މިދިޔަ އަހަރު ގެފުޅުގައި ހައްޖުގެ އަޅުކަން އަދާކުރަނީ: އުމުރާ އަށް ދާ މީހުންނަށް ތިން މަހުގެ ވިސާ ދޭން ސައުދީން ވަނީ ނިންމައިފައި -- ފައިލް ފޮޓޯ: އޭއެފްޕީ
03 އޮކްޓޯބަރ 2022 - 11:20
އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ދާ އެންމެންނަށް ތިން މަހުގެ ވިސާ ދޭން އެ ގައުމުގެ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.
ސައުދީ ގެޒެޓްގައި ބުނެފައިވާ ގޮތުގައި ސަރުކާރުން އެކަން އިއުލާންކުރީ ހައްޖާއި އުމުރާގެ އަޅުކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އަލްރާބިއާ އުޒްބެކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.
މީގެ ކުރިން، އުމްރާގެ އަޅުކަމަށް ދާ މީހުންނަށް ސައޫދީން ދެނީ އެއް މަހުގެ ވިސާ އެވެ. މި ގެނައި ބަދަލާ އެކު ކޮންމެ ގައުމެއްގެ މުސްލިމަކަށް ވެސް ތިން މަހުގެ ވިސާ ލިބޭނެ ކަމަށް ބުންޏެވެ.
ނަމަވެސް، އެ އުސޫލުން ވިސާ ދޫކުރަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކޮވިޑް-19 ފެތުރުމުން އެޅި ފިޔަވަޅުތަކަށް ފަހު ސައުދީން މި އަހަރު ވަނީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމަށް ވަރަށް ބޮޑެތި ލުއިތައް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަރާޒުގެ ކުޅަނދުން
04 October 2022
ތިތަންވެސް ތި ހަލާކުވަނީ ރާއްޖޭގަ ގަވައިދާ ޚިލާފަށް ވަދެތިބި ބަންގާޅުން ދެމިގްރޭޝަނާ ފުލުހުންނާ ހިއުމަންރައިތްސް ކުރިމަތީގަ ހޭއަހައިނުލެވި އިހުމާލުވެފަ
އަހްމަދު އަލީ ނާޒިމް
03 October 2022
ރަގަޅު ޝުކުރިއްޔާ! ލޯނު ނަގައިގެންވެސް މިފަހަރު ދާނަން. ދަރަނި ނުދައްކާ މަޑުކުރެވޭނެ ގޮތް މިގައުމުގަ ހަމަޖެހިފަ އޮތީ!
ހިތްބަލިކުއްޖާ
03 October 2022
އަހައްމަދާ! ލޯނު ، މީހުން އަތުން އަނބުރާ ދައްކާގޮތަށް ދަރަންޏަށް ފައިސާ ނަގައުގެން މިވަރުގެ އަޅުކަމަކަށް ދާކަށް އިސްލާމް ދީނުގައި ނޯވޭ. ތިމާ އަމިއްލަ މަސައްކަތުން ހަލާލު ގޮތުގައި ހޯދާ ފައިސާ އިން ޙައްޖު ނުވަތަ އުމްރާ އަށް ދިއުން އަޢުލާކަން ބޮޑު ވެގެންވަނީ. އުއްމީދަކީ ތިފަދަ ބޮޑު އަޅުކަމެއް ކުރުމަށްޓަކައި ގޯސް މަގަކުން ހޯދާ ފައިސާއިން ނުދާނޭކަމަށް. ވ ވެދުން.