ލައިފްސްޓައިލް

މާނަގަލާގެ ބޭރުން 25 މީޓަރު އަޑިން ފެނުނީ އެންމެ ފަހުގެ އައިފޯނެއް

މޫދަށް ގެއްލުނު އައިފޯން 14 ޕްރޯ: އެ ފޯނު އޮތީ ވޯޓާޕްރޫފް ކަވަރެއްގެ ތެރޭގައި.

ގއ. މާނަގަލާގެ ބޭރުން 25 މީޓަރު ފުނުގައި އޮތް އައިފޯނެއް ފެނިގެން އެ ނަގައި ވެރިފަރާތް ހޯދައިފި އެވެ.

ފޯނު ފެނުނު މީހުންގެ ތެރެއިން އެކަކު "މިހާރު" އަށް ބުނީ އެ ފޯނު ފެނުނީ މާނާގަލާގެ ބޭރަށް ފީނަން ގޮސް އުޅެނިކޮށް އިއްޔެ ކަމަށެވެ.

ވޯޓާޕްރޫފް ކަވަރެއްގެ ތެރޭގައި އޮއްވައި ފެނުނު އެ ފޯނަކީ އެޕަލް އިން އެންމެފަހުން ނެރުނު ފޯން ސީރީޒްގައި ހިމެނޭ އައިފޯން 14 ޕްރޯގެ ފޯނެކެވެ.

"އަހަރެމެންނަށް އެ ފޯނު ފެނުނީ 25 މީޓަރު އަޑިން. ފޯނު ފެނުނުއިރު އޭގައި 75 ޕަސެންޓް ޗާޖު ވެސް ހުރި،" އޭނާ ބުންޏެވެ.

މޫދަށް ގެއްލުނު ފޯނު: އޭގެ ވެރިފަރާތް މިހާރު ވަނީ ހޯދިފައި.

އެ ފޯނުގެ ވެރިފަރާތް ހޯދަން އެ މީހުން ފޭސްބުކްގައި ޕޯސްޓެއް ޖެހުމުން އޭގެ ވެރިފަރާތް މިހާރު ވަނީ އެ މީހުންނާ ވާހަކަ ދައްކައިފަ އެވެ.

"އޭގެ ވެރިފަރާތުން މިހާރު އަޅުގަނޑުމެންނަށް ކޮންޓެކްޓް ކޮށްފި. އެއީ މާނަގަލާގައި މަސައްކަތްކުރާ ސިންގަޕޫރު މީހެއްގެ ފޯނެއް. އޭނާ ބުނީ ދެ ދުވަހެއް ކުރިން މޫދަށް އެރި އުޅެނިކޮށޭ ގެއްލުނީ،" އޭނާ ބުންޏެވެ.

މާނަގަލާ އަކީ މަސްވެރިކަމުގެ ބޭނުމަށް މިހާރު ބޭނުންކުރާ ރަށެކެވެ. އެ ރަށުގައި ހެޗަރީއެއް ހަދައި، މިހާރު ވަނީ އެތަން ތަރައްގީކުރުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެހެންވެ، އެ ރަށުގައި ވަރަށް ގިނަ ބިދޭސީން މަސައްކަތްކުރެ އެވެ.

8 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 5%
icon angry icon angry 5%
icon wow icon wow 10%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދުރުރީ

08 November 2022

ތިވާހަކަ އަވަހަށް ޓިމް ކުކް އަށް އަންގަންވީނުން !

The name is already taken The name is available. Register?

ހާމިދު ޝާހިދު

07 November 2022

ތިވާނީ ތީގެ ޑުއަރަބިލިޓީ ޓެސްޓެއް ހެދުމަށް އެޕަލްއިން އަންގައިގެން ކުރި ކަމެއްކަމަށް. ކޮންމެ ތާކުން ކޮންމެ މީހަކަށް ތިފެނުނަސް ތި ހުޅުވާކަށް ލާހިކެއްނޫން. ތިހުޅުވަން މަސައްކަތް ކޮށްލާއިރަށް އެބީއައި އަށް އިނގި އެޕަލް އަށް އަންގާނެ ފޯނު އޮތްތަން.

The name is already taken The name is available. Register?

ޑަޑަން

07 November 2022

ތިޔައިގެ ދެ އަނގޮޓިޔެއްނު ހޯދަންވީ، ރިހި

The name is already taken The name is available. Register?

ﷲ ގެ ކުޅަދުންވަންތަކަން

07 November 2022

سبحان الله! ކަނޑު އަޑީގައި އެފޯން ރައްކާތެރި ކަމާއިއެކު ހިމާޔަތް ކޮށްދެއްވަވައި އޭގެ ވެރިފަރާތަށް ފޯރުކޮށްދެއްވެވީ އެވެ. الله اكبر! الله اكبر! الله اكبر!

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

07 November 2022

ތިޔަފޯނު ދާރުލް އާޘާރަށް ލުމަށް ގޮވާލަން.

The name is already taken The name is available. Register?

މޮޑަފްު

07 November 2022

އެޕަލްގެ މޮޅުކަމެއް ތިޔަކު ނެތް. ވޯޓަރޕްރޫފް ކަވަރު ނުވަތަ ޕެކެޓް ހެދި ޗައިނާ މީހުންގެ މޮޅުކަން. ބައްތި ފޯނެއް އޭގަ އޮތްނަމަވެސް ސަލާމަތްވީސް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

07 November 2022

މިވާހަކަ އެޕަލް ކުންފުންޏަށް އެނގުން ބޭނުންތެރި.

The name is already taken The name is available. Register?

ފޯނު

07 November 2022

ތި ހާދިސާގައި ފޯނަށްވުރެ މޮޅީ ތިފޯނު އޮތް ފެން ނުވަންނަ ކަވަރު. ކަވަރު ހަމަ މޮޅީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454