އާޒިމް އާދަމް އ
19 ސެޕްޓެމްބަރ 2022 - 11:44
އާ ޑްރެޖަރެއް ބޭނުންކޮށްގެން ގއ.ދާންދޫ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފި އެވެ.
ބިން ހިއްކުން ރަސްމީކޮށް ފެށިއިރު ވެސް މަސައްކަތުގެ ގާތްގަނޑަކަށް 50 ޕަސެންޓް އޮތީ ނިމިފަ އެވެ.
މަސައްކަތްކުރާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެ ރަސްމިއްޔާތުގައި ވިދާޅުވީ، އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ބިން ހިއްކާ ނިންމާނެ ކަމަށެވެ. ބިން ހިއްކުމުން އެރަށުގެ މިހާރު އޮތް ބިމުގެ ސަރަހައްދު ދެ ގުނައަށް ބޮޑުވާނެ އެވެ.
މި ޕްރޮޖެކްޓަށް 180 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަލަށް ހިއްކާ ބިން، ދާންދޫގެ މިހާރުގެ ބިމާ ބްރިޖަކުން ގުޅާލާނެ އެވެ.
ބިން ހިއްކަނީ އެމްޓީސީސީއަށް އަލަށް ގެނައި "ބޮޑު ޖައްރާފު"ގެ ނަން ދީފައިވާ ޑްރެޖަރުންނެވެ. މި ޑްރެޖަރުން ކަނޑުގެ 18 މީޓަރު އަޑިން ވެލި ނެގޭނެ އެވެ. މިއީ އައިއެޗްސީ ބީވާގެ އެންމެ ފަހުގެ މޮޑެލްގެ ކަޓާ ޑްރެޖަރެކެވެ.
އެމްޓީސީސީން ގެންގުޅޭ އެންމެ ބޮޑު ޑްރެޖަރު މަހާ ޖައްރާފުން ކަނޑުގެ 50 މީޓަރުގެ އަޑިން ވެލި ނެގޭނެ އެވެ. ދިގުމިން 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ އެ ބޯޓުން އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންބެއަލީ
19 September 2022
ކަލޭނޭ ބޮޑުޖައްރާފޭ ކިޔާފަ ފޮޓޯ ފެނުނު އިރު 80 އަހަރުތަކުގައި ގެއްގުޅުނު ހޮޅި އަޅާ ބޮކިފައްތާ ޓަގެއް..ލަދުން ބޯހަލާކު.
1828
19 September 2022
"ބޮޑު ޖައްރާފު" މެކުނު ފުމުނަކަސް ގާހަކައަށް ނުފުމެވޭނެކަން މިކަމުންވެސް އިނގިގެންދޭ
ދުށީ
19 September 2022
ބީވާ އޭ؟ ބީ ވީ އޭ.
48343
19 September 2022
އާޒިމު ހާދަ ހިންގާލައިފިއޭ.