ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ނޮވެމްބަރ 2022 - 11:52
ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާ އިން ރާއްޖެ އަށް ނަސްރު ލިބުނީ ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ 34 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ހިތާބެއްގައި ވިދާޅުވީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ދިފާއުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިން ކަމަށެވެ. އެ ދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރުން ދިވެހި އަސްކަރިއްޔާ އަށް ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ވެސް ބޮޑުވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ އަހުމަދު ނާސިރު (ސަގަރު ނާސިރު) އިސްވެ، ސްރީ ލަންކާގެ ތަމަޅައިންތަކެއް ގޮވައިގެން ރާއްޖެ އަރައި ދިން ކުއްލި ހަމަލާގައި ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަން ކަމަށެވެ.
"މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާ އެވެ. އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި މި ވަތަނާ މެދު އޮތް ގައުމީ ލޯތްބެވެ،" ރައީސް ވިދާޅުވި އެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން މި ގައުމު ދިފާއުކޮށްދިން އެންމެ އިސް ބަތަލު ކަމަށް ދިވެހި އުންމަތް ހެކިވާ، ހދ. ކުޅުދުއްފުށީ ޝަހީދު ހުސައިން އާދަމްގެ ހިތްވަރާއި މަތިވެރި ގުރުބާނީ ރަމްޒު ކޮށްދެނީ ވެސް ހަމަ އެ ސިފަތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާ އެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށް ވެސް، މާތް ﷲގެ މަދަދާއި ނަސްރުން ކާމިޔާބު ދެއްވާނެ ކަން އެ ދުވަހު އެނގުނެވެ. އެހެންވެ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކާ މެދު އަބަދު ވެސް ހޭލައި ތައްޔާރުވެ ތިބުމަށް ރައީސް އެދިވަޑައިގަތެވެ.
މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާ އެވެ. އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި މި ވަތަނާ މެދު އޮތް ގައުމީ ލޯތްބެވެ،"--- ރައީސް
މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ގަބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކެއް ގައުމަށް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލަޔާ އެކު ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި އެވެ. އަޅުގަނޑުމެންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ އެވެ. ކުށެއް ނެތް ދިވެހި އަހުންތަކެއް ޝަހީދުވުމުން، އަޅުގަނޑުމެންގެ ހިތްތައް ޒަހަމްވެ، ކުދިކުދިވެގެން ދިޔަ އެވެ. ނަމަވެސް، މާތް ﷲގެ ނަސްރާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ފަނޑުވެގެންނެއް ނުދެ އެވެ،" ރައީސް ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރާ އިރު، ދިވެހި އުންމަތުގެ ދިފާއުގައި ގުރުބާން ވުމަށް ތައްޔާރުވެގެން ތިބި ހިތްވަރުގަދަ ދިވެހި ސިފައިން ގައުމަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކަށްޓަކައި ދިވެހިންގެ ހިތްތަކުގައި ވަނީ ލޯތްބާއި ތައުރީފު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައިވާ އަސްކަރީ ވާޖިބުތަކުގެ އިތުރުން، ގައުމަށް ކުރިމަތިވާ ކޮންމެ ކާރިސާއަކާއި ކޮންމެ ހާދިސާއެއްގައި ވެސް، ރައްޔިތުންނަށް ހިދުމަތްކުރުމާއި އެހީތެރިވެދިނުމުގައި އެންމެ ފުރަތަމަ އިސްނަގައި، އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބަޔަކީ ސިފައިންނެވެ.
"އެކަމަށްޓަކައި ދިވެހި ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް އެންމެހައި ދިވެހިންގެ ނަމުގައި އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ،" ރައީސް ވިދާޅުވި އެވެ.
ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އެ ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާރީހު ތަފާސް ހިސާބުން ބުނަންވާނީ!
05 November 2022
ތިހެން ބުނެލާއިރު، ވިސްނާލަން ޖެހޭނެ މެދުއިރުމަތީގެ ވާގޮތް! ޔަހޫދީންގެ ކުދިންކޮޅައް ހަތަރު ކޮޅުން ނަސްރު ލިބިލިބި، ގިނަކަމުން މެޑަލިތައް ލާނެ ތަނެއްވެސް ނެތް މިހާރު!
ޔޫކާޑު
04 November 2022
މަނިކުފާނުވެސް މިހާރު ކާޑު ކުޅެންފެށީތަ.
ސައްހަ
03 November 2022
މިހާރުދެން ސައްހަކަމުގެ ވާހަކަ ހާދަ މީނަ ދައްކަޔޭ. ސައްހަ ސައްހަ ސައްހަ ސައްހަ މޑޕ ސައްހަ ވައްކަން
ކަކުނިބޯ
03 November 2022
ޢެހެންވެގެން މީނަ ވެރިކަމަށް އެރީއްސުރެ އަގީދާ ވަރުގަދަކުރުމުގެ 5 އަހަރުވމިދަނީ، އެގޮތުންހިންގި މެގަ ޕްރޮޖެކްޓްތަކަށް ބިލިޔަނުން ހޭދަކޮށް އަގީދާ ވަރުގަދަކުރާ ހާއްސައިލްމުވެރިންެނަށް ވަނީ ރައްކާތެރިކަންދީފައި ރާއްޖެއައި ރާއްޖެބޭރުން. ޢެގޮތުން ހަތިމް ގެ 2 ޕްރޮޖެކްޓް، އެތުމާފަދަ 2 ޖަމިއްޔާގެ ޕްރޮޖެކްޓް، އަލަމްގިރި ޕްރޮޖެކްޓް، މިފަދަ މިހުން ހިމާޔަތްކޮށް ބަލަހައްޓާ މުސާރަދިނުމުގެ މެގަ ޕްރޮޖެކްޓް އަދިވެސް އަދިވެސް
ވާންޗޯސް
03 November 2022
ހަމަ ރަނގަޅަށް ވެސް ތިޔަވިސްނަނީ ކަކުނި ބޮލަކުން. ވ. ސަލާމް
ކިރު ސައި
03 November 2022
އިންތިޚާބު ކައިރިވާހެން ދީނުގެވާހަކަ ގިނަވާނެ. ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ކަންތައްކުރާ ގޮތް.
ގެދާނޯމޮސް
03 November 2022
މިސަރުކާރުން ހިނި އައިސްގެން ފަޅައިގެން ދާވަރު ގެ ހެޑިން ނާޅަބަލާށެވެ!
ސިމްޕަލް
03 November 2022
ރައީސް "އިސްލާމްދީނުގެ ސައްހަ އަގީދާ" އޭ ތިޔަ ވިދާޅުވީ، ދީނުގައި ސައްހަ ނޫން އަގީދާއެއްވެސް އޮންނަނީތޯ؟
ދިއްދޫމީހާ
03 November 2022
19ދިވެހިން ޝަހީދު ކޮއްލުމުގާ ބައިވެރިވި މީހުންގެ ފޮޓޯތައް ސިފައިންގެ ފާރުގައި ތައްކޮއްލަން ކެރޭނެބާ؟؟
ކަތްދައްތަ
03 November 2022
އަސްލު ނަޞްރުލިބުނީ ﷲ ގެ ކުޅަދުންވަންތަކަމާއެކު މައުމޫނުގެ ޙިކުމަތު އަމަލީގެ ސަަބަބުން. އެދުވަސް ކަސަބު ބޯވަޅު އެޅިލިބާސް ލައިގެންވެސް ގައުމުގެ ވެރިމީހާ އަތުނުލެވި ދިޔަކަން އެއީ ގައުމުގެ ހުންގާނު އެމީހުންގެ އަތްދަށު ނުވި ސަބަބު. ގައުމުގެ ހުންގާނު އަތުވިނަމަ ކޮމާންޑު ގެންލޭނެ.
ޑޮކްޓާރ. ބަނާނާ
03 November 2022
ރައީސް ތިޔާ ގޮތަށް ވިދާޅުވުމުން އަހަރެން ވަރަށް އުފާ ކުރަން.... އެކަމަކު އިސްލާމް ދީން ރަމްޒު ކޮށްދޭ ދިދައެއް ނާގާފައި ހުރި އިސްލާމުން ވަޒަންވެރިވެ ތިބި ރަށެއް ގައި ސަރުކާރުގެ ޕްރޮޖެކްޓެއް ހިންގުމަށް ތިބި ބިދޭސީބަޔަކު އެމީހުންގެ އަޅުކަން ކުރުމަށް " ބޮޑުކާށި ފެޅުމުގެ" ރަސްމިއްޔާތެއް ބޭއްވުމުން ނިކަން ހިތަށް އުދަގޫވެ މަގޭ ލޮލުން ކަރުނަ އޮހޮރޭތީވެ ހަމަ ދަންނަވާލީ..
އަހުމފުވަގަރު
03 November 2022
ކޮންކަމަކާ ރޮވުނީ