ހުޅުމާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ އޮޓޯ ސެންޓަރުގެ ކުރެހުމެއް -- ފޮޓޯ: އެޗްޑީސީ
14 ނޮވެމްބަރ 2022 - 12:26
ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އޮޓޯ ސެންޓަރާ އެކު، މާލެ އަށް ދިމާވެފައިވާ ގަރާޖުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެ ތަނުން އިސްނަގައިގެން ހުޅުމާލޭގައި އޮޓޯ ސެންޓަރެއް ހެދުމުގެ މަސައްކަތް ފެށީ، މާލޭގައި މިހާރު ގިނަ ގަރާޖުތައް ހިންގަނީ ކުދި ތަންތަނުގަ އާއި އާންމުންގެ ގެތަކުގައި ކަމަށް ވާތީ ކަމަށެވެ. އެ ތަންތަނުގައި ވެލްޑިން ކުރުމާއި ޓިންކަރިން ފަދަ މަސައްކަތްތައް ކުރާތީ އެއީ އާންމުން ދިރިއުޅޭ ތަންތަނުގައި ކުރުން ރައްކާތެރި ކަންކަން ނޫން ކަމަށް ވާތީ އޮޓޯ ސެންޓަރެއް ހުޅުމާލޭގައި ހުޅުވަން ނިންމީ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ވިލެޖުގައި އޮޓޯ ސެންޓަރު ހަދަން ހަވާލުކޮށްފައި ވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕަރޭޝަންއާ އެވެ. މިދިޔަ މަހު އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ އޮޓޯ ސެންޓަރުގެ ކުރެހުމެއް -- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނި ގޮތުގައި ބޭސްމަންޓާ އެކު ފަސް ފްލޯ ހުންނާނެ އެ އޮޓޯ ސެންޓަރަކީ 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. އެ އިމާރާތުގައި ހަތް ސާވިސް ލިފްޓު ބަހައްޓާނެ އެވެ. އެ ސެންޓަރުން ގަރާޖުތަކަށް ވަރަށް ތަނަވަސް ޖާގައެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެ އިމާރާތުގައި ކަރަންޓް އުޅަނދުތަކަށް ހާއްސަ ޗާޖިން ސްޓޭޝަނެއް ހަދަން ވެސް ނިންމާފައިވެ އެވެ.
އެ ތަނުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ވާރޭފެން ހާވެސްޓް ކުރެވޭނެ ކަމަށާއި އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމެއް ވެސް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ އޮޓޯ ސެންޓަރުގެ ކުރެހުމެއް -- ފޮޓޯ: އެޗްޑީސީ
"ދުވާލުގެ އަލިކަން ލިބޭނޭހެން ބިލްޑިން ފަރުމާ ކުރެވިފައި ހުރުމުން ހަކަތަ ބޭނުންވާ ވަރު މި ބިލްޑިންގްގައި ދަށްވާނެ އެވެ،" އެޗްޑީސީން ބުންޏެވެ.
އެ އިމާރާތުގައި ބޭނުންކުރާ ފެން ރިސައިކަލް ކުރެވޭނެ ނިޒާމެއް ވެސް ހުންނާނެ ކަމަށް ބުންޏެވެ. އަދި ކުނި ރިސައިކަލް ކުރެވޭނެ ނިޒާމެއް ވެސް ހަދާނެ އެވެ.
އެ މަޝްރޫއަށް ހިނގާނެ ހަރަދެއް އެޗްޑީސީން އަދި ނުބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
15 November 2022
ގަރާޖެއްގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތް، މާލޭ އިން ބޭރުކުރުން އެއީ އާންމުންނަށް ތަކުލީފަކަށް ވާނެ. ހުޅުމާލޭގައި އެޗް.ޑީ.ސީ އިން ބިނާ ކުރި މާރުުކޭޓަށް ވީ ގޮތް ތި ބުނާ އޮޓޯ ސެންޓަރަށް ނުވާނެ ކަމަށް ބާލާނީ ކިހިނެތް. ކޮމަރޝަލް ލޭންޑް ސްޕޭސްގައި، ކޮމަރޝަލް ލޯނު ނަގައިގެން ބިނާ ކުރާ އަގު ބޮޑު ސިޓީ ފެންވަރުގެ އިމާރާތަކުން، ލީޒްސްޕޭސް ކުޑަ ރައުސްމާލަކުން ހިންގާ ގަރާޖަކަށް އެފޯޑެއް ނުކުރެވޭނެ. އެކަށޭނެ ފައިނޭންސިންގ މޮޑެލް ބޭނުން ނުކުރާ ނަމަ ނުވާނެ
ރާސްޕުޓިން
14 November 2022
ތިޔަ އިންޑަސްޓްރިއަލް ވިލެޖެއް ނުބެލެހެއްޓޭތީ މިހާރު އެބަހުރި ދިރިއުޅެން ރީތި ދެތިން ގެވެސް އަޅާފަ ތިޔަ ހިސާބެއްގަ، މީހުންގެ ލޯތަކަށް ފަސޭހައިން ނުފެންނާނެ ކަހަލަ ގޯޅިތަކުގަ
ރަށުމީހާ
14 November 2022
ތިތަނުގެ އަގަކީ ކޮބާބާވަޔޭ ?
ބޮއިކޯ
14 November 2022
ރޯޑްވާދިނަސް ހަދަން ގަރާޖުތަކަށް ހުއްދަދެނީ ކިހިނެތްބާ؟ އަޅުގަޑު އިހާދުވަހު މާޑު ގަރާޖުން ސައިކަލެއް ރޯޑްވާދިނަސް ހެދިން. ސައިކަލް ހިފައިގެންތޯވެސް ނައަހާ، ސްޓިކާދީފި. މިގޮތައް ނަމެއްގައި އެކިފެންވަރުގެ ވެހިކަލަށް ރޯޑްވާދިނަސް ސެޓްފިކެޓް ދިނީމަ ދެންކިހިނެތްވާނީ. މީ މާޑު ގަރާޖުން ކުރިކަންތައް! މޫދުުގައި ދުއްވާ އޮޑި ދޯނިފަރަށް އަނެއްކާ ހަމަ މިގޮތައްބާ ސީވޯދިނަސް ސެޓްފިކެޓްދެނީ. މިގައުމު މިއޮތާ ހަމަ ރަގަޅަށްވެސް ހަލާކުވެފަ!
ޝޮޕިންގ މޯލް
14 November 2022
ތިގޮތަށް ހުޅުމާލޭގައި އަދި މާލޭގައި ޝޮޕިން މޯލްއެއް އަޅާބަލަ. ތަހުޒީބް ގައުމުގައި އެކަން ކުރާގޮތަށް. އިންޓަރނޭޝަނަލް ބްރޭންޑްތައްވެސް އެތަނަށް އަންނާނެ. އާއިލާއާއި އެކު ބާޒާރުކޮއްލާ ހިއްފަސޭކޮއްލަން މާލެ އަދި ހުޅުމާލެގައި ދާނެ ތަނެއް ނުހުރޭ، ކޮންމެ މީހެއްގެ ގެއެއްގައި ކަޑައެއް.
ބޮޑުމީހާ
14 November 2022
ކޮންމެ ކަމެއް ކުރިޔަސަ މިތާގަ މިހިރަ މައްސަލަތަކަށް ހައްލެއް ނާންނާނެ ވެރިން ޖެހުނުތަނަކުން ދައުލަތް ލޫޓްވާހިނދަކު. ތިތަންތަންވެސް ދޭނީ އެންމެ އަގަގަދަ މީހާ، ސިޔާސީ މީހާ،
މަސްތާނު
14 November 2022
މާލޭގަ ގަރާޖް ހިންގަންބޭނުންވާ މީހުން އައްޑުއައް ގެންދިއުމެކޭ އެއްފަދަ ޖޯކެއް. މޮޔަނުވެބަލަ
މޯޑޭ
14 November 2022
މިތަންތަންވެސް ނަގާނީ އެޗްޑީސީ އިސް ބޭފުޅުންބާ މިހާރުވެސް ތިތަނުގަ ހުރި އެޗްޑީސީ ގަރާޖް ތަށްވެސް ހުންނަނީ އެޗްޑީސީ އިސް ބޭފުޅުން ނަންގަވައިފަ ބޮޑު އަގުގަ ކުށްޔަށް ދީފަ
ރާއްޖެ
14 November 2022
ކުރެހުމެއް ދޯ؟ ތިހެން އެބަ ދައްކާ ޓާޝަރީ ހޮސްޕިޓަލްވެސް 4 އަހަރު ވަނީ. އަދިވެސް ހަމަ ކުރެހުން.
ދޮން
14 November 2022
ފާޑު ފާޑު ބޭކާރު ތަންތައް ނުހަދާ މާލޭ ސަރަހައްދުން ބޯހިޔާވެހިކަން ބޭނުންވާ 30 ހާސް މީހުނަށް ބޯހިޔާވެހިކަން ދީބަލަ.. ނޫނީ ފައިބަން ރެޑީވޭ...