އާލިއާ ބަޓް
08 ނޮވެމްބަރ 2022 - 06:19
އިންޑިއާގެ މި ޖީލުގެ އެންމެ ކާމިޔާބު އަންހެން ބަތަލާ އާލިއާ ބަޓް މީގެ ތިން އަހަރު ކުރިން ވަނީ އޭނާ އަށް ލިބޭ އަންހެން ދަރިއަކަށް ކިޔާނެ ނަމަކީ "އަލްމާ" ކަމަށް ބުނެފަ އެވެ.
މި އަހަރު އޭޕްރިލް މަހު ރަންބީރް ކަޕޫރާ ކައިވެނިކުރި އާލިއާ އަށް އިއްޔެ އަންހެން ކުއްޖަކު ލިބުމާ އެކު އާލިއާގެ މި ވާހަކަ އަލުން ވަނީ މީހުން ދައްކަން ފަށައިފަ އެވެ.
ސުޕަ ޑާންސް ސީޒަން 3 ގައި ފިލްމް "ގަލީ ބޯއީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި، އެ ޝޯގެ ބައިވެރިއެއް ގާތު އޭނާގެ ނަން އިދިކޮޅަށް ސްޕެލްކުރަން ބުނުމުން އޭނާ އަށް އޮޅިގެން ލިޔުނު ގޮތުން "އަލްމާ" ކިޔުނީ އެވެ. އެ ހިސާބުން އާލިއާ ބުނީ އަންހެން ދަރިއަކަށް އޭނާ ކިޔާނީ އެ ނަން ކަމަށެވެ.
އާލިއާ އާއި ރަންބީރުގެ ދަރިފުޅަށް ކިޔާނެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އޭނާގެ ފޭނުން އަންނަނީ ނަން ލިސްޓުތައް ހަދަމުންނެވެ.
އާލިއާ ބަނޑުބޮޑު އިރު ވެސް ފިލްމީ މަސައްކަތުގައި ވަރަށް ގިނަ ވަގުތު ހޭދަކޮށްފައިވެ އެވެ. އެންމެ ގިނައީ ފިލްމް "ބްރަމަސްތުރާ"ގެ ޕްރޮމޯޝަނަލް އިވެންޓްތަކެވެ. އަދި މީގެ އިތުރުން ހޮލީވުޑް ފިލްމު "ދަ ހާޓް އޮފް ސްޓޯން" ޑެބް ކުރުމުގެ މަސައްކަތް ފާހަގަ ކުރެވެ އެވެ. އަދި އާލިއާ ވަނީ އޭނާގެ އަމިއްލަ މެޓާނިޓީ ބްރޭންޑެއް ވެސް ލޯންޗު ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރާ
08 November 2022
އާލިއާގެ އާލިމާ ކިޔަންވީ.
ވިންސްމޯކް ސާންޖީ
08 November 2022
ލިގްމާ ކިޔަންވީނު؟
2022
08 November 2022
ޢަދި އިނދެގެން އުޅޭތާ 8 މަސްނުވޭ..... ބޮއިހަލަކި
ރަދީފު ބިން ރަފައިދާ
08 November 2022
ވަރަށް ދިވެހިވަންތަ ނަމެއް. ދިވެހިންގެ ފުރިހަމަ ތާއީދު ތިޔަނަމަށް އޮތްކަން އަންގާ އިޢުލާނުކުރަން.