"ދި ރައިސް" ނިމޭއިރު ހުންނާނެ ގޮތުގެ ފޮޓޮއެއް. އެ އެޕާޓްމަންޓު ކޮމްޕްލެކްސް އަކީ ގިނަ ފެސިލިޓީތަކަކާ އެކު ޑިޒައިން ކޮށްފައިވާ އިމަރާތެއް. ފޮޓޯ: ފެޑޯ މޯލްޑިވްސް
06 ނޮވެމްބަރ 2022 - 11:09
ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްތަކުގެ ކޮންސެޕްޓް ތައާރަފުވެ، ރާއްޖޭގައި އޭގެ ގިނަ އިމާރާތްތަކެއް ވަނީ ފެންނަން ފަށައިފަ އެވެ. މިފަދަ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އަޅަން ނިންމައި ރާއްޖޭގެ ދުވަސްވީ، ތަޖުރިބާ ހުރި ކޮންސްޓްރަކްޝަން ކުންފުންޏަކުން އަނެއްކާ ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.
ފެޑޯ މޯލްޑިވްސް އިން ތައާރަފްކުރީ އެ ކުންފުނީގެ ހިތްގައިމު ލަގްޒަރީ އެޕާޓްމެންޓު ކޮމްޕްލެކްސް "ދި ރައިސް" އެވެ.
"ދި ރައިސް"ގެ އެޕާޓްމަންޓް ކޮންސެޕްޓް ނިންމައި ކުންފުނީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ. އެ ކޮމްޕްލެކްސް އިމާރާތް ކުރުމަށް ނިންމާފައި ވަނީ އެކި ކެޓަގަރީތަކުގެ އެޕާޓްމަންޓުތަކަށް ބަހާލައިގެންނެވެ. އޭގޭ ތެރޭގައި ތަފާތު 54 އެޕާޓްމަންޓެއްގެ ޑިޒައިން ހިމެނެ އެވެ.
"ދި ރައިސް" ގެ ކޮޓަރިތައް ޖާގައިގެ ގޮތުން ތަނަވަސްވާނެ. -- ފޮޓޯ: ފެޑޯ މޯލްޑިވްސް
ހުޅުމާލޭ އެމްޕީއެލް ޓާމިނަލް ކައިރީ ހުންނަ މިސްކިތާ އިންވެގެން، ވޯޓާ ފްރަންޓް ސަރަހައްދުގައި ތަރައްގީކުރާ އެ އެޕާޓްމަންޓްތަކުގައި ޕާކުގެ ހިތްގައިމު މަންޒަރުތައް ފެންނަ އެޕާޓްމަންޓްތަކާއި، މޫދުގެ ހިތްގައިމުކަން ތަޖުރިބާކުރުމަށް ލިބޭނެ އެޕާޓްމްންޓުތައް ހުންނާނެ އެވެ. އެ އެޕާޓްމަންޓުތައް ފަރުމާކޮށްފައި ވަނީ، ހިތްގައިމު މަންޒަރުގެ އިތުރުން، އަވި ވެސް ވީހާ ބޮޑަކަށް ލިބޭނެ ގޮތަށާއި، އެންމެ ރަނގަޅު ވެންޓިލޭޝަން ލިބޭނެ ގޮތަށެވެ. އަދި އެ އެޕާޓްމަންޓުތަކަކީ، ބެލްކަންޏާއި، ލޯންޑްރީ ރޫމް ވެސް ހުންނަ ގޮތަށް ފަރުމާކޮށްފައިވާ، ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރި ހިމެނޭ، އެޕާޓުމެންޓުތަކެކެވެ. އެ ތަނުގެ ކޮޓަރިތަކަކީ ވެސް ޖާގައިގެ ގޮތުން ތަނަވަސް، ހިތްގައިމު، ޒަމާނީ ސްޓައިލަށް ހަދަން ނިންމާފައިވާ ކޮޓަރިތަކެކެވެ.
އެޕާޓްމަންޓު ހަދާ ނިމޭއިރު ސްވިމިން ޕޫލް އޭރިއާ ވެސް އިމާރާތުގައި ހިމެނޭނެ. -- ފޮޓޯ: ފެޑޯ މޯލްޑިވްސް
އާއިލާތަކަށް ހިތްހަމަޖެހުމާއި، ރައްކާތެރިކަމާއި ލުއި ފަސޭހަކަން ގެނެސްދިނުމުގެ ވިސްނުމުގައި ތަރައްގީކުރާ "ދި ރައިސް" ފަރުމާކޮށްފައި ވަނީ ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމުތަކާ އެކުގަ އެވެ. އެގޮތުން، ސްވިމިން ޕޫލާއި، ޖިމަކާއި، ފުލީ އިކުއިޕްޑް ކިޑްސް އޭރިއާއަކާއި ޕާކުކުރުމަށް ހާއްސަ ދެ ފްލޯ ވެސް ހިމެނެ އެވެ.
The RISE
Indulge the thrill of living in perfection and serenity. An elegant urban living concent awakening in the waterfront of Hulhumale'
Fedo
އެޕާޓްމަންޓުތަކާ ގުޅޭ އިތުރު މައުލޫމާތު މި ވެބްސައިޓުގައި ހުންނާނެ.
އެ އިމާރާތް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ކާމިޔާބު ގިނަ ޕްރޮޖެކްޓްތަކެއް ޑިޒައިންކޮށްފައިވާ ޓެކްޓޮން އާކިޓެކްޓްސް އިން ކޮންސެޕްޓް އަދި އިންޖިނިއަރިން ޑިޒައިން އިންނެވެ.
"ދި ރައިސް" އިމާރާތް ކުރާ ފެޑޯ މޯލްޑިވްސް އަކީ ކޮންސްޓްރަކްޝަން ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސްވީ، ތަޖުރިބާ ހުރި، މަތީ ފަންތީގެ ގިނަ ޕްރޮޖެކްޓުތަކެއްގައި މަސައްކަތްކޮށް، ތަފާތު ގިނަ ތަންތަން އިމާރާތް ކޮށްފައިވާ ކުންފުންޏެކެވެ.
"ދި ރައިސް" އާ ގުޅޭ އިތުރު މައުލޫމާތު ކުންފުނީގެ ވެބްސައިޓާއި [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
08 November 2022
ކީއްވެތަ ސަރުކާރުން އާއްމުންނަށް ހަދާ ފްލެޓްތަކުގަ 8-9 ފޫޓުގެ ކުޑަ ކޮޓަރިހަދަނީ. ގައިމު ލަގްޒަރީ ނުކުރިއަސް ޖާގަތަނަވަސްކޮށް ހެދިދާނެވިއްޔާ ، ނިކަމެތިންނަށް ރަހުމެއް ހުރިއްޔާ.
1206
07 November 2022
އަހަރުމެން މުސްކުޅިވެ މުނިކާފަވެ ނިމިދާ އިރު އަމިއްލަ ބޯހިޔަލެެއް ނެތި އުޅެން ޖެހިފައި މިއޮތީ. މި ގައުމުގައި އަދި ވެސް މޮޅު ގޮތް ފަހި މި ވަނީ މުއްސަނދި މަހުޖަނުންނަށް. އަހަރުމެން ނިކަމެތިންނަށް ދެ އިރުގެ އިރު ކޮއްތު ހަމަޔަށް އަނގަޔަށް ލާން ނުލިބޭ. ދެން ނޫސްވެރިން ޚަބަރު ލިޔާނެ ދަރިން ހޯދާ ވަރު މާ މަދޭ. އޭއްޗެކޭ މީއްޗެކޭ. ލާރި ލިބޭ މުއްސަނދިން އަމިއްލައަށް ދަރިން ހޯދަން ބޭނުން ނުވެ، އެ ބުރަވެސް އުފުލަންވީ ނިކަމެތީން. މިއީ ވާ ގައުމެެއް ކަލޯމެންނޭ.
ދުންދަންޑި ފާތުމަ
06 November 2022
ޢިބޫ ތީ ހަމަ މޭން އެއް، ޝުކްރިޔާ ރައީސް ސޯލިހު
ރައިސިން
06 November 2022
ދަ ރައީސް 2023 ނޮވެންބަރު 11 އަށް ނިމޭނެތަ؟ ކުރީފަހަރުވެސް ލަހުން ހުވާކުރަން ޖެހުނީ.
އަޑުބަގުޑި
06 November 2022
ދަ ރައިސްްތަ ރައިޒްތަ؟ މަށަށް ހީވަނީ ރައިޒް ހެން ދިވެހިން ކިޔާނީ
ބޮއް
06 November 2022
ހަމަ މިގެންގުޅޭ މޮޅު ހަނޑޫ އެއީ.
ކޭކަލޯ ޕާރކް
06 November 2022
ކޮންމެ ކުންފުންޏަކުންވެސް ބިންގާ އަޅާއިރު ވަރަށް ބާރަށް ކުރިޔަށް ދާނެ... އެގޮތަށް މިދިޔަ މަހު އެޗް.ޑީ.ސީ ވަނީ އެގޮތަށް ބާރަށް ދާ ޕްރޮޖެކްޓްތައް ނަން ލިސްކޮށް އެޗްޑީސީގެ ވާޖިބް އަދާކޮށްފަ ދެން މިހާރު ހުރިހާ ތަނެއް ހަވާލުވެސް ކޮށްފި.... ކޭ.ޕާރކް އަދި އެހެނިހެން ތަންތަން
ކޭލަ
06 November 2022
އެޗްޑީސީ އިން އެމީހުންގެ ކޮންވާޖިބެއްތޯ އަދާ ކުރީ ކޭޕާކް، ޖާހް އެންސިސް އަދި މިނޫނަސް އެތައް ލަގުޒަރީ އެޕާޓްމަންޓް ތައް ނުހެދި އެތައްއަހަރެއް ވެއްޖެ އަނެއްކާވެސް އެތައް ރައްޔިތުން ތަކަށް ބޮޑިދޭން އެ ތައްޔާރުވަނީ
ކީލި
06 November 2022
އެޗް ޑީ ސީ އިން ނޫސް ވެރިންގެންގޮސް ދައްކާލީމާ އެމީހުންގެ ވާޖިބް އަދާކުރެވި ފަ އަދި އިތުރު ލާރިކޮޅެއްވެސް ބިލްޑަރ އަތުން ހޯދާލީމާ، ވާޖިބު އަދާވީކަމަށް ބަލާފަ އޮތީ.........