ދުނިޔެ / ދީން

އިސްލާމީ ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ ޑރ. ގަރްޟާވީ އަވަހާރަވެއްޖެ

އިސްލާމީ ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ ޑރ. ޠޫސުފުލް ގަރްޟާވީ: އުމުރުފުޅުން 96 އަހަރުގައި ޝައިހް މިއަދު ވަނީ އަވަހާރަ ވެފަ --- ފޮޓޯ: ގެޓީ އިމޭޖަސް

26 ސެޕްޓެމްބަރ 2022 - 19:14

21 comments

ދޯހާ (ސެޕްޓެމްބަރު 26) - އިސްލާމީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އިލްމުވެރިޔާ މިސްރުގެ ޑރ. ޔޫސުފުލް ގަރްޟާވީ އުމުރުފުޅުން 96 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ގަތަރުގައި ދިރިއުޅުވަމުން ގެންދެވި، ގަރްޟާވީ މަޝްހޫރުވެ ވަޑައިގެންފައި ވަނީ މިސްރުގެ ސިޔާސީ ހަރަކާތް "މުސްލިމް ބްރަދާ ހުޑް" ގެ ދީނީ ލީޑަރުގެ ގޮތުގަ އެވެ. އަދި ޝައިހް އިސްނެންގެވުމާ އެކު "އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސް" ގަ ނަމުގައި ޖަމިއްޔާއެއް އުފެއްދެވި އެވެ. ގަރްޟާވީ އަކީ އެ ޔޫނިއަންގެ ރައީސް އެވެ.

މުސްލިމް ބްރަދާ ހުޑް ހަރަކާތްތަކުގައި އިސްކޮށް އުޅުއްވުމުގެ ސަބަބުން 1950 ގެ އަހަރުތަކުގައި އެކި ފަހަރު މަތިން މިސްރުގެ ސަރުކާރުން ވަނީ ގަރްޟާވީ ހައްޔަރު ކޮށްފަ އެވެ. މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރްސީ ވެރިކަމުން ދުރުކުރުމަށް ހިންގި ހަރަކާތްތަކަކީ ބަޣާވާތެއްގެ ގޮތުގައި ޑރ. ގަރްޟާވީ ވަނީ ސިފަކުރައްވައިފަ އެވެ.

ގަތަރަށް ދިރިއުޅުން ބަދަލު ކުރެއްވީ 1960 ގައި ގަތަރު ޔުނިވަސިޓީގެ ޝަރިއާ ފެކަލްޓީގެ ޑީންކަން ލިބިވަޑައިގަތުމުންނެވެ. ފަހުން ގަތަރުގެ ރައްޔިތުކަން ވެސް ގަރްޟާވީ އަށް ލިބިވަޑައިގެންނެވި އެވެ. މިސްރުގެ ވެރިކަން 2013 ގައި ބަދަލުވި ފަހުން ގަރްޟާވީ މިސްރަށް ވަޑައއެއްނުގަންނަވަ އެވެ. މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީގެ ސަރުކާރުން ވަނީ ގަރްޟާވީގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށް މަރަން ވެސް، މީގެ ކުރިން ހުކުމްކޮށްފަ އެވެ.

ގަރްޟާވީ ވަނީ 120 އަށް ވުރެ ގިނަ ފޮތް ލިޔުއްވައިފަ އެވެ. ޝައިހްގެ ފޮތްތަކުގެ ތެރެއިން އިސްލާމީ ދުނިޔޭގައި އެންމެ މަޝްހޫރުވި ފޮތަކީ "އަލް ހަލާލް ވަލް ހަރާމް ފިލް އިސްލާމް" (އިސްލާމް ދީނުގައި ހަލާލް ކުރައްވާފައިވާ ކަންތައްތަކާއި ހަރާމް ކުރައްވާފައިވާ ކަންތައްތައް) އެވެ. އެފޮތް ވަނީ ވަރަށް ގިނަ ބަސް ބަހަށް ތަރުޖަމާކޮށްފަ އެވެ.

21 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 89%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް

28 September 2022

ހޫނ. ޔޫސުބު ގަރުލޯވީ މަރުވީ ދޯ؟

The name is already taken The name is available. Register?

ށަވިޔަނި

27 September 2022

މި ގަރުނު ދުށް އެނެ މޮޅު ޢިލްމުވެރިޔާ. މުސްލިމުންނާއި އިސްލާމްދީނާ މިދުވަސްވަރު ދިމާވެފައިވާ މައްސަލަތަކަށް އަދުލުވެރިގޮތުގައި ވަކާލާތުކުރެއްވި ޢިލްމުވެރިއެއް. ވެރިއަކަށް ދައުލަތުގެ ތަނަވަސްކަމަކަށް ނުބައްލަވާ. އިނގިރޭސިންނާއި ފަރަންސޭސީންވަނީ އެރަށްރަށަށް އެރުންމަނާކޮށްފަ. ސައޫދީންވަނީ ޓެރަރިސްޓުލިސްޓުގައި ހިމަނާފަ. މަރުހޫމުގެ ފޮތްތައް ކިޔަން. اللهم اغفرله وارحمه واسكنه في الجنة آمين

The name is already taken The name is available. Register?

ކުރުނބާ

27 September 2022

ދުނިޔޭގެ އެންމެ ބޮޑު އެއްއިސްލާމީ ޢިލްމުވެރިޔާ އަދި ވަލީވެރިޔެއްކަމަށް އުންމަތުގެ ގިނަބަޔަކު ގަބޫލުކުރާ ތުރުކީގެ ޝެއިޚް މަހްމޫދު އެފެންދި މިދިޔަ 23 ޖޫންގައި ނިޔާވިއިރު ދިވެހި އެންމެ ނޫހެއްގެ އެވާހަކަ ޖަހާލަން ނުކެރުން.

The name is already taken The name is available. Register?

ޝޯމޭން

27 September 2022

ޑރ. ޔޫސުފުލް ގަރްޟާވީ މިއުޒިކާ ލަވަކިއުމާ ބެހޭގޮތުން ލިޔުއްވާފަ ހުރި ލިޔުންތަކުގެ ވާހަކަތައްވެސް މި އާރޓިކަލްގަ ކުޑަކޮށް ހިމަނާލިނަމަ މި ހަބަރު ވަރަށް ފުރިހަމަވީސް. މިތާއުޅޭ މާބޮޑަށް އެނގިގަނެގެން އުޅޭ ޝޭހުންތައް ވަރަށް ރުޅިއަންނާނެ. މައްޔިތާއަށް ހެޔޮރަހްމަތްލައްވާށި.

The name is already taken The name is available. Register?

ސާބިރު

27 September 2022

ނަން ވެސް ނުބައިކޮށް ލިޔެފަ. ރ ގައި އޮންނަނީ އަބަފިލި. ދެވަނަ ކަމަކީ ޝެއިޚު މަޝްހޫރުވެފައި ވަނީ މެދު މިނުގެ އިސްލާމީ ފިކުރު އެންމެ ފާހަގަކޮށްލެވޭ ޢިލްމުވެރިންގެ ތެރޭ. ބްރަދަހުޑްގެ ވާހަކައަކުން ނޫން. ޚަބަރު ގެނެއްސަ އޮތްގޮތުން ހީވަނީ މައިގަޑު ގޮތެއްގައި ސިޔާސީ މީހެކޭ. މިއީ މިޒަމާނުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ޢިލްމުވެރިންކުރެ އެކަކު. ދުނިޔޭގެ ސުންނީ ޢިލްމުވެރިންގެ އިއްތިޙާދުގެ ބާނީ އަދި އެޖަމިއްޔާގެ ރައީސް.

The name is already taken The name is available. Register?

7575

27 September 2022

ތިޔަބުނާ ޖަމިއްޔާއަކީ ސަލަފީ ރިވައިވަލިސްޓް ޖަމިއްޔާއެއް. ސުންނީ އެންމެ ބޮޑު އޮތޯރިޓީއަކީ މިސްރުގެ އަލް-އަޒްހަރު.

The name is already taken The name is available. Register?

ހަސަންދީ

27 September 2022

މާތްﷲ ޝައިޚުގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އާމީން!

The name is already taken The name is available. Register?

ސައްޙާފް

26 September 2022

އިއްނާލިއްﷲ ވަ އިންނާއިލައިހި ރާޖިޢޫން. މާތްﷲ ޑރ ޤަރުޟާވީ ގެ ފާފަފުއްސަވައި ހެޔޮ ރަޙުމަތް ލައްވާށި. ގެއްލިދިޔައީ ހެޔޮ ނޫރެކެވެ. އުއްމަތުގެ އަލިގަދަ ވޮށެކެވެ. އިލްމީކ ކަނޑުގެ ވަރުގަދަ އާރުކާޓީއެކެވެ. އިސްލާމީ އަސްލު އަޤީދާއަށް އުއްމަތް ތެދުކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރެއްވި މުރުޝިދެކެވެ.

The name is already taken The name is available. Register?

ބޮޑުބެރު

26 September 2022

ލަވައަލީމެން ޤަބޫލުކުރާ ޝެއިޚެއްތަ މިއީ

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

26 September 2022

މާތްރަސްކަލާންގެ ޝޭހުގެ ފާފަތައް ފުއްސަވާ ޝައިހައް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި. އާމީން. އެއީ ވަރަށް މާތް ޝައިހެއް. އަހުލު ސުންނާ ވަލްޖަމާޢަތުގެ ސައްހަ މަންހަޖަށް ދަޢުވަތު ދެއްވި ދާޢީއެއް. ތަކުފީރިއްޔަތާއި ސަލަފިއްޔަތާއި ދެކޮޅަށް އަޑުއުފުލި ދާޢީއެއް. މިކަމާ ވައްހާބީން އުފާކުރިއަސް ގެއްލިގެން އެދިއައީ އިސްލާމީ އުންމަތުގެ ދަންމަރެއް.

The name is already taken The name is available. Register?

ގިނި

27 September 2022

ވަރަށް ވުރެ ބީރުވެފަ ލޯކަނު ވެފަ ތިހުރީ، ސަލަފިއްޔަތަކީ ހައްގު ދީން، އުއްމަތުގެ ކުރީ ހެޔޮލަފާ ސަލަފުންގެ ބޭކަލުންނަށް އަގީދާއާ މަންހަޖާ ސުލޫކާ ހުރިހާ ކަމެއްގައި ތަބާވުން. ގުރްއާނާ ސުންނަތް ސަހާބިންގެ ފަހުމުގެ މައްޗަށް ނެގުން. ސަލަފިއްޔަތާ ދެކޮޅު ވާ ކޮންމެ މީހެއްވެސ ކަލޭމެނަށް ރަނގަޅު ވާނެ ، އެ ހެޔޮ ކުފްރުގެ ބަސްތައް ބުނެ ﷲއަށް ގޮންޖަހާފަ ހުއްޓަސް ، އެގޮތުން މިކަލޭގެ ވެސް، ނަތަންޔާހޫ 99 ޕަސަންޓުން ހޮވުނީމަ މިކަލޭގެ ބުނި ބަސް ބަލާބަލަ،

The name is already taken The name is available. Register?

ކަތްދައްތަ

26 September 2022

انا الله وانا اليه راجعون. اللهم اغفر له وارحمه وعافه واعف عنه ووسع مدخله واغسله بالماء والثلج والبرد.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454