސް، ޔޫކްރޭން ސިފައިން އެ ސަރަހައްދަށް ވަދެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީރުބޮލު ވަޒީރު.

08 September 2022

މަހަށްދޭބަލަ. ރަސިއާ ސިފައިން އެތަނުން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ. މިހާރު މަޑުކޮށްގެން މިތިބެނީ އެމެރިކާއިން ޔޫކުރޭނަށް ދިން ހަތިއާރުގެ ފެންވަރު ބަލާލަން. ހަތިއާރު ކޮށާރު ފުލްކޮށްލަން. ދިހަވަރަކަށް ހާސް މިސައިލު ލިބުނީމަ ޒެލެންސްކީ އަޑުން އަޑުނަގާ ރޯވަރުގެ ހަމަލާއެއް ދޭނަން. ހާމަނާއީ ފޮނުވި ޑުރޯންތައްވެސް އަދި ރެޑީނުވާތީ މިހާރު މިތެބެނީ ރެސްޓެއް ނަގައިގެން. ކަރިދޯފްގެ ބިމުގެ ފައުޖުވެސް ރަނގަޅުކޮށްލަން ޖެހޭ.

The name is already taken The name is available. Register?

ވްލަޑްބިންޕޫތިން

08 September 2022

މިކަމުގައި އެންމެ ސިމްޕަލް އަދި މޮޅުގޮތަކީ ޒެލެންސްކީ އިސްތިއުފާދިނުން. ޒެލެންސްކީއަކީ މުޅި ސަރަހައްދުގެ އަމާންކަން ނަގާލާ، ހަމަނުޖެހުމަށް ހުށަހެޅުމަށް ހުޅަގުން ޖެހި މަޅީގައި ބޭނުންކުރި ސްކޭޕްގޯޓް. މުޅި އިރުމަތީ ޔޫރަޕް މިހާލަށް ވެއްޓުމުގެ ޒިންމާ ޒެލެންސްކީ ނަގަންޖެހޭ. މިލިޓަރީ ތަހުގީގެއް ހިންގާ މީނައަށް އަދަބުދޭންޖެހޭ. މީނާ މިއީ މިޒަމާނުގެ މިލޮސޮވިޗް/ހިޓްލަރު. މިފަދަ މީހެއްގެ ސަބަބުން މުޅިއިންސާނިއްޔަތު ހުށަހެޅޭނީ ގެއްލުމަށާއި ހަލާކަށް.

The name is already taken The name is available. Register?

ހުސައިންބޭ

07 September 2022

ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އެސަރަޙައްދު މިހާރު އެއޮތީ. އެހެންވީމަ އެމީހުން ފަހަތަށްޖެހޭކަށް ނުޖެހޭނެއެވެ. ޔުކްރޭން ސިފައިންޖެހޭނީ އެސަރަހައްދުގައި އަސްކަރީ ޙަރަކާތްތައް ހިންގުން ހުއްޓާލާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454