ރޭގެ 11:07 އާ ހަމައަށް ބޭނުންކުރި، ވީއައިއޭގެ ރަންވޭ އިން އެންމެ ފަހުން ފުރި ފްލައިޓަށް އެމްއޭސީއެލްގެ މުވައްޒަފުން އަލްވަދާއު ކިޔަނީ.
06 އޮކްޓޯބަރ 2022 - 13:25
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރޭ 11:07 ގައި ފުރި ޓާކިޝް އެއާލައިނަށް އަލްވަދާއު ކިޔަން، އެ ވަގުތު އެއާޕޯޓުގައި ތިބި މުވައްޒަފުންތަކެއް ނުކުތީ އެއީ ތާރީހީ ފްލައިޓަކަށް ވާތީ އެވެ. އެންމެ ފަހުގެ އަލްވަދާއު ކިޔުން އެއާޕޯޓުގެ 56 އަހަރުގެ ދިގު ތާރީހުގައި ލިޔެލާށެވެ.
ރޭގެ 11:07 އާ ހަމައަށް ބޭނުންކުރި، ވީއައިއޭގެ ރަންވޭ އިން އެންމެ ފަހުން ފުރި ފްލައިޓަށް އެމްއޭސީއެލްގެ މުވައްޒަފުން އަލްވަދާއު ކިޔަނީ.
ޓާކިޝް އެއާލައިންގެ އެ ބޯޓު (TK731) ތާރީހުގެ ތެރެއަށް ވަނީ އެއީ މިދިޔަ 41 އަހަރު ބޭނުންކުރި ވީއައިއޭގެ ރަންވޭ އިން ފުރި އެންމެ ފަހުގެ ބޯޓު ކަމަށް ވާތީ އެވެ. ފަހަކަށް އައިސް ދިވެހިން އެންމެ ގިނައިން ދާ އެއް ގައުމުގެ ބޯޓު ފުރުމާއެކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން 1981 ގައި ބޭނުންކުރަން ފެށި ރަންވޭ ބަންދުވީ އެވެ. މިއަދުން ފެށިގެން ދެން ބޭނުންކުރަނީ މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2018 ގައި ރަސްމީކޮށް ހުޅުވި ވީއައިއޭގެ އާ ރަންވޭ އެވެ.
މިދިޔަ 41 އަހަރު ބޭނުންކުރި، ވީއައިއޭގެ ރަންވޭ އިން ފުރި އެންމެ ފަހުގެ ފްލައިޓް ޓާކިޝް އެއާލައިންގެ ފްލައިޓް ކައިރީގައި އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ފޮޓޯއެއް ނަގަނީ.
އެހެންވެ، ނޮވެމްބަރު 25، 2012 ގައި ރާއްޖެ އަށް ދަތުރުތައް ފެށި ޓާކިޝް އެއާލައިނަށް ކުރީގެ ރަންވޭ އިން އަލްވަދާއު ކިޔުމަށް، އެއާޕޯޓުގެ ޑިއުޓީގައި އޭރު ތިބި މުވައްޒަފުން ނުކުމެ އެކަން ފާހަގަކުރި އެވެ. ބާ ރަންވޭ އަށް ޓާޓާ ކިޔައި، ޓާކިޝް އެއާލައިންގެ ބޯޓު ފުރުމާއެކު، ރަންވޭގެ މައްޗަށް މުވައްޒަފުން އެރި އެވެ. އެ ފްލައިޓާ އެކު ފޮޓޯ ނެގި އެވެ. ބޯޓު ފުރުމާއެކު، ބާ ރަންވޭ އޮތީ ހުސްކޮށްފަ އެވެ. ޓެކްސީވޭ އަކަށް ބޭނުންކުރުމަށް ޓަކަ އެވެ.
ޓާކިޝް އެއާލައިންގެ މަތިންދާބޯޓު، ރެއާ ހަމައަށް ބޭނުންކުރި ވީއައިއޭގެ ރަންވޭ އިން ފުރަނީ.
މިއަދު ރަސްމީކޮށް ހުޅުވި އާ ރަންވޭ އަކީ 3400 މީޓަރުގެ ދިގު، 60 މީޓަރުގެ ފުޅާ ޒަމާނީ ރަންވޭއެކެވެ. އެ ރަންވޭ ބޭނުން ކުރަން ފެށުމުން ކޮންމެ ތިން މިނެޓަކުން ބޯޓެއް ކްލިއާކޮށްލެވޭނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
ވީއައިއޭގެ ފްލައިޓް އޮޕަރޭޝަންސް އަށް ބޮޑު ބަދަލެއް އަންނާނެ އާ ރަންވޭ ރަސްމީކޮށް މިއަދު ބޭނުންކުރަން ފެށުމުގެ ގޮތުން ފުރަތަމަ ޖެއްސީ އެމިރޭޓްސްގެ މަތިންދާބޯޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅަދުރު ހަތާ
07 October 2022
ނިންމީ ރައިށް ސޯލިހް ހުޅވީ ރައިސް ސޯލީގެ ވެރިކަމުގައި ކޮރަޕްޝަން ބޮޑުކަމުން ރައްޔިތުން ރުޅި އައިސްގެން ޔަމީނު އަށް ނޫނެކޭ ބުނެ ރައީސް ޞޯލިހް ފަދަ ކަން ކުރެވޭ ވެރި އަކު ހޮވުމުގެ ނަތީޖާ . ސާބަސް ރައިސް ސޯލިހް. ބާރަށް ކުރިއަށް
އަށްކޮ
07 October 2022
ރައީސް ޔާމީން އަމިއްލަފުޅު ލާރީގަ އަޅާފަވާ ރަންވޭއެއް ހުޅުވަން ލަދުވެސް ނުގަނޭ، އެމަނިކުފާނަށް ފަފަށުން ޝުކުރިއްޔާ. އިރާދަކުރެއްވިއްޔާ ދެންވެސް އެއަރޕޯޓްގަ ހުޅުވާނީ އެމަނިކުފާނު ތެޔޮވިއްކައިގެން ލިބުނު ފައިސާއިން ހަދަމުން ދާތަންތަން، މިސަރުކާރުން އެއްވެސްކަމެއް ކުރެވިފަ ނޯންނާނެ އިބޫ އެންޑް އިންޑީ އައުޓް.
މިއަދު
06 October 2022
ރައިސްސާލިހުގެ ފުރަތަމަރަންވޭޔެބުނޭ އައިޝާމެޑަލްއެއްޖަހާލަބަލަ
ޒުއްބަ
06 October 2022
މިވެރިންނަށް ނިމިފައޮތްތަނެއް ހުޅުވާލަންވެސް މި އެނގުނީ އެތަން ނިމުނުތާ 4 އަހަރު ފަހުން … ފުކެއް ބޮޑުވަރު
ވޯލް
06 October 2022
2 ރަންވޭ އެއްކޮށް ބޭނުން ނުކުރެވޭނެތަ؟ އޭރަށް މާ ގިނަ ފްލައިޓް ޖެއްސޭނެ އެންނު. ހަމަ ނޭންގޭތީ ހިތުގަ އިފެދުނު ސުވާލެއް
ސައްޙާފް
06 October 2022
ކުރެވިދާނެ. އެހެނަސް އެވަރު އޮޕަރޭޝަނަށް ބެނުންވާ ޓެކްސީވޭ އަދި ޕާކިންއަށް އޭޕްރޮން އެއްނެތުމުން ދެރަންވޭ ބޭނުންކުރިޔަސް ކޭޓަރ ކިރެވޭ ބޯޓް އިތުރު ނުކިރެވޭނެ. ބަދަލުގައި އޭރޯ މޮނޯރެއިލް އަކުން ގުޅާލާ ހުޅޭއާއި ހުޅުމާލެއައި ދެމެދު ރަނގަޅު ޕެސްންޖާރ ހޯލަކާއެކު އެއާ ސްޓްރިޕްގާއިމުކޮށް މުޅި އެތެރޭގެ އޮޕަރޭޝަން ހުޅުލެއިން ބޭރުކުރުމަކީ ސަޅިކަމަކަށްވާނެ.
ސޭކުސްތާން
06 October 2022
ޝުކުރިއްޔާ ރައީސް މައުމޫން.
އަށްކޮ
07 October 2022
ޝުކުރިއްޔާ އަލްމަރުޙޫމް ރައީސް އިބްރާހިމް ނާސިރު
ކައުންސެލަރު
06 October 2022
ޝުކުރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް. މަނިކުފާނުގެ ވިސްނުންފުޅުން މިރަންވޭ ދިވެހިންނަށް ލިބުނީ ޖީއެމްއާރު ބޭރުކުރެވުމުން. މިއީ ތާރީޚީ ކަމަކަށްވުރެބޮޑަށް ދިވެހިން އުފާކުރަންޖެހޭ ދިވެހިން ދިވެހިންގެ ގޮތުގައި ތިބުމަށް ލިބުނު ރަންވޭއެއް "ރަންގަނޑެއް". ޝުކުރިއްޔާ ރައީސް ޔާމީން
ލޭމް
06 October 2022
ޓާޓާ ކިޔައިއޭ... އެކޯޗެ؟؟
ޒުއްބަ
06 October 2022
މިއީ އަހަރެން މިބުނާވާހަކަ އިގްތިސާދަށް ދިރުންގެނުވުމަށް ކުރެވުނު އެންމެ މުހިއްމު އެއްކަންތައް … ޝުކްރަން ރ ޔާމީން
ރަދީފު ބިން ރަފައިދާ
06 October 2022
ޝުކުރިއްޔާ އަލްއަޚް ރަޖަބް ތޮއްޔިބް އުރްދުޣާން.