ދިރާގުގެ ހިދުމަތް ތައާރަފު ކުރީ 1988 ވަނަ އަހަރު. މިއަދު ދިރާގުން ފާހަގަ ކުރަނީ 34 ވަނަ އަހަރު.
01 އޮކްޓޯބަރ 2022 - 11:11
ރާއްޖޭގައި މުވާސަލާތު ކުރާނެ ޒަމާނީ ނިޒާމެއް ނެތި، އެއް ރަށުގައި ހުރި މީހެއްގެ ހާލު ވަގުތުން ބެލޭނެ ގޮތެއް ނެތިފައި ތިއްބައި އެއް ރަށުން އަނެއް ރަށާ މުވާސަލާތީ ގޮތުން ގުޅުވައިލަދިން ކުންފުންޏަކީ ދިރާގެވެ. ރާއްޖެގައި ޓެލެކޮމިއުނިކޭޝަނުގެ ހިދުމަތް އަލަށް ތައާރަފުކޮށް، އެ ހިދުމަތް 1988 ވަނަ އަހަރު ދޭން ފެށި ކުންފުންޏަކީ އެއީ އެވެ.
ދިރާގު ރަޖިސްޓަރީ ކުރީ މޭ 1988 ގައި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ވި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އަށް ފަހު، ދިރާގުގެ މަސައްކަތާއެކު، ހިދުމަތް ދޭން ފެށީ އެ އަހަރުގެ އޮކްޓޯބަރު އެކެއް ގަ އެވެ. ލައިނު ފޯނާއި ބޫތުތަކުން މާލޭގައި ދޭން ފެށި ހިދުމަތް މަޑުމަޑުން ފުޅާކުރަމުން އެކި އަތޮޅުތަކަށް އެ ހިދުމަތް ދިރާގުން ތައާރަފު ކުރި އެވެ. އޭގެ ފަހުން ދިރާގުން ދެން މިސްރާބު ޖެހީ ރާއްޖެ އަށް އިންޓަނެޓުގެ ހިދުމަތް ތައާރަފު ކުރުމަށެވެ. އެގޮތުން 1996 ވަނަ އަހަރު ރާއްޖެ އަށް ދިރާގުން އެ ހިދުމަތް ވަނީ ތައާރަފު ކޮށްފަ އެވެ.
ދިރާގުގެ މުވައްޒަފުން ހިދުމަތް ގުޅާދިނުމުގެ މަސައްކަތުގަ. ފޮޓޯ: ދިރާގު
ރާއްޖެ އަށް 2004 ގައި އިތުރު ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ތައާރަފުވުމާއެކު، ވާދަވެރި މާހައުލެއްގައި ހިދުމަތްތައް ފުޅާ ކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބުނެވެ. އެގޮތުން 2005 ވަނަ އަހަރު ކުންފުނި ރީބްރޭންޑުކޮށް، 2006 ގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް ވަނީ އަޅައިފަ އެވެ. އެ ކޭބަލްގެ ސަބަބުން ހިދުމަތުގެ ފެންވަރު ތަރައްގީވެ، ސްމާޓު ފޯނުން ހިދުމަތް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބުނެވެ. އަދި 2014 ވަނަ އަހަރު ތައާރަފުކުރި 3ޖީގެ ހިދުމަތާ އެކު ވީޑިއޯ ކޯލުން އެކަކު އަނެކަކާ ވަނީ ގުޅައި ދީފަ އެވެ.
ރާއްޖެ އަށް އަލަށް ކަސްޓަމާ ސާވިސް ސެންޓަރެއް ތައާރަފުކުރީ ވެސް ދިރާގުންނެވެ. އެ ކާމިބީގެ ފަހަތުން ދެން ފެނުނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކަސްޓަމާ ކެއާ ސެންޓަރުތަކެއް އެ ކުންފުނިން ގާއިމުކުރި ތަނެވެ. އަދި ރަށްރަށުގައި ދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ފައިބާ ނެޓުވޯކު ވެސް އަންނަނީ ގާއިމު ކުރަމުންނެވެ.
ދިރާގުން އެންމެ ފުރަތަމަ ހިދުނަތް ދީފައި ވަނީ ލައިން ފޯނާއި ފޯނު ބޫތުތަކުން. ފޮޓޯ: ދިރާގު
ދިރާގުން ބުނީ ބަދަލުވެ، ތަރައްގީވެ ކުރިއަރަމުންދާ ޓެކްނޮލަޖީގެ ވަސީލަތްތަކާ އެއް ހަމައެއްގައި، ބާރު ސްޕީޑުގައި ދިވެހިންނަށް ހިދުމަތްތައް ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ހިދުމަތް ފުޅާކުރުމުގެ ގޮތުން މިހާރު ކުރަމުންދާ އެންމެ ބޮޑު ކަމަކީ ރާއްޖެ ސީދާ އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކާ ގުޅައިދޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލްގެ މަސައްކަތް ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، އެ ކޭބަލުގެ ސަބަބުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދެވޭނެ އެވެ. އަދި ގޭމިން ފަދަ ކަންކަން ތަރައްގީކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ޓެކުނޮލަޖީތަކަށް ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
ރާއްޖެއަށް ގިނަ ހިދުމަތްތަކެއް އަލަށް ތައާރަފުކުރި ދިރާގުން މިހާރު ވަނީ ރާއްޖޭގެ 85 ޕަސެންޓަށް ދިރާގު ޓީވީ އާއި ސްޓްރީމިން ޕްލެޓްފޯމު ދިރާގު ޕްލޭ ވެސް ތައާރަފު ކޮށްފަ އެވެ. އެ ކުންފުނިން ބުނީ އެ ފަދަ ޕްލެޓްފޯމުތައް ތައާރަފު ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހި ކޮންޓެންޓު ކްރިއޭޓަރުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށް ދިނުން ކަމަށެވެ.
ޒުވާނުން ކުރިއަރުވައި ބާރުވެރި ކުރުވުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެއްކަން ފާހަގަކޮށް، ދިރާގުން ބުނީ ސީއެސްއާރުގެ ޕްރޮޖެކްޓުތަކުގައި ވެސް ޒުވާނުން ބާރުވެރި ކުރުވުމަށް އިސްކަން ދޭ ކަމަށެވެ. އަދި އަންހެނުންނާއި އަންހެން ކުދިންނާއި ފުރާވަރުގެ ކުދިން ބާރުވެރި ކުރުމަކީ ވެސް ކުންފުނީގެ އަމާޒެއް ކަން ވެސް ފާހަގަކުރި އެވެ. ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ ވެސް ދިރާގުގެ މުހިންމު އެއް އަސާސެވެ.
ދިރާގުން ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ކަސްޓަމަރުން ކަމަށާއި އެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތް ފުޅާކުރުމުގައި އަބަދުވެސް ދެމި އޮންނާނެ. ކަމަށެވެ. އަދި ޓެލެކޮމިއުނިކޭޝަން ދާއިރާ އިން ރާއްޖެ އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތުގައި ދެމިއޮންނާނެ ކަމަށް ދިރާގުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާގުކަސްޓަމަރެއް
01 October 2022
ކީއްވެތަ ތިތާގެވެރިޔަކާ ބައްދަލު ނުވެވެނީ4އަހަރު މިވަނީ މަގޭ ހައްގެއް މަށައްނުދީ ކަލޭމެންތިތިބެނީ އަދިބުނެފިއެއްނު ހުރިހާވެސް އެއްޗަކީ ކަސްޓަމަރުންނޭ ލަދުކޮބާ
ލާމަސީލު
01 October 2022
ގަނެފަ ހުންނަ އިންޓަރނެޓް ބާކީ ޖީބީ ކޮޅު 34 އަހަރުވަންދެން ކަޓުވާލުމުގަ ވަރަށްބޮޑު ކާމިޔާބު ހޯދި ކުންފުންޏެއް. ރޯމާދުވާލުގަ މީހުން އަތުން އެކަންކޮށް ކާމިޔާބު ހޯދި.
މހލދބ
01 October 2022
200 އަހަރު ވިޔަސް ކުރިމަގު އުޖާލާވާނެ، ރައްޔިތުން ފެލާ ބަޔަކަށް. ކިރިޔާވެސް އަގުތަށް ކޮންޓްރޯލްކޮށްލީމަ އިނގޭނީ ތި ހުރިވަރެއް. ދެ ދުވަސް ނުވާނެ، ކުންފުނި އޮޔާދާ ވާހަކަ ދައްކަން ފަށާނެ. ވެދުން
މަލާކާ
01 October 2022
ތިޔައީ ރައްޔިތުންނައް 500 ރުފިޔާ އައް އެންމެ ސިމް ގަޑެއް ވިިއްކި ތަނެކޭ, ދެންކޮން ހިދުމަތެއްގެ ވާހަކަ ތިކިޔަނީ.
1828
01 October 2022
ދިރާގަށް ދުވަހަކުވެސް މާފްނުކުރާނަން. އެއީ އަހަރެމެންނަށް 500ރއަށް ސިމް ވިއްކި މީހުން. އެމްއެމްއެސް އެއް 05ރއަށް. އެއީ އަހަރެމެން ދިވެހި ރައްޔިތުންގެ ލޭބޮއެގެން ތިބި ބައެއް. 'ވަތަނިއްޔާ' ނުގެނައި ނަމަ އަދިވެސް ދިވެހިން ތިބެނީ އެނިކަމެތި ހާލުގައި.
ދޮންހުސޭނު
01 October 2022
ބުނާހިތް ނުވިޔަސް އެއްޗެއް ބުނެލާނަމެވެ. ދިރާގަކީ ސަރުކާރު (ދައުލަތް) "ފެލާ" ކުންފުންޏެކެވެ. 1. ދައުލަތަށް 10 މެގަބިޓުގެ ކަނެކްޝަނެއް ސާޅީސް ހާހާ ގާތަށް ވިއްކާ އިރު ގޭގެޔަށް 100 މެގަބިޓު ކަނެކްޝަނެއް ދެނީ 7000 ވަރަކަށް ރުފިޔާއަށެވެ. އެޑިޔުކޭޝަނަށް ބަލަހައްޓައިދޭ ނެތޭވޯކުގެ ސްވިޗެއް ހަލާކު ވިޔަސް ބާޒާރުން ދެހާހަށް ލިވޭ އެތި އަޅުވަނީ ތިރީސް ހާހަށެވެ. އަދިވެސް... ދިރާގުން ފަށައިފިއްޔާ ހުހެއް ނުވާނެއެވެ. މި ގޮޅި ފުރިއްޖެ. ޑިވިޑެންޓް ވެނުމަސް ވެނަށެވެ
ހިޔާލީ އަލީ
01 October 2022
މިހާރުވެސް އުރިދޫއަށްވުރެ ދިރާގު އެތައް ގޮތަކުން ރަނގަޅު، މައްސަލައަކީ ކުރިން އޮތް ކަސްޓަމަރ ކެއަރ ތަންކޮޅެއް ދައްވުން
އާނދޮގޭ
01 October 2022
ކާމިޔާބު ވުމަކީ ކޮބައި. ކަސއޓަމަރ ސެޓިސްފެކސަން އަށް ސުމެއް. މިވަރުން ކާމިޔާބުކަން އެނގޭނެ. ލޭބޯ މަދިރީގެ މިސާލު ފެންނަނީ.
ސަކޭމް
01 October 2022
އެންމެ ބޮޑު ސްކޭމް ކުންފުނި, ސިމް ވިއްކާގެ ފައިދާ ހޯދަން ވަކިވަކި ފަރުދުންނަށް 100 އިން 1000 ހުން ސިމްވިއްކާފަ,.. އަދި އެތައްހާސް ސިމް އެއްވިއްކާފަ ސައްހަ މަޢުލުމާތު ނުބަލަހައްޓާ.. މިގޮތައް މިކަން ކޮއްގެން އެތައް ރަށްއިތުންނެއް ސްކޭމް ގަ ޖެހިގެން ހަލާކުވެއްޖެ.. ދިރާގު ހަމަ ހެޕީ.. ޕްރޮފިޓަބަލް
ފްރޭން
01 October 2022
ކަލޯ ކޮންމެ ބަޔަކުވެސް ދެމުނު ދިމާލަކުން ދަމައި ނަގަނީ. ކުންފުންޏެއް އާންމު ފަރުދެއް ކިޔާނެ ކަމެއް ނެތް. ގައުމުގެ ހާލު
އިގަރޭސިންގެ މޮޅުކަން!
01 October 2022
އެންމެން ކުރަންހުރި ހުރިހާ ކަމެއް ހުއްޓާފަ ދިރާގައް ސަނާކިޔާ ދުއާކުރޭ! ކިޔާނީ: ހާދަ މޮޅު ބަޔެކޭ! ހާދަ މޮޅު ބަޔެކޭ! ހާދަ މޮޅުބަޔެކޭ! 41 އެއްފަހަރު ކޮންމެ ދުވަހަކަު މެންދުރުގަޑީގައި މިހެން ކިޔާ ދުއާ ކުރޭ!
1828
02 October 2022
ގިނަ އޮންލައިން ނޫސްތަކަަށް ދިރާގާއި އުރީދޫއިން ސްޕޮންސަރގެ ނަމުގައި ލާރިއަޅާތީ ނޫސްތަކަކަށް ނޯވޭ ތައުރީފްކޮށްފައި ނޫނިއްޔަ ޚަބަރެއް އަދި ރިޕޯޓެއް ގެނެސްދެވޭކަށް. އެކަން އޯކޭ. މިހާރުވެސް ދިރާގާއި އުރީދޫގެ ފޭސްބުކް ޕޯސްޓުތަކުގެ ކޮމެންޓް ސެކްޝަން ބަލާލަބަލަ. 99% ނެގެޓިވް ކޮމެންޓް. އެކަމަކު ނޫސްތަކުން ކުރަނީ ތައުރީފް. މިޚަބަރުގެ ކޮމެންޓްތަކުގައިވެސް ހަމަ އެގޮތަށް. އަދިމިފަދަ ކޮމެންޓެއް މިނޫސްތަކުގައި ނުވެސް ޖަހާނެ. ކުރިން ފޮނުވި ކޮމެންޓްވެސް ނުޖަހާ.