ބީއެމްއެލް މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވައިގެން އިނާމުތަކެއް ---ފޮޓޯ: ބީއެމްއެލް
21 ސެޕްޓެމްބަރ 2022 - 14:43
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިގެން ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މިއަދު ފެށި އެ ޕްރޮމޯޝަން މި އަހަރު ނިމެންދެން ކުރިއަށް ދާނެ އެވެ.
ބީއެމްއެލް އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން ބޭރަށް ފައިސާ ފޮނުވޭ ޕްރޮމޯޝަންގެ ތެރޭގައި ބޭރަށް ފައިސާ ފޮނުވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކްކޮށް ލަކީޑްރޯގައި ބައިވެރިވެވޭ ---ފޮޓޯ: ބީއެމްއެލް
އެ ޕްރޮމޯޝަންގައި ކޮންމެ ދެ ހަފްތާއަކުން ހޮވާ ގުރުއަތަކުން، ނަސީބުވެރި ފަރާތަކަށް އައި ފޯން 13 ޕްރޯ މެކްސްއެއް ލިބެ އެވެ. އަދި ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި ލިބެނީ ދެ މީހަކަށް ލަގްޒަރީ ރިސޯޓަކުން އޯލް އިންކްލޫސިވް ޕެކޭޖެކެވެ.
Send money overseas with International Money Transfer service from our Mobile Banking App and WIN BIG!
— Bank of Maldives (@bankofmaldives) September 21, 2022
🎁 Grand Prize of an all-inclusive resort trip for two
🎁 Win an iPhone 13 Pro every two weeks
More details: https://t.co/UlmBflmXdL pic.twitter.com/81bsbRrGNp
ބީއެމްއެލް އިން ބުނިގޮތުގައި، ޕްރޮމޯޝަންގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކްކޮށް ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަންގެ ތެރޭގައި ޖުމްލަ ހަތް ނަސީބުވެރިއަކަށް އައި ފޯން ލިބޭއިރު، އެ ފަރާތްތައް އިއުލާން ކުރާނީ ކޮންމެ ދެ ހަފްތާއަކުންނެވެ. ބޮޑު އިނާމުގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ޕްރޮމޯޝަން ނިމުމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
22 September 2022
ދެންވީ އެންމެން އަންބާ ކިޔާފަ ބޭރަށް ފައިސާ ފޮނުވަން؟ ކޮންމެ އެކައުންޓަކަށް 500 ޑޮަލަރުވަރި ވައްޓާލަބަލަ. އޭރުން 200 ވަރު ބޭރަށް ފޮނުވިދާނެ...
މިއާ ހަނީފް
21 September 2022
ބްރޯ މަ ހީކުރީ ރާއްޖެއިން ބޭރަށް ފޮނުވާނެ ފައިސާ މި ގައުމުގަ ނެތް ކަމަށް. އަދިވެސް 250 ޑޮލަރު ކާޑުން ކެނޑެނީ.
އަފްރާސިޔާބު
22 September 2022
މަގޭ އަމިއްލަ ޑޮލަރު އެކައުންޓަށް މަޖަމާކުރާ ފައިސާއިންވެސް މަހަކު މިހެދެނީ 250 ޑޮލަރުގެ ޓްރާންސްފަރ އެއް. ބުނީ ޑޮލަރު އެކައުންޓެއް އޮތަސް ކަލޭގެ ޕްރައިމަރީ އެކައުންޓަކަށް ދިވެހިރުފިޔާގެ އެކައުންޓެއް އޮންނާތީ ޑޮލަރު އެކައުންޓުން ޓްރާންސްފަރ ކުރަން ނުވަތަ ބޭނުންކުރެވޭނީ މަހަކު 250 ޑޮލަރޭ. މީ އަރަތެއްނުންތަ؟ އެހެންވިއްޔާ ޑޮލަރު އެކައުންޓެއް ހުޅުވައި އެއަށް ޑޮލަރު ޖަމާކުރުމުގެ ބޭނުމެއް ނެތެއްނުން!
ހިޔާލީ އަލީ
21 September 2022
ކުރިން ބުނީ ބޭރަށް ފައިސާ ނުފޮނުވާށޭ ގައުމު ތެރޭގަ ފައިސާ ދައުރުކުރާށޭ، މިހާރު ކިހިނެތްބާ މިވީ؟
އޮނަރަބްލް އަފީފު ދީދީ
21 September 2022
ބޭރުގެ ކޮންޤައުމަކަށްތޯ ފައިސާ ފޮނުވެނީ.!؟ އަނެއްކާ މިހާރު ރަޝިޔާ ސަރުކާރުން ދިވެހި ފައިސާ ޤަބޫލު ކުރަން ނިންމެވީތޯ. އަދި ރާއްޖޭގެ މަރުކަޒީބެންކުން މިކަން ހުއްދަކޮށްފިތޯ. # އަމިއްލަ އެކައުންޓްގައި ހުންނަ ޑޮލަރުކޮޅު ނެގޭނެ ގޮތެއްނެތިގެން އެގޮތްމިގޮތަށް ފޮތިފޮތިކޮށް ރައްޓެހިންނާއި އާއިލީ މީހުންގެ އެކައުންޓަށް ފޮނުވައިގެން ނަގާންޖެހޭ ހާލެއްގައި އޮތް ބެންކަކުން ތިފަދަ ވާހަކަ ދައްކާތީ ހަމަ އަހާލީ. ނޫރައްދީނަށް ސަލާމް.
ހަމަ ރަނގަޅު
21 September 2022
ތިބުނީ ހަމަ ރަނގަޅު ވާހަކައެއް. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮއް ބޭރައްފައިސާ ފޮނުވުމަކީ ވަރައް އުނދަގޫކަމެއް. މިކަމުގަ ކަސްޓަމަރ ސާރވިސް ވެސް ހަމަ ސުމެއް. ފޮތިކޮއް ކުދިކޮއްގެންވެސް ފޮނުވެނީ އެހާ އުދަގުލުން. އެއްފަހަރު ފޮނުވިއްޖިއްޔާ ދެވަނަފަހަރު ކޮންމެވެސް މައްސަލައެއްޖެހި ނުފޮނުވޭ. ފޮނުވާއިރު ޑޮލަރު ރޭޓު އެހާ ސަކަރާތް. ރައްކާތެރިނޫނަސް މިހާރު ހެދެން އޮންނަ ހަމައެކަނިގޮތަކީ ޑޮލަރު "ގަނެފަ" ބޭރައްދާމީހަކު އަތުގަފޮނުވުން.
ހަޖަމް21
21 September 2022
ނަމަ ނަމަ ތިމަޅީގަ ނުޖެހޭތި. ކުޑަކުޑަ އަދަދެއް ފޮނުވިޔަސް . އެމީހަކު ބޮޑިދޭނެ.. ވ ސަލާމް
ކޮތަރޭ
21 September 2022
ރާއްޖޭން ބޭރުގައި ނެތް ފައިސާ ޓްރާންސްފާ ކުރާނެ މީހެއް. އެކަމަކު ތީގަ ބައިވެރިވާން ބޭނުން. އެހެންވީމަ ކިހިނެތް ހަދާނީ؟ ކޮންތަނަކަށް ފައިސާ ކޮޅެއް ފޮނުވަންވީ؟
އަލިފުޅު3
22 September 2022
ގަތަރު ރެޑްކޮރޮސް / ރެޑްކްރެސެންޓް ރަނަގަޅުވާނެ ކަމަށް ފެނޭ