ފޭދޫފިނޮޅު: ސަރުކާރުން ވަނީ އިތުރު ތިން ރަށެއް ބިޑަށް ނުލައި ވިއްކާލަން އިއުލާންކޮށްފައި
10 ޖެނުއަރީ 2017 - 15:30
ބިޑަށް ނުލައި ވިއްކާލާ ރަށްތަކުގެ ލިސްޓަށް އިތުރު ތިން ރަށެއް ޓޫރިޒަމް މިނިސްޓްރީން ހިމަނައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން މިފަހަރު އެ ލިސްޓަށް އިތުރުކޮށްފައި ވަނީ ނ. ކުންނުމަލި އާއި ތ. ގާލީ އަދި ގދ. ބައުޅަގައްލަ އެވެ.
މި ތިން ރަށުގެ ތެރޭގައި ހިމެނޭ ނ. ކުންނުމަލި އަކީ 8.8 ހެކްޓަރުގެ ރަށެކެވެ. އެ ރަށް ވިއްކާލަން ނިންމާފައި ވަނީ 3.4 މިލިއަން ޑޮލަރަށެވެ. އޭގެ އިތުރުން 6.8 ހެކްޓަރުގެ ތ. ގާލީ ވިއްކާލަނީ 1.9 މިލިއަން ޑޮލަރަށެވެ. އަދި 6.8 ހެކްޓަރުގެ ބައުޅަގައްލަ ވިއްކާލަން އިއުލާންކޮށްފައި ވަނީ 850،000 ޑޮލަރަށެވެ.
އެ މިނިސްޓްރީން ވަނީ މިދިޔަ އޮކްޓޯބަރު 31 ގައި 11 ފަޅުރަށަކާއި މާލެ އަތޮޅުން ދެ ފަޅެއް ވިއްކާލަން އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ފޭދޫފިނޮޅު ދާދި ފަހުން ވަނީ ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.
އދ. ހުރުއެޅި 3.6 މިލިއަން ޑޮލަރަށް ވިއްކާލަން މިދިއަ މަހު އިއުލާންކުރި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ލިސްޓްގައިވާ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓްގެ އަދަދާއި ބިމުގެ ބޮޑު މިނަކީ އަންދާޒާކުރެވޭ މިންވަރެވެ. އެ ތަންތަނުގެ އިކުއިޒިޝަން ކޮސްޓް ކަށަވަރުކުރެވޭނީ މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ސާވޭއެއް ހަދައި އެތަނެއް ބޮޑުމިނާ ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓަކުން ކަށަވަރުކުރެވޭ ބޮޑުމިނުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.
ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް މިިދޔަ ޖުލައި މަހު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރިސޯޓްގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ރައީސް އޮފީހުން ކަނޑައަޅާ ދަފުތަރެއްގައި ޝާއިއުކުރަން ޖެހެ އެވެ. އަދި ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީއެއް ދެއްކުމުން ރަށް ހަވާލުކުރެވޭ ގޮތަށް އެ ގާނޫނުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫ
11 January 2017
ކޮބޭ އަހަރެމެން ރަށް ނޭފަރު ރަށުގެ މީހުންނާ އެކީ ވިއްކޭލާނީ ކޮންއިރަކުންތޯ.. މިތިބީ ރަށް ނުވިއްކޭލޭގެން ދެލޮލަށް ނިދިނޭސްގެން.. ޝުކުރިއްޔާ ރޔާމީން..
ބީރުބޯ
11 January 2017
މިއަދުގެ ސުވާލު: މިހާރު މައި ކަންޓްރީގަ ނުވިއްކާއޮތީ ކިތައްރަށާ ކިތައް ފަޅާ ކިތައް ގިތިތަ؟ ޖަވާބުދެއްވާފަރާތަކަށް ބިޑަކާ ނުލާ ރަށެއް.
ޕޮކަންޑި މޭން
11 January 2017
ބިޑަށް ލައިގެން ސަކަރާތް ޖަހާނެ ވަގުތެއް މިރައީސަކަށް ނެތް. ރައްޔިތުން ތިބީ ފުއްލާ ސްޕީޑްގެ ތަރައްޤީއަށް ފެންބޮވައިގެންފައި. ފައިސާ އަތުގައި ހުރި، އަވަހަށް ރަށްތައް ތަރައްޤީކޮށް ވަޒީފާގެ ފުރުޞަތުތަކާއި އިޤްތިޞާދީ މަންފާ ދައުލަތަށް ހޯދާދެވޭނެ ކުންފުނިތަކަށް ރަށްތައް އަވަހަށް ދިނުމުގެ ސިޔާސަތަށް ފުރިހަމައަށް ތާޢީދު.
މިތުރު
11 January 2017
ބިޑަށް ލައިގެން ދީފަ ހުރި އެތަށް ރަށެއް ނުނިމި ދައުލަތަށް ވަންނަން ޖެހޭ ފައިސާ ނުލިބިގެން މައްސަލަތައް ކޯޓުގަ. އޭގެ ބަދަލުގަ މިހާރު މިތަންތަން ނަގާނީ ހެދޭ ފެންވަރުގެ ކުންފުނިތަކުން. ރައީސް މިކަމުގަ ގެންގުޅުއްވާ ސިޔާސަތު ވަރަށް ފުރިހަމަ ކަމަށް ރަށްޔިތުން ގަބޫލު ކުރޭ
ސީޒް އެންޑް ޑެސިސްޓް
10 January 2017
ހަމަމިއާއެކު މިރަށްތައް ގަންނަ އިންވެސްޓަރުންނަށް އެމްއޯޔޫއިން ސީޒް އެންޑް ޑެސިސްޓް ނޯޓިސް ފޮނުވަން އެބަޖެހޭ މިރަށްތައް ނޭޝަނަލައިޒް ކުރެވޭނެ ކަމަށް. މީ ރައްޔިތުންގެ ތެރޭން 95% މީހުން ނުރުހޭނެ ކަމެއް ކޮންމެ ބަޔަކު ކުރިޔަސް.
އަހުމދު
10 January 2017
އެއްކަލަ ހަރުމުދާވިއްކަްިގެން ކަންބޮޑުވި މީހުންތައްމިހާރުކޮބާ. ފައިސާކޮޅުޖީބަށްލައިގެން ހއްޕުކިޔްިގެން ތިބެނީދޯ.
ސޭކުސްތާނު
10 January 2017
ޢެނިމުނީނު އެކަން....ސިންޕަލް ކަމެއްނު ތީ.
ސޭކުބެ
10 January 2017
އަންދަލުސްގަ ތިކަހަލަ ކަންތައް ހިގައެވެ.
ބަލްބަލް
10 January 2017
ގދ. ބައުޅަގައްލަ ހިލޭ ދޭން އިއުލާން ކޮއްލިނަމަ؟
އުމަރު
10 January 2017
މިއީ މިމީހުންކުޅޭ ކުޅިގަނޑަކީ، މީގެ ކުރީގައި ހުވަދު އަތޮޅުން ރަށެއް ކުއްޔަށް ދީފައިވަނީ 5 މިލިއަން ޑޮލަރު ސީއެސްއާރުއޭ ކިޔައިގެން ނަގައިގެން މިހާރު އެވިއްކަނީ 8 ލައްކަ ޑޮލަރަށް ދެން މީގެ ކުރީގައި ރަށްތަށް ނަގައިގެން އުޅޭ މީހުންނަށް ކިހިނެއްތޯ ފީސަބަލްވާނީ، އެމީހުންގެ ރަށްތަކެއް ކިހިނެއްތޯ ހެދޭނީ، ޓޫރިޒަމް މިނިސްޓަރު ރަށްތަކެއް މިގޮތަށް ބީލަމަށް ނުލައި ވިއްކަމުން ގެންދާއިރު ނުހެދިހުރިރަށްތަކެއް އެތަކެއް ހަރުކަށި ގަވައިދުތަކެއް ގެންދަނީ ހަދަމުން މިއީ ކަނޑައެޅިގެން ބައެއް އިންވެސްޓަރުން އިނދެޖައްސާލައި ބޭރުގެ ބައެއް އިންވެސްޓަރުން އަތުގައި ހިފައިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާ ބޮޑު ޖަރީމާއެއް