ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ގަވަރުނަރު ދެއްވި ލަފައަކީ ސިޔާސީ ލަފައެއް. އެކަމަކު ގަވަރުނަރު ވިދާޅުވަނީ އެއީ ވަކި ފަރާތަކަށް ބުރަ ނުވެ ދެއްވި ލަފައެއް ކަމަށް.
ގަވަރުނަރު އަލީ ހާޝިމް މިއަދު ބޭއްވި ބަޖެޓު ކޮމިޓީގައި: ސަރުކާރުގެ ގިނަ މެންބަރުން ވަނީ އެމްއެމްއޭގެ ލަފަޔާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައިފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ނޮވެމްބަރ 2022 - 14:43
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ސަރުކާރު މެންބަރުން ބަޖެޓު ކޮމިޓީގައި އެކަމަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕެ މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެންބަރުންތަކެއް ވާހަކަ ދެއްކެވި އިރު، އެ ބޭފުޅުން އެ ލަފާ ސިފަ ކުރެއްވީ ސިޔާސީ، އަދި ވަކިއަތަކަށް ބުރަވެ ގަވަރުނަރު ދެއްވި ލަފައެއް ކަމަށެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، އެމްއެމްއޭއިން ނެރުނު ލަފަޔަކީ ސިޔާސީ ގޮތުން ވަކި ބަޔަކާ ގުޅިގެން ގަވަރުނަރު ކުރެއްވި ކަމެއް ކަމަށެވެ.
"މިއީ ހަމަ ސީދާ ސިޔާސީ އޮޕީނިއަންއެއް. އަޅުގަނޑަށް މި ފެންނަނީ ސަލާމަތީ ބާރުތަކުގެ ސަޕޯޓް ނުލިބުނީމަ ސަރުކާރު ވައްޓާލަން އެމްއެމްއޭގެ ސަޕޯޓު ހޯދައިގެން އެކަން ކުރަން ބަޔަކު މަސައްކަތް ކުރާކަން،" އޭނާ ވިދާޅުވި އެވެ.
ޔައުގޫބު ވިދާޅުވީ، އެމްއެމްއޭގެ ލަފާގައި ރަށްރަށުގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ރިކޮމެންޓް ކޮށް، މާލެ ސަރަހައްދުގައި ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ލަފާ ދީފައިވާ އިރު މިއީ އެއްވެސް ވަރަކަށް ގަބޫލު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.
މަރަދޫ ދާއިރާގެ މެންބަރު ޝަރީފާއި ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު ބަޖެޓު ކޮމިޓީގައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ، ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވާކަން ފެންނަން އޮތީ 2017 ވަނަ އަހަރާއި 2009 ވަނަ އަހަރު ކަމަށްވާ އިރު އޭރުގެ ގަވަރުނަރުން އެކަމުގައި ކަންބޮޑުވެވަޑައިގެން ވާހަކަ ދައްކަވާފައި ނުވާ ކަަމަށެވެ.
"އޭރު އެ ވާހަކަ ނުދައްކަވާ، މިހާރު އެ ވާހަކަ ދައްކަވާ ބޭފުޅުންނަކީ ގަވަރުނަރާއި މަޖިލީސްގެ ރައީސް. މި ދެ ބޭފުޅުންނަކީ އޭރު ރިޒާވް 32 މިލިއަނަށް ވެއްޓުނު އިރު ފިނޭންސް މިނިސްޓަރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ،" އޭނާ ވިދާޅުވި އެވެ.
ޔައުގޫބުގެ އެ ވާހަކަ އަށް ގަވަރުނަރު އަލީ ހާޝިމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އޭރު އައިއެމްއެފްގެ ޕްރޮގްރާމަކަށް ދިޔަ ކަމަށާއި އެއީ އޭރު ވެސް ކަންބޮޑުވުން ފާޅުކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޔައުގޫބު ހަނދުމަފުޅު ބަހައްޓަވާ، އޭރު އަޅުގަނޑުމެން ޕްރޮގްރާމަކަށް ދިޔައިން. އޭރު އައިއެމްއެފްގެ ޕްރޮގްރާމަކަށް ދިއުން އެއީ ކަންބޮޑުވުން ކަމަށް ގަބޫލުކުރަނީ،" ގަވަރުނަރު ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވެސް ވިދާޅުވީ، އެމްއެމްއޭ އިން ނެރެފައިވާ ލަފައަކީ އަސްލު މަންޒަރަށް ބަލައި، ނެރުނު ޕްރޮޕެޝަނަލް ލަފަޔައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ބަޖެޓު ކޮމިޓީގައި ގަވަރުނަރު މެންބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝަރީފު ވިދާޅުވީ، ދުނިޔޭގެ އެންމެ ތަރައްގީވަމުން އަންނަ ގައުމުތައް ކަމަށްވާ ޖަޕާން ފަދަ ގައުމުތަކުގައި އެއް ޕަސެންޓަށް ވުރެ ދަށުގައި ހުރި އިންފްލޭޝަން ރޭޓު މިހާރު ވަނީ 9-11 ޕަސެންޓަށް އަރާފައި ކަމަށެވެ. އަދި އެމެރިކާ އާއި އިންޑިއާގެ އިންފްލޭޝަން ރޭޓު އިންތިހާ އަށް މައްޗަށް ގޮސްފައި ހުރި އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ތިން ޕަސެންޓާއި ހަތަރު ޕަސެންޓާ ދެމެދު ހުރުމުން އެމްއެމްއޭއިން ދިން ލަފާގައި އޮޅުވާލައިފާ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ރާއްޖޭގެ ފައިސާގެ އަގު [ޑޮލަރުގެ ނިސްބަތުން] ބްލެކް މާކެޓުގައި 17ރ. ގައި ހުރި މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ފައިސާގެ އަގު ވެސް ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން އެންމެ ގިނައިން ތަކެތި އެތެރެ ކުރާ ގައުމުތައް ކަމުގައިވާ އިންޑިޔާ ތައިލެންޑްގެ ފަދަ ގައުމުތަކުގެ ފައިސާގެ މާ ބޮޑަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ފައިސާގެ ސްޓްރެންތު ތިބޭފުޅުންގެ ލަފައިގައެއް ނެތް. ތިބޭފުޅުން ތި ވިދާޅުވަނީ ރިކަރަންޓް ހަރަދަށް ޓީޖީއެސްޓީ/ޖީއެސްޓީ ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް. [އެކަމަކު] ރިކަރަންޓް ހަރަދު ހަމަޖެއްސޭނެ ކަމަށް ބަޖެޓުގައި އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ކުރައްވާ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ، މިއަދު ރާއްޖޭގެ އިންފްލެޝަން ރޭޓަކީ އިމްޕޯޓެޑް އިންފްލޭޝަން ރޭޓެއް ކަމަށްވާ އިރު އެފަދަ އެއްވެސް ކަމެއް އެމްއެމްއޭގެ ލަފާގައި ނެތް ކަމަށެވެ.
ގަފޫރު ވިދާޅުވީ، ލަފާގައި ހުރީ ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކުގެ ވާހަކަތައް ކަމަށެވެ. އެކަމާ ގުޅޭ ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެމްއެމްއޭގެ ލަފައަކީ އެއް ފަރާތަކަށް ޖެހިފައިވާ ލަފައެއް ކަމަށް އޭނާ ވެސް ތުހުމަތު ކުރެއްވި އެވެ.
"ޖުމްލަ ގޮތެއްގައި ލަފާގައި ނެތް ރަނގަޅު އެއްވެސް ކަމެއްގެ ވާހަކައެއް. ހައްތަހާ ވެސް ވާނީ ގޯހޭ ބުނެފަ އޮތީ. ލަފާ ކިޔާލީމާ ރާއްޖޭގެ ސަބަބުންނޭ މި ހުރިހާ ގޯހެއް މިދަނީ،" އޭނާ ވިދާޅުވި އެވެ.
މެންބަރުގެ ހިންހަމަނުޖެހުންތަކާ ގުޅޭ ގޮތުން އަލީ ހާޝިމް ވިދާޅުވީ، މި ލަފަޔަކީ ރާއްޖޭގެ އާމްދަނީ އާއި ހަރަދާ އަޅާ ކިޔާ ދީފައިވާ ލަފައެއް ކަމަށެވެ. އަދި ވޭތުވެދިޔަ ކޮންމެ އަހަރަކު ވެސް އެމްއެމްއޭގެ ލަފާގައި މިކަންކަން ހިމަނާފައިވާނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ވަކި ފަރާތަކަށް ބުރަވެ ދެއްވާފައިވާ ލަފައެއް ނޫން ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.
އަދި މި އަހަރުގެ ލަފާގައިވާ ހަމައެކަނި ތަފާތަކީ ޓެކްސް ބޮޑުކުރުމުގެ ވަގުތާ ދޭތެރޭ އޮތް ހިޔާލު ތަފާތުވުން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ޓެކްސޭޝަންގައި އެބައޮތް އޮޕީނިއަން ތަފާތެއް. އަޅުގަނޑުމެންގެ އިކޮނޮމީ އޮތީ ރަނގަޅު ހާލަތެއްގައި މިއީ ކުރަން ރަނގަޅު ކަމެއް. އަޅުގަނޑުމެންގެ އިޝޫ އަކީ ޓައިމިން. ލަފާއަކީ މިދިޔަ އަހަރުތަކަށް ބަލާއިރު ތަފާތު ލަފައެއް ނޫން. ހަމަ އެއް ކަންކަން ކަމެއް ރިޕީޓްކޮށްފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.
- އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމުގައި ކުރިމަތިވެދާނެ އިގްތިސާދީ އިތުރު އުނދަގޫތައް. އޭގެ ތެރޭގައި، އިންފްލޭޝަނަށް އިތުރުވާ 2.2 ޕަސެންޓަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް އަންނާނެ ބަދަލު.
- ޓެކްސް ބޮޑު ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ހަރަދުތައް ހަމަޖައްސައި، ޑެފިސިޓް ކުޑަކުރުން ކަމަށް ވާއިރު އެކަން އަންނަ އަހަރުގެ ބަޖެޓުން ހާސިލެއް ނުވާކަން. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ކުރަން ކަނޑައަޅާފައިވާ ހަރަދުތައް އިންތިހާ އަށް އިތުރުވުން.
- ބަޖެޓުގައި ހިލޭ އެހީ ހިމަނާފައި ވަނީ މާ ބޮޑުކޮށް ކަން. ވޭތުވެދިޔަ ހަ އަހަރު ވެސް އަންދާޒަކޮށްފައިވާ ބަޖެޓާ އެއްވަރަށް ހިލޭ އެހީ ނުލިބޭތީ ބަޖެޓުގެ ޑެފިސިޓް އިތުރަށް ބޮޑުވާނެ ކަން.
- އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމާއި ފައިނޭންސް ހަމަނުޖެހޭ ޕްރޮޖެކްޓްތައް ބަޖެޓުގައި ނުހިމެނުން.
- އަންނަ އަހަރު އިތުރަށް ފައިސާ ޗާޕު ކުރުމުން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ ނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު ދަށްވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެކަން.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައީސް.
15 November 2022
އެމު އެމު އޭ މީހުންގެ ހިއްތަކުގަ ގައުމީލޯބި އެބަވޭ ތިޔަ މަޖިލީސް މެމްބަރުން ނަކީ ކެވުނުވަރެއް ހެޔޮވަރު ބައެއް
ގެދާނޯމޮސް
14 November 2022
ބަޖެޓުން 2023 ގެ ވެރިކަން ދިފާޢުކުރަން ތަންދޮރު ދަންނަ އެކަކުވެސް ޖާގަނުދޭނެ އެވެ. ހަޖަމް ނުވާބަޔަކަށް ފައިސާއިން ކާމިޔާބު ނުވާނެކަން ޔާމިން ދައްކާލާނެއެވެ.
އެމްސް
14 November 2022
މިދިޔަ ބުރުން ޔާމީން ފެއިލްވީ، އޭގެ ކުރީ ބުރު ރަޢިއްޔަތުން ޤަބޫލުނުކުރުމުން! ކޮންކްރީޓާއި އެމްއެމްޕީއާރުސީ އާއި ހުރެ ކޯޓްތަކަށް އެ އުޅޭނީ އެހެން އެއްވެސް ކަމަކަށް ވަގުތުވެސް ނެތިގެން!
ވަކަރުގެ
14 November 2022
ސިޔާސީ މީހުން މިކުރާވައްކަންތަކުގެ ނަތީޖާ: 1. މަދު ބައެއްގެ މުށުތެރެއަށް ރައްޖޭގެ ރަށްތަކާ މުއްސަނދިކަން ދިއުން. 2. އަހަރެމެންގެ ދަރިން މަޖްބޫރީ ހާލަތުގައި އެމީހުންގެ ވިޔަފާރިތަކުގައި ނޯކިރީ ކުރަން ޖެހުން. 3. ވައްކަން ކޮށްގެން ނަގާ ފައިސާ ސިއްރިއްޔާތުގައި ދެންވެރިކަމަށް އަންނަ ޕާޓީ އިސްމީހުނަށް ބައިއަޅާނެ. ނަތީޖާއަކީ މިހާރު މިކުރާވައްކަންތަކުގެ މައްސަލަ ދުވަހަކު ބެލޭކަމަށް ނުވެ އަނެއްކާ ދައުރު ނިމުން. މީ ސިލްސިލާއެއް. ސިޔާސީ ޕާޓީތައްގުޅިގެން.
އެމްސް
14 November 2022
4. ބިދޭސީންނާއި ހުރެ ނޯކަރެއްގެ މިންވަރުވެސް ދިވެއްސަކަށް ނެތުން! މިޤައުމުގެ އާބާދީގެ 2 ބައި ކުޅަ 1 ބަޔަކީ މިއަދު ބިދޭސީންކަން ހީވެސް ނުވޭ ނޫންތޯ؟ އަޑެއްބަޑެއް ނީއްވާ ތިބެ ހުރިހާ ސަރުކާރަކުންވެސް މުޅި ޤައުމު ބިދޭސީން ހަދާނެ އެއްޗެއް ހަދަން ދީ ނިއްމައިފި!
އުއްޗު
14 November 2022
ސާބަހާ ކަލޭނޭ. ޓެކްސް ބޮޑުކުރުމުގެ ކުރިން ފުރަތަމަ ތިބައިގަނޑުގެ މުސާރަތައް ކުޑަކޮއް ރިސޯޓު ކުއްޔާ ޓެކްސްގެ ގޮތުގައި އެތައް މިލިއަން ބިލިއަނަކުން އެތިބަ ރީކޯ މޫސަމެން ނުދައްކާ ހުރި ފައިސާތައް ހޯދަބަލަ. އެފައިސާ ނުދައްކައިފިއްޔާ ގެންގޮސް ކުޑަގޮޅީގައި އޭނާ ބަންދުކޮއްބަލަ. ދައުލަތައް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކީ ގާނޫނަށް ފައިން އަރާ ގާނޫނާ ހިލާފުވުން. އޭގެ ބަދަލެއްގެ ގޮތުގައި ފައްޔަ ބުރޮ އޭނާ އަބުރާ އެވެއްދީ އެމްޑީޕީއަށް.
އެމްސް
14 November 2022
ރީކޯ މޫސަ ރަގަނޅީ ފަތިސް ހަނދުވަރު ކުޅެން، އޭގަ ރެއާއި ދުވާވެސް ވާނެ! މަޖީދީމަގުގަ ކުޑަ ފިހާރައެއް ނުހިންގުނު މީހަކަށްވެސް ރިސޯޓް ހަދަން ރަށްރަށް ދިނީމަ ވާނެގޮތްވީ!
ނޯގޯސް
14 November 2022
ހުރިހާ ކަމެއް ގޯހުން ދާނެއޭ ބުނާނެ އިގްތިސާދުގެ އެއްވެސް އިލްމެއް ނެތް މީހާވެސް. ގައުމު ދެރުވުމުގައި އަރާ ތިބި ބައެއް ވެރިކަމުގަ ތިބިކަން އޮތީ ސާފުކޮށް ފެންނަން. ދުވަހުން ދުވަހަށް ހަރަދުތައް ބޮޑުކުރަމުން ދެކޮޅުޖައްސަން ނޭނގެމުން ދާއިރު ނުކިޔަވާ ތިބި މީހުންނަށްވެސް އެނގޭނެ ކަންކަން ބޮއްސުންލައިގެންދާނެކަން. އެކަމު އަނގައަކާ މެޖޯރިޓީއަކާ ލިބިފަ އޮތީތީ ތަޅާނަގަނީ ވެރިކަމުގެ ދެވަނަ ދައުރު ހޯދަން. އިދިކޮޅަށް ބަހެއް ބުނާއިރަށް އެވަނީ ބަޣާވާތަކަށް.
ޑިކްޓޭޓަރ
14 November 2022
މިސަރުކާރުގައި ނިއުޓްރަލް މީހުންނަކަށް ނުތިބެވޭނެކަމުގެ ލާމަސީލު ހެކި މިފެންނަނީ. ނިއުޓުރަލް މިބުނަީ ބަޔަސް ނުވާ ވާހަކަ. އެމްޑީޕީ މެމްބަރަކަށް ވުމުން ލާޒިމެއް ނުކުރޭ އެމީހާގެ ވިސްނުން ހުރިހާ ކަމެއްގައި އެއްގޮތް ވާކަށް. ފައްޔަ ބުނީމާ ބުނާ ގޮތަށް ހަަދަން ޖެހުމަކީ ޑިމޮކްރަސީ އެއް ނޫން. އިހަކަށް ދުވަހު ގަރާޖެއް އަނދައިގެން ގޮސް އެތައްބަޔަކު ނެތިގެން ދިޔައީ ކޮބާ ފައްޔަމެންގެ ޒިންމާ. މާލެ މޭޔަރު ބޮލަށް ކަނޑާފައި ރެކި ގަތީމާ އެވީއެއްނުން.
އެމްސް
14 November 2022
ޔާމީން ސަރުކާރުގަ ބުރޯގެ ފަނި އެޅުވީ އެމްޑީޕީ އިން، މިސަރުކާރުގަ އެކަން އެހެން ކުރީ ޕީޕީއެމް އިން! އޭރު ހުރީ އެންމެ ބުރޯއެއް އެކަމަކު މިއަދު ދޭއް އެބަތިބި!
އާދަމް ޒާހިރު
14 November 2022
ރައީސް ނޫނީ އިންގިލާބަކުން މަޖިލީސް އުވައިލައި މެމްބަރުން މަދުކޮށް މުސާރަ ކުޑަކޮށްފައި ރައްޔިތުންނަށް، ދަރިވަރުންނަށް މިޔަވައިދޭންވީ މީހުން ހޮވާއިރު ވިސްނަންވީ ސިފަ.
އެމްސް
14 November 2022
ވެރިކަމުގަ ހުރީ ފެށުނީއްސުރެ، ވެރިކަމަށް އެރެންދެން މަޖިލިސް މުސްކުޅި ކުރި ފަރާތެއްކަން ވިސްނޭބާ؟
އިމަނާ
14 November 2022
މަޖިލިސްތެރޭގައި ހިތައްއެރިހާ ވާހަކައެއްދެއްކިފާ، ކުއްވެރި ނުވުމަކުން ޢަލީ ޙާސިމަށް ފާޑެއް ނުކިޔޭނެ. ސަބަބަކީ ތިޔައީ އެފެންވަރުގެ ބަޔަަކަށްނުވާކަން. އަދި އެކަން އަހަރުމެން ބަލައެއްވެސް ނުގަންނަން. އިދިކޮޅުމީހުން ދައްކާ ވާހަކަޔަށް ދައުލަތުގެ މީޑިއާ ހިސޯރުކޮށްގެން ތިމީހުން ފާޑުކިޔަސް. ޢަލީ ޙާސިމަކަށް ފާޑުކިއުމުގެ ކުޑަވެސް ފެންވަރެއްނެތް. ވާހަކަދައްކަންވާނީ މީހާގެ ސައިޒުން. އެހެންނޫނީ އަގުވެއްޓޭނީ.
އެމްސް
14 November 2022
ޢިއްޒަތް ލިބިގެންވަނީ މަޖިލިހަށާއި ކޯޓްތަކަށް އެކަނިބާ؟ ޓެކްސީ ޑްރައިވަރުންނަށް އެކަމެއް ނެތްބާ؟
އެމްސް
14 November 2022
2009 އަދި 2017 ގަ އޭރުގެ ގަވަރުނަރުން ކަމެއް ފާހަގަ ނުކުރުމީ އަލީ ހާޝިމްގެ މައްސަލައެެއް ނޫންކަންވެސް މެމްބަރުންނަށް ފާހަގަ ނުވީބާ؟
އައިމިނާ
13 November 2022
ޢިލްމު ހުއްޓަސް ޙިލްމު ނެތީމަ ވާގޮތް. އަސްލު އެހާ އެއްނޫން.
އިއްޒަތު
14 November 2022
އިލުމެއްވެސް ހިލުމެއްވެސް އަހުލާގެއްވެސް ހުރިބައެއްނޫން ގިނަމަޖުލިސް މެނަބަރުންނަކީ. އެތާ ގިނައީ ކޮން އާޓިސްޓުން ރައްޔިތުން މޮޔަ ހައްދާން އުޅޭ