ކަނޑޫދޫގެ ޑްރޯން ފޮޓޮއެއް. ދިރާގުން ވަނީ ކަނޑޫދޫއަށް ހާއްސަ އޮފާތަކަކާއި އެކު ފައިބާ އިންޓަނެޓުގެ ހިދުމަތް ތައާރަފު ކޮށްފަ. ފޮޓޯ: ފޭސްބުކް
09 ނޮވެމްބަރ 2022 - 11:26
ދިރާގުގެ ހައި ސްޕީޑް ފައިބަ އިންޓަނެޓުގެ ހިދުމަތް ތ. ކަނޑޫދު އަށް ރަސްމީކޮށް ތައާރަފު ކޮށްފި އެވެ.
އެ ކުންފުނިން ބުނީ އެ ހިދުމަތް ފެށީ އެ ރަށުގެ ކަސްޓަމަރުންނަށް ހިދުމަތް ގުޅައިދިނުމާއި ރައުޓަރު ހިލޭ ދޫކުރުމުގެ އޮފާތަކަކާއެކު ކަމަށެވެ. އެ އޮފާގެ މުއްދަތުގައި ދިރާގު ޓީވީ ހިލޭ ގުޅައި ދިނުމާއި ހިދުމަތް ހޯދުމަށް ބޭނުންވާ ޑީކޯޑަރު ވެސް ހިލޭ ދޫކުރާނެ އެވެ.
ދިރާގުން ބުނިގޮތުގައި، އެ ކުންފުނީގެ ދެއްވަދޫގެ ކަސްޓަމަރުންނަށް މިހާރު ހަލުވި ސްޕީޑުގައި، ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ޕެކޭޖުތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ދިރާގުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފައިބަ އިންޓަނެޓުގެ ހިދުމަތް އަންނަނީ ތައާރަފު ކުރަމުންނެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް މުވާސަލާތީ ހިދުމަތް ދޭ ކުންފުނިން، ދިރާގުން ބުނީ މަސައްކަތް ކުރަނީ ހުރިހާ ސަރަހައްދުތަކަށް އެ ކުންފުނީގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކް ގަން މުރުގަން
09 November 2022
އޭ މަބުނީ ސްޕީޑަށް ވުރެ ކުޅި ގަދަކޮށް ދޭތި ތިޔަ ރަށަށް. އޭރުން ރޯދައަށް މިރުސް އިތުރަށް މީރުވަނެ ކަމަށް ފެނޭ.