ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް: ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުން ފްލެޓް ލިބޭ ގިނަ ބަޔަކު ގަވާއިދުން ކުލި ނުދައްކާ ކަމުގެ ޝަކުވާ މިނިސްޓަރު ކުރެއްވި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އޮކްޓޯބަރ 2022 - 11:52
ސަރުކާރުން މިހާތަނަށް ހިންގާފައިވާ އެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ 31-41 ޕަސެންޓް މީހުން ގަވާއިދުން ކުލި ދައްކަމުން ނުދާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތްކުރި ދެ ޓަވަރުގެ މަސައްކަތް ނިންމައި، އެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ސަރުކާރުން ހިންގި މަޝްރޫއުތަކަކީ ފައިސާ ދައްކައިގެން އެތަން އަމިއްލަ ކުރުމުގެ ފުރުސަތު ލިބޭ ސްކީމުތަކެއް ކަމުގައި ވިޔަސް އެތަންތަނަށް ފައިސާ ނުދައްކާ ގިނަ ބަޔަކު އުޅެމުންދާ ކަމަށެވެ.
"ހިތާމައާ އެކީ ދަންނަވަން ޖެހެނީ އެކި ނަން ނަމުގައި ސަރުކާރުން ހިންގާފައި ހުރި މަޝްރޫއުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ލާރި، 31 ޕަސެންޓާއި 41 ޕަސެންޓާ ދެމެދުގެ މީހުން، ހަމައަށް ގަވާއިދުން ދައްކަމުން ނުދޭ،" ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ނަމަ، މަހުން މަހަށް ފައިސާ ދައްކަން ޖެހެ އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ 1990 ގެ ފަހުކޮޅާއި 2000 ގެ ކުރީކޮޅު ސަރުކާރުން އަޅާފައިވަނީ 100 އެއްހާ ފްލެޓް ކަމަށާއި އޭރު ފައިސާ ނުދައްކާ މީހުންގެ އަދަދު 40 ޕަސެންޓަށް އެރިޔަސް ސަރުކާރަށް "ކެތްކުރެވޭނެ" ކަމަށެވެ. އެކަމަކު މިހާރު ހާހުން ފްލެޓް އަޅަމުން އަންނައިރު 40 އަކަށް ޕަސެންޓް މީހުން ގަވާއިދުން ފައިސާ ނުދައްކާ ނަމަ، އެކަން "ދެކޮޅު ޖެއްސޭނެ" ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެެހެންވެ، އަސްލަމް ވަނީ އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންނަށް "ހެޔޮހިތުން" އަޅައިދިން ފްލެޓްތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.
"ޑިފޯލްޓްވާ މުވައްޒަފުންތަކެއްގެ ގޮތުގައި ތިޔަ މުވައްޒަފުން ނުވައްޗޭ. އެހެން ހަދައިފިއްޔާ ދެން އަންނަން އޮތް މުސްތަގުބަލުގައި ތިޔަ މުވައްޒަފުންގެ ތެރެއިން އަލަށް ފްލެޓް ލިބޭ މުވައްޒަފުންނަށް އެމީހުން އުއްމީދުކުރާ ކަހަލަ ފްލެޓްތަކެއް ނުލިބޭނެ،" އެ ކުންފުނީގެ ފްލެޓް ލިބުނު މުވައްޒަފުން ބައިވެރިވި އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.
އަސްލަމް އެގޮތަށް ވިދާޅުވިއިރު މިފަހުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުތަކުގެ ތެރެއިން ފްލެޓަށް ކުލި ދެއްކުމަށް ދެކޮޅު ހެދީ "ހިޔާ" މަޝްރޫއުން ފްލެޓް ލިބުނު ބައެކެވެ. އެމީހުން ކުލި ދައްކަން ދެކޮޅު ހެދީ ސަރުކާރުން ފްލެޓަށް ކަނޑައެޅި އަދަދު ބޮޑު ކަމަށް ބުނެ، ކުލި ކުޑަކޮށްނުދީގެންނެވެ.
ހިޔާ ފްލެޓް: ގިނަ ބަޔަކު މި ފްލެޓްތަކުގައި މިހާރު ދިރިއުޅެމުން އެބަދޭ--. ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަމާ ގުޅިގެން އެޗްޑީސީން ވަނީ ކުލި ނުދައްކާ މީހުންނަށް ޖޫރިމަަނާއާ އެކު ފައިސާ ދައްކަން އަންގައި ލިޔުން ވެސް ފޮނުވައިފަ އެވެ.
ހިޔާ ފްލެޓްތަކުގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ބައެއް ފްލެޓްތައް ލިބުނު މީހުން ވެސް އެތަންތަނަށް ކުލި ނުދައްކާ ކަމުގެ ޝަކުވާ މަދުން ނަމަވެސް ކުރެ އެވެ. އެކަމަކު ގަވާއިދުން ފައިސާ ނުދެއްކިޔަސް މިހާތަނަށް އެއްވެސް ބައެއްގެ އަތުން ފްލެޓް އަތުލައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސަ
02 October 2022
އެއީ ފަޤީރުން އުޒުރެއް އެބައޮތް. މަނިކުފާނުގެ ރިޒޯޓުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޓެކްސް ދައްކައިފިންތޯ. އެއީ ސުވާލަކީ. އަބަދުވެސް އެހެން މީހުންގެ ވާހަކަ، ތިމާގެ ނަފްސު ހިސާބު ކުރަން ދަސްކޮށްބަލަ.
ބޮޑުމީހާ
02 October 2022
އެއިން އެއްވެސް ފްެލެޓެއް އެއީ މިސަރުކާރުން އެޅިއެއްޗެއް ނޫން
އެމްސް
02 October 2022
ހުރިހާ ފްލެޓެއްވެސް އަޅާނީ ބޮންދުން، އިންޑިއާ ނުވަތަ ޗައިނާ މީހުން! ދިވެހިންނަށް އޮންނާނީ ސައިކަލު ބުރު ޖެހުމާއި، އައި ފޯނު ހިފައިގެން ކޮފީގަ ތިބުން!
ރަނގަބީލަށް ވަންނަ މުހުދީ
02 October 2022
ވެރިކަން 5 އަހަރަށް ޙަވާލުވެ ހުވާކުރި ހިސާބަކީ ކުރިން ފަސާފަ ހުރި ހުރިހާ ކަމަކާ ނިންމަން ހުރި ހުރިހާ ކަމަކާ ޙަވާލުވީ ހިސާބެވެ. އެކަމާއިއެކު އަވަސްވެ ގަތީ ފާޑުކިޔުމަށެެވެ. އަމިއްލަ ވަށި ބޮޑުކުރުމަށެެވެ. ކަން ނިންމާކަށް ނޫނެވެ އެމްޑީޕީ އަކީ ފަޑުކިޔުމާ ކަންނުކުރުމުގެ ރޫޙެއްގައި އޮތް ބައެއްކަން އެނގިއްޖެހއެވެ. އޭގެ ގިނަ މީހުންނަކީ ކަމެއްކުރާ ބައެއް ނޫނެވެ. ކަޑުޖަހާފަ ކެފޭތަކުގަ އެހެން ކަންކމުގައެވެ މަޖިލިސް ކުޑަތައް ދަށުން ފެންނަ ކަހަލަ ގޮތަކަށެެވެ
އެމްސް
02 October 2022
ދިވެހިން ތިބޭނީ ކޮފީގަ، ކޫލްކޮށް! ދެން އޮންނާނީ ބުރެއް ޖަހާލުމާއި ގެޖެޓް ވިއްކާ ތަންތަން ބާލާލުން! ކިރިޔާވެސް ކަމެއް ކުރަން ޖެހެންޏާ މަގުމަތިން ނަމަވެސް ގެންނާނީ ކޮންވެސް ބޮންދެއް!
އަފްރާސިޔާބު
02 October 2022
އާއެކެވެ. ދިވެހިންނަކީ ތަޢުލީމީ ސެޓްފިކެޓެއް އޮތަސް ސިކުނޑިއަށް އެއްޗެއް ވިސްނޭ ބައެއްނޫނެވެ. ފާޑުކިޔަން ވަރަށް މޮޅުވާނެއެވެ. ކުރިންވިޔަސް ފަހުން ވިޔަސް ކުރިމަގުގައިވިޔަސް އެޅިތަނެއް އަޅާފައިވަނީ ދިވެހިންގެ ފައިސާއިން ނުވަތަ ދިވެހިންގެ ނަމުގައި ނަފާފައިވާ ލޯން ފައިސާއިންނެވެ. ސަރުކާރުތަކުގައި ތިބެނީ މާދަމާވެސް ވެރިކަމުގައި ހުރުމުގެ ބޭނުމުގައި އުޅޭ ބަޔަކުކަމަށްވާތީ ވޯޓު މަދުވެދާނެތީ ގާނޫނު ހިންގަން ޖެހިލުންވާ ބަޔެކެވެ. ޔާމީނުފަދަ ގަޓެއްނުހުރެއެވެ
ލާމު ހާ
02 October 2022
ކުލިނުދެއްކުމަށް ސަބަބުއެބަހުއްޓެވެ ފަސް އަހަރުތެރޭ ތަންހިއްކާ ޢިމާރަތްވކުރިއެވެ ތިމާމެންގެ ހުރި ހަސަދަވެރިކަމުން ތަޅާލާނީތޯ ހިލޭދޭނީތޯ ކުއްޔަށް ދޭނީތޯ ހިލޭ ދޭނީތޯ މުީންދިޔައީތޯތޯގައެވެ ތަން ނުނިމިގެން ރައއޔިތުން އަޑުލާންފެށީމަ ރޮލާޙަވާލުކުރީ އެވެ ކަންކުރުމުގަ ޚިދުމަތް ކުރުމުގަ ޗަސްޕެއްނެތެވެ އެކިމީހުން އެކިލަވަ ކިޔަމުން ކާޑު ޖެހީމަ އެ ނިމުނީއެވެ މުސާރަ ހަލާލުވީއެވެ މިގޮތަށް އުޅެން އާދަވެފަ ތިބި ބަޔަކަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ ދެން ނުހޮވޭނެ
އެމްސް
02 October 2022
ކަނޑު ހިއްކައިގެން ތަންތަން ހަދަން ދިމާކުރަނީ ހިކިފެސް ތަނެއް ނެތިގެންބާ؟ އެންމެން މާލެ ޖަމަޢަވާން މަޖބޫރު ކުރަނީ ކީއްވެބާ؟ ވަޒީފާގެ ފުރުސަތުތައް އޮންނަންވީ މާލޭގަ އެކަނިބާ؟
ދދދދދދދ
02 October 2022
އެހެނެއް ނޫން ވަނީކީ. މި ހުރިހާ ދުވަހު މާލޭގަ ބޮޑު ކުލި ދައްކައިގެން އުޅެވުނު، . މަހަކު 22000 ރުފިޔާ ލިބޭ މީހެއް، މީގެ ކުރިން އަމިއްލައަށް 12000 ދައްކައިގެން އެއް ކޮޓަރި ކުލިއަށް ދީގެން 20000 ގެ ތަނެއް ހިފައިގެން މާލޭގަ އުޅުނު. އެކަމަކު މިހާރު ހިޔާ ލިބެގެން ގޮއްސަ ބުނީ ތިމަންނަ ކުލި ނުދައްކަމޭ. މިތަން އަތު ނުލުވޭނެ ނޫންހޭ. އެހެންވީމާ ލާރި ނެތިގެން ނޫން، ހަމަ ކަމަށް ކަމޭ ނުހިތަނީ. ޓިޕޕކަލް ދިވެހިން
ކުލި
02 October 2022
އެ ފްލެޓްތަކަކީ އަހަރެމެންގެވެސް ފައިސާއިން ހަދާފަހުރި ތަންތަން. އެތަންތަނަށް ފައިސާ ނުދައްކާ މީހުންނަށް އެތަންތަން އަމިއްލަވެގެންނުވާނެ. އެމީހުން ޖެހޭނީ ރައްޔިތުންނަށް ފައިސާނުދައްކާ ދަރަނިވެރިންގެ ގޮތުގަ އުޅެން. އެތަންތަން އަމިއްލަކުރެވޭނީ ހުރިހާ ފައިސާއެއް ދައްކާފަ. ކުއްޔޭ ކިޔައިގެންނުވާނެ އެއީ ކުއްޔެއްނޫން އެއީ އެތަންތަން ހެދުމަށް ކުރަންޖެހުނު ޚަރަދު. #ދެންއަންނަސަރުކާރަކުންނެރޭނަން
ވަޒަންބެ
02 October 2022
ކުލި ނުދައްކާ މީހުންނަށް ރެފިޔުޖީ ކޭމްޕްތަކެއް ގަދާފަ އެތަންތަނަށް ލާބަލަ. އޭރުން ބޯހިޔާވަހިކަން ދެވިފައި މައްސަލަ ހައްލުވީނުން.
ޔާމިނު ސަރުކާރުގައި ގދ.ތިނަދަުގައި ހިއްކާފަ އޮތް 64 ހެކްޓަރުގެ ބިން
02 October 2022
ވެލެޒިނީއެކޭ ފަރެސްމާތޮޑާ އަސްލަމުއެކޭ ތަފާތެއްނެތް.
ގުއިއްޒު
02 October 2022
މައްސަލައަކީ އަސްލު ހާލަތު ނުބަލައި ފްލެޓު ދީފައި ހުރީ. ހާލަތު ބަލައި ކުލި ނުދެއްކޭ ހާލަތުގައި ތިބި މީހުންނަށްވެސް ގޮތްތަކެއް ހަމަޖައްސައިގެން ކުރިއަށް ދާނަމަ ތަންކޮޅެއް ރަނގަޅުވީސް.
ޖާހިލު
02 October 2022
ފްލެޓްތައްދިން ގިނަ މީހުންނަކީ ފައިސާ ދެއްކޭވަރު މީހުން. މާލޭގަ 15000 ރުފިޔާއަށް ތަންތަން ހިފައިގެން އުޅުނު މީހުން އެތަންތަނަށް ބަދަލުވެފަ ކުލިނުދެއްކެޔޭ ބުނުމަކުން ގަބޫލެއް ނުކުރެވެ.
މަޑަވެލި ހޯޑެއްދޫ ތިނަދޫ
02 October 2022
ޢޭނަޔަކީ ކުޅަދާނަ މީހެއް އަެނާގެ އަމިއްލަ ގެސްޓްހައުސްއަށް މީހުން ގެނައުމަށްޓަކާ އަމިއްލަ ރަށުގައި އެއަޅާލީ އިންޓާޏެޝަނަލް އެއާޕޯޓެކޭ. މުޅި އެރަށުގައިވެސް ގެސްޓްހައުސް އަކަށް ހުރީ އޭނާގެ ގެސްޓްހައުސް އެކަނި. ޥެރިކަން ވެއްޓުނަސް އެއާޕޯޓާއި ގެސްޓްހައުސް ސަރުކާރަކުން ނުނެގޭނެކަން އޭނާއަށް އެގޭ. ޢޭނާ ނުޖެހޭނެ އެއާޕޯޓު ހިންގާތީ ކުލިދައްކާކަށްވެސް. ޜަށްމެދަށް ވިހޭ ދަރިއެއް ސަރުކާރުން ބޮލުގައެޅުމެކޭ ތިއެއާޕޯޓެކޭ ތަފާތެއް ނޯންނާނެ ބަލަންތިބޭތި
ފަރެސްމާތޮޑާ އަސްލަމުއަކާހުރެ އެމްޑީޕީއިން ވަކިވި ހަވަރު ތިނަދޫ ޒުވާނެއް
02 October 2022
ގދ.ހަވަރު ތިނަދޫއިން ގޯތި ނުދީ އެރަށުގައި ފުލެޓުއަޅަން ނިންމީ ތިހެން ވެގެންދޯއެވެ. ޙަވަރު ތިނަދޫގައި މިހާރު އަޅާފަ ހުރި ފުލެޓުތަށް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން %87 އަކީ ކުލިދައްކާބައެއް ނޫނެވެ. ފަރެސްމާތޮޑާ އަސްލަމު ގދ.ހަވަރު ތިނަދޫއާއި ޖެހިގަނެގެން ނުނެއްޓިގެން މިއުޅޭ ސަބަބު ސާފު ވާންއެބަޖެހޭ. މުޅި ރާއްޖޭގެ ބަޖެޓު ފަރެސްމާތޮޑާއަށް އެޅިޔަސް އާބާދީގެ ގޮތުން ހަވަރު ތިނަދޫ އޮންނާނީ ކުރީގައެވެ. 2023 ގެ ވޯޓު އެބައޮތް ކަން ހަދާން ކޮއްލަދެމެވެ