ހިންނަވަރު
30 ސެޕްޓެމްބަރ 2022 - 20:22
ޅ. ހިންނަވަރުގައި މިއަދު ހަވީރު ފުޓްބޯޅަ މެޗެއް ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އެ ރަށު ކައުންސިލް ނައިބު ރައީސް ހަސަން ވަހީދު އަބްދުﷲ "މިހާރު" އަށް ވިދާޅުވީ މުބްތަދާ އަލީ ނަމަކަށް ކިޔާ ޒުވާނާ ކުޅެން ހުއްޓާ ކުއްލިއަކަށް ކޯޓު މައްޗަށް ވެއްޓުނީ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ވެއްޓުނު އިރު ވެސް އޭނާގެ ހޭ ނެތް ކަމަށާއި ވަގުތުން އޭނާ ނައިފަރު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ. ނަމަވެސް، އޭނާ މަރުވީ އެ ރަށަށް ގެންދިޔުމުގެ ކުރިން ކަމެއް އޭގެ ފަހުން ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"ފުރަތަމަ ހިންނަވަރު ހޮސްޕިޓަލަށް ގެންދިޔައީ. ދެން ބުނީ މާލެ ގެންދަން. އެކަމަކު ކަނޑުގަދަވީމަ ފުރަތަމަ ގެންދިޔައީ ނައިފަރަށް،" އޭނާ ބުންޏެވެ.
އޭނާގެ އުމުރު އަދި ޔަގީންނުކުރެވެ އެވެ.
މާފުށީ ޖަލުގައި ޑިއުޓީކުރަން ހުރި އެ ރަށު ޒުވާނަކު ވެސް ރޭ ވަނީ ކުއްލިގޮތަކަށް މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
02 October 2022
މިއަދު އުފައްދާވެކްސިންއެއް އަވަހަށްގެންނަމާ ޖަހާލަން
ނެތޭހައިރާން
01 October 2022
އިހުގައި މާ ފަސޭހަ މިކަހަލަ ކަންކަން ގަބޫލުކުރަން. އެންމެން އަބަދުވެސް ކިޔާނެ އެންމެ ކައިރީގަ އޮތީ މަރޭ. އެހެންވީމަ މާ ބޮޑު ޝޮކެއް ލިބި ހައިރާނެއް ނުވޭ ކިތަންމެ ޒުވާން މީހަކު މަރުވިއަސް. މަރު އެހާ ކައިރީގަ ވާކަން ގަބޫލުކުރީމަ މަރުވެދާނެތީ އެހާ ބިރަކުން ނުއުޅެވޭނެ އަދި މަރަށް ތައްޔާރުވެ ހުންނަނަމަ ހުންނާނީ އަބަދުވެސް އަނެއް ދުނިޔެއަށް ބޭނުންވާނެ ކަންކަން ފުރިހަމަކޮށްގެން. މިއީ ވަގުތީ ތަނެއްކަން އަބަދުވެސް ހަނދާންކުރާނަމަ ދުނިޔޭގެ އަވައިގަ ނުޖެހޭނެ
ކެކެކެކެކ
01 October 2022
ކުރިން މި މިހާރު ނޫހުން މިގޮތަށް ކުއްލި މަރުތަކުގެވާހަކަ އެއް ނުގެންނާނެ.
ދޮން ހަސަނު
01 October 2022
ދެ މަރުގަ ގުޅުމެއް އޮވެދާނެ. ރަގަނޅަށް ތަޙްޤީޤު ކުރަންޖެހޭ. މިހާރު ފާޑު ފާޑުގެ ބޭސްތަކާއި އެއްޗެހި ބޭނުންކުރާ ޒަމާންވީމާ ކާކަމަކަށްޗެސް ވެދާނެ. މައްޔިތާގެ ފާފަފުއްސެވުން އެދި ދުޢާކުރަން.
ވވވޗޗ
01 October 2022
ޒުވާނާގެ ފުރާނައަށް ރަހުމަތްލައްވާށި. ޒުވާނުންގެ ކުއްލި މަރުތައް އާދަޔާ ޚިލާފަށް މި ގިނަ ވަނީ ކީއްވެބާ؟ ޤިޔާމަތް ކައިރިވާ ކަމުގެ ނިޝާނެއްބާ ނޫނީ ކޮވިޑްގެ ސަބަބުން ވާކަމެއްބާ. ބައެއް މީހުންބުނޭ ކޮވިޑު ޖެހުނުފަހުން ރޯގާއެއްޖެހިލިޔަސް ނޭވާލާން އުނދަގޫކަމަށް. މިކަމުގެ ދިރާސާއެއް ސަރުކާރުން ނުހަދަނީ ކީއްވެބާ؟؟؟
ބިޔަރޭ
01 October 2022
ސަރުކާރު ވެސް އޮތީ ނޭވާލާން ދަތިވެފަ. ހޮޅިއައް އެޅިފަ. އެހެންވެ ބަލަނީ ރައްޔިތުން ފެލާލެވޭނެ ގޮތެއްއޮތްތޯ. ކޮންމެސް ޖޫރިމަނާއެއް ކުރެވޭނެގޮތެއް އޮތްތޯބަލަބަލަ އެތިބެނީ. ދެންކިހިނެއް ތިބާވަތުގެ ކަންކަން ބަލާނީ
ހިޔާލީ އަލީ
01 October 2022
ކޮވިޑާއި ބަލިތަކާއި އެނަރޖީ ޑްރިންކު ގަބޫލުކުރާ ބަޔަކަށްތާ އެއްޗެއް ކިޔާދެވޭނީވެސް. ގިނަ ދިވެހިން އަދިވެސް ކޮވިޑް ގަބޫލެއް ނުކުރޭ، ނަަގަނީ ޖޯކެއް ގޮތުގަ، ބައެއް މީހުންނަށް ބޭނުންވަނީ ފާނަބަސަންދު ގޮތުގަ ހުރިހާ ބައްޔެއް ހުންނަން
ލަބީދު
01 October 2022
ޕާޓީ ޑުރަގްސް ވެސް ގައުމުގަ ވަރަށް ގިނަ
އެމްސް
01 October 2022
ދެންވެސް ޢިމާރާތްތައް ބިނާކުރުން ފަހަށް ބާއްވާފަ، ރާއްޖެއަށް ބޭނުންވާ ވަރަަށް، ކޮންމެ 1000 ރަޢިއްޔަތަކަށް 10 ޑޮކްޓަރުން ހަމަވަންދެން، އަހަރަކު 100 ޑޮކްޓަރުން ތަމްރީނަށް ފޮނުވަމާ! ކޮންކްރީޓް އަޅާލުމީ އަހަރަކުން، 2 އަހަރުން ނިއްމާލެވޭނެ ވަރުގެ ފަސޭހަ ކަމެއްކަން ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރިންވެސް ޔަޤީންވާނެ! ރަގަނޅު ޑޮކްޓަރެއް އުފައްދަން 15 ވަރަކަށް އަހަރު ނަގާނެ، އެއީ ސްޕެޝަލައިޒްވެ ތަޖްރިބާ ހޯދުމާއި ހަމައަށް! ހުރިހާ ޑޮކްޓަރުން މޮޅު ނުވެދާނެ!
ޢައްޔުބެ
01 October 2022
ކުއްލި މަރުތައް އިތުރު އެބަވޭ. ރަނގަޅު ތަހުގިގެއް ކުރަން ޖެހޭ..
ސަހަރޯހީވޭ
30 September 2022
މިހެންވީމަ ރައްޔިތުން ގެ ފައިސާއިން ހިއްކާ ހުލުލޭ ފަޅާ، ގުޅީފަޅާ، އެނބޫދޫ ފަޅުން ހިލޭ އެއވެސް މީހަކަށް އެއްވެސް ތަނެއްދީގެން ނުވާނޭ. އަތޮޅުތެރޭގެ ކޮނަމެ ތާކަށް ދެއްކިޔަސް ބުނާނެ މާލެ ގެންދާށޭ. މިތަނަކު ނެތޭ ބަސީލަތެއް ގާއިމް ވެފައެއް. ސިއްހީ އަދި އެހެން ވަސިޅަތްތައް ރައްޔތިުްނގެ ފައިސާގަ އަޅާފަ ހިްނގަނީ މާލޭގަ. އެހެންވީމަ މާލެ ކަިރީ ފަޅުތަކާ ހާތައް ހިއްކަިއގެން ރާއްޖޭގެ އެންމެނަށް އޭގެ މަންފާ ކުރާންވާނެ. ހިލޭ ވަކި ބަޔަކަށް ބަހާލެވިގެންނުވާނެ
ވޮޗްމޭން
30 September 2022
ބަލަގަ ތި ވެކްސިން ޖެހިއޭ މި ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިން ވެސް.. ނުރައްކާ ވަނީ ހަނައެކަނި 25 އަހަރާއި 40 އަހަރުގެ ދިވެހި ފިރިހެނުންނަށްތޯ؟
ޖުމާ
30 September 2022
ފިރިހެނުންނަށް ނުރައްކާބޮޑު ކަން ދިރާސާތަމުން އެބަފެނޭ
އައްޔައައްޔަ
01 October 2022
ނުގުޅެނީ އެއުމުރުގެ އެކްޓިވް ފިރިިހެނުން ނަށް