ކަރންޓް ނެތި ފްލެޓް ބެލްކަނީގައި ދެ މީހަކު މިއަދު މަޑުކޮށްލައިގެން؛ މިއަދު ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ކަރަންޓު ކެނޑިފައި ވާއިރު ގިނަ ބަޔަކު ވަނީ ސިޑިން އަރަން ޖެހިފައި.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
15 ނޮވެމްބަރ 2022 - 16:26
ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން މިއަދު މެންްދުރުވާން ކައިރިވެފައި ހުއްޓާ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ އެ ޓަވަރުތަކަށް މި ހިދުމަަތް ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކުންނެވެ. އެ ވަގުތު ދިމާވީ ސްކޫލުން ބައެއް ކުދިން އެނބުރި ގެއަށް ދިޔަ ވަގުތާ އެވެ. އަނެއްބައި ކުދިން ސްކޫލަށްދާ ވަގުތާ އެވެ.
އެއީ އާންމުކޮށް ދިރިއުޅުމުގެ އެންމެ ހަލަބޮލި ވަގުތު ވެސް މެ އެވެ.
ހަތަރު ގަޑިއިރަށް ފަހު ކަރަންޓު މިހާރު އަލުން ދިނަސް، ޓަވަރުތަކުގައި އުޅޭ މީހުން މިއަދު ވަނީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކޮށްފަ އެވެ. މިއަދަކީ، 20،000 އަށް ވުރެ ބޮޑު އާބާދީއެއް ހިމެނޭ އެ ސަރަހައްދުން، މިހާ ގިނަ ވަގުތަށް ކަރަންޓާއި ފެން ކެނޑުނު ފުރަތަމަ ފަހަރެވެ.
"20 ވަނަ ފްލޯއަށް މި އެރީ ހިނގާފައި. ދަރިފުޅު ގޮވައިގެން ސްކޫލުން އައި އިރު ލިފްޓްގައި ވެސް ކަރަންޓެއް ނެތް. އެހާ ގިނަ އިރުން މައްޗަށް އެރިއިރު ފެނެއް ނެތް. އަދިވެސް މިއަށްވުރެ މައްޗަށް މި ޓަވަރުތައް ނަގަންވީ،" ސޯޝަލް މީޑިއާގައި މީހަކު ހިއްސާ ކޮށްފައިވާ ޕޯސްޓެއްގަައިވެ އެވެ.
ހިޔާ ފްލެޓުގެ ބެލްކަނީގައި މީހަކު ހުއްޓިލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
ކަރަންޓާއި ފެން ކެނޑުނު އެ ގަޑިއަކީ ތިރީގައި ތިބި މީހުންނަށް މައްޗަށް އެރުމަށްް އުނދަގުލަކަށް ވީއިރު، މަތީގައި ތިބި މީހުންނަށް ތިރިއަށް ފޭބުމަށް ވެސް ވީ އުނދަގުލަކަށެވެ.
އެޕާޓްމެންޓްތަކުގެ ތަކެތި ހަލާކުވި ކަމުގެ ޝަކުވާ ވެސް އެއްބަޔަކު ކުރި އެވެ. ބައެއް މީހުންގެ ފްރިޖާއި ޓީވީ ފަދަ ކަރަންުޓު ސާމާނު ހަލާކުވެެގެން ވައިބާ ގްރޫޕުތަކުގައި ޝަކުވާ ކުރި އެވެ. ފްރިޖްތަކުގައި ހުރި ބައެއް އެއްޗެހި ދެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި އެވެ.
ހިޔާގެ ބައެއް ފްލެޓްތަކަކީ މުޅިން ކަރަންޓުން ބޭނުން ކުރެވޭ އޮޓޯ އެޕާޓްމެންޓެވެ. އެންމެ ބޮޑު ދަތިތަކެއް ދިމާވީ ވެސް އެކަހަލަ އެޕާޓްމަންޓްތަކުގައި އުޅޭ މީހުންނަށެވެ. ކައްކާ އުނދުނާއި އެހެން އާންމު ވަރަށް ގިނަ އެއްޗެހި ހުރީ ކަރަންޓް ނެތިއްޔާ ބޭނުން ނުކުރެވޭ ގޮތަށެވެ.
ހިޔާގައި ދިރިއުޅޭ މީހުންގެ އަނެއް ޝަކުވާއަކަށް ވީ ފެން ނުލިބުމެވެ.
Refrigerator halaaku vejje kaaku zinmaa vani ?
— qasim 🦩🦩 (@i_rooarul) November 15, 2022
ބައެއް މީހުން ބުނި ގޮތުގައި، ހިޔާގައި މީހުން ދިރއުޅެން ފަށާފައިވާތާ އަހަރެއްހާ ދުވަސްވެ، އެތައް ހާސް ބަޔަކު ދިރިއުޅެމުން ދާއިރު ފެނާއި ކަރަންޓުން މަހުރޫމުވެ ހަތަރު ގަޑިއިރު ހޭދަކުރަން ޖެހުމަކީ ދިމާވި ވަރަށް ބޮޑު ދަތި ކަމެކެވެ. މިހާ ގިނަ އިރު ކަރަންޓް ނުދާނެ ގޮތަކަށް އެކަން ރޭވިފައި އޮންނަން ޖެހޭނެ ކަމަށް އެ މީހުން ބުނެ އެވެ.
"އެތައް ހާސް ބަޔަކު ކަރަންޓާއި ފެނުން މަހުރޫމު ކުރުމަކީ އިހުމާލެއް. މިކަން ކުރި ބަޔަކަށް އަޅަން ޖެހޭނެ ފިޔަވަޅެއް އޮންނަން ޖެހޭނެ،" ހިޔާ ފްލެޓް ޔުނިއަންގެ ވައިބާ ގްރޫޕުގައި މީހަކު ބުނެފައިވެ އެވެ.
ކަރަންޓާއި ފެން ކެނޑުނީ މައި ކޭބަލެއް ބުރިވެގެން ކަމްށް ސްޓެލްކޯ އިން ބުނެ އެވެ. އަދި އަލުން ކަރަންޓް ދިނީ އާ ކޭބަލެއް އަޅައިގެންނެވެ.
އެ ކުންފުނިން ބުނީ، މައި ކޭބަލަށް ގެއްލުންވީ، ހުޅުމާލެ 2 ގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ބަޔަކު ކޮންނަނިކޮށް ކަމަށެވެ.
އެހެން މީހަކު ވައިބާ ގްރޫޕުގައި ބުނެފައި ވަނީ އެ ވަގުތުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ތިބި ފްލެޓްތަކުގައި ފާހަނާ ކޮށްލެވޭނެ ގޮތެއް ވެސް ނެތުން ކަމަށެވެ. އަދި އެ ވަގުތު ދިމާވީ ސްކޫލަށް ކުދިން ފޮނުވަން ޖެހޭ ވަގުތު ނަމަވެސް ކަރަންޓާއި ފެން ނެތުމުން ސްކޫލަށް ނުފޮނުވާ ކުދިން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.
ކަރަންޓް ނެތި، ފްލެޓް ބެލްކަނީގައި ދެ މީހަކު މިއަދު މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"އަހަރުމެން ބޭނުން ކުރަނީ ސަޕްލައި ފެން. ކަރަންޓާއި ފެން އެއްކޮށް ދިޔައީމަ ނެތް ކައްކާ ކެވޭނެ ގޮތެއް ވެސް. މެންދުރު ނުކައްކާ ތިބީ. ވަރަށް އުނދަަގޫ ކަމެއް މިއީ،" ހިޔާ ފްލެޓެއްގައި ދިރިއުޅޭ މީހަކު ބުންޏެވެ.
"އަނެއްކާ ކަރަންޓް ނެތީމަ އެހާ އަނދިރި މުޅި އިމާރާތް ވެސް. ނަސީބެއް ކަން ނޭނގެ ދުވާލު ކަން ވެސް،"
ކޮންމެ ޓަވަރެއްގައި 3-4 ލިފްޓް ހުންނައިރު މިއަދު ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގައި ތިބި ބަޔަކު ގަޑިއެއްހާއިރަށް ތާށިވި އެވެ. އެ މީހުން ލިފްޓުން ނެރުނީ ލިފްޓްތައް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.
ލިފްޓުގެ ދަތި ކަމަކީ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުނީއްސުރެ ވެސް ދެކެވެމުންދާ ވާހަކައެކެވެ. މިފަދަ ހާލަތެއް މެދުވެރިވުމުން ކަރަންޓާއި ފެން ލިބޭނެ އިތުރު ބެކަޕް ޕްލޭނެއް ހުންނަން ޖެހޭ ކަމަށް ބުނެ ވެސް ބައެއް މީހުން ނުރުހުން ފާޅުކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޭމްޗޯޕްރާ
17 November 2022
ޢާއްމުން ދިރިއުޅުމަށް މިހާ އުސްކޮށް ހަދާފައިވާ ޓަވަރުތަކެއްގައި ބެކަޕްނެތި ކަރަންޓްވެސް ލިފްޓްވެސް އަދި އެހެން އަސާސީ އެއްވެސް ޚިދުމަތެއްވެސް ހުރެގެން ނުވާނެ.
ހިޔާ ފުލެޓް 2023
17 November 2022
ކިތަންމެ ތިރިކޮށް ހުއްޓަސް ކަރަންޓް ކެނޑިއްޖާ އަރަންޖެހޭނީ ސިޑިން. މިކަމާ ޓަވަރުތަށް އުސްވުމާ އެއްވެސް ގުޅުމެނެތް. އެހެންވެއްޖާ އަހަރެމެން އަބަދުވެސް އުޅެންވީ ދަނޑިފަނުން ގެ ހަދައިގެން ފުޅިބައްތި ދިއްލައިގެން. އެކަމަކު މިފަދަ އުސްޓަވަރުތަކުގައި ބެކަޕް ޕްލޭނެއް އޮންނަންވާނެ.މިފަދަ ޙާލަތްތަކުގައި މަދުވަގުތު ކޮޅެއްތެރޭ ލިފްޓަށް ކަރަންޓު ލިބޭނެގޮތެއް އޮންނަންވާނެ. ހަގީގަތުގަ ލިފްޓުގެ ތިޔަބުނާވަރުގެ ނޫސްތަކުގައި މިލިޔާވަރުގެ ދަތިކަމެއްނެތް.1/2
އަލަށްތަ
16 November 2022
ކަރަންޓް ކެނޑުމަކީ މާލޭގަވެސް އެހާ ގިނައިން ވާ ކަމެއް. 10 ބުރިން ފޭބުމަކީ އެރުމަކީވެސް ހަމަ ބުރަ ކަމެއް. ކޮންތަނެއްގަ އެކަން ނުވަނީ. ކަމެއް ވާއިރަށް 2 ގަޑިއިރަށް ކެތްކޮށްނުލެވުމަކީ ނިއުމަތްތަކަށް ޝުކުރުވެރިނުވުން. ކަރަންޓް ލަނީ ސްޓެލްކޯއިން ކަމަށްވިއަސް ދުނިޔޭގަ ދިމާވާ ހުރިހާ ކަމަކީ އިމްތިހާނެއް. އަދި ކުރިއަށް އޮތްތަނުގަ ތިއަށްވުރެ ދަތި ގޮތްތަށްވެސް ދިމާވާނެ. އުސް އިމާރާތްތަކުގަ އުޅެން ދާންވާނީ ކަރަންޓާ ފެންވެސް ކެނޑޭ ދުވަސް އަންނާނެކަން ދަނެގެން
ބެއްޔާބެގެ ދަަރި
16 November 2022
މިހާ އުހަށް ހުންނަ ތަންތަނުގައި ކޮންމެ ޓަވަރެއްގެ ވެސް ކޮންމެ ވެސް އެއް ލިފްޓެއްގައި އެމަޖެންސީ ހާލަތުގައި ބޭނުންކުރެވޭނެ ގޮތަށް ކަރަންޓް ހުންނަންވާނެ. މަތީ ފްލޯތަކުގައި ތިބި މީހުން ތިބީ ތާށިވެފައި، ބައެއް ސިޑި ގޮޅިތައް ތަޅުލާފައި ހުރީމާ ނެތް އެ ފްލޯ އިން އެހެން ފްލޯއަކަށް ދެވޭނެ ގޮތެއް ވެސް. ކަރަންޓް ނެތީމާ. ވަރަށް ނުރައްކާތެރިކަމެއް މިއީ
ޕްރޭމްޗޯޕްރާ
17 November 2022
ހަމަކަމެއް ވާއިރަށް ބެއްޔާ ކީއްކުރަން އެހެންފްލޯތަކަށްދަނީ ސިޑިންފައިބައިގެން ހުރިގޮތަށް ތިރިއަށްދާންޖެހޭނީ. ހަހަހަ
ކޮބާކުލި
16 November 2022
ޟަކުވާ ކުރާމީހުން ކުލި ދަށްކަން ފަށައިފިބާ؟
ޓާޚޭ
16 November 2022
މޮޅެތިވާހަކަ ނުދައްކާ ލިބުނު ފުލޯ މަތިކަމުން ސަޅި ކެނޑި މީހުން ތީހަމަ
އިޙްސާސް
16 November 2022
ތިޔަ އިމާރާތްތައް ޑިޒައިންކޮށް ހެދީ މުއިއްޒުގެ މޭސްތިރިކަމުގަ ޔާމީނުގެ ސަރުކާރުގަ. ނަމުގަ ބޯހިޔާވަހިކަން ހޯދާދީފަތިހިރީ. ތެދެއް ފުރާޅު ލީމަ ބޯހިޔާވޭ. ދެން އައި އިބޫ ސަރުކާރުން ކުރާކަމަކީ ޖެއްސުން ކުރުން.
ބޮޑުރިޔާ
16 November 2022
ތިޔައީ އިންސާނުން ދިރިއުޅެން އެކަށީގެންވާތަނެއްނޫނޭ ސަރުކާރުންބުނީމައިވެސް ޕީޕީއަށް ތާއީދުކުރާ މީހުން އައީ ރުޅި ދުނިޔޭގެ އެހެންތަންތާގައިވެސް ހުންނަނީ މިހެންނޭކިޔާ އެއްޗެތިގޮވި މިހަރެމެންނަށް ގަނޑުވަރެކޭ ކިޔާ ހަޅެއްލެވި ބުނަންމިއުޅެނީ ތިޔަހުރިހާކަމަކަށް ވިސްނާފައޭ އޭރު ސަރުކާރުން އެހެންބުނީ ދެންކޮން އަނގައެއްމިތަޅަނީ ދުނިޔޭގެ އެންގައުމުތަކުގައިވެސް ކަރަންޓާ ފެން ނެޔިއްޔާ އުޅެނީ ހަމަތިޔަ ހާލުގާ އެނގޭތޯ
އިމަނާ
16 November 2022
މިމީހުންނަށް ރަގަޅު އެއްވެސްގޮތެއްނެތް. ބަނޑު ހަރުވިޔަސް، ބަނޑުދިޔާވިޔަސް، ޔާމީނު/އިބޫޞާލިހް ގޯސްވީ.
ނިކަމެތިރައްޔިތުމީހާ
16 November 2022
ލަންކާއަށް ދިމާވި ފަދަ ދަތި ނުވަތަ ތެޔޮ ލިބުން ހުއްޓޭ ފަދަ ހާލަތެއް އައިސްފިނަމަ ކިހިނެއްބާ ހަދާނީ؟ މިޒަމާނުގަ ލިފްޓުތަެއ ހުންނަނީ ކަރަންޓު ކެނޑުނީމަ އެންމެ ކައިރި ބުރިޔަކަށް ހުއްޓޭގޮތަށް! ކީއްވެބާ ހިޔާ ގަ މިހެން ނުވަނީ!