ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މިސްރަށް ފުރައިވަޑައިގަންނަވަނީ--ފޮޓޯ: މަޖިލިސް
04 ނޮވެމްބަރ 2022 - 19:52
މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރަންސް، ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމް މިސްރަށް ފުރައިވަޑައިގެންފި އެވެ.
ނަމަވެސް ނަޝީދު ވަޑައިގަތީ ސްރީ ލަންކާގެ ވަފުދާ އެކުގަ އެވެ.
މިސްރުގެ ޝަރުމުއް ޝައިޚްގައި ބާއްވާ މި ކޮންފަރަންސަށް ނައިބު ރައީސް ވަޑައިގަތީ ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވުމާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ މަނިކުފާނާއެކު ސަރުކާރުގެ އިސް ވަފުދެއް ވެސް އެ ދަތުރުގައި ބައިވެރިވެ އެވެ.
އެ ކޮންފަރަންސްގައި ނަޝީދު ހުންނެވީ ސްރީ ލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއް ގޮތުގަ އެވެ.
ނަޝީދަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މިސްރަށް ފުރައިވަޑައިގަންނަވަނީ--ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލަންކާގެ ވަފުދާއެކު އަންނަ ބުދަ ދުވަހާ ހަމައަށް ނަޝީދު އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާ ކުރުމާއި އަދި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމާއި އެކަމަށް ބާރު އަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާއެކު ބާއްވާ ސަމިޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޡިނަމް
06 November 2022
ރައީސް ސޯލިހު އެބަދޭ ރާއްޖޭގަ އަޅާ ބްރިޖެއްގެ ފެށުމުގެ ރަސްމިއްޔާތަށް އިންޑިޔާގެ މޯދީ އަރިހަށް. މީ ކުޑަގައުމެއް ވިޔަސް އަގެއް ހުންނަންވާނެ
ހިރަފުސް
05 November 2022
މިސްރުގެ ހިރަފުހަށް އެ މަނިކުފާނުވެސް ވަޑައިގެންނެވީތޯ؟ މިސްރުގެ ހިރަފުހަކީ ވަރަށް ނުބައި އެއްޗެއް ކަމަށް ކުރިން ވިދާޅުވި ބަސްފުޅު ކެންސަލްވީތޯ؟
ހެޑްލައިން
05 November 2022
ނަސީދު ލަންކާގެ ރައްޔިތަކަށް ވާންވީނު އޯކޭ އެ އެގޮއްވެސް ދޯ!
އަފީފު ދިއްދޫ
05 November 2022
ހަޖަމުކުރުމުގައި މައްސަލަ އުޅޭނަމަ ލަސްނުކޮށް ފަރުވާ ހޯއްދަވާ
ދަންޖެން
05 November 2022
ނަށީދަކީ އަރަބި ގައުމުތަކުގެ މެދުގައި އެހާ މަގުބޫލު މީހެއް ނޫން
ޙަލީމާ
05 November 2022
ފައިސަލް ނަސީމު ތި ސަމިޓަށް ފޮނުވުމަކީ ބޭކާރު ކަމެއް.
ސަލާމަތީ
05 November 2022
ވަކި މީހަކާ މެދު ކިތަންމެ ރުޅި އަޔަސް ހިތްހަމަ ނުޖެހުނަސް ޤައުމަަށް އެންމެ ރަނގަޅު ގޮތަކަށް ޑިސިޝަން މޭކްކުރަން ވާނީ. ރައީސް ނަޝީދު ގެ ބޭނުން ދިވެހި ސަރުކާރުން ނުކުރީމާ ލަންކާއިން ރައީސް ނަޝީދުގެ ބޭނުން ކުރީ. ފައިސަލް ނަސީމު ތި ތަނަަށް ދިޔަ ޔަސް އޭނާއަށް ސަލާން ގޮވާލާނެ މީހަކުވެސް ވާނެހެން ހީނުވޭ.
ސަލާމެއްނުގޮވާ
05 November 2022
ރައީސް ނަޝީދު ދިއަސް އޭނައަށްވެސް ސަލާމް ގޮވާނެ މީހަކު ނުވާނެ. ތިމާވެށީގެ ރޮނގުން އޭނަ ދައްކާ ވާހަކަ ވާހަކައަކަށްވެސް ނުވޭ އަދި މިވީހާ ތަނަށްވެސް. ކޮންމެ އަހަރަކު ބޮޑު ހަރަދުތަކެއް ކޮށްފަ ތިމާވެށި ސަމިޓްތަކަށް ދިއައަސް ރާއްޖެއަށް ވީ ފައިދާއެއްވެސް ނެތް. ފިތިފަ ތިބިވަރުން ވިލިނގިލީ ފަރަށް ލިބުނު ގެއްލުމުގެ ވާހަކަ ދައްކާލަން ނުކެރުނު ބަޔަކު މާބޮޑަށް ދުނިޔޭގެ ތިމާވެއްޓާހެދި އުޅޭ ކަމަށް ދެއްކެނީ އަމިއްލައަށް މަޝްހޫރުވާންވެގެން.
ފަރެެ
05 November 2022
ދިވެހިދައުލަތުގެ މިފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކަށް މިފަދަ ސަމިޓެއްގައި އެހެން ގައުމެއް ތަމްސީލެއް ނުކުރެވޭނެ.
ތޯއްޗެ
05 November 2022
ރައީސް އިބޫވެސް އެހެރަ އިންޑިއާ ތަމްސީލު ކުރަނީނު. ރާއްޖެ ފަސްޓުގެ ބަދަލުގަ އިންޑިއާ ފަސްޓް ޕޮލިސީއެކޭ އެގޮވަނީ. މި މުޅި މޑޕގަވެސް މިޤައުމަށް ހެވެއް އެދޭ މީހަކު ނެތް ކަހަލަ.
އަންޗު
05 November 2022
ވަރެއް އަރާތާ ދޯ އެބަ!!
ހުސްނުހީނާ
05 November 2022
މީހަކު ހަމަ ރަނގަޅަށް މޮޔަފުޅުވެއްޖެ! ކުރީގެ ރައީސެއް، މިހާރުގެ މަޖިލިސްގެ ރައީސް. އެކަމަކު ދުނިޔޭގެ ކުރިމަތީ މި ތަމްސީލުކުރައްވަނީ އެހެން ގައުމެއް! ލަދުން ބޯހަލާކު!