ގެމަނަފުށި ބަނދަރު: އަތޮޅު ފެރީއިން މޫދަށް ވެއްޓި މަރުވީ ކަނޑުހުޅުދޫ ޒުވާނެއް.
18 ސެޕްޓެމްބަރ 2022 - 20:14
ގއ. ގެމަނަފުށިން އެ އަތޮޅު ކަނޑުހުޅުދު އަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
ގެމަނަފުށި ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ހަވީރު 5:50 ހާއިރު އެ ހާދިސާ ހިނގީ ފެރީގެ ދިރުނބާކޮޅުގައި އިތުރު ދެ ރައްޓެއްސަކާ އެކު އެ ޒުވާނާ ވާހަކަ ދައްކަން އިންދަ އެވެ.
އުމުރުން 24 އަހަރުގެ އެ ޒުވާނާ މޫދަށް ވެއްޓުނީ ގެމަނަފުށީގެ ނެރާ ދިމާލުން ކަމަށާއި މޫދުން ނެގުނުއިރު ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް ވެދާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
"ތޮށި މަތީގައި ތިބި މީހުންނަށް އެ މަންޒަރު ފެނިގެން ދިޔަ އެ ތަނަށް ޑިންގީއެއްގައި. ރަށަށް ގެންދިޔައީ އެ ޑިންގީގައި. އޭރު އެމްބިއުލާންސް ވެސް އޮތީ ބަނދަރުގައި މަޑުކޮށްގެން. އެކަމަކު އެމްބިއުލާންސަށް އެރުވިއިރު ވެސް ނޭވައެއް ނުލާ،" އޭނާ ވިދާޅުވި އެވެ.
އެ ޒުވާނާ ގެނބިގެން މަރުވިއިރު މިހާރު ކަނޑުހުޅުދު އަށް އޭނާގެ ހަށިގަނޑު ފޮނުވައިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ގެނބިގެން މަރުވި ޒުވާނާއަކީ ފިޓް ޖެހޭ މީހެއް ކަމަށް ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏިޔާޒު
19 September 2022
ޢީދު ބަންދުގަ ސްޕީޑް ބޯޓެއްގައި 14 މީހުންގެ ޢާއިލީ މެމްބަރުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ފުދޭވަރަކަށް ކަނޑުގަދަވީމަ ލައިފް ޖެކެޓް އަޅަން ބުނީމަ ކުރޫގެ ޖަވާބަކީ "ލައިފް ޖެކެޓް އަޅަންވީމަ މަށަށް އެގޭނެ"
ޙިނި
19 September 2022
ފެރީތަކުގެ ދިރުބާކޮޅު އަދި ކޮޅުފަސް ކޮޅުގައި ޕެސެންޖަރުން ތިބުން މަނާ ކޮއްބަލަ. އަދި ހަރުކަޝި ކޮއް މި އިންޕުލިމަންޓު ކޮއްބަލަ.
ރާއްޖެ
19 September 2022
ލައިފް ޖެކެޓް ކޮބާ؟
ރީތި ހަނދު ވަރު
18 September 2022
ހުރިހާ ފަޅުވެރިން ރީތި ކޮށް ހެދުން ލަައްވާފައި ތިއްބަސް ކަމަކު ނުދާނެ. ކޮބާ ލައިފް ޖެކެޓްސް؟
އެނދިމަރިޔަނބު
18 September 2022
ފެރީގައި ގޮނޑީގައި އިންނަން ޖެހޭނީ، ގަވައިދު ހަދަނީ ސަލާމަތާ ރައްކާތެރިކަމަށް
އަނގަގަދަމިތުރު
18 September 2022
އެއްޗެކޭނުބުނެ ހަމަނުހުރެވުނީ. ލައިފުޖެކެޓު ކިއާއެއްޗެއް ގެންގުޅުނުބާ؟ އެކިޔާއެތި ހަމަތޯބަލަނީ އުޅަދު ރަޖިސްޓްރީއަށް ސުޕަވައިޒު ކުރަންދާއިރު އެކަނިތާ. މިއަދު އޭތިގަނޑު ބޭނުން ކުރެވުނުނަމަ ކިހާރަގަޅުވީސް. މިބާވަތުގެ ކަންކަން ރަގަޅު ކުރަންބޭނުމިއްޔާ މައްސަލަތަކުގެ ތެރެއަށް ޒިއްމާވާ ކައްޕިންގެ ނެވިކަމުގެފާސް ދިގުމުއްދަތަކަށް ކެންސަލްކުރަންޖެހޭ. ލައިފުޖެކެޓު އަޅަން ބޭނުންނުވާ އަޅަން ލަދުގަންނަ ބަޔަކުނަމަ އޮޑިން ބާލާފަ ދަތުރުކުރޭ. މިދެން ކިހާދެރަކަމެއް
ނިއޓްރަލް
19 September 2022
މީ ކޮންމެހެން ކެޕްޓަންގެ އެކަނި މައްސަލައެއް ނޫން.. އަހަރެމެން ދިވެހިންގެ ވެސް ފަރުދީ ޒިންމާ ކުޑައީ.. ކަމެއް ވާ އިރައް އެހެން މީހުން ބޮލަށް ކަޑާލަން ލައްކަ ފޯރި ހުންނާނެ..
ސަމަދޭ
19 September 2022
މިވީއެއްޗެއް ފަހުމުވޭބާ. ކަނޑުމަތީގައި ދުއްވާ އުޅަދެއްނަމަ އޭގެތެރޭ އަލިފުން ފެށިގެން ޔާ އަށް ޒިއްމާނަގަން ޖެހޭނީ ކައްޕި. ގާނޫނާއި ގަވާއިދު އެބަހުރި. އެ ހެދިފައި ހުންނަނީ ފަރުދީޒިއްމާ ނަގާނެކަމަށް އެ ހިމަނައިގެނެއްނޫން. ދަތުރު ކުރަނީ ގަވާއިދުންތޯ ދަތުރުވެރިން ތިބީ ގަވާއިދުންތޯ ބެލުން ޒިއްމާވަނީ ކައްޕި.
ސުމިސުމި
18 September 2022
ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއްގެ އިތުރުން ކޮންމެ ކުއްޖަކީ ސީޕީއާރު ދަންނަކުއްޖަކަށް ވެސް ވާން ވެއްޖެ. ޑިންގީއެއްގައި ގެންގޮސް އެންބިއުލާންސަށް ލައި އެންބިއުލާންސުން ހޮސްޕިޓަލާ ހަމައަށް ދާން ލައްކަ ވަގުތު. އަދި ފިޓުޖެހޭ ކުދިން ފެރީއަށް އެރިޔަސް ދިރުނބާކޮޅަށް ދިޔުމާ ބެލްކަނީ ރެއިލިންގައި ލެނގުމާ މިފަދަ ކަންކަމާ ދުރުހެލިވާން ޖެހޭ.
ޏަބްނެއްގޮލާ
18 September 2022
ރަނގަޅު ވާހަކައެއް. ހާއްސަ އުޒުރެއް ނެއްނަމަ ގްރޭޑް 1 ކުން ގްރެޖުވޭޓުވުމައް ފަތަން އެންގުން މަޖުބޫރުކޮއް ކަރިކިއުލަމްގަ ހިމަނަން ފެނޭ