މީގެ ކުރިން ހިނގި އެކްސިޑެންޓެއްގައި ހަލާކުވި ލޯންޗެއް.
24 ސެޕްޓެމްބަރ 2022 - 21:56
ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅު ތެރޭގައި ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓުވެ ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 7:35 ހާއިރު ހިނގި މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވި ކަމަށާއި އެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އަނެއް ދެ މީހުން ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދޭން ގެންދިޔަ ހަތަރު މީހުންނަކީ ވެސް ޑިންގީގައި ތިބި ހަތަރު މީހުންނެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
އެކްސިޑެންޓު ހިނގި އިރު ލޯންޗުގައި އަދި ޑިންގީގައި ވެސް ތިބީ ކިތައް މީހުން ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ. އަދި ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ރޭގަނޑުގެ ވަގުތުގައި މީގެ ކުރިން ވެސް ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވެ އެވެ. މީގެ ބައެއް އެކްސިޑެންޓުތަކުގައި ބައެއް މީހުން މަރު ވެސް ވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ބަލީ
25 September 2022
ޏެރުން ވަދެ ނިކުމެހަދާއިރު ވަރަށް ބަލަންޖެހޭނެ. ބާރަށް ދުއްވާފަދާ ލޯންޗަކަށް ޑިންގީ ނުފެނުމަކީ ( ބަލަންވާވަރަށް ނުބަލައިފިނަމަ ) އެކަށީގެންވާ ކަމެއް
ކޮރަލް
24 September 2022
ސަފާރީ ތަކަށް ބޯން ދާ މީހުން ގިނަ އެވެ. ޕޮލިސް ޗެކް ޕޯސްޓް އެއް ބަހައްޓަން ރަނގަޅެވެ.
ޢައްލަން
24 September 2022
ފުލުހުންވެސް ތިކަން ކުރޭ، ސަފާރީވެސް ހިންގާ ކިހިނެތް ހުއްޓުވާނީ.
ޢަލީ އަޙްމަދު
25 September 2022
100 ގެ ވާހަކަ އެއް.