ޚަބަރު / ޑރ. މުނައްވަރު

ސިޔާސީ މަންޒަރަށް މުނައްވަރު؛ މި ނުކުމެވަޑައިގަތީ ހަމަ މަގަށް އަޅުވަން؟

"އަޅުގަނޑާ ދިމާލަށް އޭތިމީތި ކިޔައި، އަބުރާ ބެހި ހެދީމާ ގައުމީ ކޮންމެ މައްސަލައެއްގައި ވެސް ވާހަކަ ދައްކަން އަޅުގަނޑު މި ނިންމީ،"

ޑރ. މުނައްވަރު: މި ފަހުން އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ވެރިކަމުގެ ހަތަރު އަހަރު ފާއިތުވިއިރު، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހުންނެވީ ސިޔާސީ ކަންކަމާ އަމަލީގޮތުން ދުރުގަ އެވެ. އެއްވެސް ހަރަކާތަކުން ރައްޔިތުންނާ ބައްދަލެއް ނުކުރައްވަ އެވެ. އެކަމަކު މި ފަހުން ކުއްލިއަކަށް ސިޔާސީ މަންޒަރުން އޭނާ ފެނިއްޖެ އެވެ. އޭގެ ފަހުން ސަރުކާރުގެ ހިންގުމާއި ސިޔާސަތުތަކަށް ފާޑުވިދާޅުވުމުގައި އަޑުގަދަ އެވެ.

މޮރިޝަސްގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުން ގޯސްކަން ދައްކަވަން ބޭއްވި ޕްރެސް ކޮންފަރެންސް ނިމުނީ، ސަރުކާރަށް ސިޔާސީ ހަމަލާތަކަކުންނެވެ. އދ. ގެ އާއްމު މަޖިލީހުގައި ނަގާ ވޯޓާ ގުޅޭ ނިންމުން ބަދަލުކުރުން އިންޑިއާއާ ގުޅުވައި އޭގެ ފައިދާ އޮތީ އެ ގައުމަށް ކަަމަށް ވެސް ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮޕް ސަމިޓަށް ސްރީ ލަންކާގެ ވަފުދުގައި ވަޑައިގަތުމުން އިއްޔެ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ރައްޔިތުންގެ ފައިސާ އިން މުސާރަ ނަންގަވައިގެން އެހެން ގައުމެއް ތަމްސީލު ކުރައްވަން އެ މަނިކުފާނު ވަޑައިގަތްއިރު އެއީ އަމިއްލަ ގައުމުގެ މަސްލަހަތު އިސްކުރެއްވުން ނޫން ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އެ ފާޑުވިދާޅުވުންތަކާ ގުޅުވައި މުނައްވަރަށް ވެސް އަމާޒުކުރާ ސުވާލެއް އެބައޮތެވެ. ސިޔާސީ މައިދާނުން ކުއްލިއަކަށް ފެނުނީ ކީއްވެ ހެއްޔެވެ؟ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގޮނޑި "ހޫނު ކުރައްވަނީ" ހެއްޔެވެ؟

ސަރުކާރުގެ ދިފާއުގައި ފާޑުކިޔާ މީހުން ސޯޝަލް މީޑިއާގައި ލިއެފައިވާ ގޮތުގައި އޭނާ އަށް "ނިދިން ހޭލެވުނީ" އެވެ. އެކަމަކު މުނައްވަރުގެ ރައްދު ތަފާތެވެ.

މި ނުކުތީ އިސްލާހީ މަސައްކަތް ހަމައަކަށް އަޅުވަން: މުނައްވަރު

މުނައްވަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ މި ނުކުމެވަޑައިގަތީ ކުއްލިއަކަށެއް ނޫނެވެ. ގައުމު އިސްލާހުކުރަން އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ފެއްޓެވި މަސައްކަތް އޮޅުންބޮޅުންވެ ނުކުމެވަޑައިގެން ގޯސްކޮށް ހިނގާ ކަންކަމުގައި ބަސް ވިދާޅުވާން މަޖުބޫރުވެވަޑައިގަތީ ކަމަށް ވިދާޅުވި އެވެ.

އޭނާގެ އަމާޒު ސާފު، އެ މަސައްކަތް ދެން ނުހުއްޓުވޭނެ ކަމަށެވެ.

"[މޮރިޝަސްގެ މައްސަލާގައި] އަޅުގަނޑުމެންގެ ޒޯން ފުންކޮށް ދިފާއުކުރެވެން ޖެހޭނެއޭ ބުނީމާ އަޅުގަނޑާ ދިމާލަށް އޭތިމީތި ކިޔައި، އަބުރާ ބެހި ހެދީމާ ގައުމީ ކޮންމެ މައްސަލައެއްގައި ވެސް ވާހަކަ ދައްކަން އަޅުގަނޑު މި ނިންމީ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމް 10 އަހަރު ފުރުއްވައިފަ އެވެ. އޭގެ ފަހުން، 2008 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަތެވެ. ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ނަމަވެސް އެ ފަހަރު ނާކާމިޔާބުވީ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި މުނައްވަރު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ގައުމު ހަމަމަގަށް އަޅުވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް.

ފަހުން ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެކަމަކު ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލީ އެވެ.

މުނައްވަރު ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކުގައި އޭނާ ހިމޭނުން ނުހުންނަވާ ކަަމަށެވެ.

މޮރިޝަސްގެ މައްސަލާގައި ވެސް ބަސް ވިދާޅުވީ ޕްރެސް ކޮންފަރެންސާ ހިސާބުން ނޫން ކަމަށް ވިދާޅުވި އެވެ. އެކަމުގައި ހުރި ކަންބޮޑުވުންތައް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާ ހިއްސާކުރައްވައި ކަމުގެ ސީރިއަސްކަން ދެންނެވި ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މި ވާހަކަތައް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ހަޖަމް ނުވަނީ. އެ ބޭފުޅުން ކުރައްވާ ކަންކަމުގެ ވާހަކަ އެއްވެސް ބަޔަކު ދައްކައިގެން ނުވާނެއޭ ގަބޫލުކުރަނީ. ގައުމުގެ ކޮރަޕްޝަން އެބައޮތޭ ވިދާޅުވެ އެއްވެސް ކަމެއް ނުކޮށް ތިބެންޏާ އެ ވާހަކަ ދައްކަން ޖެހޭނެ،"--- މުނައްވަރު

"މިކަން އެހާ ލުއިކޮށް ނުނަންގަވަން އެދުނިން. ހަބަރެއް ނުވެ ހުއްޓައި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޕްލިމިނަރީ ހިއަރިންތައް ފެށި ހިސާބުން އަނެއްކާ އަޅުގަނޑު ނޫސްބަޔާނެއް މިކަމާ ގުޅޭ ގޮތުން ނެރުނިން މިއީ ސަމާސާ މައްސަލައެއް ނޫން ކަމަށް،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވެއްޖެ ނަމަ މަސްވެރިކަމަށް އަސަރުކުރާނެ ކަމުގެ ކަންބޮޑުވުންތަކާ އެކު ފިޔަވަޅު އަޅުއްވައިދެއްވަން ވެސް އެދިވަޑައިގަތް ކަމަށް ވިދާޅުވި އެވެ. ޕްރެސް ކޮންފަރެންސެއް ބޭއްވީ މައްސަލައިގެ އަޑު އެހުންތައް ނިމި އެންމެ ފަހުގެ މަރުހަލާއާ ހަމައަށް ދިޔައިރު ރާއްޖޭގެ ރައީސާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް މިކަމުގައި ރައްޔިތުންނަށް ވާނުވާ ނާންގަވައި ތިއްބެވުމަށް ފަހު ސިއްރު ސިޓީއެއް މޮރިޝަސްއަށް ސަރުކާރުން ފޮނުވުން ގަބޫލު ނުކުރެއްވޭތީ ކަމަށް ވިދާޅުވި އެވެ.

"ނިދިން ހޭލެވުނުއިރު ކަން ނިންމައިފިއޭ ބުނާއިރު، ކަން ނިންމުމަކީ ދިވެހި ރައްޔިތުންނަށް ވަގަށް ނާޖާއިޒު ގޮތަކަށް ކަމެއް ނިންމި ވާހަކަ. ދެން އަޅުގަނޑު ބަންޑާރަނައިބަކަށް ހުރި ވާހަކައާ އެކު މި ވާހަކަތައް ދައްކަނީ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ މިއަދު ވެސް ވިދާޅުވީ ސްރީ ލަންކާގެ ވަފުދުގައި ނަޝީދަށް ވަޑައިނުގެންނެވޭނެ ކަަމަށާއި އެއީ ލަދުވެތި ކަމެއް ކަމަށެވެ. މަޖިލިހުގެ ރައީސް ރައްޔިތުންނަށް އިހްލާސްތެރިވާން ޖެހޭއިރު، ލަންކާގެ ވަފުދުގައި ވަޑައިގަތުން، ގާނޫނުއަސާސީއާ ޚިލާފު ކަަމަށް ވިދާޅުވި އެވެ.

ނަޝީދު ވަޑައިގަތީ ދައުލަތުގެ ހަރަދުގައި ނޫން ކަމަށް މަޖިލީހުން ބުނި ނަމަވެސް އެ މަނިކުފާނުގެ ސެކިއުރިޓީ އާއި މުސާރަ ހަމަޖައްސަނީ ދައުލަތުން ކަން ފާހަގަކުރެއްވި އެވެ. އެހެން ގައުމެއްގެ މަސްލަހަތު އިސްކުރައްވައި އެ ގައުމުގެ ވަފުދުގައި ބައިވެރިވެވަޑައިގަތުމަކީ މި ގައުމުގެ ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތު އިސްކުރެއްވުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ސީދާ ޖަވާބެއް ނެތް!

ސިޔާސީ ކަންކަމުގައި ކުއްލިއަކަށް ބަސްވިދާޅުވާން ފެއްޓެވީ 2023ގެ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން އޮތުމުންތޯ ކުރި ސުވާލަށް މުނައްވަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ގައުމުގެ ހާލަތަށް ބަލާއިރު، އެ މަގާމަށް ކުރިމަތި ނުލައްވަންވީ ސަބަބެއް އޮތް ކަަމަށް ފެނިވަޑައިނުގަންނަވާ ކަަމަށާއި އެކަމަކު މިހާތަނަށް ހުންނެވީ އެކަމުގައި ގޮތެއް ނިންމަވައިގެން ނޫން ކަމަށް ވިދާޅުވި އެވެ.

މުނައްވަރު ތަކުރާރުކޮށް ވިދާޅުވީ ގައުމީ ކަންކަމުގައި އޭނާ ވާހަކަ ދައްކަވަން ފެއްޓެވީ ކުއްލިއަކަށް ނޫން ކަމަށެވެ. މެދުކެނޑުމެއް އައީ، އާއިލާގެ ބޭފުޅެއްގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ވަރަށް ގިނަ ދުވަހު ހުންނަވަންޖެހުމުން ކަމަށެވެ. އޭނާ މިހާރު ހުންނެވީ ރާއްޖޭގަ އެވެ.

"ގައުމީ ކަންކަމުގައި ތަންދޮރު އެނގޭ ރަނގަޅު މީސްމީހުން ވާހަކަ ނުދައްކާތީ މައްސަލައަކީ. ވާހަކަ ދައްކާތީ ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުގައި އިސްލާހުކުރަން އޮތް ކޮންމެ ކަމެއްގައި ބަސްވިދާޅުވެ އެކަން ހައްލުކުރަން ވެސް މަސައްކަތް ކުރައްވާނެ އެވެ.

ޑރ. މުނައްވަރު: ސަރުކާރުގެ ގޯސް ވާހަކަތައް އޭނާ ދައްކަވާތީ ހަޖަމު ނުވަނީ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އަޅުގަނޑަކީ ސިޔާސީ ކަންކަމުގެ ތެރޭގައި ވަރަށް ގިނަ ދުވަހު އުޅެފައި ހުރި މީހެއް. ބައްލަވާ ގައުމުގައި އެއްތަނުން ވައްކަން ކުރަނީ، އަނެއް ތަނުން ހިޔާނާތްތެރިވަނީ، އަޅުގަނޑުމެންގެ ދީން ހިމާޔާތްކުރުމުގައި ވެސް ސުވާލު އުފެދޭ ކަންތައް ކުރައްވަނީ. މީހަކު މަރުވެގެން ބަލާނެ މީހަކު ނެތި އެކަން އޮޅުވާލެވޭތޯ ބަލަނީ. ފިނޭންސް މިނިސްޓަރު އަރައި ވިދާޅުވަނީ ފައިސާ ހުސްވެއްޖެއޭ، އެކަމަކު އަޅުގަނޑުމެން އަދިވެސް ދައްކަންވީ ޓެކްސް. ހެޔޮވާނީ ކިހިނެއްތޯ،؟ ސިޔާސަތުތަކަށް ފާޑުވިދާޅުވާން ފެއްޓެވި ސަބަބުތައް ކިޔައިދެއްވަމުން ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ އެ ހިސާބަށް ކަންކަން ދިއުމުން ގައުމު ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ. އެކަމަށް ނުކުމެވަޑައިގެން ހުންނެވި އިރު ކުރަން ޖެހުނު ކޮންމެ ކަމެއް އެ ވަގުތަކު ކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.

"މި ވާހަކަތައް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ހަޖަމް ނުވަނީ. އެ ބޭފުޅުން ކުރައްވާ ކަންކަމުގެ ވާހަކަ އެއްވެސް ބަޔަކު ދައްކައިގެން ނުވާނެއޭ ގަބޫލުކުރަނީ. ގައުމުގެ ކޮރަޕްޝަން އެބައޮތޭ ވިދާޅުވެ އެއްވެސް ކަމެއް ނުކޮށް ތިބެންޏާ އެ ވާހަކަ ދައްކަން ޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑު އެ ވާހަކަ ދައްކާނަން، އަޅުގަނޑުގެ އަމިއްލަ އެޖެންޑާއެއް ނެތް. މި ވަގުތު މިހުރީ ގައުމީ ކަންކަމުގައި އެ ބޭފުޅުން [ސަރުކާރު] ޒިންމާދާރުކުރުވަން. ގައުމީ ހިދުމަތަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން."

75 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 5%
icon angry icon angry 53%
icon wow icon wow 10%
icon inlove icon inlove 28%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

07 November 2022

މުނައްވަރުގެ ޢިލްމީ ގާބިލު ކަމާ މެދަކު ޝައްކެއް ނެތް. ސުވާލަކީ ކިހާ ޢިލްމީ ތޯ އެއް ނޫން. އިސްލާމްދީން މި ގައުމުގައި ނިކަމެތި ވެއްޖެ. ކުޑަ ނުބައި ބޮޑު ނުބަޔޭ ކިޔައިގެން ދީނީ ޢިލްމުވެރިން ވަނީ ދީނުގެ ވިސްނުން ރައްޔިތުންގެ މެދުގައި ގަޑުބަޑުކޮށްފައި. ކުޑަ ނުބައި ޚިޔާރު ކުރުން އެއީ އާންމު އުސޫލު ކަމުގައި ހަދައިފި. ކުޑަ ނުބައިގެ ގޮތުގައި އަންނަ ވެރިން ކުރިން އައި ކުޑަ ނުބަޔަށް ވުރެ މާ ބޮޑުތަނުންވެސް ބޮޑު ނުބައި ކަމުގައި ފެންނަނީ މާ ސާފު ކޮށް. 1/2

The name is already taken The name is available. Register?

ކިމް

07 November 2022

މުނައްވަރު ފާޅުވެގެން މިއުޅެނީ ހީވޭ މަގާމަކަށް ކުރިމަތިލާން އުޅޭހެން

The name is already taken The name is available. Register?

ލުތުފީ

07 November 2022

ނިދިން ހޭލެވުނީތީ އުފާކުރަން. ނިދާ ވަރު މާގިނައީ... އެތައް އަހަރަކު ނިދާފަ އޮންނަވާތީ މައްސަލަޔަކީ.

The name is already taken The name is available. Register?

އަލިފުޅު1111

07 November 2022

ދިވެހިރާއްޖެ ހަމަމަގަށް އަޅުވަން ޢިލްމި ލިބިވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންވެސް ނިކުންނަންވީ ވަގުތު ޖެހިއްޖެއެވެ. ތަނެއް ދޮރެއް ދޮރުކަންޏެއް ނޭނގޭ ބަޔަކަށް ވެރިކަން ކުރަން ލިބުނީމަ ޤައުމު ގެއްލި ހަލާކުވެގެން ދާތަން ބަލަން އެއްވެސް ބަޔަކު ތިބެގެން ނުވާނެއެވެ. ދަރަނި ނަގައިގެން ދުވަހު ޚަރަދު ބަލަހައްޓާ ސަރުކާރަކަށް އެއްވެސް ރަނގަޅު ދިވެއްސަކު އާންބަސް ނުބުނާނެއެވެ. މިޤައުމު އަހަރެމެންނާ ހަމައަށް އައިސްފައިވަނީ ކާބަފައިން ލޭއޮހޮރުވައިގެންނެވެ.

The name is already taken The name is available. Register?

ޛޯދިޔާ

07 November 2022

ވާހަކަ ގޯހެއްނޫން.. އެކަމަކު ސިޔާސީ ޕާރޓީއެއްގެ ޓިކެޓް ނެތި އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަކަށް ނުފެނޭ…

The name is already taken The name is available. Register?

އަލިފުޅު3

07 November 2022

ޑރ މުނައްވަރު ގޯސްވެގެން މިއުޅެނީ މައުމޫނު ސަރުކާރުގަ ވަޒީފާ އަދާ ކޮށްފާ އޮތީމާ ހެއްޔެވެ؟ އެހެނެއް ހިއެއް ނުވެއެވެ. އެއީ އެގޮތަށް މައުމޫނު ސަރުކާރުގަ އުޅުނު ކިތަންމެ ބަޔަކު މިހާރުވެސް މޑޕ ގެ ކުރީ ސަފުން ފެންނާނެއެވެ. މާރިއާ، ޝާހިދު ފަދަ މީހުންނަށް އެ ލަގަބު ނުލިބި ޑރ އަށް އެ ލަގަބު ލިބެނީ ނަޝީދު ބުނިހާ ބަތަކަށް ރިހަ އަޅައިގެން އުޅޭ މީހަކަށް ޑރ ނުވީމައެވެ. މިފަހަރު މި ޑރ މުނައްވަރުގެ ފަހަރެވެ. ބަލަން ތިބޭށެވެ.

The name is already taken The name is available. Register?

ސަރުކާނު

07 November 2022

ޗާގޯސް ހޯދަންތަ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުވައިގެން އެއުޅެނީ؟ ޜައްޔިތުންގެ މަޖިލީހަށް ނާންގާ ސިޓީއެއް ނުފޮނުއްވޭނެޔޭ ރައީސްމީހާއަކަށް. ޢެެއީ ރައީސްގެ ގޭގެ މައްސަލައެއް ނޫނޭ. ޤައުމީ ކަމެއް. ޢެއީ އޭ މައްސަލައަކީ.

The name is already taken The name is available. Register?

އިސްތިއުފާ

07 November 2022

ސަރުކާރު އިސްތިއުފާ އޭޖީ ރިއްފަތު އިސްތިއުފާ ފޮރިނޭ ޖީވަނޭ ދަ ބޮޑުވަގު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

The name is already taken The name is available. Register?

ތުއްތުބެ

07 November 2022

މުނައްވަރަކީ ވަރަށްމޮޅު ރޯނު އެދުރެއް އަދި މުރަނގަ ގަސްދޮށު މާލިމީއެއް

The name is already taken The name is available. Register?

ވާޓް

07 November 2022

ޑރ.މުނައްވަރަކީ ކުދި ޖަޒީރާ ގައުމުތަކުގެ ގާނޫން ލިޔުއްވި އެއްބޭފުޅާ. ރާއްޖޭގެ ގިނަ ގާޒީންގެ އެދުރެއް. ދެން ރޯނު އެދުރަކަށް ވީ ގޮތެއް ބުނެވިދާނެތޯ؟؟

The name is already taken The name is available. Register?

ހަވީރު

07 November 2022

މަބުނީ ކުރީގެ ގާނޫނު އަސާސީން މުނައްވަރަށް ނުފެނުނު ސިޔާސީ ޕާޓީ އުފެއްދޭނެ މާއްދާއެއް. އެކަމަކު ހަމަ އެ ގާނޫނު އަސާސީން ހަސަން ސަޢީދު އެމާއްދާ ހޯދި ގޮތެއް މުނައްވަރު ކައިރިން އަހާލިނަމަ.

The name is already taken The name is available. Register?

ޤައުމީ މަސްލަޙަތު

07 November 2022

އެކަމަކު މިހާރު ހިތަށް އަރާ ތިބުނާ މާއްދާއެއް ނުފެނިއޮތް ނަމައޭ. ކުރީގަ އޮތީ މިރާއްޖެއަށް އަސްލު އެންމެ ފައްކާ ނިޒާމު. އެކަމަކު އޭރު އޭތި މައުމޫނު ގަޑުބަޑު ކޮށްލީމާ ސަކަރާތްވީ. މައުމޫނު ބާލާފަ އެ ނިޒާމު ގެންނަން އެބަޖެހޭ.

The name is already taken The name is available. Register?

ކިޔަމާކިޔަމާ

08 November 2022

މުނައްވަރުގެ ގާނޫނީ ލަފަޔާ ހަސަން ސައީދުގެ ގާނޫނީ ލަފާ ކިޔާލި މީހުންނަށް އެގޭނެ. ކިޔާލަން ބޭނުމިއްޔާ ލިންކު ދީފާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454