ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ލޯންޗު: އޭގެން ދަތުރުކުރި އެކަކު ގެއްލިގެން އަންނަނީ ހޯދަމުން -- ފޮޓޯ: އެމްއެންޑީއެފް
07 އޮކްޓޯބަރ 2022 - 16:59
ފުލުހުން ފުރަތަމަ ބުނިގޮތުގައި ބަނޑުން ޖަހާލާފާއި އޮއްވައި އއ. މާޅޮސް ކައިރިން މިއަދު ފެނުނު ލޯންޗަކީ އިއްޔެ މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެކެވެ. އެ ލޯންޗު ފުރީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުން ކަމަށާއި އޭގައި ތިބީ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް ބުންޏެވެ.
އެކަމަކު ފުލުހުން މިހާރު ބުނާ ގޮތުގައި ލޯންޗު ފުރީ ފަސް ވަނަ ދުވަހު މެންދުރު ފަހު 1:00 ގަ އެވެ. ލޯންޗުގައި ހުރި މީހެއްގެ އާއިލާއިން ރިޕޯޓްކުރީ ރޭގެ 8:50 ގަ އެވެ.
އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހިމް މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ރަށަށް ދަތުރުކުރި ކަމަށް ބުނާ ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ ނޫސްތަކުގައި އެ ޚަބަރު ޖެހުމުންނެވެ.
"އެ ލޯންޗާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. މި ރަށުގެ ލޯންޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މިއީ ކޮން ބޭނުމަކު ދަތުރުކުރި ބައެއް ކަމެއް ވެސް ނޭނގެ އެވެ.
ބަންޑުން ޖަހާލާފައި އޮތް ލޯންޗު ފެނުނު ސަރަހައްދާއި އެ ލޯންޗުގެ ބައެއް ފޮޓޯތައް -- ފޮޓޯ: އެމްއެންޑީއެފް
ރިޕޯޓްކުރި ކަމަށް ފުލުހުން ބުނި ނަމަވެސް، އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނުގައި ބުނީ ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނުނުއިރު އޭގައި އެއްވެސް މީހަކު ނެތުމުން، ލޯންޗާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެކަން އަންގައިދިނުމަށެވެ. އެހެންވެ ލޯންޗެއް ގެއްލިގެން އުޅޭކަން އެމްއެންޑީއެފަށް ކުރިން އެނގިފައި ނެތް ކަމަށް ބެލެވެ އެވެ.
އެ ލޯންޗުގައި ތިބި ދިވެހި ދެ ފިރިހެނުންގެ ތެރެއިން އެކަކު ފެނުނީ އއ. ފެރިދޫ ފުއްޓަރާ ދިމާލުން ކަމަށާއި އެ މީހާ އަށް މިހާރު އެ ރަށު ސިއްހީ މަރުކަޒުން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފެރިދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝާހު ވެސް ވިދާޅުވީ އެއީ ކޮން ބައެއްކަން އަދި ނޭނގޭ ކަމަށެވެ.
"ފުލުހުން މިއަދު މެންދުރު ކައުންސިލަށް އެނގީ މި ރަށާ ކައިރީގައި ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭތީ ސާޗަށް ނުކުމެދޭން. އަޅުގަނޑުމެން ފުރަން އުޅެނިކޮށް، މި ރަށު ފުއްޓަރު ފަރާތަށް ދަތުރު ގޮސް އުޅުނު ބަޔަކު ބުނީ މީހަކު ފަތާފައި ފުއްޓަރާ ދިމާލުން އެންގަމަށް އެރި ކަމަށް،" އޭނާ ވިދާޅުވި އެވެ.
"އެ މީހާގެ އޮތީ ސިއްހީ މަރުކަޒުގައި. އަނެންހެން ހާލު ރަނގަޅު، ނިދިފައި އޮތީ މި ގަޑީގައި."
އޭނާއާ އަދި ވާހަކަނުދެއްކޭތީ އެ ހާދިސާ ހިނގި ގޮތެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިން ވެސް މި ހާދިސާއާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
08 October 2022
މާލެ އިން ފުރާ އުޅަނދު ފަހަރާ ރަށްރަށް ލަފާ އުޅަނދު ފަހަރުގެ މައުލޫމާތޫ ބެލޭނެ ފަސޭހަ ނިޒާމެއް ބޭޏުން ވެއެވެ. ކޮންމެ ރަށެއްގަ ޖެޓީ ކައިރީ ޕޯސްޓްއެއް ބެހެއްޓީމަ ރަނގަޅު ވާނެ އެވެ. ގަވާއިދާ ހިލާފައް ބިދޭސީއަކު ރަށައް އެތެރެ ވާން އުޅުނަސް އެނގޭނެ އެވެ.
ނޫސްވެރިޔާ
08 October 2022
މިއީވެސް ހަބަރުތޯ؟ ތިޔަ މީހަކު އަދިވެސް ހޭ ނުލަނީތަ؟ ނޫސްވެރިންގެ ޒިންމާއެއް ހަބަރު ރަނގަޅަށް ގެނެސްދިނުން. އެމީހާ އޮތީ ނިދާފައޭ ނޫނީ ނުގުޅުނޭ ބުނި ނިންމާލުމުގެ ބަދަލުގައި އެމީހަކު ހޭލީމާ މައުލޫމާތު ހޯދައިގެން ކިޔުންތެރިންނަށް ގެނެސްދިނުން. އަމާ ބުނީތީ ފަރަށް ދާ ގޮތަށް ނޫސްވެރިކަން ނުކުރުން އެދެން
ރަަށުމީދާ
07 October 2022
އުކުޅަހު ލޯންޗުތަކަކީ އެއްވެސް ހަމައެއް ލަމައެއް ނެތި ދުއްވާ އެއްޗެހި، ފައިސާ ހުރިހާ އެއްޗަކީ، ލޯންޗު ފުރިގެން އިށީނާނެ ތަންނެތި، އަރުވަން ޖެހޭ މީހުންނަށް ވުރެ ގިނައިން އަރުވައިގެން ކިތަންމެ ގަދަޔަސް ފުރާފާނެ. ފުރާނަ މުހިއްމެއް ނޫން އެމީހުންނަަށް ޑޮލަރުކޮޅު ލިބެނިކޮށް.
ޢަލިދީދީއައްޑޫސިޓީ
07 October 2022
އެއްގަމު ދުއްވާ އުޅަނދުގެ ނަންބަރު ބޯޑުގެ ފޮންޓް ހުރީ ރަނގަޅަށްތޯ ނުބަލައި، އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުން މާ ބޮޑަށްވެސް މުހިންމު. ކަނޑުމައްޗަށް ނުކުންނަ ކޮންމެ އުޅަނދެއްގައި ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރުކޮށް އެކަން ނުކުރާ އުޅަނދުފަހަރުގެ ރަޖިސްޓްރީ ބާޠިލުކުރަންވީ. ހަރުކަށިވެގެން މިކަންކަން ހުއްޓުވޭނީ. ހަމަ އެހެންމެ އެއްގައިމުގައި ދުއްވާ ވެހިކަލްގެ ސީޓްބެލް ހެލްމެޓް އެޅުން ވެސް މަޖުބޫރުކުރަންވީ.
ލެއްގިކޮމިޝަނަރ
07 October 2022
ތިފުލުހުންނަކީ އެއްކަމެއްވެސް ވާބައެއްނޫން. ކަމެއްވާނަމަ އަމިއްލަ ބެރެކުސްއަށް 2 ހަފުވާއިރު އިސްތިރެއް ހޯދުނީސް.
98765432
07 October 2022
އޮންލައިން ކޮއް ރަޖިސްޓްރީކޮއް, އަރާއެންމެންގެ އައިޑީ ޗެކްކޮއްފަ ފުރާގޮތައް ހަދަންވީ.ކެޕްޓަން އަދި އޮޑިވެރިޔާ ޒިންމާވާގޮތްއް.ދަތުރުގަ ގަޑިއަކު އެއްފަހަރު އޮންލައިންކޮއް ޕޮސިޝަން ރިޕޯޓްކުރާގޮތައް.އެްއްވެސް ރަށަކައް ދަތުރު ފެށުމުގެ ކުރިން ކައުންސިލް އަށް އޮންލައިން ކޮއް އަނަގަން ޖެހޭގޮތް ހަދަންވީ.އޭރުން މި ބީތާތައް ކަނޑުވެގެން މި ކުރަން ޖުހޭ ހަރަދުތައް ކުޑަވާނެ.
ރާއްޖޭގެ
07 October 2022
ރާއްޖޭގައޮ ޑްރަގް ނެޓްވާކް ދަތުރުތައް ގިނަ. ނ. ވެލިދޫން ފޮއްދޫ ހޮޅުދޫ ޑިންގީ ދަތުރު ތައް އިންތިހާ އަށް ގިނަ. މިސަރަހަްދު ޕޮލސް ލާންޗް މަޑުކޮށްލަނިކޮށް އަތުލެވޭނެ
އިހްސާސް
08 October 2022
ކިހިނެއް ތިޔަހެންވާނީ. އެހިސާބުގެ ފުލުހުން އެތިބެނީ އެވެރިންގެ ހިމާޔަތުގަ ބިރުން ވިރިވިރި. އެއޮށް ސާފު ފޮއްދޫވެސް ޑުރަގުގަ ޖެހި ނިމިއްޖެ.