ޚަބަރު / މަރު

އަޒްހާން ފެނުނީ ބޯގަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކުނިވެފައި އޮއްވައި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު އަޒްހާން --

02 އޮކްޓޯބަރ 20:18

އަޒްހާނާ ގުޅޭ ގޮތުން ފުލުހުން މިރޭ ހުޅުމާލޭގައި މީޑިއާއާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

02 އޮކްޓޯބަރ 20:16

ހުޅުމާލޭގައި އުޅޭ ބައެއް މީހުން ބުނާގޮތުގައި ހުޅުމާލޭގެ ސަހަރާ ހިސާބުން ކުނިވަސްތަކެއް ދުވާތާ ދުވަސްކޮޅެއް ވަނީ ވެފައި.

02 އޮކްޓޯބަރ 20:15

ހުޅުމާލޭގެ ސަހަރާގެ ބިއްދޮށުން އޮންނަ ބޯ ގަސްތަކުގެ ތެރެ ފުލުހުން މިއަދު ހެނދުނުން ފެށިގެން ސާޗުކުރަން ފެށީ މޭނާ ކެފޭ ސަރަހައްދުގައި ހުންނަ ކެމެރާއަކުން އަޒްހާން ފެނުމާ ގުޅިގެން ކަމަށް އެނގިފައިވޭ. އެ ކެމެރާ ފިޔަވައި އިތުރު ކެމެރާއަކުން އޭނާ ނުފެންނާތީ ވަކި ސަރަަހައްދެއް ސާޗު ކުރަން ފެށީ ކަމަށް ވޭ.

02 އޮކްޓޯބަރ 20:09

އަޒްހާންގެ ފޯނު އަދި ނުފެންނަ ކަމަށް ފުލުހުން ބުނި.

02 އޮކްޓޯބަރ 20:08

އަޒްހާންގެ މަރާ އަދި އެއްވެސް ބަޔަކާ ގުޅުން ހުރި ކަމެއް އަދި ނޭނގޭ. އެ ކަމާ ގުޅުވައިގެން އެއްޗެއް ބުނަން އެނގޭނީ ހޯމިސައިޑް އިންވެސްޓިގޭޝަނަށް ފަހު ކަމަށް ފުުލުހުން ބުނި.

02 އޮކްޓޯބަރ 20:06

އަޒްހާންގެ ހަށިގަނޑު ހޯދުމަށް ހެނދުނުން ފެށިގެން އައީ ގަސްތައް ހިމެނޭ ސަރަހައްދު ބަލަމުން. ފުލުހުން ބުނީ ގަސްތަކުގެ ތެރެ ބެލީ ސީސީޓީވީ ފުޓޭޖުގެ އަލީގައި ލިބުނު މައުލޫމާތަށް ބުރަވެ ކަމަށް.

02 އޮކްޓޯބަރ 20:04

ފުލުހުން މިހާރު ބާއްވާ މީޑިއާ ބްރީފިންގައި ބުނީ، އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް. ސީން އަދި ޕްރޮސެސް ނުކުރެވޭ ކަމަށާއި މާދަމާ ސީން ޕްރޮސްކޮށް އިތުރު މައުލޫމާތު ދެވޭނެ ކަމަށް ފުލުހުން ބުނޭ.

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު 5:45 ހާއިރު ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކް ސަރަހައްދުގައި މިރޭ 7:45 ގައި މީޑިއާއާ ބައްދަލުކޮށް އިތުރު މައުލޫމާތު ދޭނެ ކަމަށެވެ.

އަޒްހާންގެ ހަށިގަނޑު ހުޅުމާލޭ ސަހަރާ ބިއްދޮށުން އޮންނަ ބޯ ގަސްތަކުގެ ތެރެއިން ފެނުނު އިރު، އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އޭނާ އޮތީ އުއްޑުން ކަހަލަ ގޮތަކަށެވެ.

އަޒްހާންކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން މިރޭ ހަރަކާތްތެރިވަނީ --

އޭނާ އެންމެ ފަހުން ސީސީޓީވީ ކެމެރާއަކުން ފެނިފައި ވަނީ އެތަނާ ކައިރީގައި އޮންނަ ރެޑްބުލް ދަނޑު ސަރަހައްދަށް ޓެކްސީއެއްގައި ގޮސް ފައިބަނިކޮށެވެ.

އަޒްހާން ގެއްލިގެން ރިޕޯޓްކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ރޭ 7:00 ހާއިރު އެވެ. އެއާ އެކު ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ސީސީޓީވީ ފުޓޭޖުތައް ބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓްހައުސް އަކުން ކާރެއްގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު ފަތިހު 4:53 ހާއިރު ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން ގެސްޓު ހައުސްއަށް އަނބުރާ ދިޔަކަން އެނގުނެވެ.

އަޒްހާންގެ ހަށިގަނޑު ފެނުނީ މި ބޯ ގަސްތަކުގެ ތެރެއިން

އަޒްހާންއާ ބެހޭ ގޮތުން ފުލުހުން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނީ އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ރެޑްބުލް ޓާފް ކައިރިން ކަމަށެވެ. އެއީ ހުޅުމާލޭން ބްރިޖަށް އަރަން ދާއިރު އޮންނަ ސްކޭޓް ޕާކު ކައިރީގައި އޮންނަ ދަނޑެވެ.

އަޒްހާނަކީ އޭނާގެ މަންމަ އާއި ބައްޕަގެ ދެ ދަރިންގެ ތެރެއިން ފިރިހެން ކުއްޖާ އެވެ. އޭނާގެ ދޮއްޓަށް ހުންނަނީ ދައްތަ، ފާތުމަތު އަޒްމީ އަހްމަދެވެ.

އަޒްހާންގެ ދައްތަ، އަޒްމީ މިދިޔަ ހަފްތާގައި "މިހާރު"އަށް ބުނީ އަޒްހާންއަކީ އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެއް ކަމަށެވެ. އަދި އޭނާ ގެއިން ނުކުމެގެން ދިޔައިރު އެއްވެސް މީހަކާ ރުޅިވެރިކަމެއް ވެސް ނެތް ކަމަށް އަޒްމީ ބުންޏެވެ.

އަޒްހާންއަށް ބަޔަކު ގެއްލުމެއް ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް އެ ދުވަހު ދައްތަ ވަނީ ބުނެފަ އެވެ.

88 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 93%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރީމާ

03 October 2022

ރާއްޖޭގެ ޕޮލިހަކީ އާބާދީގެ ނިސްބަތުން އެންމެ މުވައްޒަފުން ގިނަ ހަރަދުގެ ގޮތުން ދުނިޔޭގައި އެންމެ ހަރަދު ބޮޑު ޕޮލިސް. އެކަމަކު ހުޅުމާލެ ކަހަލަ ކުޑަ ތަނެއްގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްތޯ އާންމު ތަންތަން ބަލާލެވުނުކަމަށް ނުވޭ 12 ދުވަސްވާއިރުވެސް. ވ.ސަލާމް

The name is already taken The name is available. Register?

ބޮޑުމީހާ

03 October 2022

މީ އެހެން ވެރިކަމެއް ނަމަ މުޅި ދުނިޔޭގެ އެތަންމިތަނަށް މި ވާހަކަތައް ރިޕޯޓްކޮށް މުޅި ގައުމު ބަދުނާމުކުރާނެ

The name is already taken The name is available. Register?

ބޮޑުވަރު

03 October 2022

ކޮންމެ ކަމެއް ސިޔާސީ ނުކޮއްބަލަ

The name is already taken The name is available. Register?

ސުލޭމާނުބެ

03 October 2022

ރައްޔިތުންގެ ރައްކާތެރިކަމަށް ބޭނުންވަނީ ރަޔަޓް ގިޔަރެއްނޫން ކަރުނަގޭހެެއްނޫން އެފައިސާ ބޭކާރުނުކޮށް ކުޑަމިނުން ސީސީޓީވީ ސިސްޓަމެއް ގާއިމުކޮށްބަލަ.. މިކަން ކުރަންވެސް ޖެހޭނީ އިއްޒަތްތެރިއަކަށް ކަމެއްވީމަތޯ

The name is already taken The name is available. Register?

2000

03 October 2022

ފުލުހުން ތިބޭ ގައުމުތަކުގައި، އެތަންތާނގެ ބޮޑެތި ރަށްރަށުގައި ފުލުހުން އަބަދުވެސް މަގުމަތީގައި ހިނގާފައި އުޅޭތަން ޚާއްޞަކޮށް ދަންވަރާއި ޓްރެފިކް ގިނަވާ ވަގުތުގައި ފެންނާނެ. ހުޅުމާލޭގައި އެންމެ ޓްރެފިކް ބާރުބޮޑުވަނީ މަސައްކަތަށް މީހުން ނުކުންނަ ވަގުތާއި އަންނަ ވަގުތު. މިވަގުތު ފުލުހަކު ނުފެނޭ. އާންމު ގޮތެއްގައި ހުޅުމާލޭގެ މަގުމަތީގައި ވަރަށް މަދުވާނެ. ހިނގާފައި އުޅޭތަން ނުފެންނާނެ. ރާއްޖޭގެ ފުލުހުން ސައިކަލަކުން ނުފައިބާނެ ފޯނު ދުލެއްނުކުރާނެ.

The name is already taken The name is available. Register?

ސުވާސްތި

03 October 2022

ލޯސަލާމަތުން އެބަހުރިތަ؟

The name is already taken The name is available. Register?

އައިފޯނުު14

03 October 2022

އެންމެ ފަހުގެ އައިފޯނު ގަތުމުގައި ފުލުހުންތައް ބިޒީ. ކަލޯ

The name is already taken The name is available. Register?

މމކހދި

03 October 2022

މީ މެރާކީގަ އުޅޭ މީހުންނަށް ޖެހޭ ހާލެއްތަ؟

The name is already taken The name is available. Register?

އެމްސް

03 October 2022

ޕޯސްޓްމޯޓަމްއަކަށް ނުދޭބާ؟

The name is already taken The name is available. Register?

އާއްމު ރައްޔިތު މީހާ

03 October 2022

އިބްރާހީމް މުޙައްމަދު ޞޯލިހަށް . ވެދުން ސަލާމް. މޯލްޑިވްސް ޕޮލިސް ސަރވިސް ވަނީ ބޮއްސުންލާފައި. މުޅި މިމުއައްސަސާ އޯވަރހޯލްކޮށް މިތަނަކީ ދައުލަތުން ކުރާ ޚަރަދާއި އެއްވަރުގެ ޚިދުމަތެއް ލިބޭނެ ތަނަކަށް ހައްދަވާ ދެއްވުން އެދެން. އިޙްތިރާމް ޤަބޫލުކުރެއްވުން އެދެން.

The name is already taken The name is available. Register?

ރައްޔަތުމީހާ

03 October 2022

ވ ސަލާމް މީހުން މަރުވުމާ މެރުމާ ފޭރުމާ މަސްތުވުމާ ރޭޕް ކުރުމާ ވައްކަންކުރުމާ ލޫޓުވުން އެޢީ ޕޮލިހުންނާ ރައީސްސުލް ޖުމްހުއްރިޔާ މާގަޔާވާ ކުރުވާ ކަމެކޭތޯ؟؛ފާއިތުވި 5 އަހަރު މިބާވަތުުގެ އެއްވެސް ކަމެއްހިންގިކަމެއް ތިބޭފުޅާ ނުދެނެހުރީމުތާ! މަގާމެއް ވ ބޭނުންވާހެން ހީވޭ.

The name is already taken The name is available. Register?

ސޯލިހުއަކަށް ނުވިއޭ ދެން ފައިބާ

03 October 2022

ކީއްތަ ކުރާނީ ޅިޔަންފަހަރިން ލައިގެންވެސް ހަމަ ފުލުންދަނީ.

The name is already taken The name is available. Register?

ޅިޔަނާ

03 October 2022

ކޮރަޕްޓް ސިސްޓަމްގެ ތެރެއިން ނާޖާއިޒު ފައިދާ ލިބޭ މީހުން އެއްގޮތަކަށްވެސް ބޭނުމެއް ނުވާނެ އެސިސްޓަމް ބަދަލުކުރާކަަށް.

The name is already taken The name is available. Register?

ޖުޖު

02 October 2022

އަބަދުވެސް މަރު ކޮންމެ ފަދަ ގޮތަކަށް ވެސް ބައްދަލު ކޮށްފާނެ ކަން ދަނެ ހުރެ، އަބަދުވެސް ތިމާ ކުރާ އެންމެ ފަހު ކަމަކީ ހެޔޮ ކަމެއް، ހެޔޮ ބަހެއްތޯ ބަލާށެވެ. ރާއްޖެއެހާ އަމާނެއްވެސް ނޫނެވެ. ފާފައެއް ކުރެވޭ ކޮންމެ ފަހަރަކު އަވަހަށް ތައުބާ ވާށެވެ. މިވާހަކަ މިބުނީ މިހާދިސާގެ ކުއްޖާއަށް ނިސްބަތް ކޮށެއް ނޫނެވެ. ހަމަ ވަރަށް ލޯބިން ހެޔޮ ހިތުންނެވެ. ލޯ ކުރިމަތީ މިފެންނަށް މަރުތަކާ ގުޅިގެން ކުރާ ވަސިއްޔަތެއްގެ ގޮތުގައެވެ.

The name is already taken The name is available. Register?

ރައްޖޯ

02 October 2022

މޭނާ ކެފޭ ސަރަހައްދުގައި ހުންނަ ކެމެރާއަކުން އަޒްހާން ފެނުނީ ކޮން ދުވަަހަކުބާ؟؟؟؟ އަދި ތިފުޓޭޖް ފުލުހުންނަށް ފެނުނުތާ ކިތައްދުވަސް ވެއްޖެބާ؟؟؟!!!!

The name is already taken The name is available. Register?

ފަރޭ

03 October 2022

ދޮންކަލޯ ފުޓޭޖުތައް ބެލުމަކީ ވަރަށް ވަގުތު ހިންގާ ކަމެއް. ބޭރު ފިލްމްތަކުގައި ދައްކާ ގޮތަށް 3 ސިކުންތުން ކުރެވޭ ކަމެއް ނޫން އެއީ ކީ އަދި

The name is already taken The name is available. Register?

ހާމިދު ޝާހިދު

02 October 2022

ތިޔަ ވަލުގައި މަރުވެ ޖުނިވެ ނެތިގޮސްފައި ވަނީ ކިތައް މީހުން ކަމެއްވެސް ނޭންގޭ. ކިތައްމީހުން ވަޅުލާފައިވާކަމެއް ވެސް ނޭންގޭ. ހުޅުމާލެ އެހާމެ އަނދިރި އިރު ތިޔަވާ ބޯ ޖަނގައްޔަކަށް ވާން ދޫކޮށްލީ ކީއްކުރަން. ދެންވެސް އެތަން ސާފުކޮށް، އެ ކުނި ފަރުބަދައިގައި މީހުންނަށް ވަދެވޭ ގޮތައް ޕާކެއް ހަދާ. ފުލުހުންނަށް މިހާލަހުން ކަމެއްވީމަ ވަރަށްދެރަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454