ޚަބަރު / ދައުލަތުގެ ހަރަދު

އަމިއްލަ މީސްމީހުންގެ އިމާރާތްތަކަށް ދައުލަތުން މަހަކު 8.5 މިލިއަން ރުފިޔާ، އެ މައްސަލާގައި ގަރާރެއް!

01 ނޮވެމްބަރ 2022 - 12:03

19 comments

ދައުލަތުގެ އޮފީސްތައް ހިންގުމާއި އެހެނިހެން މަސައްކަތްތަކަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހޭ މައްސަލަ ހައްލު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފުމަށް މަހަކު 8.5 މިލިއަނަށް ވުރެ ގިނަ ފައިސާ ހޭދަކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ގުދަންތައް ބަދަލު ކުރުމުގެ ވިސްނުމާއި ޕްލޭނެއް އޮތް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށާއި އެ ނުރަނގަޅު އާދަ ދެމި އޮތުމަކީ ދައުލަތުގެ ފައިސާ އިން މެނޭޖު ކުރުމުގައި އިސްރާފު ބޮޑު އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް އެ ގަރާރުގައި ވެ އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި އެކަން ހުއްޓުވުން މުހިންމެވެ. އެހެންވެ، ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ފަސޭހަ ވާނެ ގޮތަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް ކުއްޔަށް ހިފާފައިވާ އެ އިމާރާތްތަކަށް ފައިސާ ހަރަދު ކުރަންޖެހޭ މައްސަލަ ހައްލު ކޮށްފި ނަމަ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ސީދާ އާންމުންގެ ކަންބޮޑުވުން ހުރި މައްސަލަތަކަށް ހަރަދު ކުރުމަށް އެ ފައިސާ ހުންނާނެ ކަމަށް ވެސް މުއިއްޒުގެ ގަރާރުގައި ވެ އެވެ.

"ދައުލަތުގެ ކަމާބެހޭ އިދާރާތައް މި މަޖިލިސްގެ ކޮމިޓީއަށް ހާޒިރުކޮށް މިކަމަށް އަވަސް ހައްލެއް ގެނެވޭނެ ގޮތްތައް ދެނެގަނެ، އަވަސް ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،" ގަރާރުގައި ވެ އެވެ.

މާފަންނުގައި ހުންނަ ސްޓާ ސިނަމާ އިމާރާތުގައި ސަރުކާރުގެ ހަތަރު އިދާރާއެއް ހިންގާ އިރު ހ. ސަކީނާ މަންޒިލްއަކީ ވެސް ބޮޑު ކުއްޔެއް ދައްކަމުން ދައުލަތުގެ ދެ އޮފީހެއް ހުންނަ އިމާރާތެކެވެ.

19 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައްދުނެއްޓި

01 November 2022

އަމިއްލަ ޢިމާރާތްތަކަށް ރައްޔިތުން ކިހާ ޚަރަދެއް ކުރޭތޯ. މިކަން ފެންނަ ބަޔަކު ނޫޅޭ. ކުލިދައްކަދައްކާ މުސްކުޅިވެއްޖެ.

The name is already taken The name is available. Register?

ގައުމުގެފަރުދުން

01 November 2022

ވަރަށްރަގަޅުކަމެއްތީކުރެވޭތޯބެލަންރަގަޅުކަމެއް، ސަރުކާރުގެ ހޫޕްހޯލްތައްބަލާ ހަރަދުކުޑަކުރެވޭ ތޯބެލުންއެއީ ރަގަޅުކަމެއް،ގައުމުގެ އިންފްލޭސަންހިފެހެއްޓޭނީތިގޮތައްމައްކަތްކޮއްގެން

The name is already taken The name is available. Register?

ކުލީއަޅުން

01 November 2022

ސަރުކާރުން ތަންތަން ކުއްޔަށް ހިފާތީވެ ކަންބޮޑުވާއިރު ބަލަ ރައްޔިތުންވެސް ދިރިއުޅެނީ ކުއްޔަށްކަމެއް ނޭނގޭތަ؟ ރައްޔިތުންނަށް ތަންތަން ހަދައިދީބަލަ ފުރަތަމަ.

The name is already taken The name is available. Register?

ފަރީދާ

01 November 2022

ހެޔުނުވާނެ ހަމަ ތޮގިތަށް މަޖްލިސްމެމްބަރުންނާއި ރަށްރަށު މެޖިސްޓްރޭޓަރުންނާއި ކައުންސިލަރުން އަދި ސިޔާސީ މަގާމްތަށް މަދުކޮއްބަލަ.

The name is already taken The name is available. Register?

ކޮރަލް

01 November 2022

ކުލީގެ ފައިސާ ކޮޅު ޑޮލަރަސް ހަދާ ބޭރު ކޮށްލަނީ އެވެ. މާލެ ތަންތަން ކުއްޔަށް ދީފަ ގިނަ ބަޔަކު އުޅެނީ ބޭރު ގައެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

01 November 2022

ބައެއް މީހުންނަކީ ދައުލަތުން ބަލަހައްޓަންޖެހޭ ބައެއް. ތިގޮތަށް އެމީހުންނަށް ފައިސާ ނުދޭނަމަ ދެއަތް އުރާލައިގެން މެލޭޝިޔާ ސިންގަޕޯރ އަދި ޔޫކޭގަ ކިހިނެއް އުޅޭނީ. އަދި އުޅޭނެ އެމްބަސީތަކުގަވެސް ދައުލަތަށް ބަލަދުއަރާފައި ތިބޭ ބަޔަކު

The name is already taken The name is available. Register?

ކުރަންވީއޭ

01 November 2022

ހުޅުމާލެ އަށް ހުރިހާ އިމާރާތް ތައް ބަދަލު ކުރަންވީއޭ އެސްޑީއެފްސްސީ އިން ވެސް ކުއްޔަށް ހިފާފައިވާ ތަން ތަން ހުޅުމާލެ އަށް ބަދަލު ކުރަންވީއޭ...

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

01 November 2022

މީވެސް ބާވަތެއްގެ ކޮރަޕްޝަނެއް.

The name is already taken The name is available. Register?

698968

01 November 2022

ރަނގަޅު ލީޑަރުން ގައުމު ހިންގުމަށް ތިބޭނަމަ މިކަންކަން މިހެން ނުދާނެ. މިސަރުކާރުން ހިންގި ބޮޑު ޕްރޮޖެކްޓެއް ދައްކަބަލަ. 200 މީހުން ހަމަނުވާ ރަށްރަށުގެ ބަނދަރުން 100 ފޫޓު މަރާމާތު ކޮށް ބައްތިޖަހާ ޕްލާސްޓިކް 3 އުނދޯލި ލީމަ އެއީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުނީކީ ނޫން. މަ އެކަމަކު ވެރިމީހާ ކުށްވެރިއެއް ނުކުރަން. ވެރިއަކަށް ލާން ވޯޓުލާ މީހުންގެވެސް ބުއްދިއެއް ހުރިއްޔާ އެނގޭނެ ޕައްލަންބެއާ މޮހޮނަށް ވެރިކަން ނުކުރެވޭނެކަން.

The name is already taken The name is available. Register?

ރާމް

01 November 2022

ކަލޯ ލޮލަށް ބޭސް ކުރަންވީނު! ރަށްރަށަށް ގޮސް ރަނގަޅަށް ބަލާލަބަލަ ހިންގާ މަޝްރޫޢުތައް!

The name is already taken The name is available. Register?

57897

01 November 2022

ޚަރަދެއް ނުކޮށް ބެލިދާނެ!. ތިޔަބުނި ބިޔަ މެގަ މާ މަހާ ޕްރޮޖެކްޓް ތަކަކީ ކޮބައިކަން ރަށުގެ ނަމާ ޕްރޮޖެކްޓުގެ ނަން މި ކޮމެންޓް ސެކްޝަންގަ ލިޔެލަބަލަ.

The name is already taken The name is available. Register?

ބޮލާކީން

01 November 2022

ރަށަރަށްކަށް 32 މިލަޔުން 60 މިލިޔަނުން އޯކޭ. މުޅި މާލެސަރަހައްދުން 102 އޯކޭނޫން. ޙެހެހެހެ

The name is already taken The name is available. Register?

ާަމަގޭ

01 November 2022

ވަރަށް ރަގަޅު ގަރާރެއް

The name is already taken The name is available. Register?

ފފފފފ

01 November 2022

ގަރާރު ގޯހެއްނޫން. އެކަމަކު، 2022 އަށް ނިމެން އޮތް ދައުލަތުގެ އޮފީސް އިމާރާތުގެ މަސައްކަތް ހުއްޓުވީ މިހާރު މިއޮތް ސަރުކާރުން ނޫންތޯ! ރައްޔިތުންނާ ދައުލަތަށް ކިތަންމެ ގެއްލުމެއް ވިޔަސް ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި މަސައްކަތަކަށްވީމައާއި އެމަސައްކަތަކަށް ވީމަ އެކަން ހުއްޓުވާލީ. އެމައްސަލަ އާބިޓްރޭޝަންގައި އެއުޅެނީ. މެލޭޝިޔާ ކުންފުނިން ރިޝްވަތުދީގެން ކުރިއަށް ގެންދަން ބޭނުންނުވީމަ މަޝްރޫޢު އެކީ އެއޮތީ ހުއްޓިފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454