ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: އެ ތަނުގައި 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރަން ވަނީ ނިންމާފައި.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
15 ސެޕްޓެމްބަރ 2022 - 12:50
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތް ކުރަމުން އަންނަ ހޮސްޕިޓަލްތަކުގެ މަސައްކަތްތަކަށް ދެ ބިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކައިފި އެވެ.
ކުވެއިތު ފަންޑާއި ބޭންކް އޮފް މޯލްޑިވްސްގެ ފަންޑުގެ ތެރެއިން ސަރުކާރުން އަންނަނީ 14 ޕްރޮޖެކްޓެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހޮސްޕިޓަލް އިމާރާތް ބޮޑުކުރުމާއި ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ނ. ވެލިދޫ
- ކ. ތުލުސްދޫ
- ވ. ފުލިދޫ
- އދ. މާމިގިލީ
- ތ. ވިލުފުށި
ޖުމުލަ 30 އެނދުގެ އެ ހޮސްޕިޓަލްގެ މަސައްކަތްތައް އޮތީ ޓެންޑާ އިވެލުއޭޝަން މަރުހަލާގަ އެވެ. އެއިން ކޮންމެ ހޮސްޕިޓަލެއް އަޅަން 160 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެއީ ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ އެވެ.
އެ ހޮސްޕިޓަލްތަކުގެ އިތުރުން، ކުވެއިތު ފަންޑުގެ އެހީގައި ފުވައްމުލަކުގައި ހަދާ 50 އެނދުގެ ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްުގައި ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އޮތީ ޑިޒައިން ސްޓޭޖުގަ އެވެ.
ބީއެމްއެލްގެ ލޯނުން ހަދަނީ 30 އެނދުގެ ތިން ހޮސްޕިޓަލަކާއި 30 އެނދުގެ ހޮސްޕިޓަލެކެވެ. ނ. މަނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅާއިރު، ހއ. އިހަވަންދޫއާ ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރުގައި އަޅަން ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
އެ ތަނުން ކޮންމެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް އެވްރެޖުކޮށް 180 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެއީ މުޅި ޖުމްލަ 1.8 ބިލިއަން ރުފިޔާއަށްވުރެ އަގުހުރި މަސައްކަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
17 September 2022
ޢިމާރާތެއް ކުރުމީ މާބޮޑު އަދި މާ ދުވަސް ނަގާނެ ކަމެއް ނޫން! މާލޭގަ 25 ބުރީގެ ހޮސްޕިޓަލް/ޢިމާރާތެއްވެސް އެބައިން، ނެތީ ކަންކަމަށް ޚާއްސަ ޑޮކްޓަރުން! ބޭނުންވާ ވަރަށް ކަމާއިބެހޭ މީހުން ތަމްރީނު ނުވާހާ ދުވަހަކު ޢިމާރާތަކުން އަދި އިކުއިޕްމެންޓް ތަކަކުންވެސް ކުރާނެ މާބޮޑު ކަމެއް ނޯންނާނެ! އިންޑިއާ، ލަންކާ، ބެންކޮކް އަށް/ބޭހަށް ދިވެހިން އެދަނީ 25 ބުރި އަށްވުރެ މާތިރިކޮށް ހުންނަ ހޮސްޕިޓަލް ތަކަށް!
ދިއްދޫމީހާ
15 September 2022
މިވެރިކަން ފެށުނީންސުރެން އެބަ ދައްކާ ހޮސްޕިޓަލްތަކުގެ 3ޑީއާ 4ޑީގެ ކުރެހުންތަކެއް އެއްމެ ފަހުން އިހަވަންދޫ ހޮސްޕިޓަލްގެ ކުރެހުމޭ ކިޔާފަ ދެއްކި ކުރެހުން ހުރީ ހޯރަފުށީގެ ހޮސްޕިޓަލްގާ މިހާރު ޑީތައް ހުސްވެއްޖެ ތިޔަހެން ކުރެހުން ދައްކަ ދައްކާ
އެމްސް
17 September 2022
ކުރެހުމަކުން އަދި ޢިމާރާތަކުންވެސް ދެވޭނެ ސިއްޙީ ފަރުވާއެއް ނޯންނާނެ، އެކަން ވާނީ ޑޮކްޓަރުންނާއި ފަންނީ މާހިރުން ތިބެގެން!
ނާޗަރަންގޫ
15 September 2022
ވެރިކަމަށް އައީ 5 އަހަރުތެރޭ ތިތަންތަން ނިންމަދެން ބުނެ. އެކަމަކު އަނެއް 5 އަހަރުގެ ވޯޓާ ހަމަޔަށް ތިޔަފޯރުވީ. ވައުދުގެ ތިލަފަތް ހަދަނީ ހުސްދޮގު. ކުރަނީ ހުސއ ހަޑިހުރުކަންކަން.
އެމްސް
17 September 2022
ޢިމާރާތަކުން ލިބޭނެ ފަރުވާއެއް ނެތް، ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތިއްޔާ!
ރާއްޖެ
15 September 2022
ދަމަކުން ބަޑިއެއް ޖަހާހެން މި ހޮސްޕިޓަލް ތަކުގެ ކުރެހުން ނޫސް ތަކުން ފެންނާނެ. އެއަށް ވުރެ ކުރިއަކަށް 4 އަހަރު ވީ އިރު ނުދޭ.
އެމްސް
17 September 2022
ކުރެހުމަކުން ޢިމާރާތަކުން ދެވޭނެ ސިއްޙީ ފަރުވާއެއް ނޯންނާނެ، ކަމާއިބެހޭ މީހުން ނެތިއެއް!
ހަބަރޭ
15 September 2022
ކުރިން ކުރަހާފަ ދެއްކި ހޮސްޕިޓަލްތައް ނިމިއްޖެބާ ޓިނު ސޯލިހު
އެމްސް
17 September 2022
ހޮސްޕިޓަލް ޢިމާރާތްތައް މާލޭގަވެސް އެބަހުރި، ނެތީ ދައްކާލާނެ ޑޮކްޓަރެއް!
މަގޭޚިޔާލުމީ
15 September 2022
ހޮސްޕިޓަލް ހުރި ރަށްރަށުގައި އިތުރު ހޮސްޕިޓަލް އަޅާކަށް ނުފެނޭ. މިހާރު ހުރި ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރަންވީ. ޚިދުމަތްތައް އިތުރުކުރަންވީ.
އެމްސް
17 September 2022
ކޮންކްރީޓް ކުރުން ހުއްޓާފަ، މީހުން ބިނާކުރަން ފަށަންވީ!
ށަވިޔަނި
15 September 2022
ސިއްޙީ ދާއިރާއަށް ކުރެވޭ ހޭދަ އަދިވެސް ކުޑަ. އެންމެ ބޮޑު ހޭދަކުރަންޖެހެނީ އެދާއިރާއަށް. ދެން ތަޢުލީމީ ދާއިރާއަށް.
އެމްސް
17 September 2022
އެކަމަކު ކޮންކްރީޓް އަކަށް ނޫން، ކަމާއިބެހޭމީހުން ތަމްރީނުކުރަން!
ގުދުގުދުލީބެއްޔާގެ ތެދުބަސް
15 September 2022
ނަމަނަމަ ހޮސްޕިޓަލްތައް އިމާރާތްކުރިއަސް ވެންޓިލޭޓަރު ނުގެންނާތި. އެތަކެތި މިގައުމަށް އަންނާކަށް ބޭނުމެއްނުވޭ. މާނައަކީ ލާރިދެއްކިއަސް ނުލިބޭނޭ.
އެމްސް
17 September 2022
ޢިމާރާތްތަކުން ބިންތައް ފުރާ، މެޝިނަރީސްތަކުން ޢިމާރާތްތައް ފުރާލިޔަސް ބޭނުންވާވަރަށް ޑޮކްޓަރުންނާއި އެހެނިހެން މީހުން ނެތި ކުރެވޭނީ ކޮންކަމެއްބާ؟