ހުޅުމާލޭގައި ޕާކަކާއި ބީޗު ބެލްވާޑެއް ހަދަން އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު (ކ-2) އާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (ވ-2) އެ މަސައްކަތުގެ އެއްބަސްވުން ދައްކާލަނީ -- ފޮޓޯ: އެޗްޑީސީ
26 ސެޕްޓެމްބަރ 2022 - 15:43
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް ކައިރީގައި ޕާކެއް ހެދުމަށާއި ފުރަތަމަ ފިޔަވަހީގައި ބީޗު ބެލްވާޑެއް ތަރައްގީކުރުމަށް އެޗްޑީސީން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އިއްޔެ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ އެޗްޑީސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ.
In our efforts to make Hulhumalè more lively, we have signed with @rdcmaldives to bring a modern twist to the much awaited Beach Boulevard and Hiya Park.
— HDC (@hdcmaldives) September 25, 2022
The agreement was signed by RDC’s MD Uz.Moosa Ali Manik & our MD Ahmed Athif. pic.twitter.com/3i9mvrDlld
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އެ ދެ މަޝްރޫއު އަށް ހިނގާ ހަރަދުގެ ތަފުސީލެއް ނުލިބުނެވެ.
ހިޔާ ފްލެޓުތައް ކައިރީގައި ހަދާ "ހިޔާ ޕާކު" ހެދުމުގެ މަސައްކަތުގެ ދަށުން އެ ޕާކުގައި ގާޑަން އޭރިއަކާއި ޕާކު އެތެރޭގައި ހިނގާނެ މަގުތަކާއި ޕްލާޒާއެއް ހެދުން ވެސް ހިމެނެ އެވެ. އެ ޕާކު ހެދުމަށް އެޗުޑީސީން މި އަހަރު ކުރީކޮޅު އާންމުންގެ ހިޔާލު ވެސް ހޯދާފައިވެ އެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިރުމަތީ ފަރާތުގައި ހަދާ ބީޗު ބެލްވާޑްގެ މަސައްކަތުގެ ދަށުން، އެތަނުގައި ހިނގާނެ މަގު ހެދުމާއި ރޭމްޕް ބެހެއްޓުމާއި ލައިޓް ހަރުކުރަން ނިންމާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭނގުނޭ
26 September 2022
ވަޓް އިޒް ބެލްވާޑް؟
ކިރުސައި
26 September 2022
ބެލްބޮޓޮމް ނޫނީ ބާބެލްޓް
ހިޔާލީ އަލީ
26 September 2022
ކުށުގެ ހާއްޔެއްގައި ހަދަން ހެޔޮވާވަރު ތަނެއްނޫން، މާމޮޅު ކަމެއް ކަމަށް ހީކޮށް އުސްޓަވަރުތަކެއް ހަދާފަ މީހުން އޮއްސާފައޮތް ތަނެއްތީ
ކުޗީ
26 September 2022
މާލޭގައި ތާރު އަޅާ ނިމުނީތަ ...
ހާމަ333
26 September 2022
އައްޑޫމީހުން ގޮސް މޫދަށް އެރިލާނެ ބީޗެެއް އައްޑޫރައްޔިތުންނަށް ހޯދަދޭން އެއްވެސް ސިޔާސީ މެމްބަރަކު މަސައްކަތްކުރާތަނެއް ނުފެނޭ...މަޖިލިސް މެމްބަރުން ތިބެނީ ނިދާފަ...ކައުންސިލަކު ލާރިއެއްނެތޯ...ދައުލަތުން ދެނީ އާބާދީއާއި ކުރަންހުރިކަންކަމާ ބަލާފަ މަދުލާރިކޮޅެއް...ވޯޓުކައިރިވީމަ އެންމެންވެސް އަންނާނެ ނާށިގަނޑު ހިފައިގެން