22 ސެޕްޓެމްބަރ 2022 - 10:16
އަވަހަކަށް ރިޓަޔާކުރުމުގެ ޕްލޭނެއް ނެތް ކަމަށާއި 2024 ވަނަ އަހަރުގެ ޔޫރޯގައި ކުޅެން ބޭނުންވާ ކަމަށް ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އާއްމު އުސޫލުން ނަމަ، މި އަހަރުގެ ވޯލްޑް ކަޕަކީ އުމުރުން 37 އަހަރުގެ ކުޅުންތެރިޔާގެ ފަހު ބޮޑު މުބާރާތެވެ. އެކަމަކު ރޮނާލްޑޯ އަކީ ފިޓްނަސް ހިފެހެއްޓުމުގައި ނަމޫނާއަކަށްވާތީވެ، އޭނާގެ އުމުރުން 39 އަހަރުގައި، 2024 ގައި އޮންނަ ޔޫރޯގައި ކުޅެވުމުގެ ފުރުސަތު އެބައޮތެވެ.
"އަހަރެންގެ ދަތުރު އަދި ނުނިމޭ،" ރޮނާލްޑޯ ބުންޏެވެ. "އަހަރެން ބޭނުން (މި އަހަރުގެ) ވޯލްޑް ކަޕާއި (ދެން އޮންނަ) ޔޫރޯއެއްގައި ބައިވެރިވާން. އަހަރެން މިހިރީ ވަރަށް މޯޓިވޭޓްކޮށް. އަހަރެންގެ އޮތީ ވަރުގަދަ އަމާޒެއް."
ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް 189 މެޗުން 117 ގޯލް ޖަހައިދީފަ އެވެ. މި އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަކީ އޭނާ ގައުމީ ޖާޒީ ލާނެ ބޮޑު 10 ވަނަ މުބާރާތެވެ. ގައުމީ ޓީމުގައި ރޮނާލްޑޯގެ އެންމެ ބޮޑު ކާމިޔާބަކީ 2016 ގެ ޔޫރޯ ކާމިޔާބުކުރުމެވެ.
މިވަގުތު ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކްލަބް ލެވެލްގައި ކުޅޭ ރޮނާލްޑޯ ބޭނުންވަނީ އެ ފެންވަރުގެ ވެސް އެންމެ މަތީ ފަންތީގައި ކުޅޭށެވެ. އެގޮތުން ޔުނައިޓެޑް މި ސީޒަނުގައި ކުޅެނީ ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގައި ކަމަށްވާތީ އޭނާ ކްލަބް ބަދަލުކުރަން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ރޮނާލްޑޯ އަށް ކުރަން ޖެހޭ ބޮޑު ހޭދަ އާއި އޭނާގެ އުމުރު ނުބައްދަލުކަމުން ބޮޑު ކްލަބަކުން އޭނާ ގެންދަން ބޭނުމެއް ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
22 September 2022
ސާބަހޭ ރޮނާ.
ރަދީފްއޮފިޝަލް
22 September 2022
ސާބަހޭ ޕެނާ.ސޮރީ އަލް އަޙް ޑރ ސީއާރް7. މީނައަށް އެބުނާ ލަނޑުދަނޑި ހާސިލްކުރެވިދާނެ.އެ ހިތްވަރު ހުންނާނެ ކަމާއިމެދު ޝައްކުކުރާން ޖާގައެއް ނެތް.ޕޯޗުގީޒުން ހޯދި ޔޫރޯގެ ފައިނަލް މެޗްގަ ވެސް ޓެކްނިކަލް އޭރިޔާގަ ހުރެ ޓީމަށް އިރުޝާދުދީ މުބާރާތް ކާމިޔާބް ކުރެވުނީ ސީއާރް7ގެ މަސައްކަތުންކަން އެެއޮތީ ފެންނަން.އެެހެންވީމަ މިމީހާ އެއީ ފުލް ކެޕޭސިޓީގަ މަސައްކަތްކޮަށް ކާމިޔާބް ހޯދާ މީހެއް.ވ.ވެދުން
ޝާކުރް މޭން
22 September 2022
ހަޖަމްކުރޭ