ފީޗާސް / ށ. ފޯކައިދޫ

މި ގޭގައި ޑްރެގަން ފްރުޓް ކަނީ އަމިއްލަ އަށް ހައްދައިގެން

އުފަން ރަށް، ށ. ފޯކައިދޫގައި އުޅެ ބޮޑުވިއިރު އައިޝަތު ލީނާޒަކަށް ޑްރެގަން ފްރުޓަކީ ކޯއްޗެއް ކަމެއް ނޭނގެ އެވެ. ދިވެހިން އާއްމުކޮށް ބޭނުންކުރާ އާފަލާއި އޮރެންޖާ މުޅިން ތަފާތުކޮށް ހުންނަ މި މޭވާ އޭނާއަށް އަލަށް ވެސް މި ފެނުނީ، އޭ ލެވެލްގައި ރާއްޖެއިން އެއް ވަނަ ހޯދައިގެން ލިބުނު ރައީސްގެ ސްކޮލަޝިޕްގައި ކިޔަވަން މީގެ ހައެއްކަ އަހަރު ކުރިން އޮސްޓްރޭލިއާ އަށް ބަދަލުވި ފަހުންނެވެ.

އެ ތަނުގެ ސުޕަމާޓުތަކުގައި ނަން ހުސްކޮށް ތަފާތު އެކި ވައްތަރުގެ މޭވާ ހުއްޓަސް 26 އަހަރުގެ ޒުވާނާގެ ލޯ އަމާޒުވީ ހަމައެކަނި ޑްރެގަން ފްރުޓަށެވެ.

އެހެންވެ، އެ ގަހާ ގުޅޭ މައުލޫމާތު އިންޓަނެޓުން އަމިއްލައަށް ހޯދައިގެން އެ ގަސް ހައްދާނެ ގޮތް ދަސްކުރި އެވެ. އޭރު ވެސް ރާއްޖޭގައި އޭގެ ގަސް ހައްދާ ކަމެއް އޭނާއަކަށް ނޭނގެ އެވެ. އެކަމަކު، ރައްޓެއްސަކު މެދުވެރިވެގެން މާލޭގައި ޑްރެގަން ފްރުޓް ހައްދާ މީހެއްގެ އަތުން ކުރިކޮޅެއް ހޯދައި ޖޫން، 2020 ގައި އޭނާގެ ފުރަތަމަ ގަސް ރަށުގައި އިންދި އެވެ.

މިވީ ދެ އަހަރުގެ ތެރޭގައި އޭނާ ވަނީ ނުވަ ވައްތަރުގެ ގަސް ގޭގައި ހައްދައިފަ އެވެ. އެ ގަސްތަކުން މި އަހަރު އެކަނި ވެސް 40 ޑްރެގަން ފްރުޓު ލިބިއްޖެ އެވެ.

"ބޭރުގައި އުޅުނީއްސުރެ ތަފާތު މޭވާއެއް ވީމަ އިންޓްރެސްޓް އުފެދިގެން، އެ ޝައުގުގައި މި ހެއްދީ. އަޅުގަނޑު ކުޑައިރުއްސުރެ ގަސް ހައްދާ ހިތްވާތީ. ގްރޭޑު 1،2 ގައި އުޅުނުއިރު ވެސް ގަސް ހައްދައި އުޅުނިން،" ލީނާޒު ބުންޏެވެ.

ޑްރެގަން ފްރުޓުގައި މިހާރު ލީނާޒު ހައްދަނީ ތައިލެންޑުން ގެނައި ކުރިކޮޅަކުން ރީނދޫ ކުލައިގެ ވައްތަރަކާއި ބޭރު ފިޔާތޮށި އަދި އެތެރެ ހުދު ވައްތަރަކާއި ޕިންކް ފްލެޝްގައި ހަތް ވައްތަރެކެވެ. އެކަމަކު، މޭވާ އަޅާފައި ހުރީ ތިން ވައްތަރެއްގެ އެވެ.

ލީނާޒު ބުނީ އެކި ވައްތަރުގެ ޑްރެގަން ފްރުޓުތަކުގެ ރަހައިގައި ކޮންމެ ވެސް ތަފާތެއް ހުންނަ ކަމަށެވެ.

ރާއްޖޭގައި ހައްދަން ފަސޭހަ

އެކި ތަންތަނުން ގަހުގެ ކުރި ގެނެސްގެން އެ ހައްދަނީ، 80 ފޫޓު 50 ފޫޓު ގޯތީގެ އެއްބައިގައި، ފަސް ފޫޓު އުސްމިނުގައި ހުންނަ ތެޔޮ ހުސްކުރި ފީފާގަ އެވެ. އެ ގަސްތައް ވަށައިގެން ވަސް ފަސް ވަރަކަށް ފޫޓުގެ ދުރުމިނެއް ބަހައްޓަ އެވެ.

ލީނާޒު ބުނީ އޮށުން ޑްރެގަން ފްރުޓު ގަސް ފަޅުވައިގެން މޭވާ އަޅަން އެންމެ މަދުވެގެން ފަސް އަހަރު ނަގާ ކަމަށެވެ. އެކަމަކު، ގަހެއްގެ ކުރި ރޯކޮށްފިނަމަ ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭގައި މޭވާ އަޅާ ކަމަށް އޭނާ ބުންޏެވެ. ބައެއް ފަހަރު އަށް މަސް ދުވަހުން ވެސް މޭވާ އަޅާފައި އެބަހުރި ކަމަށް ބުންޏެވެ.

އޭނާ އެންމެ ފުރަތަމަ ގަސް ހެއްދިތާ 12 މަސް ދުވަހުގެ ތެރޭގައި މޭވާ އަޅައިފި އެވެ. ރީނދޫ ކުރި ދުވަސްވެފައި ހުރުމުން އެ ގަހުގައި ނުވަ މަސްވީ އިރު ފުރަތަމަ މާ އެޅިކަން އޭނާ ފާހަގަކުރި އެވެ.

ގަހުގައި މާ އެޅި ނަމަވެސް ގަސް ރަނގަޅަށް ނުހެދި ހުރުމުން މާ ވެއްޓެނީ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފުރަތަމަ ފަހަރު ކޮންމެ ގަހެއްގައި ވެސް ދެތިން މާ އެޅި އެވެ. އެކަމަކު، މޭވާ ލިބުނީ ގަހަކުން އެންމެ އެއްޗެކެވެ.

"ޑްރެގަން ފްރުޓަކީ ރާއްޖޭގެ މޫސުމާ ވަރަށް ގުޅޭ އެއްޗެއް. އެކަމަކު ވިންޓާގައި ވަރަށް ގެއްލުން ލިބޭ އެއްޗެއް. މި ގަހަކީ އުމުރު ދިގު ގަހެއް. ވިހި އަހަރަށް ހެދޭއިރު، އުމުރު މަތިވާ ވަރަކަށް ފްރުޓު ގިނަވާނެ. ފުރަތަމަ ދެ ތިން އަހަރު މަދުން ފްރުޓު ލިބުނަސް ފަހުން ގިނަވާނެ. މާޗުން ފެށިގެން އޮކްޓޯބަރު ނިމެންދެން ވަރަށް ރަނގަޅަށް މާ އަޅާ ގަހުގައި،" އޭނާ ބުންޏެވެ.

"ރާއްޖޭގައި ހައްދަން ވަރަށް ގުޅޭ އެއްޗެއް ގޮތުގައި ފެންނަނީ،"

ގިނަ ވަގުތާއި ހަރަދު

އޭނާ އެންމެ ފުރަތަމަ ގެނައީ ފޫޓެއް ވަރުގެ ކުރިއެެކެވެ. ގެނެސް އިންދިއިރު، މަހެއްވިއިރު ކުރި ނުކުމެ، ވަރަށް އަވަހަށް ހެދެން ފަށައިފި އެވެ. އޭރު އޭނާ ހޭލާ ގޮތަށް ވަންނަނީ އެ ގަސްތައް ދޮށުގަ އެވެ.

"ވަރަށް އަވަސް މި ގަސް ބޮޑުވާލެއް. އަބަދު ކަހަލަ ގޮތަކަށް ހެނދުނު ހޭލައިގެން ނުކުންނަ ގޮތަށް އަޅުގަނޑު ފުރަތަމަ ވެސް ދަނީ ގަސްތައް ދޮށަށް. ހުރިހާ ގަހެއް ބަހާލާފައި، މާ ބޮޑަށް ވިއްސާރަ ވީމަ ވެސް ގަހުގެ ބުޑު ފީވެ އެކަހަލަ ކަންތައްތައް ވޭ. ވަރަށް ބޮޑަށް ބެލޭ ދަބަރު ދެލި ޖަހާތޯ، ކިރިޔާ ވެސް ގަހަށް ކަމެއް ވެފައި ހުރޭތޯ ބެލޭ. ބަޑެއް ނުކުމޭތޯ، ހުރިހާ ކައްޓެއްގެ ބުޑުން މި ނުކުންނަނީ މާ. ހުރިހާ ކައްޓެއް ކަހަލަ ގޮތަކަށް ބެލޭ މަލެއް ނުކުމޭތޯ. ގޭގައި އުޅެންޏާ ދޭތެރެދޭތެރެއިން ބެލޭ. ފާޑަކަށް އެޑިކްޓްވެފައި ހުންނަނީ،"

ލީނާޒު ބުނީ ފުރަތަމަ ގަސް އިންދައިގެން އުުޅުނުއިރު، ދަންވަރު ވިއްސާރަ ވެހެންޏާ ވަގުތުން ބޭރަށް ނުކުމެ ކުޑައަކުން ގަސް ހިޔާ ކުރާ ކަމަށެވެ. އެއީ ގަސް ފީ ވެދަނާތީ އެވެ. އެކަމަކު މިހާރު ގަސްތައް ބޮޑުވުމުން އެގޮތަށް ހިޔާ ނުކުރިޔަސް، ގަހުގެ ބުޑު ފީވޭތޯ ބަލަ އެވެ. ގަހުގެ ބުޑު ފީވެފައިވާކަން ކުރީބައިގައި އެނގިއްޖެނަމަ އެކަން ފަސޭހައިން ރަނގަޅު ކުރެވެ އެވެ. މާ ބޮޑަށް ފީވެއްޖިއްޔާ ގަހުގެ ބޭނުމެއް ނުވެ އެވެ.

ލީނާޒުގެ ގޭގެ ގޯތީ ތެރޭގައި ހައްދާފައިވާ ޑްރެގެން ފްރުޓު ގަހުން ލިބުނު މޭވާ.

އޭނާގެ ގަސްތަކުން ބަރާބަރަށް މޭވާ ލިބުނަސް، މި ވަގުތު އެ އެއްޗެހި ބޭނުންކުރަނީ އޭނާގެ އެއް އަހަރުގެ ދަރިފުޅާއި ގޭގައި ދެން އުޅޭ މީހުން ކާށެވެ. އެކަމަކު، ގަސް ކާނާއާ އެކު މި ކަމަށް ބޮޑު ހަރަދެއް ކޮށްފައިވާތީ ކުރިވިއްކައިގެން އެބައި އޭނާ ކަވަރު ކުރެ އެވެ.

"މަލެއް ފޮޅުނީއްސުރެ ދޮންވަންދެން ގޭގައި ވެސް އެންމެން ތިބެނީ ދޮންވާނެ ދުވަހެއްގެ އިންތިޒާރުގައި. އާއްމުކޮށް މި ބިންނަނީ ދެތިން ފްރުޓު، އެ ގޮތަށް. އެކަމަކު ގިނައިން އަޅަން ފެށީމަ ވިއްކަން ފެށޭނެ. ގޭގައި ކާ ހިތުން ހަމަ މި ހައްދަނީ. ވިޔަފާރިއެއް ގޮތަކަށް ނޫން،" އޭނާ ބުންޏެވެ.

ލީނާޒު ބުނީ، އޭނާގެ ސޯޝަލް މީޑިއާގައި ގަސްތަކުގެ ފޮޓޯ އާއި ވީޑިއޯތައް ހިއްސާކުރަން ފެށުމުން އެ ރަށަށް ޒިޔާރަތްކުރާ މީހުން ވެސް އެ ގަސްތައް ބަލަން އެ ގެއަށް މިހާރު ދާ ކަމަށެވެ. އަދި ގަހާ ގުޅޭ މައުލޫމާތު ހޯދަން އޭނާއަށް މެސެޖު ކުރާ މީހުން ވެސް މަދެއް ނޫނެވެ.

މާލޭގެ މާރުކޭޓުން ގިނައިން ލިބެނީ ކިރިޔާ ދޮންވުމުން ބިނެ، ހަރުގަނޑުގައި ހުރެގެން ދޮންވެ ފައްކާވާ މޭވާ އެވެ. ޑްރެގެން ފްރުޓުގެ އަސްލު ރަހައާ އެއްވަަރަށް ވެސް އެ މޭވާގައި ފޮނި ރަހައެއް ނުލަ އެވެ. ލީނާޒު ބުނީ އޭނާ މޭވާ ބިންނަނީ ދޮންވެ، ފަޅައިގެންދާން ކައިރިވުމުން ކަމަށެވެ.

އޭގައި އާދަޔާ ހިލާފު މީރު ފޮނި ރަހައެއް ހުންނަަކަން ލީނާޒު ފާހަގަކުރި އެވެ.

"ވަރަށް ވަރަށް މީރު އޭރު. ވަރަށް ހައްދާ ހިތުން މިކަން މި ކުރަނީ،" އޭނާ ބުންޏެވެ.

22 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 2%
icon angry icon angry 0%
icon wow icon wow 9%
icon inlove icon inlove 65%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރިޔަމް

09 October 2022

އަޅުގަނޑުގެ ރައްޓެއްސެއް މާލޭ ގަ ޓެރަސް އެއްގަ ޑްރެގަން ފުރުޓް ގެ ވަރަށް ގިނަ ވައްތަރު ތައް އެބަ ހައްދާ.. ވަރަށް ގިނައިން އަޅާ އެ ގޭގަ

The name is already taken The name is available. Register?

ދަނޑުވެރިޔާ 1

09 October 2022

ލީނާޒު އާގުޅޭނެ ނަންބަރެއް ނުލިބޭނެތޯ ވަރަށް ބޮޑަށްގަސްހެއްދުމަށް ސައުގުވެރިވޭ އަބަދުވެސް އަޅުގަނޑު ހައްދަނީ މިރުސް އެވެސް ޑަބިޔާގާ ކުރިއެއްވިއްކަނީ ކިހާވަރަކަށްތޯ އަޅުގަނޑު ބޭނުންވާތީ މިހެންމިނަންގަތީ

The name is already taken The name is available. Register?

ހުސަން ތައްކާނު

06 October 2022

އަހުރެމެން ގޯތި ޒުވާންދަނޑުވެރިޔާ (ރަމްޒީ) ތި ޑުރެގެންފުރުއްޓާ ބޯކޮށް ހައްދާ

The name is already taken The name is available. Register?

އަިއިސާ

06 October 2022

ސާބަހޭ ކޮއްކޯ.ތިޔައޭ ހިއްވަރު ހުރި ޒުވާނުން ނަކީ.ތިޔަ ކަހަލަ ޖީލެއް މިރާއްޖޭގައި ބިނާކުރަން ވީ. އޭރުން ކޮވިޑް އަޔަސް ކައިގެން ތިބޭނީ.އިންޝާ ﷲ.

The name is already taken The name is available. Register?

ދަލޭކާ

06 October 2022

ދަލޭ ތިކަހަލަ ކުރިކުޅެއް އިންދައިގެން އުޅޭތާ މިހާރު 6 އަހަރުވަނީ އަދިވެސް ފޫޓަކަށްވެސް ނާރާ.

The name is already taken The name is available. Register?

މޭނާ

06 October 2022

50 ފޫޓު 80 ފޫޓު ވީމާ އެއީ 4000 އަކަ ފޫޓުގެ ގޯއްޗެއް. މިއީ ރައްރަށުގައި އާންމުކޮށް ލިބޭ ގޯތީގެ ސައިޒަކީ. ބައެއް މީހުނަށް 1 ގޯއްޗަށްވުރެ ގިނައިން ލިބޭ އަދި މަންމަ ބައްޕަ ފުށުން ވާރުތަ ގޯތިވެސް ލިބޭ. އެހެންވީމަ ޑްރެގަން ފުރުޓު ކީއްކުރަން ޑްރެގަންވެސް ގެންގުޅެވޭނެ.

The name is already taken The name is available. Register?

އަކަފޫޓު

06 October 2022

އަހަރުމެން 400 އަކަފޫޓު ހައްގުވާ މީހުންނަކަށް މި ނުހެއްދޭނެ.

The name is already taken The name is available. Register?

މުޑަހަންޖާ

06 October 2022

ރަށްރަށުގަ ލިބެނީ 50 ފޫޓު 80 ފޫޓު ގޯތި، ރަށު އެންމެނަށް ގޯތިދީފަ މާސިންގާ ޖާގަ ހުހަށްވެސް އޮވޭ، އޭގެ 10 ގުނަ ހިއްކެން އޮވޭ. ޖެހިގެން ހުންނަ ހުރިހާ ފަޅުރަށެއް ދީފަހުންނަނީ ކ.މާލޭ ގޭގެއަށް ދަނޑުހައްދާ ނަމުގަ، ތިބެނީ އާއިލާ ގޮވައިގެން ޕިކުނިކު ހަދަން، ބާކީ ހުރިއްޔާ ހުރި ފަޅުރަށެއް ކ.މާލޭ ބަޔަކު ވަގަށްނަގައިގެން ވިއްކާފަ ޑޮލަރުކޮޅު ޕަކަޅާކޮށްފި. 900 ފަޅުރަށް ދިނަސް މިކަހަލަ ގަހެއް ނުހެއްދޭ ކަލޭމެނަށް.

The name is already taken The name is available. Register?

މައުމޫން.

06 October 2022

މިހަަރު ދެނީ 2000 އަކަފޫޓު ގޯތި

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

06 October 2022

ރާއްޖޭގާ މި ހައްދާއާލާކުރަންޏާ ރީތި ދިވެހިނަމެއްވެސް ޖެހޭނެ ހޯދަން. އަސްރަފުގާތުގާ ބުނެގެން މިކަންކުރަމާބަހީ.

The name is already taken The name is available. Register?

ތެއްޔެހެ ރަޓެކަށް ހުއްޓީ ބެއްޔާ

06 October 2022

ފުރޭތަ ކެކުރި، ހައްބޯރާހި މޭވާ. މާކުން ކެކުރި. ދެޔޯ ސަންފަ.

The name is already taken The name is available. Register?

ާއބލ

06 October 2022

ޕިތާޔާ

The name is already taken The name is available. Register?

އެފެންނަނީ

06 October 2022

މާލެއަށް ހިޖުރަކުރާ މީހުން އެކަމު ބުނާނެ ރަށުގަ ކުރާނެ ކަމެއް ނެތޭ. ބިޔަ ގޯތިތައް ގަސްނުހައްދާ ދޫކޮށްލާފަ މާލޭގަ ކުދި ކޮށިތަކުގަ އުޅެން ބޭނުންވަނީ ކޮންފަދަ އުފަލެއް އޮވެގެންބާއޭ ހިތަށް އަރާ. ދީނީ ގޮތުން ގަބޫލުނުކުރާނަމަ، ގަސްގަހާ، މޫދު ފަދަ ގުދުރަތީ މާހައުލާ ދުރުގަ އުޅުމުން މީހުން ސްޓްރެސްވާކަން ސައިންޓިފިކް ގޮތުންވެސް އެނގި ހާމަވޭ. ގުދުރަތުން އެ ލިބޭ ހިތްހަމަޖެހުން ކޮންކްރީޓުންނާ، ތާރުއެޅި މަގުތަކުންނާ އާރޓިފިޝަލް ބުއިންތަކުން ނުލިބޭނެ.

The name is already taken The name is available. Register?

ޜާއްޖެތެރެ ނިކަމެތި މީހާ

12 October 2022

އަޅުގަނޑުމެން ނިކަމެތި ރާއްޖެތެރޭ މީހުން މާލެފުޅަށް ބަދަލުވާން ޖެހެނީ އެނޫންގޮތެއް ނެތީމަ. ރަށުގައި ބޭނުނަވާ ސިއްހީ ހިދުމަތެއް ނުލިބޭ. ދިރި ހުންނަން ބޭނުމިއްޔާ މި ޖެހެނީ ބޮޑުކުލި ދީފަ މާލެ އަށް ބަދަލުވާން.

The name is already taken The name is available. Register?

ފޫހި

06 October 2022

ރާއްޖޭގައި މަސައްކަތްކުރުމުން ހުރިހާ އެއްޗެއްވެސް ހެއްދޭނެ. މަރުހަބާ

The name is already taken The name is available. Register?

ނިއުޓްރަލް

06 October 2022

ދީބަލަ ކުރިކޮޅެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454