ސަން ސިޔާމް އޮޅުވެލީގައި އަލަށް ހުޅުވި ރިސޯޓު -- ފޮޓޯ: ޓުއި
11 ނޮވެމްބަރ 2022 - 13:21
ސަން ސިޔާމް ކ. އޮޅުވެލީގަައި އާ ރިސޯޓެއް ހުޅުވައިފި އެވެ.
މި މަހު އެކެއްގައި ހުޅުވި އެ ރިސޯޓުގެ ނަމަކީ "ޓުއި ބްލޫ އޮޅުވެލި ރޮމޭންސް އައިލެންޑް" އެވެ.
އޮޅުވެލީގައި މިހާރު އޮންނަ ދެ ރިސޯޓު ވެސް ހިންގަނީ ސަން ސިޔާމް ކުންފުނިންނެވެ.
ސަން ސިޔާމް ކ. އޮޅުވެލީގަައި އަލަށް ހުޅުވި ރިސޯޓު ---ފޮޓޯ: ޓުއި
އަލަށް ހުޅުވި ރިސޯޓާއި، ސަން ސިޔާމްގެ ކުރީގެ ދެ ރިސޯޓު އޮންނަނީ ބްރިޖަކުން ގުޅާލައިފަ އެވެ. އެ ރިސޯޓު މެނޭޖުކޮށް ހިންގާނީ ސަން ސިޔާމް އޮޅުވެލީގެ ޓީމާއި ޖަރުމަނުގެ "ޓުއި" ކުންފުނީގެ "ޓުއި ބްލޫ ފޮ ޓޫ" ބްރޭންޑާ ގުޅިގެންނެވެ.
އާ ރިސޯޓުގައި ބީޗް ވިލާގެ އިތުރުން ޕްރައިވެޓް ޕޫލް ހުންނަ ވިލާތަކާއެކު 111 ވިލާ ހުރެ އެވެ.
ތިން ރަށަކަށް ބެހިފައި އޮންނަ އޮޅުވެއްޔަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗުގައި 45 މިނިޓުން ދެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް
11 November 2022
ސަން ސިޔާމަށް ޓޫރިޒަމް ލައިސަންސް ލިބެނީ ކޮން އުސޫލަކުން. މީރާގެ ޓެކްސް ކުލިއަރެންސް ކޮބާ؟