ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ލަންކާއަށް އެހީ ހޯދުމަށް ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ވަނީ މިރޭ ލަންކާއަށް ފުރާވަޑައިގެންފައި.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
26 ސެޕްޓެމްބަރ 2022 - 22:11
ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކާ ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.
މީގެ ހަތަރު ވަރަކަށް މަސް ކުރިން ލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވަނީ ނަޝީދަށް ދެއްވަވައިފަ އެވެ. އެއީ ނަޝީދު އެގޮތަށް ހުށަހެޅުއްވުމުންނެވެ.
މަޖިލީހުން މިރޭ ބުނީ ލަންކާގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯދުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސަައްކަތުގެ ތެރެއިން މި ދަތުރުގެ ބޭނުމަކީ ސީވީއެފް އަދި ލަންކާ މިޝަންއާ ބައްދަލުކުރެއްވުން ކަމަށެވެ.
ސްރީލަންކާގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، ސީވީއެފް އަދި ސްރީލަންކާ މިޝަންގެ ބައްދަލުވުމަށް ސްރީލަންކާއަށް އެ މަނިކުފާނު ފުރާވަޑައިގެންފި pic.twitter.com/qOGz8PImIc
— People's Majlis (@mvpeoplesmajlis) September 26, 2022
ނަޝީދަކީ ލަންކާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު އިދިކޮޅުގެ ގިނަ އިސްވެރިން ހަރަކާތްތެރިވީ ވެސް ލަންކާގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ގައުމުން އެޅި ފިޔަވަޅުތަކާ އެކު ލަންކާގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ދަށްވި އެވެ. ބޭރު ފައިސާ ލިބުން ހުއްޓު މުޅި ގައުމު ބަނގުރޫޓުވުމާ ގާތަށް ދިޔައިރު މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތެއް ނެތިގެން ފައިސާ ޗާޕުކުރަން ޖެހި، ތެލާއި އެހެނިހެން ޒަރޫރީތަކެއްޗަށް ވެސް ގައުމު ޖެހުނެވެ.
އެކަމާ ނުރުހުންވެ ރައްޔިތުން ނުކުމެ ކުރި މުޒާހަރާތަކާ ހިންގި ހަމަނުޖެހުމާ އެކު އޭރުގެ ބޮޑު ވަޒީރު މަހިންދަރަ ރާޖަޕަކްސައަށް އިސްތިއުފާ ދެއްވުމަށް މަޖުބޫރުވި އެވެ. އެކި ފަހަރު މަތިން ބޮޑުވަޒީރުކަން ކުރެއްވި ރަނިލްއަށް އަލުން އެ މަގާމު ލިބިވަޑައިގަތީ އެ ހިސާބުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކޫވައް
29 September 2022
ޑީޑީއައް އާދޭސްކޮއްފަދަންނަވަން ޑީޑީގެކޮމެންޓުތަކަކީއަޅުގަޑު,ވަރައްކިޔާކޮމެންޓުތަކެއް ނަމަވެސްޑީޑީީ ތިލިއުއްވާގިރޭސިލަފުޒުތަކުންއެއީކޮންއެއްޗެއްކަންނޭގިގެންވިސްނަންވަރައްގިނައިރުހޭދަވޭމިސާލަކައް"ގޭން"މީކޮންއެއްޗަކައްކިޔާނަމެއްތޯއެވެ.ސާފުކޮއްލަދިނުންވަރައްެއެދެން.!!
އެޑަމް
29 September 2022
ރަނިލްގެ ބުއްދިސަލާމަތުން ހުރިތޯބަލަންލަންކާރައްޔިތުން ނުވިސްނާތޯ? މިހެންމިދެންނެވީ ލަންކާރައްޔިތުންނައް,އެހީހޯދަން,ރާއްޖޭގަވެސް,ފެއިލްވެފާހުރި.މީހަކާހަވާލުކުރީމައެވެ.މީނާދައްކާވާހަކަ,އަޑުއަހާނީވެސް,މީނަކަހަލަ ބޯގޯސްވެރިއަކުހުރިޤައުމަކުންނެވެ.މީނަދައްކާވާހަކައަޑުއަހާފައެހީއެއްދޭނެޤައުމެއްވެސް އަދިވެރިއަކުވެސްނެތެވެ.
ލިކާ
27 September 2022
ނަސީދު ފަކީރު މިހާރު ހުރީ ސައިޒު ކޮއްފާ .. ނޫނޭ ވާގަދަ ފައްޔަ ސާބަހޭ
ހޮކި
27 September 2022
ލަންކާ އަށް އެހީ ހޯދަން ދިވެހިންގެ ޓެކުސް ފައިސާ ހަރަދުކުރަނީ މިހާރު ރާއްޖެ ދާރާ ވިކިއްޖެ
ސައްޙާފް
27 September 2022
މިވެސް ދެން ޤައުމަށް ޖެހިފައިޥަ ދުއްތުރާލެއް! މިކަހަލަ 3-4 ކަހަނަލަ އަކާހުރެ ޤައުމު ހަލާކުވަނީ.
ވަހުތާން
27 September 2022
ދިވެހިންގެ ޓެކުސް ފައިސާއިން އެންމެ ބޮޑު ދެ މުސާރަ އާއި އެންމެ ބޮޑު ސެކިއުރިޓީ ނަގައިގެން މިގަންނަނީ ކޮން ގަނޑެއް! ކިހާ ބޮޑުވެއްޖެ ކަމެއް މީ؟ މިކަމާމެދު ވިސްނާ ބަޔަކު އުޅޭނެތާ.
އޮނަރަބްލް އަފީފު ދީދީ
27 September 2022
މަސައްކަތުގައި ބަރަކާތްލައްވާ ކާމިޔާބަށް އެދެން. އިއްޒަތްތެރި ރައީސް. އަހަރުމެން "ހިލޭ" އެހީއެއް ބޭނުމެއްނޫން. އެކަމަކު އަހަރުމެން އައްޑޫމީހުނަށް ޖައްސާފައިވާ ހާލުގެސަބަބުން އަހަރުމެން މިތިބީ ބިކަވެ ގޮތްހުސްވެ ވަޒަނުންބޭރުވާން މަޖުބޫރުވެފައި. # އައްޑޫތަރައްޤީގެ "ހިއްސާދާރެއްގެ ގޮތުގައި" އަހަރުމެންގެ އައްޑޫމީހުންގެ ހިތް ކަމުގައިވާ ގޭންއެއަރޕޯޓް ޑިވޮލޯޕްކޮށްދީ ބަޖޭޓްފުލައިޓް އޮޕަރޭޓްކޮށްދިނުމަށް Richard Branson ގެ އެހީއަކަށް އެދިލައްވަންވީ ނޫންތޯ.
އައްޑޫ ދަތުރުނާމާ
27 September 2022
އައްޑޫއަކީ ތަރައްޤީ ނުވިތަނެއް. އިނގިރޭސީން އޮބިއަޅައިގެން ކުރި ކަމެއް ނޫނީ ނެތް. ދެން ހުރި ހަމައެކަނި ތަނަކީ ނަޝީދު ހަދާފަ ވީރާނާކޮށްފަ އޮއްވަ ހޮސްޕިޓަލަކަށް ބަދަލު ކުރިތަން. އެކަމަކު އެވެސް ތަނަކަށްވާ ގޮތަށް ނުހިންގޭ. ބުނަން މިއުޅެނީ، ތަޢުލީމީ، އަދި ފުދުންތެރި ބަޔަކު އުޅޭ ތަނަކާ ބަލާފަ ނެތޭ ޚުދު ރައްޔިތުންނަށްވެސް އައްޑޫއަށް އެއްވެސް ކަމެއް ކުރެވިފައެއް. ރާއްޖޭގެ އެހެންތަންތާނގަ ހުރި މިންވަރަށްވެސް ނެތް ރައްޔިތުންގެ ބައިވެރިވުމެއް.
އިސްލާހުޖާޑި
27 September 2022
ލަންކާއަށް އެހީ ހޯދަން ރަނގަޅަށް ވަކާލާތުކުރެވޭނީ ލަންކާ މީހަކަށް ނޫންބާ? އެތާނގައި އިނގިރޭސި ދަންނަމީހަކު ނެތީބާ?
ދގދސެފ×
27 September 2022
މަތިންބައިންޖެހިގަތީ. ދެން އެމީހުންނަށް ވަކިކެރޭނެތަ ނޫނެކޭބުނަން.
ތުނޑުހަސަނު
27 September 2022
މީނާ އަމިއްލަ ހައިސިއްޔަތުން މަތިންބައިން ޖެހިގެން ކުރާ މިކަހަލަ ކަންކަމަކީ އަމިއްލަ ކަމެއް. މިއީ ސަރުކާރުން ނިންމައިގެން ނުވަތަ ރައްޔިތުންގެ މަޖުލިހުން ނިންމައިގެން ނުވަތަ މަޖިލިސް ރައީސަށް ލިބުނު ދަޢުވަތަކަށް ކުރާކަމެއް ނޫން. މިކަންކަމަށް ދިވެހި ދައުލަތުން އެއްވެސްް ޚަރަދެއް ކުރެވިގެން ނުވާނެ. މިހާރުވެސް ދައުލަތުގެ ޚަރަދުތައް ހުރީ އިންތިހާއަށް މަތީގައި.
ދޮގުމާލިމީ
27 September 2022
ލަންކާ އަށް އެހީވާން މިކަލޭގެ އިސްކޮށްފަހުންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެ، ހޯދާދެވުނު ކުޑަ ކުޑަ އެހީއެއްވެސް ނެތް، އަޅެ މިކަލޭގެ ބުނީމަ އެހީވާމީހުންވެސް މިދުނިއޭގައި އުޅޭތަ؟ ނޫނީ އޭނާގެ އަމިއްލަ ޖީބުން އެހީވާންތަ އެދިއައީ؟