ސިފައިންގެ ސާޗު އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި ޑައިވަރުން މަސައްކަތުގައި: އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހަތަރު ދުވަސް ފަހުން މިހާރު ވަނީ ހުއްޓާލައިފައި -- ފައިލް ފޮޓޯ: އެމްއެންޑީއެފް
11 އޮކްޓޯބަރ 2022 - 15:11
މިދިޔަ ހުކުރު ދުވަހު، އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހަތަރު ދުވަސް ފަހުން މިއަދު ހުއްޓާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަ ސ. ހިތަދޫ، މުހައްމަދު މިންހާޖު، 28، ހޯދުމަށް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އިއްޔެ އެކަނިވެސް 300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި، ކަނޑުމަގުން ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އާއި ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަ ކުރާފްޓް "ހަކުރާ" އިން 665 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބުންޏެވެ.
ސިފައިންގެ ޑޯނިއާ މަތިންދާބޯޓުގައި ވައިގެމަގުން 2،000 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވެސް ބަލާފައިވާ ކަމަށް ބުންޏެވެ.
އުސޫލު އޮންނަ ގޮތުން އެމްއެންޑީއެފްގެ ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތައް އަބަދުވެސް ކުރިއަށް ގެންދަނީ ގިނަވެގެން ހަތަރު ދުވަހަށެވެ.
ކަނޑުމަތިން ލޯންޗު ފެނުނީ މާލޭން ފުރިތާ ދެ ދުވަސް ފަހުން https://t.co/txE6jCpSSc
— Mihaaru (@Mihaarunews) October 7, 2022
ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު އެ ލޯންޗުން ދެ މީހަކު ދަތުރުކުރިއިރު، އެތަނުން އެކަކު ވަނީ ފަތާފައި އއ. ފެރިދު އަށް އަރައިފަ އެވެ. އޭނާގެ ހާލު ރަނގަޅެވެ.
އެ މީހުންގެ ލޯންޗު ބަންޑުން ޖަހައިލީ ކިހިނެއް ކަމެއް އަދި އެ މީހުން އުޅުނީ ކޮން ދަތުރެއްގައި ކަމެއް އަދި މިހާތަނަށް ސާފެއް ނުވެ އެވެ. އެ ލޯންޗާ ގުޅިގެން ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންނާއި ސިފައިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
57993254ެ
11 October 2022
މީހުން ކަނޑުވެ ގެއްލުނީމަ ބޮޑުހަރަދު ކޮއްގެން ހޯދުމުގެ ބަދަލުގަ, ދުއްވާއެއްޗެހީގަ ރޭޑާރ ހަރުކޮއް ވަގުތުން ވަގުތައް މޮނިޓަރ ކޮއް މުއާމަލާތް ވަރުގަދަކޮއް ރިޕޯޓް ކުރާސިސްޓަމް ބަހައްޓާ.ދައުލަތުގެ ފައިސާ ތިގޮތައް ކަނޑައް އަޅާ ހުސްނުކުރޭ.ފަސިންޖަރުންގެ އަދި ފަޅުވެރިންގެ މެނިފެސްޓް ވެސް ފުރުމުގެ ކުރިން އަދި ލަފުމާއެކު ހުށައަޅަން ހަމަޖައްސާ.އައިޑީ ނެއްމީހުން އުޅަދުތަކައް އެރުނުން މާނާކުރޭ.ކައުންސިލުން ގަސްވެސް އިންދަންވާނެ. އެކަމު, ރަށައް އަރާ ފައިބާމިހުން މޮނީތަރ ކޮއް ރައްޔިތުން ވަގުންނާ ފަތްގުރޫޕް ތަކުން ސަލާމްތް ކުރޭ.