05 ނޮވެމްބަރ 2022 - 16:34
ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރަންސް، ކޮޕް 27 ގައި ސްރީ ލަންކާގެ ވަފުދާއެކު ވަޑައިގަތް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަތުރުފުޅަށް ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރައްވާ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.
ކޮޕް ސަމިޓަށް ލަންކާގެ ވަފުދުގެ މެމްބަރެއް ގޮތުގައި އެ ގައުމު ތަމްސީލް ކުރެއްވުމަށް ނަޝީދު ވަނީ މިސްރުގެ ޝަރުމުއް ޝައިޚް އަށް އިއްޔެ ފުރައިވަޑައިގެންފަ އެވެ.
އެކަމަށް ފާޑު ވިދާޅުވަމުން އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ކުރެއްވި ޓުވީޓެއްގައި ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގައިގެން އެހެން ގައުމެއް ތަމްސީލު ކުރައްވަން އެމަނިކުފާނު ވަޑައިގަންނަވާއިރު އެއީ އަމިއްލަ ގައުމަށް ވަފާތެރިވުންތޯ ސުވާލު އުފައްދަވައިފަ އެވެ.
އެކަމާ ގުޅިގެން ނަޝީދު އެ ދަތުރުފުޅަށް ކުރައްވާ ހަރަދު ސާފު ކުރުމަށް މަޖިލިސް އިދާރާގައި ސުވާލު ކުރުމުން މަޖިލީހުގެ މީޑިއާ ޑައިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ އެ ދަތުރުގެ ހަރަދުތައް ހަމަޖެއްސެވީ ކްލައިމެޓް ވަނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށެވެ.
"ދިވެހި ދައުލަތުގެ ބަޖެޓުން އެ ދަތުރަށް އެއްވެސް ހަރަދެއް ނުކުރޭ،" ޒިޔާއު ވިދާޅުވި އެވެ.
ނަޝީދު ލަންކާގެ ވަފުދާއެކު ވަޑައިގަންނަވާ އިރު އެމަނިކުފާނަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރެވެ.
އަންނަ ބުދަ ދުވަހާ ހަމައަށް ނަޝީދު އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާ ކުރުމާއި އަދި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމާއި އެކަމަށް ބާރު އަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާއެކު ބާއްވާ ސަމިޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
07 November 2022
ރަގަޅަށް ވިއްޔާ މަޖްލިހުން ޚަރަދުވެސް ކޮށްފަ އޮންނާނީ. އެކަން އިނގޭނީ އަދި ދުވަސްކޮޅެއް ފަހުން.
ލިޓުލް ޓަބް
06 November 2022
އެ ދުވަސްތަކަށް ޖެހޭ މުސާރަވެސް ކަނޑާލަން ފެންނަނީ
މުންޖިޗޭ
06 November 2022
އެކަމަކު ރާއްޖޭގެ މަޖިލިސް ސްޕީކަރގެ ވަގުތާއި ހަކަތަ ބޭނުންކޮށްގެން ކުރާކަމެއްވީމަ އަދި އެކަމަށް އެހެން ބަޔަކު ޚަރަދުކުރަންޏާ އެކަން ދިވެހި ސަރުކާރަށް އެނގިފައި އޮންނަންޖެހޭނީ، އެހެންނޫނީ ނާޖާއިޒު މަންފާ ލިބިގަނެ މަންފާ ހޯދައިދިނުމުގެ ކެޓަގަރީގައި އޭސީސީއިން މިކަން ބަލަންޖެހޭނެ، ދިވެހި ދައުލަތުގެ އެހެން މަޤާމެއްގައި ހުއްޓަސް މިމޭރުމުން ކަންކުރެވެންޖެހޭނެ، ތިމާބޭނުންވީމަ ބޭނުންގޮތެއް ނެހެދޭނެ، މަޖިލީހުން ފާސްނުކޮށް ދިއުމަކީ ޚުދުމުޚުތާރު ޢަމަލެއް.
ސީރިއްސްމައްސަލައެއް
06 November 2022
މިއީ ސީރިއްސްމައްސަލައެއް. ފޮރިން ޕޮލިސީ ގަ މައްސަލަ ޖެހޭނެކަމެއް އަދި ރާއްޖޭގެ ވޯޓާއި ތާއިދައް ނުސީދާކޮއް ލަންކާއިން ނުފޫޒު ފޯރުވިދާނެ ކަމެއް. ޜާއްޖެއައް ހުތުރު ނަމެއް ލިބޭނެ
ލަދުވެތި
06 November 2022
އެހެން ގައުމެއް ތަމްސީލްކުރަން ދިވެހިންގެ ރައްޔިރުންގެ މަޖިލީހުގެ ރައީސް ވަޑައިގަންނަވިކަމަށް މަޖިލީހުގެ އިދާރާއިން ބަޔާން ނެރުން ލަދުވެތި. މަޖިލީހުގެ ރައީސް ޗުއްޓީގައޭ ބުނިނަމަ ދެން ކޮންމެވެސް ވަރަކަށް އޯކޭ.
ވސނނ
06 November 2022
ރާއްޖޭގެ މަޖްލިސް ރައީސް ކަމަށް ހުރެ އެހެން ގައުމެއްގެ އަތްދަށު ވީ ދޯ؟ ކޮންފްލިކްޓް އޮފް އިންޓެރެސްޓް އެއް ނޯވޭ މިމީހުންނާ ޖެހުނީމަކާ.
ވަހުތާން
06 November 2022
އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖުލީހުގެ އިއްޒަތްތެރި ރައީސަކީ ކުއްޔަށް ދޭ އެއްޗަކަށްވީމާ ލަދު! މަޖުލީހުން ޚަރަދު ނުކުރީމާ އެވީތަ؟ ދައުލަތުގެ ބަޖެޓުން ދެ މުސާރަ އިނާޔަތްތައް ނުނަގާތަ؟
ހާތިމް
06 November 2022
އަޅުގަނޑުމެންގެ މަޖްލިސް ރައީސަކީ، ކުއްޔަށް އެހެން ގައުމުތަކުގެ ވަފްދުތަކުގައި ބައިވެރިވެ ވަކާލާތުކުރައްވާ ބޭފުޅެއް. ބޯހަލާކު.
ނަފީބާރަ
06 November 2022
ނަފުރަތުން ފުރިފައިވެ ޖޭވެފަ ތިބި ދިވެހިން ކޮމެންޓު ތަކުން އެބަފެނޭ. މިކުދިންނަށް ފަރުވާ ދީބަލަ.
ލަތީ
06 November 2022
ނަޝީދަކީ ރާއްޖޭގައި އުފެދުނު ފިތުނަވެރި އަދި ޓޮކްސިކް މީހެއް! ވަރަށް މަތި އޮމާންކޮށް އުޅޭނީ! އެހެނަސް ވަގު ޓުވިޓާރ އެކައުންޓު ހަދައިގެން މީހުނަށް ފުރައްސާރަކުރުން ކަމަކީ!
އެމްސް
06 November 2022
ބުރޯގެ ބާރު ސަރުކާރުތެރޭ އޮތްހާ ދުވަހަކު އެކަން އޮންނާނީ އެހެން!