ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރީކޯ މޫސައާ އެކު: އަލުން އެމްޑީޕީއާ މޫސަ މި ގުޅިވަޑައިގަތީ ގާތްގަނޑަކަށް އަށް އަހަރު ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު
08 ނޮވެމްބަރ 2022 - 21:26
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ އެންމެންނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ދާއިރާއާ ދެ ތިން އަހަރު ވަންދެން ދުރުގައި ހުންނެވުމަށްފަހު، މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ ވަނީ އަލުން އެމްޑީޕީއަށް ގުޅިވަޑައިގެން، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ފޯމު ހަވާލުކުރައްވައިފަ އެވެ.
މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމަށްފަހު ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މޫސަ އަލުން އެ ޕާޓީއަށް ގުޅިވަޑައިގަތުމަކީ އެންމެންނަށް ވެސް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އޭނާއަކީ އަބަދު ވެސް އިސްލާހެއް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެމްޑީޕީއަށް މަރުޙަބާ." ޓްވީޓުގައިވެ އެވެ.
@MDPSecretariat އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ޗެއާޕާސަން @ReekoMoosa މިޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ، މިޕާޓީ އަށާއި އަޅުގަނޑުމެން އެންމެނަށް ލިބުނު އިތުރު ހިތްވަރެއް. މޫސަ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް. އެމްޑީޕީއަށް މަރުޙަބާ. pic.twitter.com/Pxi29SddAA
— Ibrahim Mohamed Solih (@ibusolih) November 8, 2022
ޕާޓީގެ އިސްވެރިންނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެތައް ދުވަހަކު އުޅުއްވުމަށް ފަހު، އެމްޑީޕީގެ ދަފްތަރުން ރީކޯގެ ނަން އުނިކުރީ ނޮވެމްބަރު 28، 2016 ގަ އެވެ. އެއީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ.
އޭގެ ފަހުން ރީކޯ ޖުލައި 11، 2017 ގައި ސޮއިކުރެއްވީ އޭރު ވެރިކަން ކުރަމުން ދިޔަ ޕީޕީއެމަށެވެ. ނަމަވެސް، އެ ވެރިކަން ނިމުނު ފަހުން ޕީޕީއެމްގެ ހަރަކާތްތަކުން ރީކޯއެއް ނުފެނެ އެވެ. ފާއިތުވި އަހަރުތަކުގައި ރީކޯ ބޮޑަށް މަސައްކަތްކުރެއްވީ އަމިއްލަ ވިޔަފާރި ފުޅާކުރެއްވުމަށެވެ. ލ. އަތޮޅުގައި "ރަހާ" ގެ ނަމުގައި ނޮވެމްބަރު، 2019 ގައި ރިސޯޓެއް ހުޅުވައި އެ ތަނުގައި ގިނަ ވަގުތު ހޭދަކުރެއްވި ނަމަވެސް މި ފަހުން އޭނާ ގެންދެވީ މި ސަރުކާރުގެ ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ރީކޯ ވިދާޅުވީ ސިޔާސީ ކަންކަމުގައި އަމަލީގޮތުން ނޫޅުއްވި ނަމަވެސް ހިތް އޮތީ އެމްޑީޕީގައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްޓަރު
10 November 2022
ރީކޯ އެ ކުޅެނީ އެކްޓެއްނޫންކަން ކިހިނެތްތަ އިބޫ ދެނެގަންނާނީ؟
ކުރުކޮށް
09 November 2022
މޫސައަކީ އެބުރަކަށް ނުހޮވޭ ކޮޅަށް އަރާ މީހެއްމެ
ވަހީދު
09 November 2022
ހިހޫތަނުން ކާން އާދަވެފައި ހުރި މީހަކު ތިދިން ހައްވަރުގެ ނަތީޖާ ޔާމީނަށް 2018 ގައި ވަރަށް ސާފުކޮށް ފެނުނު. މައިކު ނަގައިގެން އަރާނެ އިއްސަފަށް. ދިވެހިންގެ ހިތުގައި ގަދަރު ދެވިފައިވާ ނަމަކުން މަނިކުފާނަށް ނަންދޭނެ. ޔާމީނަށް ދިނީ ދޮންބަންޑާރައިންގެ ނަން. އާޚިރު ނަތީޖާ އަކީ ވަރަށް ސާުފުވާނެ..
އަސްތާ
09 November 2022
ދައުލަތަށް ދައްކަން އޮންނަ ފައިސާތައް ނުދައްކާ އެކަމުން ސަލާމަތްވެ ދައުލަތުން އިތުރު ފައިދާތަކެއް ހޯދަން އަމިއްލަ އެދުން އިސްކޮށްފަ އަބަދުވެސް އެއިރަކު ވެރިކަމުގަ އޮންނަ ބާރުގަދަ ޕާޓީއަކާ ގުޅުމަށްތަ އެހެން މީހުންނަށް ހިތްވަރު ލިބެންވީ؟
ކަނބިލި
09 November 2022
ރައްޔިތު އަހަންމަދަށް ވެގެން އިދިކޮޅު ސިޔާސީވެރިންގެ އަބުރުކަތިލީ، ތިމާއަށް ނާޖާއިޒުގޮތުގައި ދައުލަތުގެ ތެރެއިން މުދަލާ ފައިސާ ޖަމާނުކުރެވިގެން އެކަމުގެ ހަސަދަ. ވެރިކަމުގައި. ނާޖާއިޒުގޮތުގައި ނުފޫޒު ބޭނުން ކޮށްގެން ފަޅުރަށްތައް ހޯދައި ލޯނު ނަގައި ރިސޯޓް ހަދަައި ތިމާގައި ބުރުމާއަކަށް ވުމުގެ ގާބިލުކަން ނެތުމުން ދައުލަތައް ދަރައި ކޯޓުތަކުގައި މައްސަލަތައް ފުނިޖެހުމުން އެކަމުން ރެކެން މޮޅުކަމެއް ކޮށްލީ ހިތުން ރައްޔިތުން ވާވެއްދޭނެކަމަށް ހީކޮށް.
އަމަނާ
09 November 2022
އަސާބުރި ވަރުގަދަ ވާނެކަމެއް.
އަފީފު ދިއްދޫ
09 November 2022
ހިތްވަރު ލިބޭނީއަކީނޫން ނަޝީދު އާއި އަޅައިގަނެ އަނގަވަތަށް ހޭލަެއިހުއްޓާ ވެއްޓެނީ ނޫނީ ބޭގަރާރުވަނީ
މިސްޓަރ ޓިނޭ
09 November 2022
ލަނޑަޔާކާ ވަނީ ހަމައެކަހަލަ އަނެއް ލަނޑާ، ލަދުހަޔާތް ކޮބާބާ އޭ ހިތަށް އަރާ
ފޫހި
09 November 2022
މީނާ ކިހާވަރެއް މިފަހަރު ކަޓްވާލާނެބާ؟ ފަރެއްތަ؟ ފަޅެއްތަ؟ ރަށެއްތަ؟ ނޫނީ ބަދަލުގައިދިނުމުގެ ނުބައި އާދަތަކުގެ ތެރެއިން މިލިއަން ރުފިޔާތަ؟ މުޅި އެމްޑީޕީ މަތިންވެސް ފޫހިވެއްޖެ. ވަރަށް ފޫހިވެއްޖެ. ނުދޭނަން ވޯޓެއް. ތިޔަ މޫސައަކީ ވެސް ފައިސާއާއި ހެދި މޮޔަވެފަހުރި މީހެއް. ޓެކްސް ނުދައްކާ ބިލްތައް ނުދައްކާއުޅޭ ދަރަނިވެރިއެއް.
ބޮޑު ތަކުރުފާނު އުތީމުން
09 November 2022
ތިބޯޓަށް މިހާރު ތިއަރުވަނީ މުޅިންވެސް ބާދަގަނޑަށް އުކާލާފަ ހުންނަ ތަކެތި. ބޮގަންވިލާ އެކު އަޑިއަށް ފެތޭކަން ތީގެން ދައްކާ.